ކުޅިވަރު / އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް

މިސްޓަ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރަ ސިންހް އަށް، އެއްވަނަ ޓީމަކަށް ވެސް އިންޑިއާ

މިސްޓަ އޭޝިއާގެ ޓައިޓަލް ހޯދި ޔަތިންދްރަ ސިންހް އާއެކު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އޭޗީއަން ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިސްޓަ އޭޝިއާގެ ޓައިޓަލް އިންޑިއާގެ ޔަތިންދްރަ ސިންހް ހޯދައިފި އެވެ.

ބޮޑީ ބިލްޑިން ކެޓަގަރީގެ ހުރިހާ ޗެމްޕިއަނުންގެ ތެރެއިން ހޮވާ މިސްޓަ އޭޝިއާގެ ކެޓަގަރީ އަށް ޔަތިންދްރަ ދަތުރުކުރީ، ބޮޑީ ބިލްޑިން ކެޓަގަރީގެ 85 ކިލޯގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިސްޓަ އޭޝިއާގެ ފައިނަލުގައި ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ރަން މެޑަލް ހޯދި މުހައްމަދު މޫސާ (މޯޑް) ވެސް ވާދަކުރި އެވެ. މިއަދުގެ ފައިނަލާއެކު އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ޗެމްޕިއަންސް އޮފް ޗެމްޕިއަންސްގެ ތެރެއިން ހޮވާ މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކުރި 10 އެތުލީޓުންގެ ތެރެއިން ހަ މީހުންނަކީ އިންޑިއާގެ އެތުލީޓުންނެވެ. މުބާރާތުގެ އެއްވަނަ ޓީމަކަށް ހޮވުނީ ވެސް އިންޑިއާ އެވެ.

ދެން ހިމެނެނީ ރާއްޖޭގެ މޯޑްގެ އިތުރުން ތައިލެންޑާއި އިރާން އަދި މެލޭޝިއާ އިން، ކޮންމެ ގައުމަކުން އެތުލީޓެކެވެ. މުބާރާތުގެ ދެވަނަ ޓީމަކީ ތައިލެންޑެވެ. ތިންވަނަ ހޯދީ އިރާނެވެ.

އެންމެ މޮޅު ޓީމު ހޮވަނީ މުބާރާތުގައި އެ ގައުމަކުން ތަމްސީލު ކުރި އެތުލީޓުން ހޯދި ކާމިޔާބަށް ބަލައިގެންނެވެ. އެންމެ ގިނަ ރަން މެޑަލް ހޯދީ އިންޑިއާ އެވެ. އަދި ޖުމުލަކޮށް އެންމެ ގިނަ މެޑަލް ހޯދީ ވެސް އެ ގައުމުގެ އެތުލީޓުންނެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ މުބާރާތުގެ މިސްޓަ އޭޝިއާގެ ފައިނަލަށް ފަހު އެތުލީޓުންގެ އިވެންޓްތައް މިއަދު ވަނީ ނިމިފަ އެވެ.

އަންނަ އަހަރުގެ މުބާރާތް އޮންނާނީ ނޭޕާލްގަ އެވެ.

ކ. މާފުށި އަދި ކްރޮސް ރޯޑްގައި ކުރިއަށް ގެންދިޔަ މުބާރާތަކީ ބޮޑީ ބިލްޑިން ތާރީހުގައި ރާއްޖެ އަށް ކާމިޔާބު މުބާރާތެއް ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނެ އެވެ. ރާއްޖެއިން ކަނޑައެޅީ ޖުމުލަ 10 މެޑަލް ހޯދުމަށެވެ. އެކަމަކު ރާއްޖެ އަށް ހަ މެޑަލް ހޯދުނަސް މިއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި ރާއްްޖެ އިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ރާއްޖެއިން ތިން ރަން މެޑަލް ހޯދި އެވެ. މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ. އެއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ގައުމުގައި ވާދަކޮށް ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ. ދެން ރަން މެޑަލް ހޯދީ މޯޑް އާއި އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދި ހުސައިން ހިމްޔާން އެވެ.

އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ. މިދިޔަ އާދިއްތަ ދުވަހު، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުހައްމަދު އިމްރާހް ވެސް ބްރޯންޒް މެޑަލް ހޯދި އެވެ.

13 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 15%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާސަރީ

21 July 2022

10 އެތުލީޓުންގެ ތެރެއިން 6 މީހަކުއެއީ އެއް ގައުމެއްގެ ބަޔަކަށްވީމަ އެ ގައުމަކަށް ޗާންސް ބޮޑުވާނެ ކޮންމެ ކަމެއްގަވެސް.

The name is already taken The name is available. Register?

ކުޑަ ކަތީބުގެ ބައްޕަ

20 July 2022

ދަރިފުޅާ! ކުޑަކަތީބޫ! 2015 ހިސާބުގަވެސް ބަޔަކު އުޅުނު ތިޔަ ބުނާ ނަފްސާނީ ބައްޔެއް ޖެހިގެން ޗައިނާ އާ އަޅައިގަނެގެން! ކޮންމެ މީހަކަށްވެސް އެންމެ މޮޅުވާނި ހަމަ ހަކުރު ދޭ ބޮޑުބެ!! ދަރިފުޅު ހަނދާން ނެތުނީ ދޯ؟

The name is already taken The name is available. Register?

ލަބާން

20 July 2022

ވަވް... އިންޑިއާގެ ޑިސްޓްރިކްޓް މޯލްޑިވްސް އަށް ދޯ...

The name is already taken The name is available. Register?

ދޮންކަބިލި

20 July 2022

އާދެ! އީދުގަވެސް ހީވަނީ މިއީ އިންޑިޔާގެ ޑިސްޓްރިކްޓެއްހެން، މުޅިންހިންދީލަވަޔާ އިންޑިޔާ ސުޓާރުންގެ ނެށުން.

The name is already taken The name is available. Register?

އަލިކޮ

21 July 2022

އިންޑިއާއޭ ބުނާއިރަށް ކަލޭމެންނަށް ކިހިނެއްވެފަ ތަ ތިތިބެނީ؟ ތިއީ ބޮޑުވަރު.

The name is already taken The name is available. Register?

ކިނބޫ / ހިންނަވަރު

20 July 2022

އިންޑިއާ އަކީ ދުނިޔޭގެ ނެތް ފަދަ އެތުލީޓުމް ތިބި ބަޔެއް މަރުހަބާ ރާއްޖެ. އިންޑިއާ ލިބުމުން މާނަ އަކީ ހަމަ ރާއްޖެފަދައޭ

The name is already taken The name is available. Register?

ދ‫ަލޭކަ

22 July 2022

ބަލަ ތިފޮޓޯތައް ސެންސަރުކޮށްފަ ޖަހަންވީނު....

The name is already taken The name is available. Register?

ޏަސް

20 July 2022

ލޯމަރާލާފަވެސް އިންޑިއާއަށް ދޭން މަޖުބޫރުވާނެ.

The name is already taken The name is available. Register?

ކުޑަކަތީބު

20 July 2022

ބޭސް ފަރުވާކޮށްގެން ވިޔަސް ޔާމީނު މި ފަތުރާ ބައްޔަށް ފަރުވާ ކުރަން އެބަ ޖެހޭ، ސިޔާސީ ވުމެއް ނުވަތަ ޕީޕީއެމް ވުމެއްނޫން ގައުމުތައް ދެކެ ޒާތީ ރުޅިއައިސްގެން އުޅުމަކީ. މި ދެން ހާދަ ނަފްސާނީ ވީމައޭ މި ވަރަށް ޖެހޭނީ

The name is already taken The name is available. Register?

އަދުރީ

20 July 2022

ލޯ މަރާލާފަ އިންޑިއާއޭ ކިޔާފަ ތި ވާހަކަ ދައްކަނީވެސް

The name is already taken The name is available. Register?

ކެނެރީގޭ ބެއްޔާ

20 July 2022

މަހީކުރީ މިސްޓަރ އޭޝިޔާގެ މަގާމު ލިބޭނީ މިސްޓަރ ޓިނޭއަށްކަމަށް

The name is already taken The name is available. Register?

އެގިއްޖެ

20 July 2022

ކަލޭ ހީކުރާ ގޮތަކަށް ނުވާނެ ހުރިހާ ކަމެއް.

The name is already taken The name is available. Register?

ކަމަރު

20 July 2022

ރާއްޖެއަށް ލިބުންފަދަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454