އަޒްނީނަށް ަމރުހަބާ ކިޔުމަށް އޭނާގެ އަމިއްލަ ރަށް، ގއ. ވިލިނގިލީގައި ބޭއްވުނު ހަރަކާތުގެ ތެރެއިން: އޭނާ އަކީ އޭޝިއާ ބައްރުގެ މުބާރާތަކުން އަމިއްލަ ގައުމުގައި ވާދަކޮށް ރަން މެޑަލް ހޯދި ރާއްޖެގެ ފުރަތަމަ އެތުލީޓް
23 ޖުލައި 2022 - 21:50
މިހަފުތާ ނިމިގެން ދިޔަ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން އަޒްނީން ރަޝާދު، ރަން މެޑައްޔާއެކު އަމިއްލަ ރަށް، ގއ. ވިލިނގިއްޔަށް މިއަދު ދިއުމުން އެ ރަށުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.
ރާއްޖޭގެ ކ. މާފުށި އަދި ކްރޮސް ރޯޑްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައި ދިނީ އޭނާ އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގެ ފައިނަލުގައި އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުން ފަހަތައް ޖައްސާލުމަށް ފަހު އަޒްނީން ރަން މެޑަލް ހޯދުމުން އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި، އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ގައުމުގައި ވާދަކޮށް ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓަށެވެ.
ވިލިނގިލީ ކައުންސިލާއި އރަށުގެ މޭރީ ސްޕޯޓްސް ކްލަބުން އިންތިޒާމު ކުރި އިވެންޓަށް، ހަވީރު އޭނާ ވިލިނގިއްޔަށް ދިއުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ނުކުމެފަ އެވެ. އަމިއްލަ ރަށުން ކީ މަރްހަބާ އާއެކު ފެން ކަޅިވެފައި ހުރި އަޒްނީން ބުނީ، އޭނާގެ އެންމެ ބޮޑު ސަޕޯޓަރުންނަކީ ވިލިނގިލީގެ ރައްޔިތުން ކަމަށެވެ.
އަޒްނީނަށް މަރުހަބާ ކިޔުމަށް އޭނާގެ އަމިއްލަ ރަށް، ގއ. ވިލިނގިލީގައި ބޭއްވުނު ހަރކާތުގެ ތެރެއިން: އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިއޔުމަށް ބަނދަރު ސަރަހައްދަށް ނުކުމެފަ
"އަޅުގަނޑު ކޮންމެ މުބާރާތަކަށް ދިޔަ ޔަސް ރަށުގެ ރައްޔިތުން ބަލާނެ، އޮޅުން ފިލުވާނެ އެ މުބާރާތެއްގައި އަޅުގަނޑު ޕްރޮގްރެސް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ހޯދި ކޮންމެ މެޑައްޔެއްގައި ރަށުގެ ރައްޔިތުންގެ ހިއްސާ އޮންނާނެ،" މިދިޔަ އަހަރު އޮކްޓޯބަރު މަހު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ ފިޒިކް ސްޕޯޓްސް 175 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ވެސް ހޯދި އަޒްނީން ބުންޏެވެ.
އޭޝިިއާގެ މުބާރާތުގައި އޭނާ ހޯދި ރަން ކާމިޔާބު، އަގުވަޒަން ކުރުމުގެ ގޮތުން ވިލިނގިލީ ކައުންސިލުން ވަނީ އޭނާ އަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.
"އަޅުގަނޑުގެ ފަހަތުގައި ރަށުގެ ރައްޔިތުން އޮތްކަން ހާމަ ކޮށްދިނީމަ އެ ލިބޭ ހިތްހަމަޖެހުން އަސްލު ބުނެދޭން ވެސް ނޭނގެ،" އަޒްނީން ބުންޏެވެ.
އަޒްނީން ވިލިނގިއްޔަށް ފޭބުމުން އޭނާ އަށް މަރުހަބާ ކިޔަނީ: އޭޝިއާގެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ހޯދާފަ
ތިން ރަން މެޑައްޔާ އެކު ރާއްޖެއިން ވަނީ މުބާރާތުގައި ޖުމުލަ ހަ މެޑަލް ހޯދައިފަ އެވެ. އަޒްނީންގެ އިތުރުން ރަން މެޑަލް ހޯދީ، ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން މުހައްމަދު މޫސާ (މޯޑް) އާއި އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން ހުސައިން ހިމްޔާން އެވެ.
އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ. މިދިޔަ އާދިއްތަ ދުވަހު، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުހައްމަދު އިމްރާހް ވެސް ބްރޯންޒް މެޑަލް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކަރިބެ
25 July 2022
ހަހަހަ
ޝަރީފާ
23 July 2022
ހީވަނީ އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން. އޭޝިޔާގަ 40 ވުރެ ގިނަ ގައުމު ހުރިއިރު، ތި އަޒުނީނުގެ ކެޓަގަރީގަ ވާދަކުރީ 6 އެއްކަ މީހުން. އަދި އެވެސް އެންމެ ކުރު މީހުންގެ ކެޓަގަރީ. އަޒުނީނުގެ އިތުރުން 3 ދިވެހިން ގޯލްޑް މެޑަލް ހޯދި.
ރަދީފްއޮފިޝަލް
24 July 2022
ހެޔޮ ބަހެއް ނުބުނެވޭނަމަ މިފަދަ އާޓިކަލްތަަކަށް ކޮމެންޓްނުކޮށް ހުރުން އެދެވިގެންވޭ.ސީދާ އޭނަގެ ޒާތާ ބެހިފަ ކޮމެންޓްކުރީތީވެ ހިތާމަކުރަން.މީހަކު ކުރުވުން އެއީ އެމީހެއްގެ މައްސަލައެއް ނޫން.ހުރިހާ އިންސާނުން ހެއްދެވީ މާތްﷲ.
ހަސީ
24 July 2022
އެހާމަދު މީހުން ވާދަކުރިއިރުވެސް ޝަރީފާ އަކަށް ނުލިބުނު ދޯ ގޯލްޑް މެޑަލްއެއް. ދެން ހަސަދަވެރި ނުވެ އަންނަ އަހަރު ޝަރީފާވެސް ވާދަކޮއްގެން ގޯލްޑް މެޑަލް ހޯދަބަލަ.
ލަމްހީން
24 July 2022
މަންޖެ ތިހުރީ އޭޝިއާގެ ޗެމްޕިއަންކަން ހޯދައި 10ފަހަރަށް ގޯލްޑް ހޯދައިގެންތަ؟
ޝިޔަޅޭ
24 July 2022
ވަރަށް ފެނިފަ ހުން ސޮރެއް.
ހުވަދޫ އަހައްމަދޭ
24 July 2022
ކަލޭގެ އިސްކޮޅު ދިވެހި ރުކެއް ވަރު ދޯ. ކުރު ދިގު އެއީ އޭނަ އަމިއްލައަށް އިޙްތިޔާރު ކުރާކަމެއް ނަމަ އޭނަ ހުންނާނީ އޭނާ ބޭނުންވާ އިސްކޮޅުގަ.