ރ. ދުވާފަރު މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގެ ކައުންސިލަރުންގެ މައްޗަށް ވަނީ ހިޔާނާތުގެ ބޮޑު ތުހުމަތެއް ފެންމަތިވެފައި.-- ފޮޓޯ: ކިޑޯ.އެމްވީ
24 ޖުލައި 2022 - 13:21
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން މިލިއަނުން ފައިސާ ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ. އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ކޮމިޝަނުން މިހާރު ކުރަމުން އަންނަނީ އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީއަށް އެ ހިޔާނާތުގެ މައްސަލަ ހުށަހެޅީ ކައުންސިލްގެ ބެލެނިވެރި ފަރާތް، އެލްޖީއޭއިންނެވެ.
އެ އޮތޯރިޓީން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ފައިސާ ބަހައިފަ އެވެ.
އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837ރ. އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048ރ. ލިބިފައިވާކަން ރިޕޯޓުން އެނގެ އެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666ރ. އާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް ވެސް 165،200ރ. ޖަމާވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓަށް ދެން ޖަމާވެފައި ވަނީ ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހަށެވެ. ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފަ އެވެ.
އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ. ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.
ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ނަމަވެސް އެކަން ދިފާއުކޮށް ދުވާފަރު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ. އަދި އެލްޖީއޭގެ ރިޕޯޓަށް ކައުންސިލުން ޖަވާބުދިނުމަށް ފުރުސަތު ދިނުމަށްފަހު، އެކަމަށް ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
"މިކަމަށް މި އިދާރާއިން ޖަވާބެއް ދިނުމަށް އެކަށީގެންވާ މުއްދަތަކަށް ޖުލައި 18، 2020 ވަނަ ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަން ވެސް ފާހަގަކޮށްލަމެވެ. ނަމަވެސް، އެ ސިޓީއަށް ޖަވާބެއް ދިނުމެއް ނެތި ރިޕޯޓު އާއްމުކުރި ކުރުން މި އިދާރާއިން ކުށްވެރިކުރަމެވެ،" ހަތް މެމްބަރުންގެ ތެރެއިން، ހަ މެމްބަރުންގެ ސޮޔާ އެކު ނެރުނު ބަޔާނުގައި ބުންޏެވެ.
ދުވާފަރު ކައުންސިލްގެ މެޖޯރިޓީ އޮތީ، ޕީޕީއެމަށެވެ. އެ ޕާޓީގެ ފަސް މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބަރުން ތިއްބަވަ އެވެ.
ކައުންސިލުން ބުނީ ހަރަދު ކުރުމުގައި ފާއިތުވި އަހަރު އަމަލުކޮށްފައިވަނީ ކުރިން ވެސް އަމަލުކޮށްފައިވާ އުސޫލާއި ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެ ކައުންސިލުން ކޮށްފައިވާ ހުރިހާ ހަރަދެއްގެ ތަފްސީލް އެ އިދާރާގައި ހުންނާނެ ކަމަށާއި އަދި ކައުންސިލުން ކޮށްފައިވާ ހަރަދުގެ ފުރިހަމަ ތަފްސީލް ރައްޔިތުންނަށް އާއްމުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން ތަކުރުބޭ
29 July 2022
މި ރިޕޯޓު ކިޔާލާފަ އުފެދޭ ސުވާލަކީ ކައުންސިލް ގެއަކައުންޓުގައި ހުންނަ ފައިސާއަކީ އަހަރަށް ބަޖެޓްކޮށް އެބަޖެޓުން ކޮންމެ މަހެއްގައި ހޭދަ ކުރަންޖެހޭ ޢަދަދު ލަފާކޮށް ކުރާޚަރަދަށް ނޫންބާއޭ ނުވަތަ މުޅިއަހަރަށް ކަނޑާއަޅައި ފާސްކުރި ބަޖެޓަށްވާ ފައިސާތޯ! މުޅިއަހަރަށް ކަނޑައެޅި ބަޖެޓް ކައުންސިލަށް ދޫކޮށްލާނަމެ އެބޭކަލުން ސައިކަލް ވިއްކާފިހާރަފަދަ ވިޔަފާރި އެފައިސާ ބޭނުންކޮށްގެން ކުރައްވާނެ. މަޤާމަށް އާދެވެނީ އިންވެސްޓްކޮށްގެން ވީމާ ރިކަވަރީއެއް އޮންނާނެ
ސަމްސާ
25 July 2022
ނަމޫނާއަށް ބަލަނީ އ.ދ. އ.ދ.ގެ އާއްމު މަޖިލިސްގެ ރާއީސްކަންވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ވެސް ކުރަވަޔެއްނޫންތޯ. ވަޒާރުންނަށް ވެސް އިތުރު ވަޒީފާ އަދާ ނުކުރެވޭކަމަށް ވަނީ!
ސައުތު
25 July 2022
ހަމަ ޕީޕީއެމް ވެއްޖެޔާ ވާނެ ވަރު މިއީ
އައިމިނާ
24 July 2022
ތިޔަ ކައުންސިލް ތަކުން ކުރާހާވެސް ކަމަކީ ރަށުގަ ހިންގާ މަޝްރޫޢުތައް ހުއްޓުވާ ދެން މެންބަރުންތައް އަރި އަރިއަށް ފޮޓޯނަގާ ސޯޝަލްމީޑިޔާއަށް ލުން.
އައްޔަ ބޮޑޭ
24 July 2022
ބަލަކައުންސިލްތަކައް ބާރުތައް ދިނީމަ ތިކަހަލަ ކިތަންމެކަމެއް ދިމާވާނެ!ދުވަސްކޮޅަކުން އެބާރުތައް އަނބުރާ ގެންނަންވެސް ޖެހިދާނެ.
ކުލުނުގަލާ
24 July 2022
ޜަނގަޅު މި ކަން ބަލައި ފިޔަވު އަޅައިދީ. ށުކުރިއްޔާ އޭސީސީ
ހަވަރު ތިނަދޫ ކައުންސިލްގެ އިދާރީ މުއައްޒިފެއް
24 July 2022
ގދ.ހަވަރު ތިނަދޫ މިޔުޒިޔަމް ޕާކުގައި ޖަހަން އަމިއްލަ ފަރާތަކުން ހަދިޔާކުރި 15 ލައިޓް ތިނަދޫ ކައުންސިލުން ވަނީ ޕީއޯއަށް ނެގި ބައްތިތަކެއްކަމަށް ހަދާ 135000ރ އަމިއްލަ ޖީބަށް ލާފައެވެ. މީގެ ބައްތިއެއްގެ އަގު އުޅެނީ 9000ރ އަށެވެ.
އަބްޑޫޅް
24 July 2022
މައް ބީރަށްޓެހިންނަށް ސަރުކާރުގެ ބާރު ތައް ދިނީމަ ނުވެނުދާނޭ ގޮތް ވީ.
ބޭގަރާރު
24 July 2022
އެކުދިންނަށް ރަނގަލު އެއްޗެއް ކައެއްނުލެވުނެއްނު …
ސުލޯ
24 July 2022
ސަރުކާރުގެ ފަރާތްތަކުންވެސް އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުން ގޯސް…