ނިއު ރޭޑިއަންޓް އެކަންޏެއް ވެސް ނޫން ވިކްޓަރީ އާއި ވެލެންސިއާ ވެސް މީގެ ތެރޭގައި އެކްޓިވްކޮށް އޮވެގެން މި ފޯރި އަލުން ގެނެވޭނީ: ވާސިފް
ނިއުގެ ޗެއާމަން އަހްމަދު ވާސިފް: އޭނާ ވިދާޅުވީ ކްލަބް ފޯރި އަލުން ގެނެވޭނެކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ޖުލައި 2022 - 13:36
ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ އިހަށްރޭ ކުޅުނު މެޗުން ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން ހާމަ ކޮށްދެއްވިއްޖެ ކަމަށް ނިއުގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވެއްޖެ އެވެ.
ނިއު 4-1 އިން މޮޅުވި އެ މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނެ އެވެ. އެއީ މިދިޔަ ހަޔެއްކަ އަހަރުގެ ތެރޭ ކްލަބް ފުޓްބޯޅައިގެ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން މެޗެވެ. ހާއްސަކޮށް ނިއުގެ ސަޕޯޓަރުން އެެރޭ ވަރަށް ބޮޑަށް ފޯރި ނެގި އެވެ.
ވާސިފް ވިދާޅުވީ އެ މެޗަކީ ގެއްލިފައިވާ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވިދާނެ ކަމުގެ ޓެސްޓެއް ކަމަށެވެ.
"ނިއު ރޭޑިއަންޓް އެކަންޏެއް ވެސް ނޫން ވިކްޓަރީ އާއި ވެލެންސިއާ ވެސް މީގެ ތެރޭގައި އެކްޓިވްކޮށް އޮވެގެން މި ފޯރި އަލުން ގެނެވޭނީ. މި ތިން ޓީމު ރާއްޖޭގެ ފުޓްބޯޅައިގައި ދެމިއޮތުން ވަރަށް މުހިންމު،" ވާސިފް ވިދާޅުވި އެވެ.
"އެއީ މި ތިން ޓީމަކީ ޒަމާނުއްސުރެ ސަޕޯޓަރުންގެ ބޮޑު ބޭސް އެއް އޮތް ތިން ޓީމު ކަމަށްވުން. ހާއްސަކޮށް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނަކީ ވަރަށް ހަރަކާތްތެރި ބައެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކްލަބުން ވެސް އެ ޖޯޝް ދައްކާ ވަރަކަށް ނިއުގެ އިތުރު ސަޕޯޓަރުން ވެސް އެކްޓިވް ވާން ފަށާނެ."
އާދިއްތަ ދުވަހުގެ ރޭ ވިކްތަރީ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު އުފާފާޅު ކުރަނީ. --- ފޮޓޯ: ނިޝާން އަލީ | މިހާރު
ދެ ވަނަ ޑިވިޝަނުގެ ގްރޫޕް 2 ގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ދެ ވަނައިގައި އޮތީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް އެވެ. ވިކްޓަރީ އޮތީ ގުރޫޕްގެ ތިން ވަނައިގަ އެވެ. ގުރޫޕް 1 ގެ އެއްވަނައިގައި އޮތީ ބުރު ސްޕޯޓްސް އެވެ. ދެވަނައިގައި އޮތީ ކުޑަ ހެންވޭރެވެ.
މުބާރާތަށް ތައްޔާރުވާން ނިއު އިން މަސައްކަތް ފެށީ ވެސް ލަހުންނެވެ. އެކަމަކު ލިބުނު ވަގުތުގައި އެ ޓީމުން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އެ ޓީމު އަލުން ދަނޑަށް ނުކުތުމުން ސަޕޯޓަރުންގެ ފޯރި ވަނީ ގަދަ ވެފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗު ކްލަބް ޓީނޭޖާ ދެކޮޅަށް ޓާފް ދަނޑުގައި ކުޅުނުއިރު ވެސް ސަޕޯޓަރުން ތިއްބެވެ.
ތިން އަހަރަށް ފަހު ގަލޮޅު ދަނޑުގައި އެ ޓީމުން ފުރަތަމަ މެޗު ކުޅުނީ މިދިޔަ ބުދަ ދުވަހުގެ ލޮރެންޒޯއާ ދެކޮޅަށެވެ. އެއީ ނިއުގެ ސަޕޯޓަރުން ވެސް އަލުން ދަނޑަށް އެނބުރި އައި މެޗެވެ. އާދިއްތަ ދުވަހުގެ ރޭ ވިކްޓަރީ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ދަނޑިުގެ އުތުރު ފަރާތު (މަޖީދީ މަގާ ވީ ފަޅި) ސިޑިބަރިގައި ނިއުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ފޯރި ނެގި އެވެ. މެޗު ފެށިގެން ނިމެންދެން އެ ފަޅީގައި ތިބި ސަޕޯޓަރުން ވަނީ ބެރުގެ އަޑު މުޅި ދަނޑުގައި ގުގުމައިލައިފަ އެވެ.
ނިއުގެ ކުޅުންތެރިން ސަޕޯޓަރުންނަށް ހަނާ އަޅާލަނީ: ނިއުގެ ޗެއމަން ވާސިފް ވިދާޅުވީ ކްލަބް ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެކަން އެ މެޗުން ހާމަކޮށް ދެވުނު ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރިން އެ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންނާއި ބިދޭސީ ކޯޗަށް ދޭން ޖެހިފައި ހުރި މުސާރަތައް އަދާނުކޮށް ފީފާގެ ސަސްޕެންޝަނެއްގައި ނިއު އޮންނަތާ ތިން އަހަރު ފަހުން އެ ކްލަބް ސަލާމަތްވީ މިދިޔަ މަހު ފީފާ އަށް އެ ފައިސާ ދެއްކުމުންނެވެ.
ބިދޭސީ ތިން ކުޅުންތެރިޔަކާއި ކޯޗަށް ދޭން ޖޭހެ ފައިސާގެ ގޮތުގައި ނިއު އިން އިން ވަނީ އެފްއޭއެމް މެދުވެރިކޮށް 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ. ވާސިފް ވިދާޅުވީ ނިއު އަލުން ކޮޅަށް ނެގުމަށް މަގުފަހިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާ ފުޅާ އެއްގޮތަށް ކުރިއަށް ވަޑައިގެންނެވުމުންނެވެ. އޭގެ ކުރިން ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ހަދައިގެން ތިންވަނަ ޑިވިޝަންގައި ވާދަކުރަން ވާސިފް އާއި ނިއުގެ ކުރީގެ ހިންގުންތެރިން މަސައްކަތް ފެށި އެވެ. އެކަމަކު އެ ކްލަބްގެ ހަރަކާތްތައް މަޑުޖައްސާލަން ޖެހުނީ، އެ ކްލަބަކީ ނިއުގެ ސްޕޯޓިން ސަކްސެސާ އެއްކަމަށް އޭއެފްސީން އެންގުމުންނެވެ.
ނިއު ދެން ކުޅެން ޖެހޭ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބީޖީ ސްޕޯޓްސް ކަލްބާ ދެކޮޅަށެވެ. އެ މެޗު ވެސް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރޭ
26 July 2022
ބަޔަކަށް ނޭގި ގެން ނޫން ނިއު ވިކުޓްރީ ޒަމާން ދުންވާލީ. ބައެއްގެ އަމިންލަ އެދުމެއް ހާސިލުވޭތޯ އެކަމެއްވެސް ނުވި.
ހުސެން
26 July 2022
ވަރަށްގަދަ މެނޭޖްމަންޓެއްތީ. ބަޔަކު ކުލަބު ދަރުވާލާފަ އޮށްވާ ނަގާ ކޮޅަށް ޖެހޭނި ކަމަށް އެކަކުވެސް ގަބޫލު ނުކުރޭ. ހުދު ސުފޯޓްސް މިނިސްޓަރ މަހުލޫފް ވެސް އެކި ފަހަރުމަތިން ދިން ޖަވާބު އަހަރަމެން ހަދާން އެބަހުރި. މަޖިލީހުގަ އާއި އެހެނިހެން ފޯރަމް ތަކުގަ..
ކެންޏާ
27 July 2022
ހަގީގަތް ގަބޫލުކުރަން ޖެހޭ މެނޭޖްމަންޓާއި ލޯޔަރުންގެ ވަރަކުން ނޫން ތިޓީމު ކޮޅަށްޖެހީ. އެމީހުން މީގެކުރިން ކުރި މަސައްކަތް ދިޔައީ ފެނަށް. ދަނޑިވަޅުބަލާފަ ސިޔާސީ މީހުން ނެގި ސިޔާސީ މަންފާއެއް ތިއީ.
ޕުއްލެ
26 July 2022
ސަޕޯޓަރުން ތިބޭނެ. ނަމަވެސް ދަރަނިތައް ނުދައްކަންޏާ ޓީމެއް ނޯންނާނެ
ދާނެ ކަމެއްނެތް.
26 July 2022
ކުޅިވަރުވެސް އަދި އެހެން ކަންކަން ކުރަންވެސް ފުރުސަތު އޮތީ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭ މީހުނަށް. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ ޓީމަކަށް މާލޭ ލީގު ކުޅެ މޮޅުޓީމަކަށްވެ ތަށި ނަގަން ފުރުސަތެއްނެތް. އެހެންވީނާ މާލޭ މީހުނަށް ތިކުޅިވެސް ދޫކޮށްލާ.
ދާނަން
26 July 2022
ކަލޭ ނުދިޔާމަ ދަނޑު އޮތީ ފަޅަށްދޯ
މޯޑް
26 July 2022
ނިއު ވިކުޓްރީ ފަސްޓަށް އެރިޔަނުދޭށް ވާދަވެރި ބައެއް ކުލަބުތަކުން މިހާރުވެސް ފާޑް ފާޑް ފުލޭން ހަދަށްފަށައިފި. އެމީހުން ނަކީ ދިވެހިފުޓްބޯޅައަށް ހެޔޮއެދޭބައެއް ނޫންކަށް މި އެގެނި އަމިންލަ އެދުމުން ފޯވެފަ ތިބި ފިޑި ބައެއްކަން މި އެގެނި. އިންސާ ﷲ އެފަދަ މީހުންގެ ރޭވުންތަށް ބަލިކަށި ކުރަށްވާ ފާދޭށް. އާމީން
ކުޗީ
26 July 2022
ދިވެހި ފުޓުބޯޅަ ހަލާކު ކޮއްލީ ބައްސާމް ....
ސަޕޯތަރެއް
26 July 2022
އެކަމު ދެރަކަމަކީ މުޅިދަނޑު ހަނޑުވެފައި، ސިދީބަރިގަ ހިރަފުސްއަޅާ، އަނެއްކޮޅުގައި ބާދަނގަޑަާ ފިލާ،
އާރީ
26 July 2022
ވާސިފްގެ ހިތްވަރަށް އަށްސަރިބަހާ ސާބަސް ދަށްނަވަން އަދި ދެގޮތެއް ނުވާ ވައިސް ޗެއާރމަން ޒަހީން އަށާއި ބޯޑް މެންބަރުންނަށް މި ޝުކުރު ޝާމިލުކުރަށް. ނިއުގެ ރައުސްމާލަކީ ސަފޯޓަރުން. މިދަފަ ދަތި އުދަގޫ ކޮންމެ ދަނޑިވަޅެއްގަ ސަފޯޓަރުން ތި ދޭ ހިތްވަރާ ނަގާފޯރިއަށް ހިތުގެ އެއްމެ ފުންމިނުން ޝުކުރު ދަށްނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ސާބަހޭ..
ސަފޯޓަރ
26 July 2022
ނިއުއަށް ލިބުނި ވަގުތު ކޮޅާއަޅާބަލާއިރު އޮތީ ވަރަށް ރަގަޅު ޓީމެއް. ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅު. މިކަމުގައި ކޯޗް ސޮބާހު އާއި ނިއުގެ މެނޭޖްމަންޓާއި ސަފޯޓަރުން ކުޅުނު ރޯލުވެސް އަޅުގަނޑަށް އިގިފާވާ ގޮތުގައި ވަރަށް ބޮޑު. ޝުކުރިއްޔާ ނިއުގެ މިހާރުގެ ހީވާގި މެނޭޖްމަންޓަށް.
ރަސްވާދަ
26 July 2022
އާއެކޭ އާއެކޭ ނިއުގަ ތިބޭނީ އާދަޔާ ޚިލާފު ސަޕޯޓަރުންނޭ.. އަދި ވިކްޓަރީއާއެކު ކުޅޭއިރު އެ ކިކް ދެގުނަ ވާނެއޭ.. ދިވެހި ފުޓުބޯޅައިގެ ހަޤީޤީ ކިންފުންނަކީ ނިއު ވިކްޓަރީއޭ.. އެއީ ދިވެހި އެލްކުލެސިކޯއޭ!! ނިއު ވިކްޓަރީގަ ނުތިބޭނެ ހަކުރުކޮޅަކަށް ކުލަފާޓާއަކަށް ނޫނީ ލާރިކޮޅެއްގެ ދަހިވެތިކަމުގަ ސަޕޯޓުކުރާ ކުލީ ސަޕޯޓަރުންނެއް އެއީ ކުލަބާ ހިތާ ހިތުން ގުޅިފަތިބޭ ހިތު ލޯބިން ސަޕޯޓުކުރާ ޖެނުއިން ސަޕޯޓަރުންނޭ... މި ދެކުލަބު މަރާލައިގެން ދިވެހި ފުޓުބޯޅަ ނުދިރޭނޭ!!
މުލޭ
26 July 2022
މިދެކްލަބް ދަނޑަށް ނިކުތުމަކީ ދަނޑު ފުރާލުމުގެ ވަޢުދު ފުއްދުމުގެ ފެށުން. ޝުކުރިއްޔާ ރައީސް.