އެސްޓީއޯ ހެޑް އޮފީސް: ދެވަނަ ކުއާޓަރުގައި ބޮޑު ފައިދާ އެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު
30 ޖުލައި 2022 - 15:57
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ޖުމުލަ އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި ކުއާޓަރު ރިޕޯޓުން ދައްކާ ގޮތުން އެއީ ފުރަތަމަ ކުއާޓަރަށް ވުރެ 22 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދެވަނަ ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީ މަތިވީ، އެސްޓީއޯ އިން ވިއްކާ ތެލުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް އެ ކުންފުނީގެ ނޫސްބަޔާނެއްގައި ބުންޏެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފާވާއިރު، ފައިނޭންސިން ހަރަދުތައް ކެނޑުމުން ލިބެނީ 188 މިލިއަން ރުފިޔާ އެވެ. ވިޔަފާރިން ނަގާ ޓެކްސް ދެއްކުމަށް ފަހު، ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނީ 155 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް ޖެހުނީ 138ރ. އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު މިންވަރާ އެއްވަރަށް، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ނިސްބަތުން ބޮޑު ނުކުރެވުމުން ކުންފުނީގެ ޖުމުލަ ފައިދާ ކުރީ ކުއާޓަރަށް ވުރެ 11 މިލިއަން ރުފިޔާ ދަށްވީ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، މި ކުއާޓަރުގައި ލިބުނު ސާފު ފައިދާ ކުރީ ކުއާޓަރަށް ވުރެ މަތިވީ އެ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއެކު، ހިންގުމުގެ ހަރަދު ކުޑަވުމުންނެވެ. ފުރަތަމަ ކުއާޓަރާ އަޅާކިއާއިރު، ޖުމުލަކޮށް އެސްޓީއޯގެ ވިޔަފާރި ވަނީ މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯސް
01 August 2022
ތީގެން ބޮޑު ބަޔަކީ އެމް އޭ ސީ އެލް އިން ލިބޭ ބައި. މެޑަލް މިޖަހަނީ އެސް ޓީ އޯ، އެކަމަކު ހަގީގަތުގަ ލިބެންޖެހެނީ އެމް އޭ ސީ އެލް އަށް.
އައްޑާ
31 July 2022
ތިކަމެއް ނޭނގެ. އަހަރެންގެ ކުންފުންޏަށް މިހާރުވެސް އެސްޓީއޯއިން ދައްކަންޖެހޭ 4 ލައްކަ ޑޮލަރު ނުދައްކާ އޮންނަތާ ދެއަހަރުވަނީ
އަލިކިލެގެފާނުންގެ ހުރާ
31 July 2022
4.9 ބިލިޔަން 48 ބިލިޔަން ހޯދިޔަސް 100 ބިލިޔަން ހޯދިޔަސް ސްޓާފުންނަށް ދޭން ފެށި ފުލެޓް ޕްރޮޖެކްޓު ނުނިމޭ އެންމެން ނިންމި އިރުވެސް، ތިޔަ ބިލިޔަން ތައް ހޯދަން މަސައްކަތް ކޮށްދޭ ފަރާތްތަކަށް އިހުމާލު ވީމާ ތިޔަ ބިލިޔަން ތަކުގެ ބޭނުމަކީ ކޮބާ؟؟
ގެދޮރު ނެތް މާލޭމީހާ
31 July 2022
ސަބްސްޓިޓިއުޓެއް ނެތް މުދަލެއްގެ އަގު އިންތިހާޔަށް ބޮޑު ކޮށްލީމަ ފައިދާ ނުވީޔާ ދެރަ.
އަހުމިއްޓޭ
30 July 2022
އެހެންވީމާ ދިވެހި ރައްޔިތުންގެ ފަރާތުން މިއަންގަނީ ތިފައިސާ ބަހައްޓަން އަންނައަހަރު ލޯނުދައްކަން ބޭނުންކުރަން.
ކޮންމެސް ފަރާތެއް
30 July 2022
އެސްޓިއޯ އިން އެއްޗެހި ގަނެފަ މިހާރު ކޮތަޅުވެސް ޖެހެނީ ވަކިން ގަންނަން. ދުވަހަކުވެސް މިގޮތައް އަދި ކޮތަޅު ނުގަންނަން. ފައިދާ ވިޔަކަސް ރައްޔަތު މީހުންނަށް ދެމުންދާ ހިދުމަތްތައް އަދިވެސް ރަގަޅު ވާ ހެނެއް ހިޔެއްނުވޭ.
ކޮތަޅުތަކުރު
31 July 2022
ގެއިން ތިމާވެއްޓާރައްޓެހި ކޮތަޅުހިއްޕަވައިގެންފިހާރަތަކަށްދުރުވުންއެދެން
ނުރަބޯ
30 July 2022
ތިޔަކަމެއް ނޭނގުނޭ. ވިޔަފާރިކޮށްފަ ތަކެތިއަޅާ ކޮތަޅުގަނޑަށް ވެސް ނިކަމެތި ރައްޔިތުންގެ އަތުން ލާރިނަގާ. ތެލުގެ އަގުވެސް އެއޮތީ ރިކޯޑް މިންވަރަކަށް މައްޗަށް ޖައްސާފަ. ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮ ވީމާވެސް އެސްޓީއޯއިން ހަމަ ނުވެސް ދެނެހުރި.
ހުއްބުލް ވަތަންް
30 July 2022
ވިޔަފާރި ވި ވަރާ ފައިދާ ވި ވަރު ހާމަ ކުރި އިރު އެސްޓީއޯ އަށް އެކި ކުންފުނިތަކުން ލަފާ ހުރި އިންވޮއިސް ތަކަށް ފައިސާ ދޫނުކޮށް ހުރި ވެސް ހާމަ ކޮށްލަބަލަ. ތިޔަ ކިޔަނީ ކަރުދާހުގައި ހުރި އަދަދު ތަކެއް. ސަރުކާރުން އެސްޓީއޯއަށް ފައިސާ އެއް ނުދޭ. އެސްޓީއޯ އަކުން ކަސްޓަމަރުންނަށް ފައިސާ އެއް ދުލެއް ނުކުރޭ. މާނަައަކީ ފިނޭންސް މިނިސްޓްރީ އެކައުންޓް އޮތީ ހުސްކޮށޭ. ގައުމުގަ ފައިސާ އެއް ނެތޭ.
ކޮރަލް
30 July 2022
އެސްޓީއޯ އަށް 40 ހަށްވުރެ ގިނަ އަހަރަު ވީ އިރު ވެސް އަސާސީ ތަކެތި ކަމުގައިވާ ހަކުރު، ހަނޑޫ ފުއް އަދި ތެޔޮ އަތޮޅު ތަކުގެ އާދައިގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަނީ ފެއިލް ވެފަ އެވެ. ކާޑާއި ތެޔޮ ގަންނަން އަންނަން ޖެހެނީ މާލެ އަށެވެ. މިސާލަކަށް ރާއްޖޭގެ 4 ސަރަހައްދެއްގަ މާލެ އެކޭ އެއް އަގަށް ތެލާ ކާޑުގެ ބާވަތް ތައް އެސްޓީއޯ އިން ގުދަންކޮށް ގަނެވޭ ގޮތަށް ހަދާނަމަ ވ ފަސޭހަ ވެގެން ދާނެ އެވެ.
އެސްޓީއޯ އަށް ވާނެ
30 July 2022
ތި ހިސާބު ތަކަށް ނަޒަރު ހިންގާލާއިރު އިނގެނީ އޯވަރހެޑް ވަރަށް ބޮޑުކަން. އިކޮނޮމީ، އެފިޝަންސީ އަދި އިފެކްޓިވްނަސް ހާސިލް ވެފަ އެއް ނެތް. ރިސޯސް އެލޮކޭޝަން އެބަ ޖެހޭ ރަނގަޅުވާން. ހާއްސަ ކޮށް ހިއުމަން ކެޕިޓަލް. މި ކަންކަން ހަރުދަނާ ކޮށްގެން ބޮޑު ތަނުން ކުރިޔަށް ދެވޭނޭ. އެސްޓީއޯ އަށް ވާނެ.