ދިރާގުގެ ފައިބާ އިންޓަނެޓް އަދި ދިރާގު ޓީވީ މ. ވޭވަށުގައި ތައާރަފް ކުރުން ---ފޮޓޯ: ދިރާގު
01 އޯގަސްޓް 2022 - 18:27
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދިރާގު ޓީވީ އާއި ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް މ. ވޭވަށަށް ދީފި އެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހިދުމަތްތަކަށް އެދޭ ވޭވަށު ރައްޔިތުންނަށް ދިރާގު ޓީވީ އަދި ފައިބާ ކޭބަލް ހިލޭ ގުޅައިދޭނެކަމަށެވެ. ދިރާގު ޓީވީގެ ޑީކޯޑަރު އަދި އިންޓަނެޓް ރައުޓަރު ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް ހަލުވި ސްޕީޑް އަދި ޑާޓާ އެލަވެންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ލިބޭނެ އެވެ.
ދިރާގު ފައިބާ ހިދުމަތަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން، 90 ރަށެއް ހިމެނޭހެން ރާއްޖޭގެ 85 ޕަސެންޓް ގޭބީސީއަށް އެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގު ޓީވީ ތައާރަފްވުމާއެކު، ވޭވަށު ރައްޔިތުންނަށް މިހާރު ގިނަ ޓީވީ ޗެނަލްތަކާއި އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބެލޭނެ އެވެ.
ލޯކަލް އަދި ބޭރުގެ ޗެނަލްތަކާއެކު 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގެ އެންމެ ފުރަތަަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 85 ޕަސެންޓް ރަށަށް އެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy