ގައުމީ ނެޓް ބޯޅަ ކުޅުންތެރިޔާ އަދި މިއަހަރުގެ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އައިމިނަތު ރަބާބް: ޓްރީ ޓޮޕުން އޭނާގެ ލިގަމެންޓް ސާޖަރީ ކާމިޔާބުކޮށްފި--- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
02 އޯގަސްޓް 2022 - 18:20
ގައުމީ ނެޓް ބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބްގެ އެންޓީރިއާ ކްރޫޝަލް ލިގަމެންޓް (އޭސީއެލް) ރިކޮންސްޓްރަކްޝަން ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، ސާޖަރީ ފުރިހަމަކުރީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓެންޓް ޑރ. ކަނިރާޖް މަރިމުތުލުގެ ލަފާއާ އެއްގޮތަށެވެ. އޭނާ އަކީ ހުޅު ބަދަލުކުރާ ސާޖަރީ، ސްޕޯޓްސް މެޑިސިން ސާޖެރީ، ކޮނޑުގެ ސަޖަރީ އަދި ކަކުލުގެ ސަޖަރީ ކުރުމަށް ހާއްސަ ތަޖުރިބާކާރު ކޮންސަލްޓެންޓެކެވެ.
ރަބާބްގެ ކަކޫ ސާޖަރީ ކުރުމަށް ފަހު ޓްރީ ޓޮޕްގައި އެޑްމިޓް ކޮށްފައި ---ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
އުމުރުން 23 އަހަރުގެ ރަބާބް އަކީ ގައުމީ ނެޓް ބޯޅަ ޓީމަށް ކުޅެ، ރާއްޖެ ތަމްސީލުކޮށް ގިނަ ކާމިޔާބުތައް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި އަހަރުގެ "ނެޝަނަލް ސްޕޯޓްސް އެވާޑްސް"ގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ރާބާބް އެ ސާޖަރީ ކުރަން މެދުވެރިވީ މިދިޔަ އަހަރު އޮތް ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެތެރެއިން އޭނާގެ ވައަތު ކަކޫ އެނބުރި، މައި ލިގަމެންޓް އިރައިގެން ދިޔުމާ ގުޅިގެންނެވެ.
ސާޖަރީ ކާމިޔާބުކުރުމުން ރަބާބް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓީމަށާއި، ޑރ. ކަނިރާޖު އަދި އޭނާއަށް އެހީވި އެންމެނަށް ޝުކުރުއާދަކޮށްފަ އެވެ.
"ރަބާބް އަކީ ހިތްވަރުގަދަ ކުޅުންތެރިއެއް. އޮޕަރޭޝަނަށް ފަހު ހެދި ފިޒީއޯތެރަޕީގައި ރަބާބް ވަނީ ފައިގެ ބާރު ރަނގަޅުކުރުމަށް ވަރަށް މަސައްކަތްކޮށް، ނަތީޖާ ނެރެ ކުރިއެރުމާއި ހިތްވަރު ދައްކައިފައި،" ޑރ. ކަނިރާޖް ވިދާޅުވި އެވެ.
އުމުރުން 13 އަހަރުގައި ނެޓް ބޯޅަ ކުޅެން ފެށި ރަބާބްގެ 10 އަހަރުގެ ކެރިއާ ހުއްޓުމަކަށް އައިނަމަވެސް، އޭނާ ދަނީ އެނބުރި ކުޅުމަށް ނުކުތުމަށްޓަކައި ރިކަވަރީގެ މަސައްކަތް ކުރަމުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އެ ހޮސްޕިޓަލުން ވަނީ ހިތުގެ ބަލި ހުންނަ 19 އަހަރުގެ އަންހެނެއްގެ އޭސީއެލް ސާޖަރީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ނަރީޝް.
02 August 2022
މިސިޓީގެ ރައްޔިތަކު ބަލިވެއްޖެނަމަ އެމީހާ ނުވަތަ އެކްސިޑެންޑްވެ ފައި ބިންދައިގެންދާ މީހާ ޖެހެނީ މިތަނުގައި ހުންނަ މާލެ ފޮނުވައިދޭ ކައުންޓަރު އިކްއިޓޯރިއަލް ހޮސްޕިޓަލް ކިޔާ ތަނަކަށް ގޮސް އާސަންދަ ހަމަޖައްސައގެން މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލެއަށް ދާން. ތިޔަ ޙަބަރުން އަހަރުމެންނަށް އޮތް އުފާވެރިކަމެއްނެތް.
ށަވިޔަނި
02 August 2022
އަދި އައްޑުއިންވެސްވާނެ. މާލެ މުގައްދަސްވެގެންވެސް އަދި މިތަނުން އެފަދަ ކަންކަންވާން އެފެށުނީ. މިތަނުންވެސް ބޭރަށް ދާންޖެހޭކަންތައް އަދިވެސް އެބަހުރި.
ހާޓު
03 August 2022
ތިޔަނަތުގައި ޑޮކުތަރުން ގޮސް ތިބޭހިތްވާކަހަލަ ކަންކަން ހަމަޖެހުނީމާ ތިޔަ ސިޓީންވެސް އެކަންކަން ވާނެ. ސަރުކާރުން ކިތަންމެ މޮޅު މީހަކު ފޮނުވިޔަސް، ހިތް ފަޅައިގެން ގޮސްގެން އަންނަނީ އެނބުރި
ގާލްފްރެންޑް
03 August 2022
ކަލޭމެން ތަންތާ ހުޅުޖެހުން ހުއްޓާލީމަ ދޯ ތަރައްގީވާނީ!