ޚަބަރު / ދ. ކުޑަހުވަދޫ

ކުޑަހުވަދޫ މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން

ދ. ކުޑަހުވަދޫ އެއާޕޯޓަށް އޮޕަރޭޓްކުރާ ހަމައެކަނި އެއާލައިން، މަންޓާ އެއާލައިންގެ އިސްވެރިންނާ ބައްދަލުކުރުމަށް ފަހު ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށް ބުނެ، ރަށުގެ ގިނަ ބަޔަކު ތިބީ އަދިވެސް އެއާޕޯޓު ސަރަހައްދުގައި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މަންޓާ އެއާލައިނުން ބޭނުންކުރާ އޭއާރު އެއާކްރާފްޓުން ބަލި މީހުން ނޫފުލާ މައްސަލައިގައި ކުޑަހުވަދޫގައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޒާހަރާ ކުރަން ފަށައިފަ އެވެ. އެ އެއްވުން ރޫޅާލަން ފ. ނިލަންދޫން ފުލުހުން ވެސް ދިޔަ އެވެ.

އެ ސަރަހައްދު ދޫކޮށް އާއްމުން ދިއުމަށް ފުލުހުން އިންޒާރު ދިން ނަމަވެސް އެކަމަށް ތަބާނުވުމުން އެންމެ ފަހުން ޕެޕަ ސްޕްރޭ ވެސް ޖެހި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު އައިޝަތު ނަޝީދާ ވިދާޅުވީ އެ އެއްވުން ރޫޅާލަން ޕެޕަ ސްޕެރޭ ޖެހި ނަމަވެސް އަދި ވެސް އެއާޕޯޓު ސަރަހައްދުގައި މީހުން އެއްވެ އެބަތިބި ކަމަށެވެ.

އެ މީހުން މަޑުކޮށްގެން ތިބީ، ނަޝީދާ ވިދާޅުވި ގޮތުގައި، ބަލި މީހުން ނުއުފުލާ މައްސަލައިގައި މަންޓާގެ އިސްވެރިން މިއަދު އެ ރަށަށް ގޮސް އާއްމުންނާ ބައްދަލުކުރަން ހަމަޖައްސާފައި އޮތުމުން ކަމަށެވެ.

ކައުންސިލުން ބުނީ އެއާޕޯޓު ސަރަހައްދުގައި މީހުން އެއްވެ ތިބި ނަމަވެސް ފްލައިޓްތައް އޮޕަރޭޓްކުރަމުން އަންނަ ކަމަށެވެ.

މަންޓާގެ ބޯޓުން ބަލި މީހުން ނުއުފުލާ މައްސަލައިގައި މީގެ ކުރިން ވެސް ކައުންސިލުން ވަނީ އެ އެއާލައިނާއެކު މަޝްވަރާކޮށްފަ އެވެ. އެކަމަކު، މި ފަހުން އެ މައްސަލަ ހޫނުވީ ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހޯމަ ދުވަހު އެޑްމިޓްކުރި ފިރިހެނަކު އިތުރު ފަރުވާ އަށް މާލެ ގެންދެވޭނެ ގޮތެއް ނެތުމުންނެވެ.

އެ އެއްވުންތަކާ ގުޅިގެން އިއްޔެ ކުޑަހުވަދޫގެ ދަތުރުތައް ވެސް ހުއްޓާލި އެވެ.

އެ މައްސަލައިގައި މަންޓާ އެއާއިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ ސްޓްރެޗާގައި ގެންދާ ބަލި މީހުން ކުރިން ވެސް މަންޓާގެ ފްލައިޓްތަކުން ނުއުފުލާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި ހަރަކާތްތަކަކީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށެވެ.

ކުޑަހުވަދޫން ބަލި މީހުންގެ މާލެއަށް ގެންދަން ޖެހިއްޖެ ނަމަ، އަބަދުވެސް ދަތުރު ކުރަނީ އާސަންދަ މެދުވެރިކޮށް މޯލްޑިވިއަންގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާކަތަކާ ހަ ގަޑި އިރު ވަންދެން ކުޑަހުވަދޫ އެއާޕޯޓުގައި 12 ޓޫރިސްޓުން ތާށިވި އެވެ.

77 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަންބަންބީނޯ

04 August 2022

ރަށުން ބިން ދިނަސް ކޮންމެ ކޮންމެ ވިޔަފާރިޔެއް ނުކުރެވޭނެ ދެމެހެއްޓެނިވި ގޮތެއްގައެއް. ކަމެއް ފެށިދާނެ، އެކަމު ހަމަ ތެޅިތެޅި ތިއްބާ ހުޅުނބުގޮސް ވިޔަފާރި ހުއްޓޭނީ. އެއަރޕޯޓު ނަގާފަ އެ ބިމުގަ ގޮވާންކުރަންތަ ތިޔަ ވިސްނަނީ؟ އަމިއްލަ ކުންފުނިތަކަށް ގަދަބާރުން ކަންކަން ކުރަން އުޅެގެން ނުވާނޭ ތިޔަކަމެއް. ބަލި މީހުން އުފުލޭ ކަހަލަ ބޯޓަކުން މީހުން އުފުލޭނީ. އެކަހަލަ އިންތިޒާމު ހުންނަ އެއްޗަކުން ވާނީ. ސަރުކާރުން އެކަހަލަ ކަންކަން ކޮށްދޭނީ ނުއަގުގަވިޔަސް.

The name is already taken The name is available. Register?

ފޮނި ކަލޯ

04 August 2022

ނޫހުގަ ލިޔާ ލިޔުން ތެރިން ވެސް ތަންކޮޅެއް ބޮޑައް މަޢުލޫމާތު އޮޅުން ފިލުވައި ވީހާ ތެދު ޚަބަރު ރައްޔަތުން ނާއި ހަމަޔައް ގެނެސްދިނުން ވަރައް މުހިއްމު

The name is already taken The name is available. Register?

ބަނބޫ

03 August 2022

ކޮވިޑާހުރެ ތިޔަ އެއަރޕޯޓު ހިންގާ ކުންފުނި ކިރިޔާ ބަނގުރޫޓު ނުވެ އޮތް އިރު ތިޔަ ރަށު މީހުން ލާރީކޮޅެއް ދިއްކޮށްލިތަ އެއަރޕޯޓު އިނދަ ނުޖެހި ކޮޅަށް ޖަހަން؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

04 August 2022

އެކޮޔަށް ނޭގޭތަ ކުޑަހުވަދޫ އެއަރޕޯޓު ހިންގައިދޭތީވެ އުޖޫރައެއްގެ ގޮތުން ސަރުކާރުން މަންތާއަށް ކުއްޔެއް ނެތި 2 ރަށް ރިސޯޓް ހަދަން ދޫކުރި ކަމެއް. މަހުޖަނުންނަށް ހުރިހައި މޮޅުކަމެއް ރައްޔިތުން ހަނާވަނީ.

The name is already taken The name is available. Register?

ކިނބޫ

04 August 2022

ބޭކާރުވާހަކަ ނުދައްކާ، ރައްރަށު މީހުން ލާރިދީގެން ހަމަ މި އެއަރލައިން އިން އުދުހެނީ، ހިލެޔެއް ނޫން. އަދި އެއަރޕޯޓް އަޅާފައޮތީ ރައްޔިތުންގެ ބިމެއްގައި އެއްވެސް ކުއްޔެއްނުދީ، ފަޅުތަކާ ރައްތަކާ ވެސް ހިލޭދީފަ. ހުރިހާ މޮޅެއް ދިނީމަވެސް ހަލީލުމެންނަކަށް ނުފުދުނު؟

The name is already taken The name is available. Register?

ކިނބޫބާ

04 August 2022

އެރަށު މީހުން އެއްޗެއް ދިއްކޮށްލަންޖެހޭތަ؟ އެކަމު މަގޭ ހިތަށް އަރަނީ ބަލި މީހުން އުފުލިދާނެބާއޭ ކޮންމެ ކޮންމެ ބޯޓެއްގައި. އެހެނީ އެއަރ އެމްބިއުލަންސާ ސީ އެމްބިއުލަންސްވެސް ހުންނާތީ. މޯލްޑިވިއަނުގެ ބޯޓުންވެސް ގޮނޑިތައް އުފުރައިގެންދޯ އުފުލޭނީ އެނދުގަ އޮންނަ ބަލި މީހުން. ދެން މަންތާގެ ބޯޓަށް އެކަހަލަ ބަދަލުތައް ގެނެވޭނެތަ؟ ރައްޔިތުން ފައިސާ ދައްކާލަން ފެންނަނީ މިކަހަލަ ކަންތަކާ.

The name is already taken The name is available. Register?

ބޯގޯސް-01

04 August 2022

އަތޮޅުން ހިލޭ 03 ފަޅުރަށް އަދި އެއަރޕޯޓް ހިއްކުމަށް ފަޅުތެރެއިން ވެލިދީފައި، އަދި ރަށުން އިންވެގެން ފަޅުން ހިލޭ ބައެއްދީފައި އަދިވެސް ރައްޔިތުން ތޯ އެއަރޕޯޓު ހިންގާ ކުންފުންޏަށް ލާރި ދޭންވީ؟

The name is already taken The name is available. Register?

އިބްރ

03 August 2022

މުޒާއިރާގައި އިސްކޮށްތިބީ ރ ނަޝީދާއި ރ ސާލިގެ ސަޕޯޓަރުން. ބަލިވެފައިއޮތީ ހަމައެކަނި ސޮއިކޮށްލައިގެން ބޮޑުމުސާރަ ދެމުންދާ ސާލިހު ސަރުކާރުގެ ސިޔާސީ ބޭފުޅެއް.

The name is already taken The name is available. Register?

ދި ކުޑަހުވަދޫ

04 August 2022

މީހާކު ބަލިވީމައި ކުޑަހުވަދޫ މީހުން ވަކި ޕާޓީއަކަށް ނުބަލާކަން ކުރި މުޒާހަރާއިން އިނގިގެން ދޭ.

The name is already taken The name is available. Register?

ާަވަބާ

03 August 2022

12 ފަތުރުވެރިން އެ ފުލައިޓުގަ ނާދޭ އެއީ ދޮގު. އަހަރެންވެސް އައީ އެ ފުލައިޓުގަ.

The name is already taken The name is available. Register?

ވަބާ 001

04 August 2022

12 ފަތުރުވެރިން އައި. އެއީ ތެދު

The name is already taken The name is available. Register?

ހަލީލު.

03 August 2022

ކުށް ޤަބޫލު ނުކުރަންވެގެން މަންތާގެ ބޮޑުން މިތަނުގައި ހާދަވަރަކަށް އެބަ ކޮމެންޓް ކުރަނޭ. ކިތަންމެ ވަރަކަށް ތިގޮތަށް ކޮމެންޓް ކުރިޔަސް މަންތާގެ މެނޭޖްމަންޓް ތިކުރިކަން ރަނގަޅު ކަމަށް ހޭބުއްދި ހުރި އިންސާނަކު ޤަބޫލު ނުކުރާނެ.

The name is already taken The name is available. Register?

ކޮރަލް

03 August 2022

އެއަރޕޯޓް އޮތީ މީހުން އުޅޭ ރަށެއްގަ އެވެ. އެއަރޕޯޓް އަކީ ސަރުކާރުގެ އެއަރޕޯޓް އެކެވެ. މައްސަލަ އަކީ ރައްޔިތުންނަށް ފަސޭހައެއް ނުވާ ގޮތައް ވިޔަފާރިބޭނުމަށް މަންޓާ އެއަރޕޯޓް ބޭނުން ކުރާތީ އެވެ. އެހެން ބަޔަކަށް ފުރުސަތު ދިނީމަ މައްސަލަ ހައްލު ވީ އެވެ. ވިލާ ނޫނީ ގައުމީ އެއަރލައިން އިން ދ އެއަރޕޯޓް އަށް ދަތުރުތައް ކުރަން ވީ އެވެ. ރައްޔިތުންވެސް އެގޮތަށް އެދެން ވީ އެވެ..

The name is already taken The name is available. Register?

އައްޓަމަސް

03 August 2022

ބަލަ އެއީ މޯލުޑިވިއަންއިން އެޅި އެއަރޕޯރޓުއެއް ނޫން، މަންތާ މީހުން އެޅިތަނެއް، އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލައި ދޭންވާނެ، ނަމަވެސް ތީކީ ހައްލެއްނޫން، އެއަރޕޯރޓުއަށް ރަށުކައުންސިލުގެ ކޮންމެވެސް ބާރެއް އޮންނަންވާނެ، ރަށެއްގެ ރައްޔިތުންނަކަށް އެއަރޕޯރޓެއް ނުހިންގޭނެ، ހުރިހާކަމެއްގައި ރައްޔިތުންނަށް ފަސޭހަވާކަށް ނުޖެހޭނެ، ދީލާލަން ޖެހޭ ފަހަރުވެސް އަންނާނެ ހަޔާތުގެ ދަތުރުތަކުގައި

The name is already taken The name is available. Register?

ދި ކުޑަހުވަދޫ

04 August 2022

ކުޑަހުވަދޫ މީހުންނަށް އެއަރޕޯޓް ހިންގޭނެ. ކުޑަހުވަދޫ އަކީ ކުރިން 02 އަވަށަކަށް އޮވެގެން، 02 އަވަށުގެ ވާދަޖަހައިގެން ކަރަންޓްގެ ޚިދުމަތްދިން ރަށެއް. މިހާރުވެސް ކުޑަހުވަދޫ މީހުންނަށް ވާނެ،

The name is already taken The name is available. Register?

ގަންޑެޅިގަރަގެއްޔެ

03 August 2022

ހަދާނަށް އަންނަނީ އާސަންދައިން އައޑީކާޑަށް ބޭސްކުރެވޭނެޔޭ ބުނެ އިއުލާން ކުރިތާ ގަޑިއިރުނުވަނީސް ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ބަލިވެގެން ބޭސް ކުރަން ޖެހި، އޭޑީކޭ މުއްސަދިވެ ބޭސްފިހާރަތައްވެސް ކަންމަތީފިހާރަތަކަށްބަދަލުވެ ސިއްހީދާއިރާގެ ޢެތައްބަޔަކު މުއްސަދިވެ ސަރުކާރު ބަނގުރޫޓްވެ ވެރިމީހާޔަށް ގޮތްހުސްވެ ސަރުކާރު ކުންފުނިތައް ނުއަގުގައި ވިއްކަންޖެހި އެންމެފަހުން ވެރިކަމުންވެސް ވެއްޓުނީ! މަންތާއަށްވެސް ވާނީ އެއްމެފަހުން އެގޮތަށް!

The name is already taken The name is available. Register?

ވސނ

03 August 2022

މަންޓާއާއިއެކު ވެފައިވާ އެއްބަސްވުން ފެނިގެންނޫނީ ތިކަމާއިބެހޭގޮތުން އެއްޗެއް ބުނާކަށެއް ނުއިނގޭނެ. މަންޓާއަކީ ޓުއަރިޒަމްގައި މަސައްކަތްކުރާ އަމިއްލަ އެއާލައިނަކަށްވާއިރު ވިޔަފާރިއަށް ޕެސެންޖަރުން އުފުލުމާއި ސްޓްރެޗަރ، އަދި ހާޓްއެޓޭކުފަދަ ބަލިތަކުގެ ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތަކާއި، ސްޓެޗަރކޭހެއް ގެންދިއުމުމުން ކަނެކްޝަން ފުލައިޓުނަގަންޖެހޭ ޓުވަރިސްޓުންނަށް ލަސްވެއްޖެނަމަ ލިބިދާނެ ގެއްލުމާއިމެދު ވިސްނަންޖެހި ޒިންމާނަގަންޖެހޭނީ މަންޓާދޯ!

The name is already taken The name is available. Register?

ޙަސަން އަޙްމަދު

03 August 2022

އަޖައިބެއް! މީހެއްގެ ފުރާނައަށް ވުރެ މުހިއްމު އެއްޗެއް އޮވޭތަ؟ ތިކަހަލަ ސިކުނޑިން އިޤްތިޞާދީ ވާހަކަ ދައްކާނީ އިޤްތިޞާދު ނުދަންނަ ޖާހިލުން. ތިޔަ ޓްވަރިސްޓުން ވެސް މައްސަލައެއް ނުޖައްސާނެ އެކަހަލަ އެމަޖެންސީއެއްގަ.

The name is already taken The name is available. Register?

ސައިކުރ

03 August 2022

އެތެރޭގެ އުދުހުންތަކަށް ހުއްދަދޭއިރު މެޑިކަލް އިވާކުއޭޝަން ކުރަން ޖެހޭހާލަތުގައި ފުލައިޓުތަކުން ޖާގަ ދޭންޖެހޭ ގޮތް އޮންނަން ޖެހޭ. އަދި ހުއްދަދޭ އެއާކުރާފްޓަކީ މެޑިކަލް އިވާކުއޭޝަން އަށް ސްޓެޗަރު ހަރުކުރެވޭވައްތަރު ސީޓު ހުންނަންޖެހޭގޮތަށް ގަވާއިދު ބަދަލު ކުރަން ގޮވާލަން. ފުރާނަ ފަސްޓު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454