އައިސްކްރީމް.
04 އޯގަސްޓް 2022 - 18:32
ރާއްޖެއަށް އެތެރެކޮށްފައިވާ "ހާގެން ޑާޒް" ބްރޭންޑުގެ އައިސްކްރީމްގެ ބައެއް ބާވަތްތަކުގެ ބެޗެއް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އިދާރާއަށް ހިއްސާކޮށްފައިވާ ކަަމަށެވެ.
އެ އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ތަގައްޔަރުވެފައިވަނީ ވެނީލާ، ބެލްޖިއަން ޗޮކްލެޓް، ކުކީސް އެންޑް ކްރީމް، ކުކީސް އެންޑް ކްރީމް އެސްޕީކޭ އަދި ވެނީލާ ކެރަމަލް އާމަންޑް ފްލޭވާގެ ބެޗުތަކެކެވެ.
އެމްއެފްޑީއޭ އިން ބުނީ އެ އެލާޓާ ގުޅިގެން ހާގެން ޑާޒް އައިސްކްރީމްގެ ސަބަބުން އޮތް ނުރައްކަލުގެ މިންވަރު ދެނެގަންނަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑްގެ އައިސްކްރީމް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާގަން ޕޯކް
12 August 2022
ޕޯކެއް ނެތެއްނު! އޯކޭ އެހެންވީމަ! ވިހަވުންވެސް މާ ރަގަޅު އޫރުމަސް ކެއުމައްވުރެ!!!
ތަޣައްޔަރު
05 August 2022
ޣ ބޭނުން ކުރޭ
ސެމި
05 August 2022
ފުޑްއެންޑްޑްރަގްއޮތޯރިޓީ މިއީހަމަޖޯކެއް!
ށަވިޔަނި
05 August 2022
އައިސްކްރީމް ނުކާތާ އެތައް އަހަރެއްވެއްޖެ. އެހެންކަމުން ތި އައިސްކްރީމް ނުކެވޭ. ފިހާރަތަކުގައި ވިއްކަން ހުންނަތަން ފެނޭ. ފިލްމީތަރި އަކްޝޭ ކުމާރު ބުނާގޮތަށް ތިފަދަ ކާބޯތަކެތިން ދުރުވުމަކީ ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް.
ލަބީ
04 August 2022
ވިއްކުން ހުއްދަވާނެ. އެކަމަކު ބޭނުންކުރުން ހުއްދައެއްނުވާނެ.
ދެރަ
04 August 2022
މަށައް އެންމެ މީރު