ހުޅުމާލެ: އޮކްޓޯބަރު 19، 2019: އަމީނިއްޔާ ސުކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އެސުކޫލުގެ އަލިމަސް ޔޫބީލް ޕެރޭޑްގެ ތެރެއިން: މި ޕެރޭޑްގައި އެ ސުކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އިސް ދަރިވަރުން ބައިވެރިވި.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު
04 އޯގަސްޓް 2022 - 19:46
މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު މި އަހަރު ދެ ގުނަ އިތުރުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް ވިދާޅުވީ އެވްރެޖުކޮށް މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ވަންނަން ހުށަހަޅަނީ ޖުމްލަ 500 އެއްހާ ފޯމު ކަމަށެވެ.
ނަމަވެސް ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު އެ އަދަދު ވަނީ ދެ ގުނަ އިތުރުވީ އެވެ.
މޫސަ ވިދާޅުވީ ރަށްރަށުގައި ދިރިއުޅެމުން ދިޔަ ދަރިވަރުންގެ ތެރެއިން މި އަހަރު ގްރޭޑު އެކަކަށް ވަންނަން އެކަނި ވެސް 550 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެހެން ގްރޭޑުތަކަށް އަލަށް ބަދަލުވާން ހުށަހެޅި ހާހެއްހާ ފޯމާއެކު، މި އަހަރު މާލޭގެ ސްކޫލްތަކަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާން ބޭނުންވެގެން ހުށަހަޅާފައިވާކަން މޫސާ ފާހަގަކުރެއްވި އެވެ.
ގްރޭޑު އެކަކަށާއި އެކި ސްކޫލުތަކަށް ބަދަލުވާން މިނިސްޓްރީއަށް ޖުމްލަ 5،260 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، މާލެ ސަަރަހައްދުގައި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުން ވެސް ހިމެނެ އެވެ.
މޫސަ ވިދާޅުވީ 5،100 އަށްވުރެ ގިނަ ފޯމަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ. އިއްޔެ ވެސް 100 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން އަންނަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އެންމެ ފުރަތަމަ ސްކޫލު އަންނަ މަހުގެ ހަތަރެއްގައި ހުޅުވާނެ އެވެ.
އަހުމަދު ކާމިލް ދީދީގެ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށެވެ. އިތުރު ޕްރީ ސްކޫލެއް ވެސް އެ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާއިރު، ސަލާހުއްދީންގެ ސްކޫލްގެ ނަމުގައި އަމީން ކޮންސްޓްރަކްޝަން އިން އިމާރާތްކުރާ ސްކޫލް އަންނަ ޖެނުއަރީގައި ހުޅުވާނެ އެވެ.
ދެ ވަނަ ފިޔަވަހީގައި އިތުރު ހަތަރު ސްކޫލެއް އަޅަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީމަކަރުވެރިހިމާރު
05 August 2022
ޔާﷲ މަކަރުވެރިންގެ ރޭވުންތަކުން ރާއްޖެތެރޭގެ ރައްޔަތުން ސަލާމަށް ކުރައްވާދޭވެ
ޙުސެއިނުބެ
05 August 2022
ޖަޒީރާ ރާއްޖެ، ރައްވެހި ފަތިސް، ބިސްމަޅީގަ ޖެހުނު ކުދިންނަށް ހިތާމަހުރޮ.
އެމްސް
05 August 2022
އަސްލު އައިސްގެން އުޅެނީ ބޮންދު ފަތިހެއް! ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ބޮންދުން! ހުރިހާ ޢާއްމު ވިޔަފާރި ތަކަކީ ދިވެހިންގެ ނަމުގަ ބޮންދުން ކުރާ ވަގު ވިޔަފާރިތަކެއް، ފުލުހުންނާއި ސިފައިންގެ ނަމުގަ އަދި މިއަދު އެކިއެކި ގޭންގްސްޓާރުންގެ ނަންނަމުގަ!
ކައްޕިތާނު
05 August 2022
އެހެންވީމާ ހިޔާ ފިލެޓު ތަކަށް ތިޔަ އައީ ކޮންމެހެން މާލޭގައި އުޅެމުންދިޔަ ބައެއް ނޫންތާ ދޯ
އެމްސް
05 August 2022
އެތައް ސަތޭކަ ބޮންދުންނެއްވެސް އެތާ އެބަ އުޅޭ! މިޤައުމުގަ ނުޤަވާޢިދުން އުޅޭ ލައްކައަކަށްވުރެ ގިނަ ބޮންދުންނަށް ވަނީ މިޤައުމުން ބޯހިޔާވަހިކަން ތަނަވަސްވެ، އަމިއްލަ ވިޔަފާރި ޤާއިމުކުރުމުގެ މަގުވެސް ފަހިވެވެގެން ގޮއްސަ! ވަޒީފާއެއް ދޭންވީމަ ދިވެހިމީހާވެސް އިސްކުރަނީ ބޮންދު! ބޮންދުވެސް ވަޒީފާގަ ގެންގުޅެނީ ބޮންދުން!
އަތޮޅުތަކުގެ ކައުންސިލްތަކަށް
05 August 2022
މާލޭ ސަރަހައްދުގައި އިތުރު ފްލެޓާއި ސްކޫލް އެޅުން ވަގުތުން ވަގުތައް ހުއްޓާލާނެ ވެރިއަކު ދެން ހޮވަންވީ ރާއްޖެތެރޭގެ ރައްޔިތުންގެ ވޯޓުން. މާލޭ 60،000 ވޯޓަކުން ވެރިކަމަކަށް ނާދެވޭނެ. ރާއްޖެތެރޭ އަތޮޅުތަކުން އެންމެން އެއްބަސް ކިޔާ ކޯލިޝަނެއް ހަދާ. ފިސާހަރި ރަނގަޅަށް ދަންމާނަށް ދަމާ ވާންކޮށް މާލޭ މަކަރުވެރި ވެރީންގެ ބުޅިތައް ކަނޑާލާ. އަބަދު ރާއްޖެތެރެ އަށް ދެރަކޮށް ހިތާގެނެއް ނޫޅެވޭނެ. ބަޖެޓުގެ %90 ކާލަނީ މާލޭ މަކަރުވެރީން. އަޅުންނަށް ދެނެއް ނެހެދޭނެ.
ރައިސްއާރްޓީ
05 August 2022
ކޮން އުފާވެރި ފުއްދުންތެރި ދިރިއުޅުމެކޭކިޔާކަށް ރަށްރަށަކު ތައުލީމާއި, ސިއްޙީ ހިދުމަތް އެއްކިބާކޮށްފަ ރަނގަޅު ވަޒީފާ އެއްވެސް ނުލިބޭ! މާލެ އަންނަނީ އެނޫން ގޮތެއް ނެގެން. ރަށްރަށުގަ ހުންނަ މައްސަލަތަކެއްް ނޭންގޭނެ ރަށްރަށަށް ޗުއްޓީއަށްދާ މާލެ މީހާއަކަށް
ރައިސްކުކަރ
05 August 2022
އަބަދު "އެނޫން ގޮތެއް" ނެތިގެން ގޮތް ހުސްވެގެން ތިޔަ ތެޅިފޮޅެނީ ތިޔަ ކިޔަވާ އެއްޗަކުން ފައިދާއެއް ނުކުރަނީތަ؟ ނިކަން ތިޔަ ކިޔެވި އެއްޗެއްގެ ބޭނުންކޮށްގެން އިންޓަނެޓުގެ ބޭނުން ހިފައިގެން އާމްދަނީ އެއް ލިބޭ ކަހަލަ ކަމެއް ކުރަން ފަށާބަލަ. މަގު ފެންނާނެ ހިތްވަރު ކުރީމަ.
ާއުނިމާ
05 August 2022
ޖަޒީރާ ރައްރަށުން މީހުން މަދުވާތީ، ޖަޒީރާ ރާއްޖެ ޕުރޮމޯޓުކުރާ މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން ރަށްރަށަށް ޖަޒީރާ ދިރިއުޅުމަށް ބަދަލުވާން ފެނޭ،، އަސްލަމްޓޭމެން ފުރަތަމަ ޖަޒީރާ ޓެސްޓުކޮށްލަން ފެނޭ، މިދައުރުގަ ހައުސިން މިނިސްޓްރީ ޖަޒީރާ ރަށަކަށް ބަދަލުކޮށްފިއްޔާ ކަލޭމެން ތިޔަ ދައްކާ ވާހަކާއިގެ އިޚްލާސްތެރިކަން ހުރި މިންވަރު ރައްޔިތުންނަށް ސާދފުވާނީ
ތިޔަފުލެޓު
05 August 2022
ހިޔާފުލެޓުތަކުގެ ޓަވަރެއް ކޮންމެ އަތޮޅެއްގައި އެޅިނަމަ ތިހެއްނުވީސް
ާއުނިމާ
05 August 2022
ދެން މިހާރު އަޅަންވީނު ، އަޅާފަ މާލެއިން ލިބޭ ޚިދުމަތްތައްވެސް ޖަޒީރާ ރައްރަށުން ލިބޭގޮތްވެސް ހަދަންވާނީ، ނޫނީ ޖަޒީރާ ރައްރަށުގަ ނުތިބޭނެ
އެމްސް
05 August 2022
ހުޅުމާލޭގަ ތި ޓަވަރުތަކުގަވެސް ފުދޭވަރަކަށް ބޮނދުންވެސް އުޅޭ! ރާއްޖޭގެ ހުރިހާ ރަށެއްގަވެސް ބޮންދުން އެބަ އުޅޭ!
ޢެޑްމުންޑޯ
05 August 2022
ރައްރަށުގެ އުޅޭ އުފާވެރި ހިތްހަމަޖެހޭ އަދި ފުދުންތެރި ދިރިއުޅުން ދޫކޮއް މާލެ ސަރަހއްދަށް ބަދަލުވާ މީހުންގެ ވިސްނުން ކޮށިކަމާއި މެދު ބުނާނެ އިތުރު އެއްޗެއް ނެތް ، ދެން ކުޑަކުޑަ ތަންކޮޅެއްގައި ދެމެފިރިން ހޭބޯނާރާ ބުރަމަސައްކަތް ކޮއްގެން ލިބޭ ލާރިކޮޅުން ކުއްޔާއި އެހެނިހެން ޚަރަދު ކޮއްފައި ބާކީ އެންމެ ރުފިޔާ އެއްވެސް ނޯންނާނެ ! ދެމެފިރިންނަށް އެއްކޮއް ނިދާލެވޭނެ ގޮތެއްވެސް އޮންނާނީކީނޫން !!
ޙޙ2022
05 August 2022
ޙޫން ތޮއޮތީ ރަގަޅާށް ޖަޒިރާވެފަ... އަނެއްފަހަރު އެންމެންގަޑު މާލެއަށް.... ބޮއިހަލަކި
އެމްސް
05 August 2022
މާލެ ފުނިޖެއްސުން ހުއްޓުވުމަށް ލާމަރުކަޒުކުރަންވީ ވަޒީފާގެ ތަނަވަސް ފުރުސަތުތައް! ރަށްރަށުގަ ކިތައްމެ ފްލެޓެއް އެޅިޔަސް އެތަންތަން ގަންނާނޭ ފައިސާ ހޯދަންވެސް އަންނަންޖެހެނީ މާލެެއަށް!