ސްޓެލްކޯގެ މުވައްޒަފުންނަށް ރަމްޒީކޮށް ފްލެޓް ހަވާލުކުރަނީ. އެކުންފުނީގެ 360 މުވައްޒަފުންނަށް ފްލެޓް ދޫކޮށްފައިވޭ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
06 އޯގަސްޓް 2022 - 11:42
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފި އެވެ.
އެ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ރަމްޒީ ގޮތުން ތަޅުދަނޑި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން އިމާރާތް ކުރި ފްލެޓްތަކާ ގުޅޭ ގޮތުން ޝަރީފު ވިދާޅުވީ، އެ ކަމަށް 696 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނަގާނީ ޖުމުލަ 623 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. ފްލެޓްތަކަށް ދައްކަން ޖެހޭ 623 މިލިއަން ރުފިޔާ އިން 20 ޕަސެންޓުގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ވަނީ ނަގައިފަ އެވެ.
ޝަރީފު ވިދާޅުވީ، ފްލެޓްތަކުގެ އަގު ބޭންކެއް މެދުވެރިކޮށް ދެއްކުމުގެ ބަދަލުގައި އެ ކަން ކުރަނީ މުވައްޒަފުން ސްޓެލްކޯ އަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކައިގެން ކަމަށެވެ. އެހެން ހެދީ މުވައްޒަފުންނަށް ވީހާ ވެސް ބޮޑަށް ލުއިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކަށް ގޮސްގެން ނުވަތަ ހައުސިން ސްކީމެއްގެ ދަށުން އަޅުގަނޑުމެންގެ ސްޓާފުން ލޯނު ކަވަރު ކުރަން ޖެހޭ ނަމަ ފްލެޓް ލިބުނު ސްޓާފުންގެ ތެރެއިން 60 ޕަސެންޓް ނުވަތަ 203 ސްޓާފަކަށް ލޯނެއް ނުލިބުނީސް. އެއީ ކްރައިޓީރިއާ ހަމަ ނުވާތީ،" އެމްޑީ ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ. ފްލެޓުގެ ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ވަނީ ދީފައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ. ޝަރީފު ވިދާޅުވިގޮތުގައި، ބޭންކަށް ގޮސްގެން އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ލޯނެއް ނަގައިފި ނަމަ 5.8 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ އެވެ.
ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ. އަދި 1+2 ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް ބޭންކުން ލޯނެއް ނެގި ނަމަ 10.6 މިލިއަން ރުފިޔާ ދައްކަން ޖެހުނީސް ކަމަށާއި އޭގެ ބަދަލުގައި ސްޓެލްކޯ އަށް 18 އަހަރުގެ ތެރޭގައި ދައްކަން ޖެހޭނީ 3.7 މިލިއަން ރުފިޔާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ މުވައްޒަފުންނަށް ސްޓެލްކޯ އިން ދިން ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް އިހުލާސްތެރިކަމާ އެކު، ހިދުމަތް ލިބިގަންނަން ބޭނުންވާ މީހުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުން. މިއީ މި ކަމުގެ ބަދަލުގައި އަޅުގަނޑުމެން މުވައްޒަފުންގެ ފަރާތުން ރިޓާނެއްގެ ގޮތުގައި ބޭނުންވާ ކަމަކީ،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން 52 މީހަކާއެކު އަދި ފްލެޓް އެއްބަސްވުން ނުހަދަ އެވެ.
އެކަމަކު، އަންނަ މަހާ ހަމައަށް އެއްބަސްވުން ނުހެދޭ މީހުންގެ ފްލެޓްތައް ފްލެޓަށް ކުރިމަތިލި އެހެން މީހުންނަށް ދޫކޮށްލާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ފްލެޓް އެއްބަސްވުންތައް ނުހެދި ހުރީ އަތޮޅު ތެރޭގައި ތިބި ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށާއި ޑައުންޕޭމެންޓް ދެއްކުމުގައި ޑިލޭވެފައިވާ މުވައްޒަފުންގެ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރާ ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000ރ. ދައްކަން ޖެހެ އެވެ. އަދި ފްލެޓް ލިބުނުތާ ހަފުތާއެއް ތެރޭގައި 70،000ރ. ދައްކަން ޖެހުނެވެ. އެ އަށް ފަހު މި އަހަރު ނިމެންދެން ކޮންމެ މަހަކު 70،000ރ. ދައްކަން ޖެހެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މުހިއްމު މަސައްކަތްތަކެއް ކޮށްދޭ ބަޔަކަށް ވާއިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބުނު ކުންފުންޏަކަށް ސްޓެލްކޯ ވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓްތަކުގެ އަގު ކަނޑައެޅުމުގައި ވެސް މުވައްޒަފުންނަށް ވީ އެންމެ ލުއި ގޮތްތައް ހަމަޖައްސައި ދޭން [ސްޓެލްކޯގެ] މެނޭޖްމެންޓާއި ބޯޑާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި. އެހެންވެ، މުވައްޒަފުން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރުމުގައި ދެމި ތިބުމަށް އެދެން،" ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާބެ
06 August 2022
ކޮންމެ މަހަކު 70،000ރުފިޔާ؟ ކޮންތާކުން އެ ނެރެނީ؟ ކިހިނެއް ދައްކަނީ؟ ސްޓެލްކޯގެ މުވައްޒަފުންނަށް އެހާ ފައިސާ ލިބެނީތަ؟ ހާދަ މުއްސަނދި މުވައްޒަފުންނޭދޯ؟
ކުޅަދު ހަމަ މީހެއް.
06 August 2022
އެހެންމީހުނާއި ދިމާލަށް ކުޅަދު މަދޭ ކިޔާފައި މަލާމާތް ކުރާ ކުޅަދު މަދު ރަށުގެ މީހުން ވަރަށް ރުޅި އަންނާނެ މިކަންތަކާ. އެކަމަކު ބުނަންތަ . ސްޓެލްކޯ އިން ފުލެޓް ދީފައިވަނީ ވަރަށް އިންސާފުވެރިކަމާއި އެކު މުވައްޒިފުންގެ މެދުގައި ތަފާތު ކުރުމެއްނެތި.
މުޅިއޮޑީގަ އަލަންގިރިޒަމް
06 August 2022
މިރާއްޖޭގެ ކަންކަމާއި ހަވާލުވެތިބޭ މީހުންމިތިބެނީ އެއްގޯސްވެފަ. ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތް ގުރޫޕްކޮށް ވަކި އޮފީހެއްގައި މަސައްކަތްކުރާބަޔަކަށް ހާއްސަވަނީ ކިހިނެތް ކޮންގޮތަކުންކަން ބުނެދޭންޖެހޭނެ. މިބާވަތުގެ މައްސަލަތައް ބަލާ ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ބާކީކޮއްލި ބަޔަކަށް ފިޔަވަޅު އަޅާ ރިކަވަރ ކޮށްދިނުމަކީ ރިޔާސީ ވައުދެއްކަމަށް ލިސްޓު ކުރާނެ ބަޔަކު އަންނަސީޒަނުގަ ތިބޭނެކަމަށް އުއްމީދުކުރަން
ޙަސަން އަޙްމަދު
06 August 2022
އެންމެންނަށް ވެސް ފްލެޓް ހައްގު ގިނަ ބަޔަކަށް މި ހައްގު ނުލިބި އޮތުމަކީ ބޭއިންސާފު. އެކަމަކު ލިބުނު މީހުންނަކީ ވެސް ހަމަ ހައްގު މީހުން. ސަބަބަކީ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް. އެހެންކަމުން މި ހައްގު ލިބުނު މީހުނައްޓަކައި އުފާކޮށް މުބާރަކުބާދު ދަންނަވަން. ތިޔަ އެންމެނަށް ވެސް އުފާފާގަތި ދިރިއުޅުމެއް އެދެން. އަދި އަހަރެމެންނަށް ވެސް ތިޔަފަދަ ނަސީބެއް ލައްވަތްތޯ ދުޢާކޮށްދީ.
ހައްޤުނެތްބައި
06 August 2022
އެ ހައްޤު ހައްޤު ނުވާ ބައެއް މި ޤައުމުގައި އުޅޭ. އެއީ 400 އަކަފޫޓުގައި ދިރިއުޅޭ މާލޭ މީހުން. އެމީހުންނަށް 400 އަކަފޫޓު ދޫކުރާގޮތަށް ވެސް މި ޤައުމުގައި ބޯހިޔާވެހިކަން ހައްޤު ނޫންކަމަށް ވަނީ. އެއީ މާލޭގައި މުއްސަދިންތަކެއް ބިން ނަގައިގެން ބިން ހަދައިގެން އުޅޭތީކަމަށް ވަނީ.
ކިރު ސައި
06 August 2022
އެންމެ ހައްގުވެރިފަރާތްތަކަށް ފުރަތަމަ ލިބެންވީ. ކުންފުނިތަކުގެ މީހުނަކަށް ނޫން.
ކުޑޭ
06 August 2022
އޮފީހުގެ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިންނަމަ ވަރަށް ރަނގަޅުވީސް، ގިތާގަ އެބަތިބި އަންހެނުންނަށް ޗައިނާ ފުލެޓް ލިބިފަ ހުއްޓަ ލިބުނު މީހުން އަދި ފިރި މީހާގެ ގެދޮރު ހުއްޓަ ލިބުނު މީހުން، އެބައި ރަނގަޅު ކޮއްލިނަމަ ވ ރަނގަޅު
ދަރަނި ބޯ
06 August 2022
ސުކުރިއްޔާ ރައީސް ޔާމީނު ، ރައްޔިތުން ދެކެ ލޯބިވާ ރައީސެއް ތިޔައީ
ދުނި
06 August 2022
73 މިލިޔަން ރުފިޔާ ކަރަންޓަށް ސަބްސިޑައިޒު ކުރިނަމަ ގިނަ ބަޔަކަށް މަންފާ ލިބުނީހެވެ. ހިނގި ޚަރަދުވެސް ނުލިބޭ ގޮތަށް މާލޭގަ އަމިއްލަ ގެދޮރާއި ލަގްޒަރީ ފުލެޓްތައް ގަނެގެން އުޅޭ މުވަޒަފުންނަަށް ފުލެޓް ދިން އިރު ވަންނާނެ ތަނެއްނެތި ބޮޑުކުލީގައުޅޭ ސްޓެލްކޯ މުވައްޒަފުންގެ ހާލަތު ބަލާލިތޯ އަދި ކުންފުންޏަށް 73 މިލިޔަން ގެއްލުން ވާގޮތަށް.
ރަދުން
06 August 2022
ވަރަށް ބޭ އިންސާފު.ރައްޔިތުންގެ ފައިސާ ސްޓެލްކޯގައިވެސް ހުންނާނީ.ވަކި ބައެއް ހާއްސަ ނުކުރެވޭނެ.
ހަގީގަތްބ
06 August 2022
ހިޔާ އިން ފްލެޓެއް ސްޓެލްކޯ އިން ފްލެޓެއް. އަމިއްލަ ބޮހިޔާވަހިކަމެއްނެތި އުޅޭ އަހަރެމެން ކަހަލަ މީހުނަށް އެކައްޗެއްވެސް ނެތް. ރަށްރަށުގަ ގޯތިއޮތްޢަރާމުގަ ދިރިއުޅެމުން އިއި މީހުންނަށާ މާލޭގަ އަމިއްލަ ތަންތަން ހުރި މީހުނަށް ހުރިހާމޮޅެއް. މާލެއަށް އުފަން ގެދޮރުނެތް މީހުނާ މާލޭގަ ކުށްޔަސް އުޅޭތާ އެތައްދުވހެއްވެފައިވާ މީހުންނަކީ މާލޭގަ ގެދޮރުކުއްޔަށްދޭ މާލެމީހުންނާ މާލޭ މީހުންއަތުން ގޯތިއަތުލައިގެން އެތަންހަދައިގެންއުޅޭ ރާއްޖެތެރޭމީހުންގެކުލީ އަޅުން.
ކުޗީ
06 August 2022
މިހާރު އެބަހުރި ތިތަންތަން ކުއްޔަށް ދޫކުރަން އިޝްތިހާރު ކޮއްފަ. ކޮންމެ ބަޔަކުވެސް މާލޭ ތޮއްޖައްސައިގެން އޭގެ ފައިދާ ނަގަނީ. އާރުޓީ މީހުންވެސް އާރުޓީ މީހުންނަށް ދޯކާދީފަ ނެގުނު އެއްޗެއް ނެގޭތޯ ބަލަނީ ...
ކަޅުދިރި.
06 August 2022
ތިކަން ތައާރަފު ކުރީ ކ.އަތޮޅު މާލޭ މީހުން ދެން ކޮން އާރުޓީ އެކޭ ކިޔާކަށް. މާލޭ މީހުނަށް ވުރެން އެމީހުން ތައުލީމީ ވެފައި ބޯ ރަނގަޅުވީމާ ވާނީ ތިހެން.
މަދިރި
06 August 2022
ކަޅުދިރި، މާލޭގައި ބިންތައް ނަގައިގެން ބުރި ބުރިއަށް ނަގައިގެން އުޅޭ މާލެ ނޫން މީހުން އޯކޭ ދޯ، މާލޭގެ ރަޖިސްޓްރީ އޮންނަ މީހުން ދޯ ކަލެޔަށް މައްސަލައަކަށް ވަނީ
ކިރު ސައި
06 August 2022
މާލޭ ބޭފުޅުން ކުލީ އަޅުވެތިކަން އުފެއްދީ. މާލޭ ސަރުކާރުން. މިކަމުގެ ހަގީގީ ހައްލަކީ ހިންގުން ވަކި ސްޓޭޓްތަކެއް އުފެއްދުން.