ހާލަންޑް އޭނާގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
08 އޯގަސްޓް 2022 - 00:16
ލަންޑަން (އޮގަސްޓް 8) - މި ސީޒަނުގައި ބޮޑު އަގުގައި ގެނައި ފޯވާޑް އާލިން ހާލަންޑްގެ ދެ ގޯލާ އެކު ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފި އެވެ.
ސިޓީ އާއެކު ހާލަންޑުގެ ފުރަތަމަ ރަސްމީ މެޗަކީ ލިވަޕޫލާ ދެކޮޅަށް ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ. އެ މެޗުގައި އޭނާއަށް ލިބުނު ފުރުސަތުތަކުގައި ބޭނުން ނުކުރެވުނު ނަމަވެސް، ޕްރިމިއާ ލީގުގައި އޭނާގެ ފެށުން ވަނީ ރަނގަޅު ކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި އިރު، އޭނާ ވަނީ މީގެ ކުރިން ބުންޑެސްލިގާ އަދި ޗެމްޕިއަންސް ލީގުގައި އޭނާގެ ފުރަތަމަ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ޝީލްޑް މެޗުގައި ހާލަންޑް ފުލްކޮށް ކުޅުނު ނަމަވެސް، މިރޭގެ މެޗުގެ ފަހު 10 މިނިޓަށް ޕެޕް ގާޑިއޯލާ ވަނީ، އެޓީމާ އަލަށް ގުޅުނު އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް އަށް ފުރުސަތު ދީފަ އެވެ.
ސިޓީ އަށް ބަދަލުވެ ހާލަންޑް އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ކެޕްޓަން އިލްކޭ ގުންޑޮއާން ދިން ބޯޅައެއް ހިފައިގެން ހާލަންޑް އޭރިއާ ތެރެއިން ވެސްޓް ހޭމްގެ ކީޕަރު އަލްފޮންސޭ އަރިއޯލާ ކައިރިން ނައްޓަން މަސައްކަތް ކުރަނިކޮށް އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ފެށީ، ގޯލުގައި ތަޖުރިބާކާރު ކީޕަރު ލޫކަސް ފަބިއަންސްކީ އާއެކު އެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ހާލަންޑް ހުއްޓުވަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ފަބިއަންސްކީގެ ބަދަލުގައި އަރިއޯލާ ކުޅެން އެރުވީ ސިޓީން ލީޑު ނެގުމުގެ ހަތް މިނިޓު ކުރިންނެވެ.
ދެވަނަ ހާފުގައި ފިލް ފޮޑެން ދިން ބޯޅައެއް ހޯދައި ކެވިން ޑިބްރޭނާ ހުރަސްކޮށްލި ބޯޅައެއް ހާލަންޑަށް ނުލިބުނު ނަމަވެސް ފާ ޕޯސްޓުގައި ހުރި ގުންޑޮއާން އަށް ލިބުމާ އެކު އޭނާ ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރުވީ ގޯލް ކިކަކަށެވެ. އަދި ގޯލް ކިކުން އަވަހަށް ކުޅުން ފަށައި ވެސްޓް ހޭމް އިން އުފެއްދި އެޓޭކުގައި، ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ސައީދު ބެންރަހްމާ ފޮނުވާލި ހަމަލާ ކީޕަރު އެޑަސަން މޯރެސް ވަނީ ދިފާއު ކޮށްފަ އެވެ.
ހާލަންޑް އޭނާގެ ދެވަނަ ލަނޑު ޖެހީ 65 ވަނަ މިނިޓުގައި ޑިބްރޭނާ ދިން ބޯޅައަކުންނެވެ. ޑިބްރޭނާ ދިން ތުރޫ ޕާސް ހޯދައި ހާލަންޑް ވަނީ ހަމަޖެހިލާފައި އޭނާގެ ވާތުފައިން ޖަހައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު ވަގުތު ގާޑިއޯލާ ވަނީ ލީޑްސް ޔުނައިޓެޑުން ގެނައި އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިކްސް އަށް ވެސް ފުރުސަތު ދީފަ އެވެ. މިއީ ސިޓީގެ ޖޯޒީގައި އޭނާގެ ފުރަތަމަ ފެނިލުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
08 August 2022
ކަނޑުކޮސް ރަދީފުބެއްޔާއަށް މަމެންގެ ސިޓީގެ ކުޅުން ފެނުނުތޭ؟ އަދިރޭގަ އެމެރިކާގެ ޔަހޫދީ ގުލޭޒާ ފެމެލީން ގަނެގެންއުޅޭ ޔުނައިޓެޑްގެ ކުޅުން ބެލިންތޭ؟ ރަދީފް ކަހަލަ ހޭނުޖެހޭ މީހަކު ގަބޫލު ނުކުރިޔަސް ހަގީގަތަކީ މިހާރު ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓް ކުރަނީ އަރަބިން. އެމެރިކާގެ ޔަހޫދީންގެ ކަމެއްނެތްކަން އެބައިގޭ އާސެނަލްއަށް ބަލާލީމަވެސް. ރަދީފްއަށް ދަރިއަކު ލިބުނުފަހުން އަދި އާސެނަލް ޗެމްޕިއަންސްލީގު ނުކުޅުން އެއީ މިކަމުގެ ވަރުގަދަ ހެއްކެއް!!!!!
ރަދީފްއޮފިޝަލް
08 August 2022
ގުއި ނުދެކޭ ކާޅަށް ގުއި ފެނުނީމަ ވާނެގޮތް ކަލެއަށް ތިވަނީ.އަރަބިން ސިޓީ ނުގަންނަނީސް ކަލެއަށް ސިޓީ ނުވެސް އެނގޭ.