ލައިފްސްޓައިލް

މައިގްރޭންގެ ވޭން ލުއިކޮށްދޭނެ ގުދުރަތީ ފަރުވާ

ވަރަށް ގިނަ މީހުން މައިގްރެއިންގެ ސަބަބުން ބޮލުގައި ރިހޭތީ އުޅޭ

މައިގްރޭން އަކީ ނިއުރޮލޮޖިކަލް ބައްޔެކެވެ. ނާރުތަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެކެވެ. މައިގްރޭން ހުންނަ މީހުންގެ ބޮލުގައި އާދަޔާޚިލާފަށް ރިއްސަ އެވެ. "މައިގްރެއިން އެޓޭކެއް" އައުމުން ތެދުވެ އުޅެން އުނދަގޫވެ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށްދެ އެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮށޯވެ އޮންނަން ޖެހެ އެވެ.

މައިގްރޭން ރިސާޗް ފައުންޑޭޝަނުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މައިގްރޭންގެ އުނދަގޫ ހުންނަ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންގެ އަދަދު އެމެރިކާގައި 38 މިލިއަނަށް އަރަ އެވެ. އަދި މުޅި ދުނިޔޭގައި މީގެ އެއް ބިލިއަން މީހުން ތިބިކަމަށް އަންދާޒާކޮށްފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން އެ ބައްޔަކާހެދި އާއްމު ދިރިއުޅުމަށް ދަތިވާ 20 ބަލީގެ ތެރޭގައި މައިގްރޭން ހިމެނެ އެވެ.

މައިގްރެއިން އެއްކޮށް ރަނގަޅުވާ ކަހަލަ ފަރުވާއެއް އަދި ހޯދިފައި ނުވާއިރު މިކަމަށް ލުއި ލިބޭނެ ބޭސްތައް މެޑިކަލް ސައިންސުން ހޯދާދީފައިވެ އެވެ. ނަމަވެސް މި ބަލި ހުންނަ މީހުން ތާއަބަދު ބޭސް ކެއުމުގައި ދެމި ތިބެންވީ ހެއްޔެވެ؟ މި ބަލިން ސަލާމަތް ވެވިދާނެ ގުދުރަތީ ގޮތެއް ގޮތެއް ހޯދުން މާ ރަނގަޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. އެގޮތުން ތިރީގައި މިވަނީ މި ބައްޔަށް ބޭނުންކުރެވިދާނެ ތަފާތު ފަސް ވައްތަރެއްގެ ރިމެޑީޒް އެވެ.

އެޕަލް ސިޑާ ވިނެގާ

އެޕަލް ސިޑާ ވިނިގާ

މިއީ ހަމައެކަނި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭ އެއްޗެއް ނޫނެވެ. އެޕަލް ސިޑާ ވިނެގާ އަކީ ހަށިގަނޑުގައިވާ އެސިޑް-އަލްކަލައިން ބެލެންސް ހިފަހައްޓައިދިނުމުގައި އެހީތެރިވެދޭ ވެސް އެއްޗެކެވެ.

މޭޒުމަތީ ސަމުސަލެއްގެ އޯގަނިކް އެޕަލް ސިޑާ ވިނެގާ އާއި އެއް ތަށީ ފެން އަދި މޭޒުމަތީ ސަމުސަލެއްގެ މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދުވާލަކު ދެ ފަހަރު މީގެ ތައްޓެއް ބޯށެވެ. ބޯން ބޭނުން ނޫން ނަމަ ސްޓީމްގެ ގޮތުގައި ބޭނުންކޮށްގެން ވެސް ބޮލުގެ ރިހުން ކަނޑުވާލެވިދާނެ އެވެ. ސްޓީމްކުރާ ނަމަ އެޕަލް ސިޑާ ވިނެގާ އާއި ފެން އެއްވަރަކަށް ދެބައި ތެއްޔަކަށް އަޅައިގެން ކައްކާލާށެވެ. އަދި މި އާވި އަރުވާށެވެ. ބޮލުގައި ރިހުން މުޅިން ފިލަންދެނެވެ.

ކަަޔަން ޕެޕާ

ކަޔަން ޕެޕާ

މީގައި ކެޕްސީސިން ކިޔާ ގުދުރަތީ ޕެއިންކިލާއެއް އެކުލެވެ އެވެ. ގަބޫލުކުރެވޭ ގޮތުގައި، ކެޕްސީސިންގެ ސަބަބުން ސަބްސްޓެންސް ޕީ ކިޔާ ތަދުގެ ސިގްނަލް ފޮނުވައިދިނުމަށް އެހީތެރިވާ ނިއުރޯޓްރާންސްމީޓާއެއްގެ އަސަރު ކުޑަކޮށްދެ އެވެ.

ހޫނު ފެން ޖޯޑަކަށް އެއް ސައިސަމުސާ ކަޔަން ޕެޕާ، އެއް ސައިސަމުސާ ލުނބޯ ހުތް، އެއް ސައިސަމުސާ މާމުއި އެއްކުރުމަށްފަހު ބޮލުގައި ރިއްސަން ފެށުމުން މީގެ ޖޯޑެއް ބޯލައިގެން ލުއި ވާނެ އެވެ.

އިނގުރު ސައި

އިނގުރު

އިނގުރު ބޭނުންކުރުމުން ޕްރޮސްޓަގްލެންޑިންސް ބްލޮކްކޮށްލަ އެވެ. އެކަމުގެ ބޮލުގައި ރިހުމަށް މިކަމުން ލުއި ލިބެ އެވެ. ޕްރޮސްޓަގްލެންޑިންސް އަކީ މަސްލް ކޮންޓްރެކްޝަން، ހޯމޯންގެ އަސަރުތައް އަދި ސިކުނޑީގެ ލޭ ހޮޅިތައް ދުޅަވުން ފަދަ ކަންތައްތައް ޕްރޮމޯޓްކުރާ ކެމިކަލްސް އެވެ.

މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސަން ފަށައިފި ނަމަ ކުޑަކުޑަ އިނގުރުކޮޅެއް ހަފާލާއިގެން ކާލިޔަސް ރަނގަޅުވާނެ އެވެ. ނޫންނަމަ ސައިތައްޓަކަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

ފީވާފިއު ގަސް

ފީވާފިއު

މިއީ ހާބް ނުވަތަ ފަތްޕިލާވެލީގެ ބާވަތެކެވެ. ފީވާފިއު ގައި ޕާތެނޮލައިޑް ކިޔާ ކަމްޕައުންޑެއް ހުރެ އެވެ. ތަދުގެ ސިގްނަލް ފޮނުވުމަށް މެދުވެރިއަކަށްވާ ޕްރޮސްޓަގްލެންޑިންސް ނިއުޓްރިލައިޒް ކުރުމަށާއި ލޭހޮޅިތައް ފުޅާވުމުންދުރުކޮށްދިނުމަށް މި ކަމްޕައުންޑުން އެޙީތެރިވެދެ އެވެ.

ހާބަލް ޓީ އެއްގެ ގޮތުގައި ތައްޔާރުކޮށްގެން ފީވާފިއު ބޭނުން ކުރެވިދާނެ އެވެ. ހިއްކާފައިވާ ޕެޕަމިންޓްގެ އެއް ސައިސަމުސަލާއި ހިއްކާފައިވާ ފީވާފިއު ފަތުގެ އެއް ސައިސަމުސާ ހޫނު ފެން ޖޯޑަކަށް އަޅާފައި ބައި ގަޑިއިރު ބެހެއްޓުމަށްފަހު ފުރާނާލާފައި ސައިފޮދު ބޯލާށެވެ. މި ސައި ދެތިން ފަހަރަކު ބޯލާއިރަށް ތަދު ފިލާނެ އެވެ.

ޕެޕަމިންޓް ސައި

ޕެޕަމިންޓް

އިންޓަނޭޝަނަލް ޖާނަލް އޮފް ނިއުރޯސައިންސްގައި 2008 ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން މި ހާބްގެ ވަސް ޖެހުމުން ވެސް ބޮލުގައި ރިހުން ފިލަ އެވެ.

ޕެޕަމިންޓް ސައިތައްޓަކަށް މާމުއިކޮޅެއް އަޅައިގެން ބޯށެވެ. ތަދު މުޅިން ކެނޑެންދެން މި ސައި ބުއިން ރަނގަޅެވެ.

މައިގްރޭންގެ ސަބަބުން ބޮލުގައި ރިހޭ ނަމަ އާއްމުކޮށް ރިހޭނީ ބޮލުގެ އެއް ފަޅީގަ އެވެ. މިގޮތަށް ރިހޭ ރިހުން ހަތަރު ގަޑިއިރާއި 72 ގަޑިއިރާ ދެމެދުގެ ވަގުތަށް ނުކެނޑި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މައިގްރޭންގެ އަލާމާތްތައް އެކި މީހުންނަށް ފެންނާނީ އެކި ގޮތަށެވެ. ނަމަވެސް ގިނަ މީހުންނަށް ބަލީގެ ނިޝާންތައް ފެންނަން ފަށަނީ ދާދި އެއްގޮތަކަށެވެ. އޭގެ ތެރޭގައި ލޯމައްޗަށް އަލިގަނޑެއް އަރާހެންހީވުން، މޭ ނުބައިކުރުމާއި ހޮޑުލެވުން އަދި އަޑުއަޑު އިވުމުންނާއި އައްޔަށް ބެލުމުން ބޮލުގައި ރިހުން އިތުރުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރޭން ހުންނަ މީހުންގެ 75 ޕަސެންޓް އާއިލީ ގޮތުން މިކަން ވާރުތަކޮށްފައިވާ މީހުންނެވެ.

8 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 19%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިގުރޭ

07 December 2021

ބައެއްމީހުން ބޭނުންވާ ކަންކަމާ މާބޮޑަށް ފިކުރުކުރުމުންވެސް މުޅިއުމުރުގައި ރިހުން ނުކެނޑޭ މައިގްރެން ހެޑޭކް އާދޭ.

The name is already taken The name is available. Register?

ވަރުން

26 July 2018

ތިކަމަށް އެންމެ ރަނގަޅީ ހިޖާމާ

The name is already taken The name is available. Register?

ހައްޖަ

06 January 2018

އަހަރެންނަކީ ކުރިން މައިގުރައިން ގެ އުނދަގުލުގަ ވަރައް ގިނަދުވަހު އުޅުން މީހެއް2009ގަ މާލެއިން އާރޔުވެދިކް ޓްރިޓްމެންޓް ހެދީ6މަސްދުވަހު ފަރުވާއިން އަލްހަމްދުﷲ މިހާރު އެއްކޮއް ރަގަޅު ވެއްޖެ

The name is already taken The name is available. Register?

ާަައާސިޔަތު

04 January 2017

ޢަޅުގަނޑަކީ ވ ގިނަދުވަސް މަިގރޭންގެ އުނދަގޫ އުފުލަމުނދާ މީހެއް ބަލީގެ ކުރީކޮޅު ބޮލުގަ ރިއްސަން ފަށާގޮތައް 2 ދުވަސް ވިޔަސް ލުިނުވާނެ ހޮޑު ނުލެވެނީސްް ނަމަވެސް މިހަާރަކައް އައިސް ވަރައް މަދުން ހޮޑު ލެވެނީ އެކަމަކު ހުންނަނީ މޭނުބައި ކޮށް އަނގައިގެ ކުޅު ގިނަވެފަ ބޮލުގަ އެއްފަޅިޔާއި އެކު ލޮލުގަވެސް ރިއްސާފަ ބޭރަން ނުކުތަސް ހެެވަަނެެ ބޯފަޅަިގެން ހިނގައިދާނެހެން ކޮށްލަން ބޭނުންވަާ ސުވަާލަކީ ތިޔަ ހުރިހާ އެއްޗެއްވެސް ބޭނުން ކިރަންވީތޯއޭ؟ ނޫނީ އެނމެ ރަނގަޅުވާނީ ކޮ ތާސީރެއްތޯއޭ؟

The name is already taken The name is available. Register?

ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

05 January 2017

ވަރަށް ރަނގަޅު ފަރުވާއެއް ބުނެދީފާނަށް. އަޖުމަބައްލަވަލައްވާ. ވަރަށްކުލަގަދަކޮށް ކަޅުސައިތައްޓެއްހަދާފާ އޭތެރަށް 650މިލްގްރާމްގެ އުފަމޯލް ގުޅައެއް ގިރާލައްވާ 8ގަޑިން 8ގަޑިން ބޭނުންކުރައްވާ. ގަދައަށް ބޮލުގާރިއްސާނަމަ ވީހާ އަނދިރި ތަނެއްގަ އޮންނަވާ. އަލިގަދަވީމާ ރިއްސުން އިތުރުވާނެ.

The name is already taken The name is available. Register?

ޒާހިރު

06 January 2017

އަޅުގަނޑު ބަރުދަން ލުއިކޮށްލާ ދެދުވަހުން އެއްދުވަހު މަލްޓިވިޓަމިން ގުޅައެއްކާލާ ތެލުގެ ބާވަތްތައް އެއްކޮށް ކެއުން ހުއްޓާލާ ތަރުކާރީ( ހެރެޓް/ކިއުކަންބާ/ކެބެޖް/ބީޓްރޫޓް) ރޯކޮށް ވަރަށް ކުޑަ ބަތް ކޮޅަކާއި އެކުގަ ނުވަތަ ބައިޕެކެޓް ނޫޑްލްސް އާއިއެކު ކައި ގިނައިން ފެން ބޮއެ ކޮންމެ ދުވަހަކު ހަވީރު ކަސްރަތެއްގެ ގޮތުން ބައިގަޑިއިރު ވަންދެން ހިނގަން ފެއްޓިފަހުން އެއްގޮތަކަށްވެސް ﷲ އިރާދަފުޅުން މައިގެރޭން އެއްނާދެ! އަޅުގަނޑު މިކަމުގަ ރާއްޖޭން ބޭރު ޑޮކްޓްރުންނަށްވެސް ދެއްކިން އެތައްފަހަރަކު ހޮސްޕިޓަލުގަވެސް އެޑްމިޓްކުރި! ﷲ އަށް ހަމްދުހުރި މިހާރު ވަރަށް ރަނގަޅު. މުޅިން އާފެށުމެއް.

The name is already taken The name is available. Register?

އަހުމަދު ރަޝާދު ޙަސަން

04 January 2017

ތިޔަވިދާޅުވާ އެއްޗިސް ބޭނުންކުރީމާ ރަގަޅެއް ނުވޭ އެންމެ ރަނގަޅީ ދުވާލަކު 45 މިނެޓް ބާރަށް ހިގުން ނުވަތަ ދުވަުން އެޔަށް ފަހު 2 ތަށި ބޯފެން ތަންކޮޅެއްލަސްލަހުން ބޯލުން ވަރަށް ރަނގަޅު ފަރުވާއެއް

The name is already taken The name is available. Register?

ާިއައިޝާ

04 January 2017

ތީގެ ތެރޭގަ ނެތް ހަމަ މައިގްރޭން ހެޑޭކަށް ރަނގަޅުވާ އެކައްޗެއްވެސް.....ހުސްދޮގު....އަހަންނަކީ ތީގެ ގިނަ ވައްތަރުތަށް ބޭނުންކޮށްފައިވާ މީހެއް....ތީގެން އެއްޗެއް ބޭނުން ކުރިއަސް ނުކުރިއަސް ހިތައް އެރުން އޮންނަނީ ރަނގަޅުވާން....ރިހެން ފަށައިފިއްޔަ ނޯވޭހައްލެއް....ތިއެއް އެނގޭނީ މި ވޭން ތަހައްމަލް ކުރާ މީހުންނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454