އާޓިފިޝަލް ބީޗުގައި ހަދަމުން އަންނަ ޓަކް ޝޮޕް -- ފޮޓޯ: ނިޝާން އަލީ | މިހާރު
11 އޯގަސްޓް 2022 - 11:47
އާޓިފިޝަލް ބީޗުގައި ޓަކް ޝޮޕެއް ހަދައި، އެތަން ހިންގަން މާލެ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އާންމުންނަށް ހިދުމަތް ދިނުމަށް އާޓިފިޝަލް ބީޗުގައި ޓަކް ޝޮޕެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
ލުއިކާނާ އާއި ބުއިންތައް ލިބޭ ގޮތަށް ހަދާ އެ ޓަކް ޝޮޕް ދިނީ ކޮން ބަޔަކަށްތޯ އެހުމުން ސިޓީ ކައުންސިލުން ބުނީ އޭގެ ތަފުސީލު ފަހުން ދޭނެ ކަމަށެވެ.
އާޓިފިޝަލް ބީޗުގައި ހަދަމުން އަންނަ ޓަކް ޝޮޕް -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޓަކް ޝޮޕް ހެދުމަށް އާޓިފިޝަލް ބީޗުގެ އުތުރު ފަރާތުން ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. ފިލާތައް ބޭނުންކޮށްގެން އެ ތަން ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
އެތަން ހަދައި، ހިންގަން ބަޔަކާ ހަވާލުކުރީ، މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ސިޓީ ކައުންސިލުން އަމަލުކުރަމުން އަންނަ މާލޭގެ ޕާކުތަކާއި މައިޒާންތަކާއި އެފަދަ ތަންތަން ހިންގާ ބެލެހެއްޓުމާއި ކުއްޔަށް ދިނުމާ ބެހޭ އުސޫލުގެ ތެރެއިން ކަމަށް ބުންޏެވެ.
މިހާރު ވެސް ސިޓީ ކައުންސިލުން ރަސްފަންނުގައި ބަޔަކާ ހަވާލުކޮށްގެން ޓަކް ޝޮޕެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 August 2022
އަޅަ ހުސްތަންކޮޅެއް އޮތިއްޔާ މި މުއީޒުގެ ދެލޮލަށް ނިދި ނާންނާނެ. އެ ހިސާބުގައި ލުއިކަނާ ލިބޭނެ ފިހާރައެއް ނެތީތަ. މަގުގެ އަނެތް ފަޅި ފުރާ އެއޮތީ ޓަކް ސޮޕް. ބޭރި ގައުމުތަކުގައި ތިޔަ ކަހަލަ ޕަބްލިކް ތަންތަ ޓަކް ސޮޕް ހަދަނީ، ލުއިކާނާ ލިބޭނެ ތަނެއް ކާރި ހިސާބެެއްގައި ނުހުންނާތީ.
ހަސަނު
11 August 2022
ކަރަޕްޝަނަށް ނުވާނެ ގޮތަކަށް ސިޓީ ކައުންސިލުން ކަމެއް ނުކުރާނެ ކަން އެއީ ފުވާލު އިރު ފެންނަފަދައިން ޔަގީން ވާ ކަމެއް...
ވޯޓުއޮޅުވާލިޖިންނި
11 August 2022
މާލިއްޔަތުގެ ޤާނޫނާޚިލާފަށްދީފަވާނަމަ އަލުންބިޑައްލާންޖެހޭ
ފޫހި
11 August 2022
ސިޓީކައުންސިލަކީ ކޮރޮޕްޝަންގެ ހާއްޔެއް. މުއްސަދިވަނީ މިފަދަ ކަޓް ނަގައިގެން.
ޙާމް
11 August 2022
އެތަންވެސް މާސާފުކޮށް ރީތިކޮށް އިންނާތީ ކަންބޮޑުވީ. ދެން ދުވަސްކޮޅަކުން ތިތަންވެސް ފެންނާނީ ޕްލާސްޓިކް ފުޅިޔާ، ޑިސްޕިސިބުލް ތައްޓާއި، ސިނގިރެޓް ބަޓުން ފުރި ތަޣައްޔަރު ވެފައި ވަނިކޮށް.
ނާރެސް
11 August 2022
ކާރު ޕާކިންވެސް ވިއްކީ މުޅިން ކަރަޕްސަނުން ތިތަންވެސް ތި ދިނީ ފަހަތު ޖީބައް ދާގޮތައް ޕޕމ ބަޔަކައް
ކޮރަލް
11 August 2022
ބަހާ ހުސްކޮށްލަނީ އެވެ. ގެޒެޓް ގަ ޖެހުމެއްވެސް ނެތެވެ. ދެން ކުއްޔަށް ދޭ ތަނެއްގެ މުއްދަތެއް ހަމަ އެއް ނުވެ އެވެ.
ނަސީމް
11 August 2022
ތި ދެން ޔަގީނުންވެސް ލިބޭނީ ޕޕއމ ނޫނީ ޕއނސ ގެ މީހަކަށްކަން ޔަގީން އެހެރީ އެމީހުންގެ މޭޔަރުވިއްޔާ. ކީއްވެ ބިޑަށްނުލައި ދެވުނީ. މިކަންޖެހޭނެ އސސއިން ބަލަން
ރޯޒަސް
11 August 2022
ކީއްވެ "ޓަކްޝޮޕް" ތިޖަހަނީ... ދިވެހި މާރީތި ބަހެއް ތިޔަށް އޮވޭ.. ކަންމަތީ ފިހާރަ
ޓަކް
11 August 2022
ކީއްވެތަ ތަން ހަދާ ނިމެންދެން މަޑުކޮށްލަނީ ދިނީ ކޮންބަޔަކަށްކަން ނާންގާ