ކުޅިވަރު / އެފްއޭއެމް

ޒުވާން ގައުމީ ޓީމުތަކަށް އޮތް އަހަމިއްޔަތުކަން ކުޑަ

ނިމިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިްނޑިއާ އާ ދެކޮލަށް ކުޅުނު މެޗަށް ދިވެހި ޓީމު ދަނޑަށް ނުކުންނަނީ: އުމުރުފުރާގެ ޓީމުތަކަށް ސަރަހައްދުގެ އެހެން ގައުމުތަކުން ދޭ ސަމާލުކަމެއް ރާއްޖެ އަކުން ނުދޭ --- ފޮޓޯ: އެފްއޭއެމް

ނިމިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެކެވެ. ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނި ގޮތުގައި މުޅި ޓީމު ހަމަވެ އޭނާ އަށް ޕްރެކްޓިސް ކޮށްލެވުނީ އަށް ވަރަކަށް ދުވަހު އެވެ.

ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ގިނަ ކުޅުންތެރިން ހިމެނޭތީ ކުޅުންތެރިން ދޫކުރެވޭނެ ހާލަތެއް ކްލަބްތަކަށް ނެތުމުން މުޅި ޓީމު އެއްކޮށްގެން ޕްރެކްޓިސް ކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބުނެވެ.

ކްލަބްތަކުން ކުޅުންތެރިން ވީއްލަން ބޭނުން ނުވާ ސަބަބަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ގިނަ ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ މުޅި ސްކޮޑް ހަމަކޮށްގެން ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވެ އެވެ. ސީނިއާ ކުޅުންތެރިން ހަމަނުވެއްޖެނަމަ އެ ހާލަތުގައި ޓީމުގެ މަގާމުތައް ފޫބައްދަނީ ގިނަ ޒުވާން ކުޅުންތެރިން ހިމަނައިގެންނެވެ.

އިންޑިއާގައި ބޭއްވި މުބާރާތުން ސްރީ ލަންކާ އަތުން ހޯދުނު ޕޮއިންޓް ފިޔަވައި ރާއްޖެ އަށް ލިބުނު އެއްޗެއް ނެތެވެ. ކުރިއަށް އޮތީ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ ޓީމު ތައްޔާރުވާން މަހެއްހާ ދުވަސް ވެސް ނެތެވެ. މިއީ އުރުފުރާތަކަށްދާ ޓީމުތަކުގެ ތައްޔާރީތައް ހުރި ގޮތެވެ.

ރާެްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހްމަދު ޝާކިރު: ކްލަބްތަކުން ކުޅުންތެރިން ދޫނުކުރުމުން ޕްރެކްޓިސް ކުރަން ލިބުނު ވަގުތު މަދުކަން އޭނާ ފާހަގަ ކުރި. --- ފޮޓޯ: އެފްއޭއެމް

ޝާކިއްޓޭ އާއި 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ވެސް ބުނީ އެކަށީގެންވާ މުއްދަތެއް ލިބި ތައްޔާރީތަކާއެކު މުބާރާތަށް ދާނަމަ އުމުރުފުރާގެ މުބާރާތްތަކުގައި ރާއްޖެ އަށް ވެސް ކާމިޔާބު ހޯދޭނެ އެވެ. އެކަމަކު 20 އަހަރުން ދަށުގެ މުބާރާތާއި ކުރިއަށް އޮތް 16 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެކަށީގެންވާ ވަގުތެއް ނެތެވެ.

ރާއްޖެ އާ ދެކޮޅަށް ވާދަ ކުރާ ސަރަހައްދުގެ އެހެން ގައުމުތަކުން ޓީމުތައް ދުރާލައި ތައްޔާރުވެ އެވެ.

"މިހާރު ބަލާ އިންޑިއާގެ ޓީމު އައި ލީގުގައި މިދިޔަ ދެ އަހަރު އެއް ޓީމެއްގެ ގޮތުގައި ކުޅުނީ އެ ކުޅުންތެރިން،" އިންޑިއާގެ އައި ލީގުގައި އިންޑިއަން އެރޯސްގެ ނަމުގައި ވާދަކުރާ ޑިވްލޮޕްމެންޓް ސްކޮޑުގެ ޓީމަށް އިޝާރާތްކޮށް ޝާކިއްޓޭ ވާހަކަ ދެއްކި އެވެ.

"އެމީހުން ވަރަށް ބައިވަރު މުބާރާތް ކުޅޭ. ކުރިން 16 އަހަރުން ދަށުގައި އޮތް ޓީމު މިހާރު މިގެން ގުޅެނީ 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ގޮތުގައި. އަނެއްކާ މުބާރާތް ބޭއްވި ބުބަނޭޝްވަރުގައި ވެސް ކޭމްޕް ޖަހައިގެން ތިބޭތާ ދެ މަސް ވެއްޖެ މުބާރާތް ފެށުމުގެ ކުރިން ވެސް."

އޭނާ ބުނީ ނޭޕާލުން ވެސް ޓީމު އެކުލަވާލީ މާކުރިން 800 ކުޅުންތެރިންގެ މެދުގައި ބޭއްވި ކޭމްޕެއްގެ ތެރެއިން ކަމަށެވެ.

"އަންފާ [އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން] ކޮމްޕެލްކްސްގައި ކްލޯޒް ކޭމެޕެއް ޖަހައިގެން ތިބޭތާ ދެ މަސް ފަހުން މުބާރާތަށް އައީ،" ކުރިން 19 އަހަރުން ދަށުގެ އަދި 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދިން ކޯޗު ބުންޏެވެ.

ޔޫތު ފުޓްބޯޅައިގެ އެހެން ކޯޗަކު ބުނި ގޮތުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ޔޫތު ގައުމީ ޓީމުތަކަށް އެ ގައުމުގެ ފެޑެރޭޝަންތަކުން ބޮޑު އިސްކަމެއް ދޭއިރު ރާއްޖޭގައި އެކަމަށް ދެވޭ އަހަމިއްޔަތުކަން ކުޑަ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗަކަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން.--- ފޮޓޯ: އެފްއޭއެމް

"މީގެ އެންމެ ރަނގަޅު ގޮތަކީ އެފްއޭ ޒިންމާދާރު ކުރުވުން. މީޑިއާއިން ވެސް ކުރަންވީ އެ މަސައްކަތް،" އޭނާ ބުންޏެވެ.

"ރާއްޖޭގެ ޔޫތު ޓީމުތަކަކަށް ކާމިޔާބު ހޯދައިދޭކަށް އެފްއޭގެ މަސައްކަތްތަކެއް ރަނގަޅަކަށް ބައްޓަމެއް ނުކުރެވޭ. އަބަދު ވެސް ފެންނަނީ ކުޑަ ދުވަސްކޮޅަކަށް ވީމަ ޕްރެކްޓިސް ފަށާތަން. ބޭރު ތަންތަން މިސާލަކަށް ނޭޕާލް ބަންގްލަދޭޝް އިންޑިއާ ތަންތަން ލޯންގްޓާމަކަށް ނޫންތަ އެ ގެންގުޅެނީ."

އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ޓެކްނިކަލް ހުނަރު މުއްސަނދި ކަމަށާއި ނެޗްރަލް ޓެލެންޓް ކުޅުންތެރިން ވެސް ރާއްޖޭގައި ހޯދަން ފަސޭހަ ވާނެ ކަމަށެވެ. އެކަމަކު ދުރު މުސްތަގުބަލެއްގައި ޓީމުތައް އެކުގައި ގެންގުޅެވޭނެ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި ފުޓްބޯޅައިގައި ނެތް ކަން އޭނާ ފާހަގަ ކުރި އެވެ.

"އަންޑަ ސިކްސްޓީން ވެއްޖެއްޔާ އޭގައި ގިނަ ވާނީ ވެސް ސްކޫލް ކުދިން. މާލޭގައި ގިނަ ކުދިން އުޅޭނީ. އެހެންވެއްޖެއްޔާ އެ ކުޅުންތެރިން ލޯންގް ޓާމަށް އެއް ޓީމެއްގެ ގޮތުގައި އަބަދުވެސް ޕްރެކްޓިސްކޮށްކޮށް ބާއްވަން އުނދަގޫ ކަމަަކަށް ނުވާނެ،" އޭނާ ބުންޏެވެ.

ސާފްގެ 20 އަހަރުން ދަށުގެ މުބާރާތަށް ނަގާ ސްކޮޑްގައި ކްލަބްތަކުން ކުޅުންތެރިން ތިބޭނެކަން ވެސް ވިސްނައިގެން ކުރިން ދުރާލައި މަސައްކަތް ކުރަމުން ދިޔަނަމަ ކޮންމެ ވެސް ކަހަލަ ހައްލުތަކެއް ހޯދުނީސް ކަމަށް އޭނާ ބުންޏެވެ.

"އެންމެ ކުޑަ މިނުން ކުޅުންތެރިން ދޭތެރެ އަކުން އެއްކޮށްލައި ޓެކްޓިސްތަކަށް މަސައްކަތް ކުރަން ވެސް ފުރުސަތު އޮންނަނަމަ ރަނގަޅު،" އޭނާ ބުންޏެވެ.

"ދެން ބުނާނެ މާލޭ ސަރަހައްދުގައި ދަނޑެއް ނެތިއްޔޭ. މިހާރު މާ ގިނަ ކޮން ދަނޑެއް އޮވެގެންތޯ އެއް ވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ޓީމުތައް މި ދުވަސްވަރުގައި މި ޕްރެކްޓިސް ކުރަނީ؟ ދެ ވަނަ ޑިވިޝަންގެ ޓީމުތައް އެބަ ކުރޭ އަދި މިހާރު 16 އަހަރުން ދަށުގެ ޓީމުތައް ވެސް ހަމަ ޕްރެކްޓިސް އެބަ ކުރޭ. މިހުރިހާ ޓީމުތައް ވެސް ޕްރެކްޓިސް ކޮށްލަން މާލެ ސަރަހައްދުގައި މިހާރު ވެސް މިއޮތީ ހަތަރު ދަނޑު. ދަތިތަކާއެކު ވެސް ދުރާލައި ޔޫތު ގައުމީ ޓީމުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާން ޖެހޭނެ."

20 އަހަރުން ދަށޫގެ ސާފް ޗެމްޕިއަންޝިޕްގައި އިްނޑިއާ އާ ދެކޮލަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން އިްނޑިއާ އަތުން ރާއްޖެ ބަލިވީ ފަހު ވަގުތު ޖެހި ލަނޑުން. --- ފޮޓޯ: އެފްއޭއެމް

އުމުރުފުރާގެ ގައުމީ ޓީމުތަކުގެ ކޮންމެ މުބާރާތެއް ނިމުމަށް ފަހު ވެސް އެ ކުޅުނު ކުޅުންތެރިން އެއް ޓީމެއްގެ ގޮތުގައި ބާއްވަން ބާރުލާފައި ވާހަކަ ދައްކަ އެވެ. ނިމިދިޔަ 20 އަހަރުން ދަށުގެ މުބާރާތަށް ފަހު އަނެއްކާ ވެސް ދެކެވެނީ އެއް ޓީމެއްގެ ގޮތުގައި ބާއްވަން އެފްއޭއެމުން ހަރަކާތްތަކެއް ރާވާނެ ވާހަކަ އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރެއްވީ 19 އަހަރުން ދަށުގެ ޓީމު ދެވަނަ ޑިވިޝަންގައި އަދި 16 އަހަރުން ދަށުގެ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރުވާނެ ކަމަށެވެ.

އޭގެ ފަހުން 2020 ގައި ބޭއްވި ދެވަނަ ޑިވިޝަން މުބާރާތުގައި 19 އަހަރުން ދަށުގެ ޓީމު ވާދަ ކުރި އެވެ. އެކަމަކު މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 16 އަހަރުން ދަށުގެ ޓީމު ބައިވެރިކޮށްފައެއް ނުވެ އެވެ. މިހާރު ދެވަނަ ޑިވިޝަން ކުރިއަށްދާ މުބާރާތުގައި 19 އަހަރުން ދަށުގެ ޓީމު ބައިވެރި ނުކުރުވީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮތުމުން ކަމަށް ބެލެވެ އެވެ.

"އެފްއޭއެމްގެ ޔޫތު ސެޓަޕްގައި ކުޅުންތެރިން މަދެއް ނުވާނެ ދެ އަހަރު ކުރިން 16 އަހަރުން ދަށުގެ ޓީމުގައި ތިބި ކުޅުންތެރިން ތިބޭނީ މިހާރު 19 އަހަރުން ދަށުގެ ކެޓަގަރީ އަށް ރެއިޒްވެފައި ތާ. އެހެންވެއްޖެއްޔާ ކޮބާ އެ ކުޅުންތެރިން؟ ކީއްވެ މިފަހަރު ދެވަނަ ޑިވިޝަނުން ނުފެނުނީ؟،" ކުރިން ވާހަކަ ދެއްކި ޔޫތު ކޯޗު ބުންޏެވެ.

އޭނާ ބުނީ ޒުވާން ކުޅުންތެރިންނަށް ހޯދައި ދެވެން އޮންނަ ކިތަންމެ ކުޑަ ފުރުސަތެއް ނަމަވެސް އެ ޓީމުތަކަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

"ބޭނުމަކީ އަބަދު ވެސް އެއް ޓީމެއްގެ ގޮތުގައި އެކްޓިވްކޮށް މަސައްކަތްކޮށް ކޮށް ބޭއްވުން. އޭރުން ނުޖެހޭނެ މުބާރާތަށް ޕްރިޕެއާ ވާން ލިބުނީ ކުޑަ ވަގުތު ކޮޅެކޭ ކިޔާކަށް،" އޭނާ ބުންޏެވެ.

ގެންޖެހުންތަކާ އެކު ވެސް ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނުނު ކަމަށް ޝާކިއްޓޭ ބުންޏެވެ. އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ އެހާ ފަސޭހައިން ބަލިވާން ޓީމު ބޭނުން ނުވުމެވެ.

"މީ މީގެ ކުރިން ޔޫތު ގައުމީ ޓީމުތަކުން ނުފެންނަ ކަމެއް. އެހާ ފަސޭހައިން ގިވްއަޕް ކުރަން ބޭނުން ނުވުން. އިންޑިއާ މެޗުން ފަހު ވަގުތު ބަލިވީމަ ކުޅުންތެރިން ތިބީ ރޮވިފައި. އެއީ ޓީމުން ފެނުނު ޕޮޒިޓިވް ސައިނިންއެއް. މާނަ އަކީ މި ކުޅުންތެރިން ބޭނުމެއް ނުވޭ ގިވްއަޕް ކުރާކަށް،"

11 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯލަބޭ

15 August 2022

މިރާއްޖޭގެ ކުޅިވަރުތައް ހަލާކުވީ ކުޅުންތެެރިންނަށް މުސާރަދީގެން ކުޅުވަން ހަދައިގެން. ކުރިން އަވަށު ފޯރިއާ ރަށުފޯރީގަ ހިލޭ ސާބަހަށް ކުޅިވަރު ކުޅުނުއިރު މާ ފޯރިގަދަ. ރާއްޖެއަކު އަދިނެތް މަހު މުސާރަދީގެން ކުޅިވަރު ކުޅުވާވަރުގެ ހަމަ އެންމެ ކުޅުންތެރިއެއްވެސް. ހަމަ އެގޮތަށް ކުޅުންތެރިންނަށް ބޮޑު މުސާރަ ބަރާބަރަށްދީގެން ކުޅެވޭ ފެންވަރުގެ ފުދުންތެރި އެންމެ ކްލަބެއްވެސް އަދި އެވަރުގެ ތަރުހީބެއްވެސް ރާއްޖޭގެ ކުޅިވަރުތަކަށް މިހާރަކުނެތް.

The name is already taken The name is available. Register?

ފައިލެބޭ

15 August 2022

ބޯލަބޭ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެކަން އެނގޭތަ؟ މިހާރު އާމްދަނީއެއް ނުލިބި ކުޅިވަރު ކުޅޭނެ ކުދިންނެއްވެސް ނެތް

The name is already taken The name is available. Register?

ޣުދީ

14 August 2022

ދެން ކޮންމެވެސް އެއްޗެކޭ ކިޔަން ޖެހޭނު ފަރުޖައްސަން

The name is already taken The name is available. Register?

ހަސަނޭގެ

14 August 2022

މުބާރާތްތަކުގައި ބައިވެރިވަނީ ބައިވެރިވެގެން ލިބޭ ފަންޑުކޮޅު ހޯދަންހެންހީވަނީ.. ވަނައެއް ހޯދަން ދާބައެއް ނަމަ ތަންކޮޅެއް ސީރިއަސްކޮށް އެކަމާ އުޅޭނެ. ހުރިހާ ދިމާލަކުން ވެސް އެމް އޭ އެމް ފެއިލް ވެފައިވާ މަންޒަރު ފެންނަނީ..

The name is already taken The name is available. Register?

މަޓޭ

14 August 2022

ޝާކިއްޓޭ ގާތުގައި އެފްއޭއެމުން ބުނެފައި އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި ތިބި ކުޅުންތެރިން ނުލައި ޓީމެއް އެކުލަވާލަން. އޭނާ ބޮޑާ ހާކައި އުޅުނީ ތަށި ހޯދޭފެންވަރުގެ ޓީމެއް ހަދަން. އެއީ ވީގޮތަކީ. ފުރަތަމަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދާއިރު ޓީމުތަކަށް ކުޅުންތެރިން ދޫނުކުރެވޭނެ ޝާކިރު ނޫން ކޮންމެ މީހަކު ބުންޏަސް. ވަރަށް ސަލާން

The name is already taken The name is available. Register?

އެމްސް

14 August 2022

ޒުވާނުންނަށްވެސް އެންމެ ބޭނުންވާނީ ދެކޮޅުޖެހޭނެ އާމްދަނީއަކާއި އަތްފޯރާފަށުގަ އޮންނަ ބޯހިޔާވަހިކަމެއް! އަނގަޔާއި އަތާ ދިމާނުކުރެވި ކުޅެވޭނެ ކުޅިވަރެއްވެސް ނޯންނާނެ! މިޤައުމުގަ ބައި މިލިޔަނެއްހާ ވަޒީފާ އޮތީ ބިދޭސީންނަށް އެކަނި! މައިގަނޑު ގޮތެއްގަ ދިވެހިންނަށް އޮތީ ވެމްކޯ އާއި ޕެޓްރޯލް ޝެޑް! ރީޓެއިލް ވިޔަފާރިތަކުގަ/ފުލް އޭސީގަވެސް ގިނައިން ތިބީ ބޮންދުން!

The name is already taken The name is available. Register?

އިބްރާހިމް އިސްލާއިލް/މިރިހާ

14 August 2022

މިފަހަރު އަންޑަރ 20 ގަތިބީ 1 ވަނާގެ މޮޅެތި ކުޅުންތެރިން. ޒައިން، ލަމާން، އިފްހާމްް އަހުނަފް. މިހެންގޮސް ކިޔާނެކަމެއް ނެތް ހުސްމޮޅެތި ކުލުންތެރިން. ނަތީޖާ ނުނެރެވުނީ އެފްއޭއެމުން މިކުޅުންތެރިންނަށް ވަގުތު ނުދިނީމަ. މާނައަކީ ޕްރެކްޓިސް ކުރުމުގެ ފުރުސަތު ޓީމަށް ނުދޭތީއޭ. އެފްއޭއެމް ފަރުވާ ކުޑައީއޭ.

The name is already taken The name is available. Register?

ޙުތީ

14 August 2022

ސުވާލަކީ މުބާރާތް އޮންނަކަން ކުރިން ނޭނގޭ ތޯ އޭ؟ އަބަދުވެސް ރަނގަޅަށް ތައްޔާރު ނުވެވިގެން ތިއުޅެނީ!

The name is already taken The name is available. Register?

އެމްސް

14 August 2022

މިޤައުމަކީ، އެއްވެސް މާސްޓަރ ޕްލޭން އެއް ނެތި، ވެރިކަމަށް އަރާ ކޮންމެ މާސްޓަރ އަކު ޕްލޭނެއް ހަދައިގެން ކުރިއަށް ގެންދާ ތަނެއް!

The name is already taken The name is available. Register?

ސައްލިއްޓެ

14 August 2022

ޝާކިއްޓޭ (މިވެސް ނަމެއްތަ؟) އަދި މުޅި ކޯޗިންގްޓީމް އިސްތިއުފާދީ. ކަލޭމެންގެ ކޮލިޓީއެއްނެތް. ހަމަ ބޭކާރު އަނގަތަޅަނީ ތިބެގެން. ކަލޭމެން ރަނގަޅުވާނީ ކަންނައްޔަށްދާން. އެކަން ކުރޭ. ގައުމުގެ ނަންހަޑިކުރަން ކަންމަތީ ޕާޓޭން ގޮވާގެންގޮސް ހަޑިނުހޮވާ

The name is already taken The name is available. Register?

އެމްސް

14 August 2022

މަހަށްވެސް ބޮންދުން ދާން ފަށައިފި! ދިވެހިން އެއްކޮށް ބާކީ ވެއްޖެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454