ޔާމީނާއި އަދީބު: އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ވަނީ ހަމަޖައްސާފައި
15 އޯގަސްޓް 2022 - 11:44
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން މިއަދު އަޑުއެހުން ތާވަލްކުރީ ދައުލަތުގެ ހެއްކެއް ކަމަށްވާ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.
އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ދެ އަޑުއެހުމެއްގައި ނެގުމުން ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އެއް ދުވަހެއްގައި ހެކިބަސް ނަގަން ވަކީލުން އެދުނެވެ.
ޔާމީނާއި ޒިޔަތު ސަލާމް ކުރައްވަނީ
ޔާމީންގެ ވަކީލުން ވެސް ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީނާ ދެމެދު އަދާވާތްތެރިކަން އޮތް ދެ ބޭފުޅުން ކަމަށް ވާތީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން ޖެހޭނީ އެއް ދުވަހެއްގައި ކަމަށެވެ. އެހެންވެ، ހެކިބަސް އުފައްދައިގެން ޔާމީނާ ދެކޮޅަށް ހެކިބަސް ދީފާނެ ކަމަށް ބެލެވޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން ބުނީ ހެކިވެރިން އެކި ދުވަހު ހާޒިރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ކޯޓުން ކުރިން ނިންމާފައިވާއިރު، އެކަމަށް ދިފާއީ ވަކީލުން ކުރިން ދެކޮޅު ހަދާފައިނުވާ ކަމަށެވެ. އެކަމަކު އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ.
އަދީބު މިއަދު ހާޒިރު ކޯޓަށް ހާޒިރު ކުރެވޭތޯ އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ސުވާލު ކުރުމުން ދައުލަތުން ވިދާޅުވީ އޭނާ ހާޒިރުކުރަން އެހެން ބައެއް އިދާރާތަކާ މަޝްވަރާ ކުރަންޖެހޭތީ މިއަދު ހާޒިރު ނުކުރެވޭނެ ކަމަށެވެ.
އިސްގާޒީ ޝަކީލް ވިދާޅުވީ ކޮންމެ ދުވަހަކު ހެކިވެރިއަކު ހާޒިރުކުރަން ޖެހޭ ގޮތަށް ނިންމާފައި އޮތީ ކޮންމެ ހެކިވެރިއަކާ ސުވާލުކުރުމުގައި ގިނަ ވަގުތުތަކެއް ހިނގާތީ ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން ފެށީ ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް އެކަމަށް އެދުމުން ކަމަށް އިސްގާޒީ ވިދާޅުވި އެވެ.
ގާޒީ ނިންމެވީ މިމަހުގެ 30 ވަނަ ދުވަހު އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމަށެވެ. އެދުވަހު ހެނދުނުން ފެށިގެން މެންދުރު ފަހާ ހަމައަށް ޝަރީއަތް ކުރިއަށް ގެންގޮސްގެން ވެސް، އެ ދެ ބޭފުޅުންގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢްލޮ
16 August 2022
ކުށުގެ ބައިވެރިން ދޭ ހެކިބަސް ޤަބޫލު ކުރޭތަ.
ހުސެއިން ޝާހިދު
15 August 2022
އިސްލާމީ ޝަރީޢަތަށް ބުރަވެ ނަގާ ހެކިނަމަ ތިޔަ 2 ފަރާތުގެ ހެކިވެސް ބަލައެއް ނުގަންނާނެ. އެދެފަރާތުން އަމިއްލަ އަށް ޤާޒީ ކުރިމަތީ އެއްބަސްވީ ދައުލަތުގެ ފައިސާ އުސޫލާ ޚިލާފަތް ނެގިކަމަށް. އެހެނީ އެދެމީހުންނަކީ ފާސިގުން. ފާސިގުންގެ ހެކި އެދެމީހުން ބައިވެރިވެގެން ހިންގާފަ އަދަބުން ލުއިވުމަށް އެގްރީމެންޓް ހަދާފަ އެހެން މީހަކާ ދެކޮޅަށް ހެކިބަސް ނަގާނީ ނާތަހުޒީބުވީމަ
ރެޓީނާ
15 August 2022
ރެޓީނާ ސްކޭންކޮށްގެން ހުޅުވޭ ތިޖޫރީ ހުޅުވަން ދާންވެގެން މީހަކަށް ލޮލުގެ ބައްޔެއްޖެހި ފުރައިގެންދާން ހުއްދަ ނުލިބިގެން އުޅުނުއިރު ހީވަނީ ދެންމެ ދެންމެ ލޯ ހަލާކުވެދާނެހެން. އެކަމު މިހާރު ވާހަކަތައް އެއްބަޔަކު އަނބުރާލަނީ ޔާމީންގެ ރެޓީނާއޭ އެ ހުޅުވަން ބޭނުންވަނީ ކިޔާފަ. ޔާމީނަށް އެކަން ކުރަން ފުރައިގެން ދާނެ ފުރުސަތު ނުލިބިބާ އެހާ ދުވަހު އެހުރީ؟
ޑްނާޑް
15 August 2022
މިގޮތައް ޝަރީއަތްތައް ދައްމާލުމުން ހެއްކަށް ނުފޫޒުފޯރުވުވަން ވަރަށް ފަސޭހަވާނެ. މި މައްސަލައިގަވެސް ބޯދަމައިގަނެވޭނެ ހުރިހާކަމެއް އެބަ މަގުފަހިވޭ.
ކައްޕި
15 August 2022
އަދީބު ބުނެފަވޭ މިސަރުކާރުގެ ގިނަ ބަޔަކާ މަޖްލިސް މެމްބަރުން ތަކެއް އޭނާދިން ފައިސާ ބޭނުންކުރި ކަމަށް. އެންމެން ބޭޒާރުކޮށްލާނެ ކަމަށް ބުނި ހިސާބުން އަދީބުއާއެކު އެއްބަސް ވުމެއް ހެދީ. އެއީ އެފައިސާ ބޭނންކުރި ފަރާތްތައް ސިއްރުކުރާނަމަ އަދީބު ގޭގައި ބަހައްޓަން .
ރަނާ
15 August 2022
މިސަރުކާރުން ހެކީގެ ގިތުގައިވެސް ބޭނުންވަނީ ވަގުންނާ ޚިޔާނާތް ތެރިން . މާތްވެގެންވާ އިބޫސާލިހް
ސަޅި ޕޮޓޯ
15 August 2022
މަތީ ގެ އިން ފޮޓޯއިން އަދީބު ފެންނަނީ މާ ސަހުސިއްޔަތު ހުރިބޭފުލެއްގިތައް. ޔާމީނުމާ ކުޑަވެފަ ކަމައް ފެނޭ.
ޓިނު
15 August 2022
ރިޔާސީ އިންތިހާބު ނުނިމެނީސް ތި މައްސަލައެއް ނުނިމޭނެ؟
ކޮވެލި
15 August 2022
ތި ދެމީހުންނަކީ ބޮޑު ވަގުން. އެމީހުންގެ ހެކިބަސް ގަބޫލް ކުރާނެ ތަ؟
ސަސ
15 August 2022
ހެކިބަސް ނަގަންވީމަ މިދެމީހުންވެސް ހަމަ ބަރާބަރުދޯ.