އެސްޓީއޯއިން ތެޔޮ އުފުލާ އެމްޓީ އަލިމަސް ތެޔޮ ޓޭންކަރު.އެސްޓީއޯއިން މަސައްކަތް ކުރަނީ ތެޔޮ ބަންކަރިން ހިދުމަތް މިއަހަރު ދޭން---ފޮޓޯ: މިހާރު
20 އޯގަސްޓް 2022 - 10:54
އިހަވަންދިއްޕޮޅުގައި ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ދެވޭ ވަރު ވާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ، ކަނޑައަޅާފައިވާ ތާރީހަށް ތެޔޮ ބަންކަރިންގެ ހިދުމަތް ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިހަވަންދިއްޕޮޅު އޮންނަ އަށް ޑިގްރީ ޗެނަލްގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދެވޭ ގޮތަށް ފްލޯޓިން އޮއިލް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެއީ ރާއްޖޭގައި އެ ހިދުމަތް ދޭން އުޅޭ ފުރަތަމަ ފަހަރެވެ. އެހެންވެ، އެކަމަށް ބޭނުންވާ ފްރޭމްވޯކާއި ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކާ އެކު އަންނަނީ ކުރަމުންނެވެ.
ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ. އެ ސަރަހައްދުގެ ތެލުގެ ސްޓޯރޭޖެއް ހަދައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައި ވެ އެވެ.
އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބެނީ ތެލުގެ ވިޔަފާރިންނެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް އެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.
ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ހެދުމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ. އެ ސަރަހައްދަށް އާންމުކޮށް މަޑުކުރަނީ އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރާ އާގު ބޯޓުތަކެވެ. އޭގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ގިނައިން ތެޔޮ އެތެރެ ކުރަން ޖެހޭނެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާހުއްޓާ
22 August 2022
ސާބަސް..ރަނގަޅުކަމެއް ތީ.
ދޫމް
21 August 2022
ސޭސޭ ސައި މާމަ
އުދުހޭ
20 August 2022
60 ސިކުންތުން ޚިދުމަތްލިބޭގޮތަށްތޯ؟
އެމްސް
20 August 2022
އެސްޓީއޯގަވެސް ތިބި ބިދޭސީން މަދުކޮށް، ވަޒީފާތަކަށް ދިވެހިން އިސްކުރަންވެސް ފަށަންވެއްޖެ!
ކޮރަލް
20 August 2022
ތިޔަކަން ކުރަން ވީ ތެޔޮ އުފައްދާ އަރަބި ގައުމަކާ ގުޅިގެންނެވެ.
ކަކުނިބޯ.
20 August 2022
ޢެގޮތުން އިންޑިޔާ އެކު މިއުޅެނީކުރަން
ޝަރީފުއްދީނު
20 August 2022
ތިކަން ކާމިޔާބު ވެދާނެހެނެއް މަށަކަށް ހިޔެއްނުވެ. ސަބަބަކީ ސަރުކާރުން ތިކަމުގައިވެސް އުޅެނީ ސިޔާސީ މަންފާ ހޯދުމަށް ތިކަން ކުރުމަށް އެއްމެ އެކަށީގެންވާ ލޮކޭޝަން ދޫކޮށްލައިފާ ގިނައިން ވޯޓު ލިބޭނެހެން ހީވާ ރަށެއްގައި ތިކަން ކުރަން. ހިދުމަތް ހޯދަން ތިބި މީހުންނާ ހިދުމަތް ދޭންތިބި މީހުންގެ ބަސް ބޮލާލާ ޖަހާފައި ސިޔާސީ މަންފާއަށް ކަންކަން ކުރަން ހަދައިގެން މިގައުމުގައި މިފަދަ ކަންކަން ފެއިލްވަނީ.
ރަގަޅު
20 August 2022
ރާއްޖެއަށް އިތުރު ބޭރު ފައިސާ ފޮއްޗެއް ވަންނަގޮތް ހަދަން އެބަޖެހޭ. މަ ވިސްނާ ވިސްނާވެސް މަށަކަށް ނޭގުނު އެގޮތެއް، އެކަމު، މަށަށް ނޭގުނަސް، އެގޭނެ މީހުން ތިބޭނެކަމަށް މަ ޤަބޫލުކުރަން. އެހެންވީމަ، އަވަހަށް ރާއްޖެއަށް އިތުރު ތަނަވަސްކަން ލިބޭނޭގޮތްތައް ހޯދާ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ޤައުމަކަށް ހަދަން އެބަޖެހޭ. އަބަދު މީހުނަށް ސަލާން ޖަހާގެން އުޅުން ހުއްޓަން އެބަޖެހޭ.
އެމްސް
20 August 2022
މިޤައުމުގަ ތިބި ބައިމިލިޔަނެއްހާ ބިދޭސީން މައްޗަށް ކޮންމެ މަހަކުވެސް 200 ވަރަކަށް މިލިޔަން ޑޮލަރަށްވުރެ ގިނައިން މިޤައުމުން އެބަ ބޭރުވޭ! ގިނައިން މިޤައުމުގަ ބިދޭސީން އުޅެނީވެސް އެއްވެސް ވަރަކަށް ޤައުމަށް އެއްޗެއް (ބޭރުފައިސާ) ވައްދާ ދިމަދިމާލަކު ނޫން، މުޅިންވެސް ޢާއްމުކޮށް ދިވެހިން ކޮށްއުޅޭ ކަންކަމު ތެރޭ! އެހެންވީމަ، ޤައުމުން ބިދޭސީން މަދުކުރުމުން، ބޭރުފައިސާ ބޭރުވާވަރު މަދުވެ، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވެ، ބޯހިޔާވަހިކަންވެސް ތަނަވަސްވީ!