ކުޅިވަރު

100 މީޓަރުގައި ސާއިދު އާއި ހިމްނާ އެއްވަނަ މަގާމު ދަމަހައްޓައިފި

މިއަދު 100 މީޓަރުގެ ފައިނަލުގައި ސާއިދު އާއި ހިމްނާ ވާދަކުރަނީ: އެ އިވެންޓޤގައި ވެސް އެ ދެ އެތުލީޓުން ވަނީ މަގާމު ދަމަހައްޓާފަ --- ފޮޓޯ: ފަޔާޒު މޫސާ

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޝެމްޕިއަންޝިޕްގައި 100 މީޓަރު ސްޕްރިންޓުން ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން، އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.

ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ސާއިދު މިއަދު 100 މީޓަރުގެ ފައިނަލުގައި ރޭސް ނިންމީ 10.63 ސިކުންތުންނެވެ. ނިމިދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި 100 މީޓަރުން ސެމީ ފައިނަލަށް ދިޔަ އިބާދުﷲ އާދަމް (އިބާ) ވަނީ މިއަދުގެ ފައިނަލުގައި ސާއިދު އާ ވަރަށް ގާތުން ރޭސް ނިންމައިފަ އެވެ.

އިބާދުﷲގެ މައްޗަށް ސާއިދު އަށް ހޯދުނީ 0.13 ގެ ކުރި އެރުމެކެވެ. ރައުހަތު އެކަޑަމީން ވާދަކުރި އިބާދުﷲ ރޭސް ނިންމީ 10.76 ސިކުންތުންނެވެ. އެ ރޭހުގެ ތިންވަނަ ހޯދީ ވެސް ރައުހަތު ގުދުރަތުﷲ ގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ އިބްރާހިމް ނާހިލް ނިޒާރު އެވެ. މިއަދު 11.03 ސިކުންތުން ރޭސް ނިންމައި ނާހިލް ވަނީ ޔޫތު ގައުމީ ރެކޯޑް ހަދައިފަ އެވެ.

100 މީޓަރުގެ ސްޕްރިންޓް ފައިނަލުގައި ސާއިދު ވާދަކުރަނީ: އޭނާ ވަނީ އެ ރޭހުން އެއްވަނަ ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ލޯންގް ޖަމްޕްުގެ ގައުމީ ރެކޯޑް 17 އަހަރަށް ފަހު މި މަހު މުގުރާލި ގދ. ތިނަދުއަށް ނިސްބަތްވާ އެތުލީީޓް ވަނީ މިއަހަރު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ވާދަކޮށް 100 މީޓަރާއި 200 މީޓަރުން ސްކޫލް މުބާރާތުގެ ރެކޯޑް ވެސް ހަދައިފަ އެވެ.

ފިރިހެނުންގެ 100 މީޓަރުގައި މިއަދު އޮތީ ހީޓް ބުރު ވެސް ބާއްވާ ގޮތަށެވެ. އެކަމަކު ވާދަކުރަން ތިބި އެތުލީޓުންގެ އަދަދު މަދުވުމުން ކުރިއަށް ގެންދިޔައީ ފައިނަލު އިވެންޓެވެ. އެކަމަކު އަންހެނުންގެ 100 މީޓަރުގެ ހިޓް ބުރު ވެސް ބޭއްވި އެވެ.

ސްޕްރިންޓްގައި ރާއްޖޭގެ އަންހެނުންގެ ހުރިހާ ރެކޯޑެއް މިހާރު އޮތް ހިމްނާ މިއަދު 100 މީޓަރުގެ ފައިނަލުގައި ރޭސް ނިންމީ 12.25 ސިކުންތުންނެވެ. މި މަހު ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް އަންހެނުންގެ 100 މީޓަރު ހިމްނާ މުގުރާލުމުގެ ކުރިން އެ ރެކޯޑް މުގުރާނުލެވި 21 އަހަރު ހޭދަވި އެވެ. އެ ގޭމްސްގައި 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ.

ހިމްނާ މިއަދު ރޭހުގައި ވާދަކުރަނީ އޭނާ ވަނީ 100 މީޓަރު ފައިނަލު ކާމިޔާބުކޮށް ރަން މެޑަލް ހޯދާފަ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

އޭގެ ކުރިން އެ ރެކޯޑް އޮންނަނީ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް 12.27 ސިކުންތުން ރޭސް ނިންމި ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު އަތުގަ އެވެ.

މިއަދުގެ ފައިނަލުގައި ކްލަބް ރާ ވެރިޔާ އިން ވާދަކުރި ހިމްނާގެ ފަހަތު ދެވަނަ ހޯދީ ދަ ބްލެކް މާލިން އިން ވާދަކުރި އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 12.57 ސިކުންތުންނެވެ. ތިންވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސް އިން ވާދަކޮށް 13.07 ސިކުންތުން އައިޝަތު ޝަބާ އެވެ. ހަތަރު ވަނަ ހޯދީ ހަމަ އެ ކްލަބްގެ ސަރާ މުހައްމަދެވެ. އޭނާ ރޭސް ނިންމީ 13.14 ސިކުންތުންނެވެ.

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެތުލެޓިކްސްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ސާއިދު އާއި ހިމްނާ، މާދަމާ ބާއްވާ 200 މީޓަރުގެ އިވެންޓްގައި ވެސް ވާދަކުރާނެ އެވެ. މިއަދި ސާއިދު ވަނީ ދިވެހި ސިފައިންގެ ކްލަބްގެ ޓީމަށް 4 ގުނަ 400 މީޓަރުގެ ރިލޭ ރޭސް ކާމިޔާބު ކޮށްދިނުމުގައި ހިއްސާ ވެފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

26 August 2022

ތަހުނިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454