މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ..--. ފޮޓޯ: ނިޝާން އަލީ/މިހާރު
25 އޯގަސްޓް 2022 - 23:26
މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިނުވާނެ ކަމަށާއި އެކަމަކު ޖަހުރިއްޔަ ނުވަތަަ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ބޭރަށް ނީވޭގޮތް ހަދަން ބައެއް މިސްކިތްތަކަށް އެންގި ކަމަށް ބުނެ މީޑިއާ ތަކުގައި ލިޔެފައިވާ ހަބަރު ދޮގުކޮށް މިނިސްޓްރީން ބުނީ މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކުގައި އެ ހަބަރު ގެނެސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހުއާ ހަވާލަދީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަންގި ގޮވުމަށް ފަހު ލައުޑް ސްޕީކަރު ނިއްވާލަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އެންގީ ލައުޑް ސްޕީކަރު ޖައްސައިގެން ނަމާދުކުރާތީ އެ މިސްކިތްތަކާ ކައިރީގައި ދިރިއުޅޭ އާންމުންގެ ޝަކުވާ ލިބެމުން ދާތީ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓްރީއަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ އިސްލާމިކް މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން ކަމަށެވެ. ކުރިއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން މިހާރު ވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށް ބަޔާނުގައި ބުންޏެވެ.
އެކަމަކު، އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލި ބެލުމުން ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަކީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަށް އެ މިސްކިތްތަކުގެ އިމާމުންނަށް އިރުޝާދު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ސާކިއުލާއެއް އަދި ލިޔުމެއް އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި، ނަމާދުކުރާއިރު ދަތިވާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި ހަމައެހެންމެ، މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތު ކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާތަކަށް ވަނީ ފާހަގަކުރެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަބުލޮ
27 August 2022
ބައެއްފަހަރު އަޑުގަދަކަމުން ދެމިސްކިތުގެ އަޑުއެއްވެ ކިޔާނުކިޔާއެއްނޭގެ، ގޭގަ ނަމާދުކުރަންވެސް އުދަގޫވެ.
އާދަނު33
27 August 2022
ބަޔަކު އިސްލާމްދީން މާމޮޅަށް ކިޔަވައިގެންއައިސް މުޅި ޤައުމު ފަސާދައިގެ ތެރެއަށް ވައްޓާލާއިފި.
މިސްޓަރ ޓިނޭ
27 August 2022
ރަނގަޅަށް ތި އެންގީ، ވައްކަމާއި ފޭރުމަށް ޓަކާ ހެނދުނު ފިތުނައެއް ހަދައިގެން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ މީހުން ވަރަށް ގިނައެވެ
އާދަނު33
27 August 2022
ބަންގި ފިޔަވާ ނަމާދު ކުރާއަޑު މުޅިރަށަށް އިއްވަންޖެހޭކަމަކަށް ނޯވެއެވެ.
މީގެ ތަފްސީރަކީ ކޮބާ
27 August 2022
"ولا تجهر بصلاتك ولاتخافت بها وابتغ بين ذلك سبيلا" އަދި ނަމާދުގައި މާބާރަށް ކިޔަވައިވިދާޅުނުވާށެ، އަދި ނަމާދުގައި މާމަޑުން ވެސް ކިޔަވައިވިދާޅނުވާށެވެ، އަދި އެ ދޭތެރޭ މެދު މިނެއް ޚިޔާރުކުރާށެވެ." އަލްއިސްރާ: 110. ނަމާދުކުރަން ޖެހެނީ ޚުޝޫޢަތްތެރި ކަމާއިއެކުގައެވެ، އެއަކީ ވަރުވަރަށް އަޑުގަދަކޮށް ބަޔަކަށް ކަންދެއްކުމަށް ކުރާ ކަމެއް ނޫނެވެ. ﷲ ތަޢާލާ މުއުމިނުން ސިފަކުރައްވާފައިވަނީ: "އެމީހުންނަކީ އެމީހުންގެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ."
ކުލުނުގަކލާ
27 August 2022
މިއީ އަސްލު ވަރަށް ރަނގަޅު ކަމެއް އެހެން ނޫނީ ނަމާދަށް ވަރަށް އުނދަގޫވޭ
ޝުކުރިއްޔާ
27 August 2022
މިތާ ކޮއްފައިވާ ހަމައެކަނި ސެންސިބަލް ކޮމެންޓް
އަހުމަދުއަލޯ
27 August 2022
ބޮޑެތި ލޯޑު ސްޕީކަރުން ބޭނުމެއްނެތި އަޑުގަދަކޮށް ނަމާދުކުރާ އަޑުއިއްވުމަކީ ދެއްކުންތެރިކަމުގެ ސިފައެއް. ދީނުގައި އޮންނަ ކަމެއްނޫން. ތިގޮތަށް ކުރާކަންތަކަށް ކިޔާ ނަމަކީ ބިދުޢަ.
ދޯނގި
27 August 2022
ސަރުކާރުގެ އަގު ވައްޓާލުމަށް ބައެއް ނޫސްތަކުން ތިބެނީ ކެތްމަދުވެފައިވާ. އެހެންވެ ސާކިއުލާ ފޮނުވި ކަމަށްވެސް ލިޔުނެވެ. މަ ހިތަށް އެރީ އެ ސާކިއުލާގެ ކޮޕީއެއް އެޓޭޗް ނުކުރީ ކީއްވެ ބާވައޭ.
އޯކޭ
27 August 2022
އަހަރެންނަށް އޯކޭ އަޑު އިއްވިޔަސް ނީއްވިޔަސް. އަޑު އިވުނީމާ ވ ހިތްހަމަ ޖެހޭ. ޖެހިގެން ހުންނަގޭގަ ހަބޭހަށް ލަވަޖަހާ އިރު ވ ބޮލަށް ތުރާވޭ.
ސެމި
27 August 2022
އަޑުއިވުންއޯކޭ. މައްސަލައަކީ ކަންފަތްފަޅާދާވަރަށް އަޑުހުންނަނީ! ކިޔޭނުކިޔޭ އެއްޗެއނޭނގޭ!