26 އޯގަސްޓް 2022 - 13:57
މާލެ-ވިލިމާލެ ގުޅައިލާ ބްރިޖުގެ ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ގެއްލުން ލިބެމުންދާއިރު، އެ ނަގާނެ ކަމަށް އިންޑިއާގެ އެފްކޯންސް ކުންފުނިން ބުނި ތާރީހަށް އެ މަސައްކަތެއް ނުވި އެވެ.
ބޯހޯލް ތޮރުފައިގެން ސާވޭ އަށް ބޭނުންކުރާ އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރިތާ ހަފުތާއެއްވީ އިރު ވެސް އެ ނުނަގައި ހުރުމުގެ ސަބަބުން ޕްލެޓްފޯމުގެ ތަނބުތައް ވަނީ ފަރުތަކުގައި ތާށިވެ، ރަނގަޅަށް ހަރުލައްވައިލައިފަ އެވެ.
ޕްލެޓްފޯމް ނެގުން ލަސްވަނީ ފަރުތަކަށް ގެއްލުން ކުޑަ ގޮތަކަށް އެ މަސައްކަތް ކުރާތީ ކަމަށާއި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ޕްލެޓްފޯމް ނަގާނެ ކަމުގެ ޔަގީން ކަން އިންޑިއާގެ ކުންފުނިން ދޭ ކަމަށް ސަރުކާރުން ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފަ އެވެ.
އެ މުއްދަތަށް މަސައްކަތް ނުނިންމުމާ ގުޅިގެން އެފްކޯންސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކަން ނުވީ މިދިޔަ ދެ ދުވަހު ކަނޑުގަދަވުމާ ގުޅިގެން ކަމަށެވެ.
"...ތަނބުތައް ނަގަން ކުރި މަސައްކަތް ދެ ފަހަރެއްގެ މަތިން ހުއްޓާލަން މަޖުބޫރުވި،" އެ ބަޔާނުގައި ވެ އެވެ.
މޫސުން ރަނގަޅުވީހާ އަވަހަށް އަލުން މަސައްކަތް ފެއްޓުމަށް އެ ކުންފުނީގެ ޓީމުތައް ތައްޔާރަށް ތިބި ކަމަށް ވެސް އެފްކޯންސް އިން ބުނެ އެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެފްކޮންސް ގުޅިގެން، އެ ތަންތަނުގެ އިސްވެރިންނާ އެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ. އީޕީއޭ އިން ބުނީ ޕްލެޓްފޯމް ނެގުމުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އެސަސްމަންޓެއް ވެސް ހަދާނެ ކަމަށެވެ.
ޕްލެޓްފޯމް އެ ެނވތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުންނާއި އާންމުން ވެސް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ރައްޔިތުންގެ މަޖިލީށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރިޖު
27 August 2022
ޕްލެޓްފޯމަށް ތިޔަ ވީ ގެއްލުމަށް ދިވެހި ސަރުކާރުން އެފްކޮން އަށް ބަދަލު ދިނުމަށް ގޮވާލަން. އަދި ޕްރޮޖެކްޓުގެ މުއްދަތު އިތުރުކޮށްދޭން ޖެހޭނެ.
8458455625
27 August 2022
މިހާރު ނަގައިފި (27-08-2022 11:25)
މޮނިއުމެންޓް
27 August 2022
ހަނދާނާއި ތާރީޚަށްޓަކައި ބަހައްޓަންވީ. އޭރުން ތިޔަ ބްރިޖެއް އަޅަން އުޅުނު ހާލުވެސް ފެންނާނެ ދޯ.
ޢަލއ
27 August 2022
ނުނަގާނެ ނުނެގިއަސް ވާނެކަމެއް ނޯންނާނެ، ބޭނުންއިރަކުން ނަގާނެ، ޖުރުމަނާއެއްވެސްނުވާނެ. ދެންތިބޭ
ސާމަރާ ދޫނި
27 August 2022
މިސަރުކާރު އެވަނީ ނުނެއްޓެވަރައް ނަގޫފިތިބާރުވެފަ އަދި ނަގޫ ގޮށްޖެހިފަ
އަލިފް ޝީނު
27 August 2022
ތިބްރިޖައް ދައްކަންޖެހޭ އަގުން ޖޫރިމަނާ އަށްވާ ބައި ކަނޑާލާތި. މިލިއަނެއް ނަމަވެސް އަގު ކިޑަކުރެވުނީނުން.
ސޯލިބ
27 August 2022
އަހަރެމެން މިބުނަަނީ މޫސުމްގޯސްވެގެންނޭ ނުނެގިގެން މިއުޅެނީ. ދެން މިކަމާދެކޮޅަށްކޮމެންޓްލިޔާމީހުން ނަށް އުނދަގޫ ވަންޏާ ތިޔަބައި މީހުން އެނަގާބަލަ.
ގުރުދާ ޖާބިރު
27 August 2022
ކޮން މޫސުމެކޭ ކިޔާކަށް. ކަލެއަށް ނުވަންޏާ ވެރިކަމުން ފައިބާ. ސީނުކަރައިގެ މީހުން އެބަތިބި ރެޑީއަށް
ހެހެ ހެހެ
27 August 2022
އިބުރާ ހިމައް ވުރެ ސުލޯބައެއް އަދިކިރުޔާ މިފެނުނީ
މުކޭ
27 August 2022
ކޮބާ ކަނޑު އަޑީ ގަ ކެބިނެޓު ބާއްވާ ފޯރި ނެގި މީހުން ތައް ...ކޮބާ ތިމާވެށީ ގެ ބައްޕަ ތައް...
ހިލަމް
27 August 2022
ފަރު އެއްކޮއް ހަލާކުވެ ވިލިގިލިން ބޮޑުބައެއް ދާއިރުވެސް ސަރުކާރުން ޗުއްޕުވެސް ބުނަން ނުކެރޭނެ