އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ 110 މަޝްރޫއުއެއް އެކުންފުނިން ހިންގަމުން އަންނަ ކަމަށް--ފޮޓޯ: އެމްޓީސީސީ
28 އޯގަސްޓް 2022 - 07:04
ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން 93 މަޝްރޫއު ނިންމި އިރު މިހާރު ވެސް 110 މަޝްރޫއުގެ އަމަލީ މަސައްކަތް ރާއްޖޭގެ އެކި ހިސާބުގައި ހިންގަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުގެ ރަސްމިއްޔާތުގައި އާޒިމް ރޭ ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް މުހިއްމު ގިނަ މަސައްމަތްތަކެއް ހިންގަމުން އަންނަ އިރު އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ސްޕީޑު ފެރީ ނެޓްވޯކް މަޝްރޫއު ކަމަށެވެ. އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއު ވެސް ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކާމިޔާބު ކަމާ އެކު ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ، ގޮނޑުދޮށުން ގިރި ސަރަހައްދަށް ވެލި އަޅައި ގާތްގަނޑަކަށް ތިން ހެކްޓަރުގެ ބިން އެ ސަރަހައްދުން ބޮޑުކޮށްފައިވާނެ ކަމަށެވެ.
"އޭގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން މޫދަށް އެެރިލައި އުފާކޮށް ހަދާލާނެ ރީތި ދެ އަތިރިމަތި މިވަނީ އަލުން އަނބުރާ އިޔާދަކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 27 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެމްޓީސީސީ ހިންގާ އެ މަޝްރޫއުގެ ދަށުން ވެލި ގޮނޑުދޮށަށް ވެލި އެޅުމާއި ރިވެޓްމެންޓު ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސ
28 August 2022
ފޮނިނުކަނޑާ ބޯނަސް ދޭންވީނު ސްތާފުންނައް ކިތައްއަހަރުތޯ މިވަނީ ނުދޭތާ ؟
ފަލަ
28 August 2022
އަހަރެމެން ލަދު ގަނޭ އެމްޓީސީސީގެ ހަލުވި ކަމުގެ ވާހަކަދައްކަން ހއ ދިއްދޫގެ ބަނަދަރަށް އިތުރުކުރެވޭ އެންމެ 300ފޫޓު ބަނަދަރުގެ މަސައްކަތް ކުރަމުންދާތާ 4 އަހަރު އެންމެ 300 ފޫޓު އެތަން ކޮންނަން ފެށިފަހުން ވިހޭ ދަރިން ޔުނީފޮރމް އަޅައިގެން ސްކޫލަށް ދާން ފަށައިފި އަދިވެސް އެތަން ނުނިމޭ ބަރަވެލި ސްޕީޑަކީ މީ ނޫންތޯ؟
ހިންގެނީހިނި
28 August 2022
ބޭބެ ކެމްޕޭނަށް ތިމާތަރިޖަހަނީ
ބަރުބާދު
28 August 2022
ނިންމި މަސްރޫއެއް ވިއްޔާ ނިންމާފައޮތީ ރައީސް ޔާމީން އެއެއްޗެއް ގެނެސްގެން ބޭކާރު އެއްޗެކޭ ބޮޑުހަރަދެކޭ ގޮވި މަހާޖައްރާފު ބޭނުންކޮއްގެން. ެެެެެެެ
ޖަޑިބު
28 August 2022
އެހެން އެއްކަމެއް ނުކުރިޔަސް ތިފެރީތަކާއި ބަސްތަކުގެ އިންޓަގެރޭޓެޑް ސިސްޓަމް މުޅި ރާއްޖެއަށް ވަރަށް އަވަހަށް ފަތުރަބަލަ.
އެމްސް
28 August 2022
ތަނުގަ ތިބި ބިދޭސީން ބޭރުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުވެސް ދީބަލަ!
ޖަމީލުބެ
28 August 2022
ދިވެއްސަކަށް ވަޒީފާ ނުލިބިގެން އުޅޭތަ؟ ނުވަތަ ވަޒީފާއަދާކުރަން ބޭނުން ނުވަނީތަ؟