ޔޫކްރޭންގެ ޒަޕަރޯޖިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބިޔަ ނިއުކްލިއާ އިންޖީނުގޭގެ ބޭރުގައި ރަޝިޔާ ސިފައިންގެ މީހަކު ހަތިޔާރާއެކު ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ
28 އޯގަސްޓް 2022 - 11:14
ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ އދ.ގެ މުއާހަދާ (ނިއުކްލިއާ ނޮން-ޕްރޮލިފިރޭޝަން ޓްރީޓީ) މުރާޖައާކޮށް އަލުން އެކުލަވައިލި ގުޅިފައިވާ ގަރާރަށް ރަޝިޔާ އިން ހުރަސްއަޅައި ދެކޮޅު ހަދައިފި އެވެ.
ދުނިޔޭގެ 191 ގައުމަކުން ސޮއިކޮށް އަމަލުކުރަމުން އަންނަ މި މުއާހަދާ އަށް އަމަލުކުރުންމަތީ ދެމިތިބުމާ ގުޅޭ ގަރާރަށް ރަޝިޔާ އިން ދެކޮޅު ހެދީ، ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުރި ނިއުކްލިއާ އިންޖީނުގެ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާތީ، އެކަމަށް އެ ގަރާރުގައި ފާޑުކިޔާފައިވާތީ އެވެ. މީގެ 52 އަހަރު ކުރިން 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެ މުއާހަދާ، ކޮންމެ ފަސް އަހަރަކުން މުރާޖައާކޮށް، އެ މުއާހަދާއާ އެއްގޮތަށް ކުރިއަށް ދިއުމަށް ގަރާރަކަށް، މުއާހަދާގެ ބައިވެރިން އެއްބަސްވެ އެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ ނޮން ޕްރޮލިފިރޭޝަންސް އެންޑް އާމްސް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު އީގޯރް ވިޝްނެވެޓްސްކީ ވިދާޅުވީ، ނިއުކްލިއާ މުއާހަދާއާ ބެހޭ ގަރާރުގެ އެންމެ ފަހު ދެލިކޮޕީ އޮތީ އޭގެ ވަޒަން ގެއްލި ވަކި އަތަކަށް ބުރަވެފަ އެވެ. އެ ގަރާރަށް ރަޝިޔާ އިން ދެކޮޅު ހަދަނީ، އެ ގަރާރުގެ ބައެއް ޕެރެގްރާފްތަކުގައި ސިޔާސީ ކުލަޖެހި، ނިއުކްލިއާ މުއާހަދާގެ މަގްސަދު ގެއްލިފައިވާތީ އެވެ.
ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދު
ނިއުކްލިއާ ނޮން-ޕްރޮލިފިރޭޝަން ޓްރީޓީ މުރާޖައާ ކުރުމަށް، އެ މުއާހަދާގެ މެމްބަރު ގައުމުތަކުގެ މަންދޫބުން، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބައްދަލުވުންތައް ބާއްވައި މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެކުލަވައިލި ގަރާރުގެ އެންމެ ފަހު ދެލިކޮޕީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހުކުރު ދުވަހަށް ތާވަލު ކުރި ބައްދަލުވުން އެތައް ގަޑިއިރަކަށް ފަސްކުރަން ޖެހުނީ ވެސް، އެންމެ ފަހު ދެލިކޮޕީއާ މެދު ރަޝިޔާގެ ހިތްހަމަނުޖެހުން އޮތުމުންނެވެ.
ނިއުކްލިއާ މުއާހަދާ މުރާޖައާ ކުރުމާ ގުޅޭ ކޮންފަރެންސްގެ ރިއާސަތު ބަލަހައްޓަވާ އާޖެންޓީނާގެ ސަފީރު ގުސްޓާވޯ ޒްލައުވިނެން ވިދާޅުވީ ގަރާރުގެ އިބާރާތްތަކާ މެދު ރަޝިޔާ ހިތްހަމަނުޖެހޭތީ، މުއާހަދާ ދެމެހެއްޓުމާ ބެހޭ ގަރާރާ މެދު ހުރިހާ ބައިވެރިންނަށް އެއްބަސްވެވޭނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ.
ނިއުކްލިއާ މުއާހަދާ ދެމެހެއްޓުމާ ބެހޭ ގަރާރުގެ އެންމެ ފަހު ދެލިކޮޕީގައި، ޔޫކްރޭންގެ ނިއުކްލިއާ އިންޖީނުގެތައް ހުރި ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ލިޔެފައި އޮތުމުން، ރަޝިޔާ ވަނީ އެ އިބާރާތަށް ދެކޮޅު ހަދައިފަ އެވެ. އޭގެ އިތުރުން ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުރި ނިއުކްލިއާ އިންޖީނުގޭގެ ކޮންޓްރޯލް ޔޫކްރޭނަށް ގެއްލިފައިވާތީ، އެ އިންޖީނުގޭގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ގަރާރުގައި އޮންނާތީ ރަޝިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރުންމަތީ ދެމިތިބުމާ ބެހޭ ގޮތުން އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވި ކޮންފަރެންސްގައި އެކުލަވައިލި ގަރާރުގެ ބައެއް މާއްދާތަކުގެ އިބާރާތްތަކާ މެދުވެސް، މުއާހަދާގެ ބައިވެރިން ދެކޮޅު ހެދުމުން، އެފަހަރު ވެސް ގަރާރަށް އެއްބަސްވެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ބާއްވަން ތާވަލުކުރި ކޮންފަރެންސް، ކޮވިޑް-19ގެ ސަބަބުން މިއަހަރަށް ފަސްކުރީ އެވެ.
މިއަހަރުގެ ކޮންފަރެންސް ފެށުމުގެ ޖަލްސާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމަ އެންމެ ހޫނުވެގެން ދިޔަ ދުވަސްވަރު ވެސް، ނިއުކްލިއާ ހަމަލާތަކެއް ބަދަލުކުރުމުގެ ނުރައްކާތެރިކަން ނެތް މިންވަރަށް މިހާރު އެ ނުރައްކާތެރިކަން އެބަ އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
29 August 2022
އާ ބީރުބޮލު ވަޒީރު އަލިފުދާލު ފުރިހިހަމަޔައް މަސައްކަތް ކުރެޔެކޭނުބުނަން! އެކަމަކު އެޖަމާއަތް ނެންނަމަ އިރާނާ އިރާގުފަދަ ގައުމުތަކުން ނިއުކުލިއާ ބޮން އުފައްދާ އިންޑިޔާމީހުން ފޮނިކާ އެއްޗެތި އަވައްޓެރިންނައް ބާހާހެން ޓެރަރިސްޓު ޖަމާއަތްތަކައް ބަހާ ދުނިއެ މީ އެއްގޮތަކައްވެސް ނޫޅެވޭވަރު ތަނަކައް ހެދީސް ކަން ސައްކެއްނެއް މިންވަރައްއެގޭ ރަދީފުމެން ފަދަ ބޭފުޅުން މިތަނައް ކުރާ ކޮމެއްޓު ތަކުން!
ބީރުބޮލު ވަޒީރު.
29 August 2022
ސަލީމަށް ވާނެކަންތަކާއި ވަމުންދާހާ ކަމެއް އެގޭތީ ވަރަށް އުފާވޭ. އައި ޑޯންޓް ނޮވް
މިލިޔަނަރު
28 August 2022
މިފަހަރު އެމެރިކާނޯ އަށް ހިތިދައްކާނެ ރަށިޔާ
ބީރުބޮލު ވަޒީރު.
28 August 2022
މިހާރު ތިއަ އަލިފްދާލެކޭ ދޫނި ރާއްޖޭގެ ބަކަރިކޮށްޓެކޭ އެއްވެސް ތަފާތެއްނެތް. މިތާގަ ކުޅޭ ކުޅިވަރު އެތާވެސް ކުޅެނީ. ގުޓަރެސް އަކަށް އެނގިނުލައްވާތޯ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރަށްވުރެ މިހާރު އިންސާނުން ނުބައިވެއްޖެކަމެއް. އެހެންވީމަ ނިއުކްލިއަރ ހަނގުރާމައެއް ފެށުމުގެ ފުރުސަތުވެސް ބޮޑުވާނެ.
އިދްރީސް
28 August 2022
ވަރަށް ވެސް ބޮޑު ތެދެއް ބީރުބޮލް ވަޒީރު ތިޔަ ވިދާޅުވީ