ބިޕާޝާގެ ސިފައަށް ގެނެސްފައިވާ ބަދަލު
09 ޖޫން 2016 - 08:07
ކައިވެންޏަށްފަހު ބިޕާޝާ ބާސޫ މުޅީން ސިފަ ބަދަލުކޮށްލައިފި އެވެ. އިސްތަށިގަނޑުވެސް ވަރަށް ކުރުކޮށް ކޮށާލާފައި މުޅިން އާ މޭކްއޯވާއެއް ގެނެސް ބިޕާޝާ ވަނީ އޭނާގެ މިހާރުގެ ސޫރަ އިންސްޓަގްރާމްކޮށް ފޭނުންނަށް ދައްކާލާފަ އެވެ.
"ކުރު އިސްތަށިގަނޑު ވަރަށް ކަމުދޭ. ނަމަވެސް އިސްތަށިގަނޑު ކުރުކޮށްލުމާ އެކު މަގޭ ދިގު އިސްތަށިގަނޑު މަތިން ހަމަ ހަނދާންވަނީ،" ބިޕާޝާގެ ފޮޓޯގެ ތިރީގައި ލިޔެފައިވެ އެވެ.
ބިޕާޝާ ނޫނަސް ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު ވެސް މިހާރު އުޅެނީ އިސްތަށިގަނޑު ވަރަށް ކުރުކޮށްލައިގެންނެވެ. ނަމަވެސް ކަންގަނާ އިސްތަށިގަނޑު ކުރުކުރީ އޭނާ މިހާރު ކުޅޭ "ރަންގޫން" ގައި އަދާކުރާ ކެރެކްޓާ ހުންނަނީ އެގޮތަށް ކަމަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
09 June 2016
ކަމަކުނުދޭ! ކުރީގެ ހިތްގައިމުކަން މުޅިން ގެއްލިއްޖެ! -އިބްރާހީމް-
ޖާރިޔާ އަހުމަދު ދީދީ
09 June 2016
ކުރިއަށްވުރެ މާ ހިތްގައިމު. އިއްބެމެންނަށް ކަމުދާނީ ޖާޔާ ބައްޗަންހެން ސާޅީ އަޅާފަ ހުރީމަ.