ވިޔަފާރި / ދިރާގު

"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މި މަހު 17 ގައި؛ ރަޖިސްޓަ ވާން ހުޅުވާލައިފި

މަމެން އިންޓަސްކޫލް ސައިކްލިން ޓޯނަމެންޓް 2019 ގެ ތެރެއިން ---ފޮޓޯ: ދިރާގު

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022، މިމަހު 17 ގައި ބާއްވަން ދިރާގުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ހުޅުމާލެ 2 ގައި އެއް ދުވަހަށް ބާއްވާ މުބާރާތަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ކުދިން އަންނަ ބުރާސްފަތި ދުވަހުގެކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިކް މޯލްޑިވްސްގެ ޗެއާމަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ބައިސިކަލް ދުއްވުމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމާއި ސައިކްލިންގެ ބައިންއަލްއަގްވާމީ މުބާރާތްތަކަށް ދިވެހި ކުދިން ތަމްރީންކުރުން ކަމަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގު އަދި ބައިކްމޯލްޑިވްސް ގެ އިސްވެރިން ---ފޮޓޯ: ދިރާގު

"އަޅުގަނޑުމެންނަކީ މިހާރު ޔޫސީއައި (ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް) ގެ މެންބަރެއް. ބައިނަލްއަގްވާމީ ބައިސްކަލު ދުއްވާ މުބާރާތްތަކުގައި ބައިވެރިވާން ވަރަށް ގިނައިން ދައުވަތު ލިބޭ. އެހެންނަމަވެސް، އެފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ރަނގަޅު ދަރިވަރުން ތަމްރީނުކުރެވިފައި ނެތުމަކީ އަޅުގަނޑުމެންނަށް ދިމާވެފައި އޮތް ވަރަށް ބޮޑު ދަތިކަމެއް،" ޒުލޭހާ ވިދާޅުވި އެވެ.

މި މުބާރާތް ކުރިއަށް ދާނީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މުބާރާތުގެ އުމުރުފުރާތަކާއި ކެޓަގޮރީތައް ބެހިފަ ވާގޮތް

އެގާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން އޮތީ ހަމައެކަނި "ފަން ރައިޑް" އެކެވެ. އެ އުމުރުފުރާގެ ކުދިންނަށް ތިން ފުރޮޅުލީ ބައިސްކަލު ވެސް ބޭނުން ކުރެވޭނެ އެވެ.

ބާކީ ހުރި ހުރިހާ އުމުރުފުރާއަކުން ވެސް 200 މީޓަރުގެ ސްޕްރިންޓް ރޭހެއް ޖަހާނެ އެވެ. އޭގެ އިތުރުން، 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ ކުދިން 1،000 މީޓަރު ދުއްވަން ހަމަޖެހިފާ ވާއިރު، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުދިން 3000 މީޓަރަށް ދުއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ބައިވެރިވާ ހުރިހާ ދަރިވަރުންގެ "ޓީމް ޕަސޫޓް" އެއްވެސް ކުރިއަށް ދާނެ އެވެ.

"ފަން ރައިޑް" ފިޔަވައި ދެން ހުރި ވާދަވެރި ކެޓަގަރީތަކުން އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން ވަނަތައް ހޮވައި، އެ ކުދިންނަށް ހަނދާނީ ލިއުމާއި ފިލާ ދޭނެކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މަމެން ބައިސްކަލު ދުއްވުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއަޔާގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިންނާ އެކު އިވެންޓްގެ ބައިވެރިންނާ ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިން ---ފޮޓޯ؛ ދިރާގު

"މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ބްރޭންޑް އެސިސްޓަންޓް މެނޭޖަރު، ނައިޔާ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާން އުމުރުގައި ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު ސްކޫލްކުދިން ބައިސްކަލު ދުއްވަން ޝައުގުވެރިކަން އިތުރުކުރުމަށް އުންމީދުކުރާ ކަމަށެވެ.

"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތް ކުރިން ބާއްވަން ހަމަޖެހިފަ އޮތީ 2020 ވަނަ އަހަރު އެވެ. ނަަމަވެސް، ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކާ ހެދި އެ މުބާރާތް ބޭއްވުން ފަސްކުރީ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީ ވާނީ ގޫގްލް ފޯމް މެދުވެރިކޮށެވެ. އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން އެ ފޯމް ފޯރުކޮށްދޭނެ ކަމަށާއި ދިރާގު އަދި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިން ވެސް އެ ފޯމް ލިބޭން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިރާންވޭ

01 September 2022

މިވެސް މީހަކު ހައިރާންވެގެންގޮސް ހޭބަލިވާވަރު ކަމެއް! މި ދިރާގު މީހުންނަށް ގޭގެއަށް މިމީހުންގެ އާމްދަނީއަށް ރައުޓާރ ގުޅަންވީމަ ތުރާކުރުން ފެށިގެން ގަމުގެ އެއްމެ ދެކުނަށް ދެވޭ، ހުރިހާކަމެއް ކުރެވޭ، މުވައްޒަފުން ތިބޭ، އެކަކަމު މުބާރާތެއް ބާއްވާންވީމަ ހަމަ މުޅި ރާއްޖެއަށް ނަމުގަ އަހަރު މެދުތެރޭ މިބާއްވަނީ މާލެ ހުޅުމާލެއަށް ޚާއްސަކޮށް. ކީއްވެތަ ތި އިވެންޓް ރާއްޖޭގެ އުތުރާއި ދެކުނުގަ ނުބޭއްވެނީ؟ ހަމަ 4 ނުވަތަ5 ރަށެއްގަ ބޭއްވުމުން ނިމުނީނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454