ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަނީ--ފޮޓޯ:މިހާރު
07 ސެޕްޓެމްބަރ 2022 - 13:55
ދަރަންޏަށް ލުއި ހޯދަން ބަޔަކާ މަޝްވަރާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ރާއްޖެއަކީ ދަރަނި ދެއްކުމަށް އަބަދުވެސް ކަނޑައެޅިފައިވާ މުއްދަތުގައި ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި މިހާރު ވެސް ދަރަނި ދެއްކުމުގައި އެފަދަ އެއްވެސް އުނދަގެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ޑެޓް ސާވިސް ކުރަމުން އަންނަ ގައުމެއް. އެއްވެސް އިރެއްގައި ޑީފޯލްޓް ވެފައެއް ނެތް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ޑީފޯލްޑްވާނެ ހާލަތެއް އަދި އަންނާނެ ކަމަކަށް އަންދާޒާއެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައުލަތުގެ ދަރަނި ހުރީ 100 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ މިހާތަަނަށް ދަރަނި އަދާކުރަން 2.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދަރަނި އަދާކުރަން މިއަހަރު ޖުމްލަ 2.9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.
ދައުލަތުގެ ދަރަނި މިއަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެވެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމްއެމްއޭ އިން ކަނޑައެޅި އަދަދަށް ވުރެ ދައުލަތުގެ ދަރަނި އިތުރަށް އުފުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
08 September 2022
މިޤައުމުގަ ޑީފޯލްޓް ވީ ރަޢިއްޔަތުން! އަމީރުމެން އެއްވެސް ހާހެއް ނެތް!
ހުޅުމާލެ
07 September 2022
ވައްކަން ކުރަނީ ދަރަނި ދަންތޫރަ އެމްޑީޕީ ސަރުކާރު އިސްތިއުފާ އިންޑިޔާ އައުޓް
އެމްޑީޕީގެ އައްޑޫ ގޮފި
07 September 2022
އެމްޑީޕީ ލޯނު ނަގަނީ ވަރައް ބޮޑު ރޭޓެއްގަ ވީ ވަރައް ދެރަވަރު ކަމެއް.
ހައްގުބަސަ
07 September 2022
ލޯނުނަގަނީ ޕްރޮޖައްޓައްވުރެ ބޮޑުކޮއް ލޯނުގެ ބަޔެެއް އިންޑިޔާގެ ބެންކުގެ އެމްޑީޕީ އެކައުންޓުތަކައް ވަދޭ.
އެމްސް
08 September 2022
ފުދުންތެރި ބަޔަކަށް ވާން، ދެމެހެއްޓެނިވި އިޤްތިޞާދެއް މުހިއްމު!
ފަލަސްތީން
07 September 2022
ކަލޭމެންގެ ވިސްނުން ހުރީ އިންޑިޔާއާ ގުޅިގެން ރާއްޖެ އިންޑިޔާގެ މުޝުތެރެޔަ ލުމަ. ދެރަ
ށަަި.
07 September 2022
ދަރަންޏަށް ލުއި ހޯދަން ބަޔަކާ މަޝްވަރާކުރަންޖެހޭނީ ބޮޑު އަގުގަ ހޯދާފަ ހުރިނަމަތާ. މާކެޓުގަ ލިބެންހުރި އެންމެ ހެޔޮއަގުގަ ހޯދަފަހުރި ދަރަނި އަގުހެޔޮކުރަން އިތުރަށް ކުރަން ޖެހޭނެ މަސްވަރާއެއް ނޯންނާނެ
އެމްސް
08 September 2022
މިޤައުމު ސަލާމްޖެހުމުން އެރުވޭނެ ފިނޭންސް މިނިސްޓަރަކު އެބަހުރިބާ؟