ލައިފްސްޓައިލް / އެޕަލް

އައިފޯން 14 ދައްކާލައިފި؛ އެހީއަށް އެދެން ސެޓެލައިޓުން ކަނެކްޝަން ލިބޭނެ

އެޕަލް އައިފޯން 14

އެޕަލްގެ އައިފޯން 14، 14 ޕްލަސް، 14 ޕްރޯ އަދި ޕްރޯ މެކްސް މިރޭ ދައްކާލައިފި އެވެ.

މި ފޯނުތަކުގެ ބެޓެރި އެއްފަހަރު ޗާޖުކޮށްގެން މުޅި ދުވަހު ހިފަހައްޓާނެ ކަމަށް އެޕަލް އިން ބުންޏެވެ. މި ފޯންތަކުގައި ހިމަނާފައިވަނީ އޭ15 ބަޔޮނިކް ޗިޕް އެވެ. އައިފޯން 14 އާއި 14 ޕްލަސްގައި 12 މެގަޕިކްސެލްގެ ކެމެރާ ހިމަނާފައި ވަނީ އެތައް ގުނައެއް ވަރުގަދަކޮށްފަ އެވެ. އަދި ލޯ ލައިޓް ކެޕްޗާ 49 ޕަސެންޓް ވަނީ ވަރުގަދަކޮށްފަ އެވެ.

އައިފޯން 14 ފަސް ކުލަޔަކުން ލިބޭނެ އެވެ. އެއީ މިޑްނައިޓް، ސްޓާލައިޓް، ބްލޫ، ޕާޕްލް އަދި ޕްރޮޑަކްޓް ރެޑް އެވެ.

އާ އައިފޯންގެ ޔޫއެސް މޮޑެލްތަކުގައި ސިމް ޓްރޭއެއް ނީންނާނެ އެވެ. ބޭނުންކުރެވޭނީ އީސިމް އެކަންޏެވެ.

އެޕަލް އައިފޯން 14 އާއި 14 ޕްލަސް

އަލަށް އައިފޯންނަށް ގެނައި ސޭފްޓީ ފީޗާ އަކީ ސެޓެލައިޓް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް ފޮނުވުމެވެ. މާނަ އަކީ، ފޯން ސިގްނަލް ނުލިބުނަސް ސެޓެލައިޓް މެދުވެރިކޮށް އެހީއަށް އެދެވުނެވެ.

އައިފޯން 14 ގެ ސެޓެލައިޓް އިމަޖެންސީ އެސްއޯއެސް ސާވިސް

އައިފޯން 14 ލިބޭނީ 799 ޑޮލަރަށެވެ. އަދި 14 ޕްލަސް ލިބޭނީ 899 ޑޮލަރަށެވެ. އައިފޯން 14 މި މަހުގެ 16 އިން ފެށިގެން ލިބޭނެ އެވެ. އަދި ޕްލަސް ލިބޭނީ އޮކްޓޫބަރު 7 އިން ފެށިގެންނެވެ.

މިރޭގެ އިވެންޓުގެ އެންމެ ހާއްސަ ޕްރޮޑަކްތަކީ އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް އެވެ. މި ފޯނުގައި ނޮޗް ކުޑަކޮށްލުމާ އެކު "ޑައިނަމިކް އައިލެންޑް" ހިމަނައިފަ އެވެ. މިއީ ކޮންމެ އެލާޓަކަށް ވަކި ހާއްސަ ސިފަތަކެއް ދެވޭ ފޯނު ޕާސަނަލައިޒްކޮށްލެވޭ ފީޗާއެކެވެ. މި ފޯނުގައި ހިމަނާފައިވަނީ 48 މެގަޕިކްސެލް ކެމެރާއެކެވެ.

އައިފޯން 14 ޕްރޯ

މެކްރޯ ފޮޓޯ ނެގުމާއި ޒޫމްކުރުމާއި ވީޑިއޯކުރުން މި ފޯނުގައި އެޕަލްގެ އެހެން އެއްވެސް ފޯނަކަށް ވުރެ ވެސް އެތައް ގުނައެއް ވަރުގަދަ އެވެ. މިއީ ޕްރޯ ކެމެރާ ސިސްޓަމެއް ހިމަނާފައިވާ ފޯނެކެވެ.

އައިފޯން 14 ޕްރޯ

އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް މި މަހުގެ 16 އިން ފެށިގެން ލިބޭނެ އެވެ. ޕްރޯގެ އަގަކީ 999 ޑޮލަރެވެ. އަދި ޕްރޯ މެކްސްގެ އަގަކީ 1،099 ޑޮލަރެވެ.

މިރޭގެ އިވެންޓްގައި އެންމެ ފުރަތަމަ ދައްކާލީ އާ އެޕަލް ވޮޗެވެ. އެއީ ސީރީޒް 8 އެވެ. މި ގަޑީގައި ވަނީ ހެލްތާއި ކަނެކްޓިވިޓީ އިތުރަށް ތަރައްގީކޮށްފަ އެވެ. އެންމެ ހާއްސަ ކަމަކީ އަންހެނުންގެ ސިއްހަތަށް ހާއްސަކޮށް ހިމަނާފައިވާ ޓެމްޕަރޭޗާ ސެންސާ އެވެ. މި ފީޗާއާ އެކު މައްސަރު ކަންތައް މޮނިޓަކުރުމުގެ އިތުރުން ދަރިމައިވުމުގެ ފުރުސަތު ބޮޑު ދުވަސްތައް ނުވަތަ އޮވިއުލޭޝަންގެ ހާލަތު ގަޑިން ދެނެގަނެވޭނެ އެވެ. މި މައުލޫމާތު އެޕަލް ވޮޗުގައި، ހާއްސަ ޕްރައިވަސީއާ އެކު ރައްކާކޮށްދޭނެ އެވެ.

މިފަހަރު އެޕަލް ވޮޗްގެ ސޭފްޓީ ފީޗާސްތަކަށް ވަނީ "ކްރޭޝް ޑިޓެކްޝަން" އިތުރުކޮށްފަ އެވެ. މިއީ ކާރެއް ފަދަ އެއްޗެއްގައި ދަނިކޮށް އެކްސިޑެންޓެއް ވެއްޖެ ނަމަ އެކަން ދެނެގަނެ އިމަޖެންސީ ނަންބަރަކަށް އެ މީހެއްގެ ލޮކޭޝަން ފޮނުވައިދޭ ފީޗާއެކެވެ.

އެޕަލް ވޮޗް ސީރީޒް 8

މި ގަޑީގެ ބެޓެރި 18 ގަޑިއިރު ހިފަހައްޓާނެ އެވެ. އަދި ލޯޕަވަ މޯޑްގައި ނަމަ 36 ގަޑިއިރު ހުންނާނެ އެވެ.

ވޮޗް ސީރީޒް 8 ގެ އަގު އުޅެނީ ޖީޕީއެސް ވާޝަން 399 ޑޮލަރަށެވެ. އަދި ޖީޕީއެސް އާއި ސެލިއުލާ ނަމަ 499 ޑޮލަރެވެ.

އެޕަލް ވޮޗް އެސްއީގެ ފެންވަރު ރަނގަޅުކޮށްފައި ވާއިރު ޖީޕީއެސް ވާޝަންގެ އަގަކީ 249 ޑޮލަރެވެ. ޖީޕީއެސް އަދި ސެލިއުލާ ހިމެނޭ ގަޑި 299 ޑޮލަރަށެވެ.

މި މަހު 16 އިން ފެށިގެން މި ގަޑިތައް ބާޒާރުން ގަންނަން ލިބޭނެ އެވެ.

މިފަހަރު ވަނީ މުޅިން އަލަށް "އެޕަލް ވޮޗް އަލްޓްރާ" ނެރެފަ އެވެ. މިއީ އެކްސްޓްރީމް ސްޕޯޓްސް އަށް އަދި އެތުލީޓުންނަށް ހާއްސަ ގަޑިއެކެވެ. އަނެއް ދެ ގަޑިއަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ މި ގަޑީގެ ބެޓެރީ 60 ގަޑިއިރު ހިފަހައްޓަ އެވެ. މިއީ 100 ފޫޓު އަޑީގައި ވެސް ބޭނުންކުރެވޭ، ފެނުގެ ޓެމްޕަރޭޗާ އާއި ފުންމިން ފަދަ އެތައް ފީޗާއެއް ހިމެނޭ، ޑައިވިން ކޮމްޕިއުޓާއާ އެކު ވޯޓާ ސްޕޯޓްސް އަށް ހާއްސަ ގަޑިއެކެވެ. އެހެންވެ މިއީ ސްކޫބާ ޑައިވިންގައި ވެސް ހާއްސަ އުފެއްދުމަކަށް ވާނެ ކަމަށް އެޕަލް އިން ބުންޏެވެ.

މި ގަޑީގެ އަގަކީ 799 ޑޮލަރެވެ. މި ގަޑި މި މަހުގެ 23 އިން ފެށިގެން ގަންނަން ލިބޭނެ އެވެ.

އެޕަލް ވޮޗަކީ މިދިޔަ ހަތް އަހަރު ވެސް ދުނިޔޭގައި ވިޔަފާރި އެންމެ ރަނގަޅު ސްމާޓް ވޮޗެވެ.

އެޕަލް އެއާޕޮޑް ޕްރޯ 2

މިރޭ ދައްކާލި އެއާޕޮޑް ޕްރޯގެ ސެކަންޑް ޖެނެރޭޝަންގައި ވެސް އެކްޓިވް ވޮއިސް ކެންސަލޭޝަން އާއި ސްޕޭޝަލް ސައުންޑް ވަނީ ހިމަނަައިފަ އެވެ. މީގެ ޗާޖިން ކޭސްއާ އެކު 30 ގަޑިއިރުގެ ޗާޖު ހުންނާނެ އެވެ. އަދި ޗާޖިން ކޭސް ގެއްލިއްޖެ ނަމަ ފޯނުން ލޮކޭޓްކުރެވޭނެ އެވެ. އަދި ކޭސްގައިވާ ސްޕީކަލުން އެލާޓް ވެސް ކޮށްލެވޭނެ އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 33%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހާވިރާގެ

12 September 2022

އާފޯނު ގަނެނުދެވިގެން ބިޓުކަޓާ މިހުން ، ޔާމީނާއި ނަރީޝް އަށް ގުޅުއްވާ ފައިސާ ހޯދަންވީގޮތުގެ އިރުޝާދު ހޯއްދެވުން މުހިއްމު.

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

09 September 2022

ކިތެއްމެ ފޯނުމޮޅަކަސް އެޕަލް ފޯނު ގެންގުޅޭ ގިނަމީހުން ބޭނުންކުރަނީ ހަމައެކަނި ގޭމްކުޅުމާއި ޗެޓްކުރުމަށް. ގިނަފީޗާސްތައް ބޭކާރު.

The name is already taken The name is available. Register?

ބަތޭލި

09 September 2022

މޮޅު ފޯނު ހޯދައިގެން ކުރާނެ ކަމަކީ ނޮކިޔާ ބައްތިންވެސް ކުރާނެ ކަންކަން. އެންމެ ބޮޑުމަސައްކަތަކީވެސް ޓިކްޓޮކްކުޅެ އަޕްލޯޑްކުރުން.

The name is already taken The name is available. Register?

ސމ

08 September 2022

މަ ކުރިން ވިސްނައިގެން ހުރީ މީގެ ފޯނެއް ގާލްފުރެންޑެއް ހޯދާފަ ގަނެދެން އެކަމަކު އުޅެއުޅެ މަންޖެ އަކު އަތުނުވި މިހާރު މިއުޅޭ އަންހެން ކުދިން ހާދަ ފޮނިވެސް ބޮޑުހެން މަށަށް ހީވޭ...

The name is already taken The name is available. Register?

އެހް

08 September 2022

އެމީހުންނަށްވުރެ ބޮޑަށް ފޮނިވެލީމަ އެމީހުން ސައިޒުވެދާނެ.

The name is already taken The name is available. Register?

ޙޖސސސ

08 September 2022

14000 ރުފިޔާ ލިބޭ ފޯނު ރާއްޖޭގަ ވިއްކަނީ 28000 ރުފިޔާ އަށް. އެކަމު ގަންނަން ބަޔަކު މޮޔަވެފަ.

The name is already taken The name is available. Register?

މަބޭނުން

08 September 2022

ކިޑުނީ ވިއްކަން ތައްޔާރު ވާންވީ ދޯ

The name is already taken The name is available. Register?

މޮޑަފްް

08 September 2022

އެސްއޯއެސްގެ ޚިދުމަތް ލިބޭނެޔޯ 2 އަހަރުވަންދެން ފްރީކޮށް. އެކަމަކު ލިބެނީ އެމެރިކާ އަދި ކެނެޑަާޢަށޯ. ދެނޯ.

The name is already taken The name is available. Register?

އައިފޯން ދޮނޭ

08 September 2022

ހަމައެކަނި ސެޓެލައިޓް އެއް ނޫން.. ކާރު އެކްސިޑެންޓާއި ސިމް ޓްރޭ އެއް ނެތް އޭގެ ބަދަލު އީސިމް

The name is already taken The name is available. Register?

އެޕަލް ފޭންސް

08 September 2022

އަހަރެން ގަންނަން މިހުރީ ތައްޔާރަށް

The name is already taken The name is available. Register?

ސާމިހް ސާންބޮ

07 September 2022

މުސާރަ ބޮޑުނުވިޔަސް ގަނެލާނަން އައިފޯން 14 ޕްރޯ ގެ 2 ފޯނު. މަށަށް ފޯނެއް މަގޭ ގޮއްޔެއަށް ފޯނެއް. ގަޑިވެސް ގަނެލާނަން.

The name is already taken The name is available. Register?

ދަ އަރީޝާ

08 September 2022

އޭ ސާންބޮ މަވެސް ބޭނުން ތީގެ އައިފޯނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454