ނާޒިމް ސައްތާރު: ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން ބާ ކައުންސިލުން ނިންމީ ނާޒިމްގެ ސްލޫކީ މައްސަލަ ބެލެން ނެތް ކަމަށް-- ފޮޓޯ: ފަޔާޒު މޫސާ /މިހާރު
08 ސެޕްޓެމްބަރ 2022 - 14:04
އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ލިބޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރާ މެދު ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ސުލޫކީ ފިޔަވަޅެއް އެޅެން ނެތް ކަމަށް، އޭނާގެ ގާނޫނީ ވަކީލްކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލާގައި އެ ކައުންސިލުން ބުނެފި އެވެ.
ނާޒިމްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަހުމަދު ތޯލިބަށް އެ ކައުންސިލުން އިއްޔެ ދިން ޖަވާބުގައި ބުނެފައިވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ގާނޫނީ ވަކީލަކާ މެދު ބާ ކައުންސިލަށް ފިޔަވަޅެއް އެޅޭނީ "ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން" އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ. ގާނޫނު ބުނާ ގޮތުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމަކީ އެއީ ކަމަށާއި އެހެންވެ ނާޒިމާ މެދު ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވަނީ އަންގައިފަ އެވެ.
"މި ޝަކުވާގެ ބާވަތަށް ބަލާއިރު މިއީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން އަލްއުސްތާޒް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސްލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއް ކަމަށް ނުފެންނާތީ މި ޝަކުވާ ބެލެން ނެތް ކަމަށް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވާތީ އެކަން ތިޔަ ފަރާތަށް އަންގަވަމެވެ." މައްސަލައާ ގުޅިގެން ބާ ކައުންސިލުން ނިންމި ނިންމުމުގައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި "ސުލޫކީ ޝަކުވާ ހުށަހެޅުން" ގެ ދަށުން އޮންނަނީ؛
● ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ގާނޫނީ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެ ނަމަ، އެ މައްސަލައަކާ ސީދާގޮތުން ގުޅުންހުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ އަމަލެއް ހިނގާ ޝަރުއީ ކޯޓެއްގެ ތެރޭގައި ނަމަ އެ ކޯޓަކަށް އެ ގާނޫނީ ވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
ބާ ކައުންސިލްގެ ނިންމުމާ ގުޅިގެން ތޯލިބު، "މިހާރު" އަށް ވިދާޅުވީ ނާޒިމުގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވޭއިރު ބާ ކައުންސިލުން ފިޔަވަޅު ނޭޅުމުން ކަންބޮޑުވާ ކަމަށާއި ވަކީލެއްގެ މައްޗަށް ކިރިޔާ ވެސް ޝައްކެއް އުފެއްދިއްޖެ ނަމަ، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ވަކީލަކު މަސައްކަތުން އެކަހެރި ކުރަންޖެހޭނެ ކަމަށެވެ.
"މާދަމާ ގާނޫނު ނެގެހެއްޓުމަށް ކޯޓަށް ނުކުންނަ ފަރާތަކަށް މިކަހަލަ ބޮޑު ތުހުމަތެއް ކުރެވުނީމާ އޭގެ ޒާތުގައި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ،" ތޯލިބް ވިދާޅުވި އެވެ.
އޭނާ ބާ ކައުންސިލުގައި އެދިވަޑައިގަތީ ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ އާއި އާންމުވެފައިވާ ވީޑިއޯގެ ސަބަބުން ވަކީލުންނާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލުވެ، އާންމުންގެ ކުރިމަތީގައި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭނެ ކަމަށެވެ. ތޯލިބު އެދިފައި ވަނީ ކޯޓުން ނާޒިމަށް ހުކުމެއް ކަނޑައަޅައި، މައުސޫމުކަން ޔަގީންކުރެވެންދެން ވަކީލުކަމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
09 September 2022
ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާ އަކީވެސް މިފަދަ ނިންމުންތައް ވަރަށްގިނައިން ނިންމާ މީހެއް، އެތަނަށް އިސްތިޢުނާފު ކުރަން ހުށަހަޅާ ބައެއްމައްސަލަތަައް ހަމަ އެއްގޮތަކަށްވެސް ބަލައިނުގަންނާނެ، ފަނޑިޔާރުންގެ ރިވިއުއަކުން ގިނަފަހަރު ބަލައިގަންނަނީ!!
ޙައްބޭ
09 September 2022
އެހެންވީމަ ގާތިލަކުކަން ކަށަވަރަށް އެނގޭ މީހަކު ވަކީލުކަން ކުރަމުން ދިޔަޔަސް އެޅޭނެ ފިޔަވަޅެއް ނީންނާތެތާ. ބަލަގަ ވަކީލުންގެ ކޯޑް އޮފް ކޮންޑަކްޓެއް ނޯވޭތަ؟ އއހަދާނީ ކާކު
މޯކުޅިނާޒިމް
09 September 2022
ޗީޑި ލަދުން ބޯ ހަލާކު
މޮހޮނު
09 September 2022
އޭރު މައުމޫނު ނަންވީ އެއްކަލަ ދޮންވެ ފައްކާވެފަ އޮތް ޑިމޮކްރަސީ ހިފައިގެން އައި މީހުންވެސް ގޯތި މީހުނާ ޖެހުނީމާ ޑިބޮކްރަސީ ހަނޑަސްބުރީގަ ވަޅުމިލަނީ
ނާޒިމު
09 September 2022
އޭނާއަށް އަދަބެއް ނުދީ ކުޅިކުޅެން ބަހައްޓާ. މަތީފެން ވަރުގެ މީހުނަށްް ދެވޭނެ އަދަބެއް ނުއޮއްނާނެ. މުޅިގައުމު ސަދޫމު ސިޓީއަށް ވެއްޖެ. މިނުބައިމީހުންގެ ފުށުން އީމާންވެގެން ތިބިމީހުން ސަލާމަތް ކުރައްވާށި. އާމީން.
ބަލަ
09 September 2022
ގާނޫނުގެ ދަށުން ނާޒިމް އަށް ފިޔަވަޅުއެޅެން ނެތިއްޔޭ އެއީ ނަޝީދު ކޮށްކޮ ނަމުއައި ވީމަތަ ނޫނީ ޤާނޫނީ ވަކީލަކަށް ވީމަތަ. ބަލަ އިސްލާމްދީނުގައި ހަރާން ކަންތަކުގެ ތެރެއިން އެންމެ ބޮޑު ހަރާން އެއްކަން ކުރުމުން އޭނައަށް ފިޔަވަޅު އަދި އަދަބު ނުލިބޭންވީ ކީއްވެގެން ހެއްޔެވެ. ފަހެ އޭނަޔަކީ މަލާއިކަތަކީތަ؟ ނޫނީ އޭނައަކީ އެހެންގޮތަކުން އިންސާނުންނަށްވުރެ މަތީފެންވަރެއްގެ މީހަކަށް ވަނީހެއްޔެވެ. އޭނައަށް އަދަބު ލިބެންޖެހޭނެ
ސޯބިރު
09 September 2022
ސަދޫމް ޖަސްޓިސް
އަހައްމަދޫ
09 September 2022
ތީ މާކުރިން އެނގޭ ކަމެއްނު. އެކަން އެނގޭއިރު އެކަން އިއުލާނުނުކޮށް ހިމޭނުން ތިބިނަމަ މާ ރަނގަޅުވީހެއްނު މީހުންގެ ދުލައް ނުދަމައި. މީމިގައުމުގެ އިންސާފުމިފެންނަނީ
މުރުސިދު
09 September 2022
ބާ ކައުންސިލުން އަލަމްގިރި ފޯ އެކްސެލަންސް ތައާރަފު ކޮށްފައި ބަހަންވީނު. މީދެން ކޮން ބައެއްތަ؟މި ގައުމު ހަލާކު ކުރާ އެއް ބަޔަކީ މި ވަކީލުން.
ނުބުނަންހުއްޓަސް
08 September 2022
މިއީ ގާނޫނަށްވުރެއް މަތީތިބޭބަޔެއް މީނަޔާ މީނަގެ މުޅިއާއިލާވެސް އެހެންކަމުން މިމީހުންގެ މައްޗަކަށް ގާނޫނެއްނުހިންގޭނެ! މިކަލޭގެ ރަނގަޅުވާނެ ދެން ތިކަމުގައި ޝާމިލްވި އެއްމެންގެ މައްސަލަބަލަން .. އަންތަރީސް