މީހަކު ދޯންޏެއްގައި މަހަށް ނުކުމެ ދުއްވަނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު
09 ސެޕްޓެމްބަރ 2022 - 16:09
ޔޫއެންޑީޕީން ކޮންމެ އަހަރަކު އާންމުކުރާ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް (އެޗްޑީއައި) ގައި މި ފަހަރު ވެސް ރާއްޖެ އިން ކުރިއެރުންތަކެއް ހޯދައިފި އެވެ.
އިންސާނީ ވަަަސީލަތް ކުރިއެރުން އަންގައިދޭ އެ އިންޑެކްސްގައި މި ފަހަރު 191 ގައުމެއް ހިމެނޭއިރު، ރާއްޖެ އޮތީ 90 ވަނައިގަ އެވެ. އެ އިންޑެކްސްގައި 2020 ގައި ރާއްޖެ އޮތީ 97 ވަނައިގަ އެވެ. ރާއްޖެ ހިމެނެނީ ހައި ހިއުމަން ޑިވެލޮޕްމެންޓު އިންޑެކްސްގެ ގައުމުތަކުގެ ތެރޭގަ އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ލިސްޓުގެ އެންމެ ކުރީގައި މި ފަހަރު އުޅެނީ ސްރީ ލަންކާ އެވެ. ހައި ހިއުމަން ޑިވެލޮޕްމެންޓު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސްރީ ލަންކާ އޮތީ ލިސްޓުގެ 73 ވަނައިގަ އެވ
މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ބޫޓާން 127 ވަނައިގައި އަދި އިންޑިއާ އޮތީ 131 ވަނައިގަ އެވެ. ނޭޕާލް އުޅެނީ 141 ވަނައިގަ އެވެ. އެޗްޑީއައި އިން ޕާކިސްތާނަށް ލިބެނީ 161 ވަނަ އެވެ. އަފްގާނިސްތާނު އޮތީ 180 ވަނައިގަ އެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖޭގެ އެޗްޑީއައި ވެލިއުއަކީ 0.740 އެވެ. މި ފަހަރު އެ އަދަދު ވަނީ އިތުރުވެ 0.747 އަށް މަތިވެފަ އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ވަރު 1990 ވަނަ އަހަރު 6،261 ޑޮލަރު ގައި ހުރުމަށް ފަހު، ކުރިއެރުން ހޯދަމުން އައިސް މިހާރު އުޅެނީ 15،448 ޑޮލަރުގަ އެވެ. އެއީ 2،38،208.16ރ އެވެ. އެ އަދަދު 2019 ގައި ހުރީ 12،549 ގަ އެވެ.
މި ފަހަރުގެ އިންޑެކްސް އަށް ބަލާއިރު ރާއްޖޭގައި މީހުން މަރުވާ އެވްރެޖް އުމުރު އުޅެނީ 79.9 ގަ އެވެ.
އެ އިންޑެކްސް ޔޫއެންޑީޕީން ތައާރަފްކުރީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ މައުލޫމާތުތައް އަންނަނީ ހާމަކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ
10 September 2022
ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އާ މަގުމަތިން ފެންނަ މަންޒަރުތަކާ ތަފާތު. އެއްދުވަހުން އަނެއްދުވަހަށް މަގުމަތީ ބަހައްޓާފަ ހުންނަ ކުނިކޮތަޅު ހާވާމީހުން ގިނަވަނީ. މިހާރު މަގުމަތީ ސިގިރެޓް ބަޓެއްވެސް ނޯވެ މާގިނައިރު، އެވެސް ހޮވަން އުޅޭ ފާޑަކަށްތިބޭ ޒުވާނުން ގިނަވެއްޖެ. ފަހަތުން އައިސް އެބައަތުގައި ހިފާ ލާރިއެއްދޭށޭކިއާ. އެހެންވީމަ ތިބުނާ ހިއުމަން ޑިވެލޮޕް މަންޓް އިންޑެކްސްއިން ފުރިހަމަ މަންޒަރު ގާތަކަށްވެސް ނުފެނެއޭ ބުނަންޖެހޭނީ.
ޖަވާބު "މިރާއްޖެ"
10 September 2022
މިސަރަހައްދުގައި ނިސްބަތުން އެންމެ ޕާޓޭން ގިނައީ ކޮންގައުމެއް؟ މިސަރަހައްދުގައި ނިސްބަތުން އެންމެ ބިދޭސީގިނައީ ކޮންގައުމެއް؟ މިސަހައްދުން އެންމެގިނަ ބޭރުމީހުން ބޭރުފައިސާ ބޭރުކުރަނީކޮންގައުމަކުން؟ މިސަރަހައްދުގެ ކޮން ގައުމެއްގެ ސަރުކާރު މައި ހޮސްޕިޓަލުން އެންމެ ޑޮކްޓަރަށް ދައްކަން އުނދަގުލީ؟ މިސަރަހައްދުން ނިސްބަތުން ވަޒީފާއަކަށްނުގޮސް މަގުމަތިވެފަ ބޯދިގުކޮށްލައިގެން ދެކޮޅަށް ތެޅެނީ ކޮންގައުމެއްގެ ބައެއް؟
ސުބު
10 September 2022
ކޮންމެ އާއިލާއަކު ހުންނަ ޕާޓޭ މީހާއަށް ކިހިނެއްހެދީ ތިކަހަލަ ރިޕޯޓެއް ހަދަން.
އަބްޑޫޅް
10 September 2022
"މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ލިސްޓުގެ އެންމެ ކުރީގައި މި ފަހަރު އުޅެނީ ސްރީ ލަންކާ އެވެ." ތިޔަ އިންޑެކުޝަން ނަންބަރަކީ ހީވާގޮތުން ޖޯކެއް.
ކޭކޭބީކޭ
10 September 2022
އަޕްޑޭޓްކޮށްލާ. އިއްޔެ ރައްޔިތުންގެ ރައްކާތެރިކަމާ އަމަން ބަލަހައްޓާ ފުލުހުންނަށް ގޭންގަކުން ހަމަލާ ދިނުމާ ގުޅިގެން 10 ޕޮއިންޓްގެ ކުރިއެރުމެއް ވަނީ ލިބިފަ
ތީތިޞައްޙައެއްނޫން
10 September 2022
ތީ ފޭކް. ބޮލަކަށް އަހަރަކު 15 ހާސްޑޮލަރޭ ބުނީމަ ވަރަށް އޮޅޭ އެބަ، އާމްދަނީ ބެހޭގޮތާ މުއްސަނދި-ފަޤީރު މީހުންގެ އާމްދަނީގެ ފަރަޤު ހާމަނުކޮށް ހަމައެކަނި، ރާއްޖެއިން އަހަރަކު ޖެނެރޭޓްވާ ޖުމްލަ ފައިސާ އާބާދީގެ ނިޞްބަތުން ބަހާލުމުން ޙަޤީޤީ މަންޒަރު ނުފެނޭ. ރޭޝިއޯ ބަލައިފިނަމަ، ރާއްޖެއަށް ލިބޭ އާމްދަނީގެ %90 ވެދާނެ ބެހިގެންދަނީ %10 ގައި ހިމެނޭ މަހުޖަނުންނާ ވިޔަފާރިވެރިންނަށް ކަމަށް. ކިތަށް ދިވެހިންނަށްބާ މަހަކު 19،850ރ އަށްވުރެ ބޮޑު މުސާރައެއް ލިބެނީ
ދިވެހިންނަކީ ހިތުން ވަރައް މޮޅުބަޔެއް!
09 September 2022
ހާދަ ދެރައޭ އެމީހުން ތިބުނާ އިންޑެކްސްގަ ހިތުދަސްކުރާ ކުރުން، މިންގަޑު ކަނޑައަޅާއިފު ނުބަލާތީ! ހަމަ ޔަގީނުން އޭރުން މިގައުމުވާނީ މި ހިސާބުގަ އެންމެ ކުރީގައިވާ ގައުމުކަމައް. އަޅެ އެމީހުންނައް ނޭނގެނީތަ ހިތުދަސްކުރުމުގެ ފައިދާ؟ އެކަމުގެ މޮޅުކަން؟
ފޮޓޯ ގުރާފަރު
09 September 2022
ހުސައިން ވަހީދުގެ މި ކަވަރ ފޮޓޯ ވަރަށް ރީތި..
ދޯ
09 September 2022
'އެމްސް' ކޮމެންޓަށް ތަންކޮޅެއް އިތުރުކޮށްލާ! "ތިޔަބުނާ 200 ޑޮލަރު މަހަކު ލިބެނީ، ކުޑަކުދިންނާ، ބޭންކުގައި އެކައުންޓް ނުހުޅުވާ މުސްކުޅިން ވެސް ކަނޑާފަ" އެއް ނޫންތޭ!
އަހަ
09 September 2022
ލޮލް