ޚަބަރު / ލާމަރުކަޒީ ހިންގުން

ރާއްޖޭގެ އާބާދީ އެންމެ ބޮޑެތި ރަށްތައް އެއް މޭޒަކަށް، ނަތީޖާގެ އުންމީދު ބޮޑު

ވިއަވަތި ކޮންފަރެންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަދައްކަވަނީ.-- ފޮޓޯ: އެލްޖީއޭ

10 ސެޕްޓެމްބަރ 2022 - 08:56

23 comments

ހުރިހާ ކަމެއްގައި މައި ސަރުކާރަށް ބަރޯސާވުން ހުއްޓާލައި، ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު، އިންތިހާބުކުރި ފުރަތަމަ ކައުންސިލަށް އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ރަނގަޅަށް މަސައްކަތްކުރުމަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ މާލީ އެހީތެރިކަމާއި ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމާ ގުޅޭ ކަންތައްތަކެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫއެސްއެއިޑްގެ އެހީގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ އަހަރު ފެށި "ފަނޯއްލަ" ދަރުބާރަކީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ހުޅުވައިލަދިން ދޮރެކެވެ.

އޭގެ ހަތަރު ވަނަ ބައްދަލުވުން ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް އަދި އައްޑޫގެ މޭޔަރުންގެ އިތުރުން އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު، ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގައި އިއްޔެ ވަނީ ފަށައިފަ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ފަނޯއްލަ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ސިޔާސަތުތައް ވިލަރެސްކުރުމެވެ. ކޮވިޑުގެ ސަބަބުން ދަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހާއި ސެޕްޓެމްބަރު މަހު އޮންލައިންކޮށް އަދި މިދިޔަ މޭ މަހު އއ. އުކުޅަހުގައި ބޭއްވި އޭގެ ތިން ވަނަ ބައްދަލުވުމުގައި ގިނަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުވުންތަކުގައި ކައުންސިލަރުންނާއެކު މިނިސްޓްރީތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

"މަގުސަދަކީ ފަންނީ ބޭފުޅުންގެ އެހީއާއެކު، ކައުންސިލްތަކުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުންތަކާއި ޝަކުވާތައް ޑިސްކަސް ކުރެވި، ފުޅާ މަޝްވަރާއަކަށް ފަހު، އެ ބޭފުޅުން ޕްރޮޕޯސްކުރާ ހައްލުތަކެއް ވިޔަވަތި ކޮންފަރެންސަށް، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ތިއްބަވާ ކޮންފަރެންސަށް ހުށަހެޅުން،" އަފްޝަން ވިދާޅުވި އެވެ.

މި ފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކުރަމުން އަންނަނީ ވަކި މައުލޫއު ތަކަށެވެ. އޭގެ ބައެއް ކަންތައްތަކަކީ؛

- ކައުންސިލްތަކަށް މާލީ އެހީތެރިކަން ދޭ ފިސްކަން ފޯމިއުލާ މުއާޖައާކުރުން.

- ލޭންޑުޔޫސް ޕްލޭނާ ގުޅޭގޮތުން.

- ވިލުންވެރި މުޖުތަމައެއް ބިނާކުރުން.

ފަނޯއްލަ ދަރުބާރުގެ ބައްދަލުވުންތައް މިއަދު ނިމޭނެ އެވެ. އެ ބައްދަލުވުމުގައި ނިންމާ ކަންތައްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ "ވިޔަވަތި" ކޮންފަރެންސަށް ހުށަހަޅާނެ އެވެ. ކައުންސިލާއި ފަންނީ އަދި ޓެކްނިކަލް ބޭފުޅުންނާއެކު ވިޔަވަތީގެ ތިން ވަނަ ކޮންފަރެންސްގެ ރަސްމީ ބައްދަލުވުންތައް މާދަމާ ފަށާނެ އެވެ.

ގިނަ ބައްދަލުވުންތަކެއް، ނަތީޖާ ރަނގަޅު

އަފްޝަން ވިދާޅުވީ މިދިޔަ މޭ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ފިސްކަލްގެ ކަންތައްތައް ރިވިއު ކުރުމަށް ނިންމި ކަމަށެވެ. އެއާ އެއްގޮތަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މިނިސްޓްރީ އަށް ފެންނަ ކަންތައްތައް ގަމުގެ ކޮންފަރެންސަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ތަމްރީނުތަކެއް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"އެ ކަހަލަ ނިންމުންތަކެއް މި ކޮންފަރެންސް އިން ވެސް އަންނާނެ ކަމަށް މި ބަލަނީ."

އަފްޝަން ވިދާޅުވީ ފުރަތަމަ ބޭއްވި ދެ ކޮންފަރެންސުން ވެސް މުހިއްމު ނަތީޖާތަކެއް ނެރެވުނު ކަމަށެވެ. އެ ނަތީޖާތަކަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރު ތަންފީޒުކުރުމުގައި ހުރަސް އަޅާ ގާނޫނުތައް ދެނެގަތުން ކަމަށާއި އޭގެ ތެރެއިން ބައެއް ގާނޫނުތައް އިސްލާހުކުރަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާލިއްޔަތު ގާނޫނާއި ޓޫރިޒަމް ގާނޫނަކީ އެ ތަނުން ދެ ގާނޫނެވެ.

އެ ކަންތައްތައް ބެލުމަށް ފަހު، އެ ގާނޫނުތަކަށް އިސްލާހު ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވި އެވެ.

އެހެން އިސްލާހުތަކަށް ވެސް މަޝްވަރާކޮށް، ކޮމިޓީ މަރުހަލާގައި ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ގާނޫނަކީ ފަޅު ރަށްރަށުގެ ގާނޫނެވެ.

މީގެ ކުރިން ބޭއްވި ފަނޯއްލަ ކޮންފަރެންސަށް އެލްޖީއޭ އިން ހުށަހެޅީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ ރަށްތައް، ކައުންސިލްތަކުގެ އިހުތިސާސްތަކަށް ބަދަލުކުރުމަށެވެ.

"މި ކަހަލަ ހުށަހެޅުންތަކަށް މިނިސްޓްރީން ވެސް ވަރަށް ޕޮޒިޓިވް. އެ މަސައްކަތްތައް ދަނީ ކުރެވެމުން. މަޖިލީހުގައި ވެސް މަޝްވަރާތައް ކުރެވި، ކޮމިޓީ އަދި ފްލޯގައި އެ ވާހަކަތައް ދެއްކެވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް، ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ސިޔާސަތުތައް ބައްޓަންކުރުމުގައި ފަނޯއްލަ ދަރުބާރުގެ ހިމެނިގެންދާތަން،" އަފްޝަން ވިދާޅުވި އެވެ.

ފަނޯއްލަ އަދި ވިޔަވަތި ކޮންފަރެންސްގައި މި ފަހަރު ބައިވެރިވީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑެތި ރަށްތަކުންނެވެ.

އަފްޝަން ވިދާޅުވީ މި ފަހަރުގެ ބައްދަލުވުމުގައި ވެސް އިހުތިސާސްގެ ސުވާލުތައް ކުރިމަތިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ މާލެއާ އެއް ބާސްކެޓެއްގައި އެ ސިޓީތައް ހިމެނި، މާލީ އެހީތެރިކަން ދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލްތަކުން ބޭނުންވާ ނަމަ އެކަން ބަދަލުކުރަން ވިއަވަތި ކޮންފަރެންސަށް ހުށަހަޅާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިއަވަތި ކޮންފަރެންސްގައި ސީދާ ރައީސާއި ކެބިނެޓު ވަޒީރުން ބައިވެރިވެވަޑައިގަންނަވާތީ އެ ގާތް ގުޅުމާއި އިތުބާރު އޮތުމަކީ ކައުންސިލްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގައި މަގުސަދު އޮތްކަން އެނގޭ ކަމެއްކަން، އޭނާ ފާހަގަކުރެއްވި އެވެ.

23 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަމް ޒާހިރުތަ

11 September 2022

ފުރަތަމަ ލޯކަލް ކައުންސިލްގެ ބާރު. ދެން އަތޮޅުގެ މިނިވަން ބާރު. އެންމެ ގަދައަށް މިކަމަށް ހިފަނީ އައްޑޫގެ ބާރުވެރި މަދު ބަޔަކު. ސިއްރު ބޭނުމަކީ ބާރު ލިބުނީމާ މިނިވަންކަން އިއުލާންކުރާނީ. ދެން އިނގިރޭންނާ ބައިއަތު ހިފާނީ. މި ވާހަކަ އެބައިމީހުން އެބަ ދައްކާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 September 2022

ކައުންސިލަރުން ވަށާލައިގެންހުރެ ދުވާލަކު 1 ފަހަރު މަހާސިންތާ ބޭއްވިކަމުގައިވިޔަސް ތިއިން އެއްވެސްދާއިރާއެއްގެ ރައްޔިތުން 2023 ގެ އިންތިޙާބުގައި ސޯލިޙްއާއި އެކުގައި ނުތިބޭނެ. # ރައްޔިތުމީހާ ހޭބަލިވާވަރުގެ މެނިފެސްޓޯއަކާއި ޕާޓީގެ ވައުދުނާމާއެއް ހިފައިގެން ނިކުތްމީހާ ރައްޔިތުނަށް ވިއްކި އިންސާފު، އޯގާތެރި ސަރުކާރު، ފަޙުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުމާއި، ނޫ އިޤްތިސޯދު މަތިން ހަދާންނައްތާލިގޮތަށް ރައްޔިތުންވެސް ސޯލިޙްގެ މަތިން ހަދާންނެތިއްޖެ.

The name is already taken The name is available. Register?

ބޮޑުމީހާ

10 September 2022

މި ރާއްޖޭގެ 200 ރަށެއް ތަރައްގީއެއް ނުކުރެވޭނެ.. ތަރައްގީ އަންނާނީ އާބާދީ އެއްފަސްކޮށްގެން. އިގްތިސާދީ އިޖްތިމާއީ ހިދުމަތްތައް ދެވޭނީވެސް އާބާދީ އޮތްތަންތަނަށް

The name is already taken The name is available. Register?

ނަންޖިސްވަތޮނަބޭ

10 September 2022

މިއީ ފެންނެތްތާ ބަކަތެޅުން ކަހަލަކަމެއް. ފަސްލައްކައެއްހާ އާބާދީއެއްގެ ޒަރޫރީ ބޭނުންތައް ފުއްދާލެވިގެން އުޅޭ ތާހިރު ދިރިއުޅުމެއް އަމަލީގޮތުން ތަންފީޒު ނުކުރެވިގެން މިއުޅެނީ ބޮޑު އަޖާއިބެއްނޫން. ތަައުލީމާޢި ގާބިލު މީހުން މަދެއްނޫން. ކަންކަން ކުރުމަށް ރޯނުއެދުރުން މަތިވުމާއި ނަފުސު ވިއްކާލެވި ހަފުސްވެފަ ތިބޭމީހުން ގިނައީ. ރާއްޖޭގެ މުއްސަދިކަން މެދުއިރުމަތީގެ ތެޔޮވަޅުތަކާއި އެއްވަރު. އޭގެހައްގު މިންވަރު މެނޭޖުނުކުރެވި ބްލަޑް ޑައެމަންޑަށްވެފަ.

The name is already taken The name is available. Register?

ސޭކު

10 September 2022

ރާއްޖޭގެ އާބާދީ އެންމެ ބޮޑެތީ މި ރަށްތަކުގައިތަ؟ ސުރުޚީ ނުބައި. ފަހަރެއްގައި ވެދާނެ ދެކުނުގެ އެންމެ އާބާދީ ބޮޑެތި ރަށްތައްކަމަށް

The name is already taken The name is available. Register?

ދުމްމ

10 September 2022

ކޮން ލާމަރުކަޒެއް؟ ކޮން ޕްލޭނެއް؟ އާބާދީ ބޮޑެތި ރަށްތައް ކީއްކުރަން ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްމޭޒެއްގެ މައްޗަށް އެރިޔަސް ކައުންސިލްތައް ވާވެފަ އޮތުން ނޫންކަމެއް ނުވާނެ. ޕާޓީއަށް ކެމްޕޭނުކުރަން ޕޯސްޓަރު ހިއްޕި މީހުންނާ ޕޯސްޓަރު އަރުވައިގެން ދުއްވި ޕިކަޕް ޑްރައިވަރާ ކެމްޕޭނު ޖަލްސާތަކަށް ސައިހެދި މީހުންނާ ކެމްޕޭނުކުރުމަށް ލާރި ދީގެން ހިނގި ކަންމަތީ ގޭންގު މީހުންނާ ދެންވެސް ތިބިހާބައެއްގެ ކަރުގަ ޓައީ އަޅުވާފަ އޮފީސްތަކަށް ލީމަ ވާނެއެތި ވާނީ.

The name is already taken The name is available. Register?

ހުސްވާހަކަ

10 September 2022

ޕާޓްނަރޝިޕް ރަޖިސްޓްރީވަނީ މާލެއިން. ވެހިކަލެއް ރަޖިސްޓްރީކުރަން ޓްރާންސްޕޯޓުން ލިޔުން ނުލިބެނީސް ނުކުރެވޭ. އެޑިޔުކޭޝަންގެ ހުރިހައިކަމެއް މިނިސްޓްރީން. ބޯޓު ފަހަރުތަކުގެ މެޑިކަލް ހެދެނީ މާލޭގެ ކުލިނިކަކަުން. މިއީ ސިޓީތަކުގެ އުޅޭމީހުންނަށްވެސް ވާވަރު. އަދި ކޮބާރަށްތައް.

The name is already taken The name is available. Register?

ހިތަދޫ 2

10 September 2022

ޕްލޭން ވެސް ކިހިނެތް ހަދާނީ އެއްވެސް ތައުލީމީ ކޮލިފިކޭސަނެއް ނެތަސް މިހިރަ މުހިއްމު މަގާމުތަކަށް ކުރިމަތިލެވި ޕާޓީ ކުދިން ވީތީ ހޮވަން ފައިސާ ހަރަދުކޮށް އޭގެ ހިތި ނަތީޖާ މިފެންނަނީ. ލޭނޑް ޔޫސް ޕްލޭން ކަންޓްރީ ވައިޑްކޮށް ހަދާނެ ކޮމެޓީއެއް ނުވަތަ ކައަނުސިލެއް ކީއްވެތޯ ނަހަދަނީ، އޭރުން ހުރިހާ ރަށެއްގެވެސް ކޮންސިސްޓަންޓް ޕްލޭނެއްވެސް އެކުލަވާލަން ފަސޭހަ ވާނެނޫންތޯ!

The name is already taken The name is available. Register?

ނައިކް

10 September 2022

ކޮން ގޮތަކުން އާބާދީ އެންމެ ބޮޑެތިވީ؟؟ ވަކި ވަކި އަތޮޅު ތަކަށް ބެލިޔަސް އައްޑޫ ނަގާފަ އާބާދީ އެންމެ ބޮޑީ ހދ، ރ އަދި ހއ ގައި.. އެއީ އުތުރުގެ 3 އަތޮޅު. 3000 އިން މަތީގެ އާބާދީ ހަމަވެ 7 ކައުންސިލަރުން އިންތިހާބުކުރެވޭ 11 ރަށުގެ ތެރެއިން 7 ރަށަކީ އުތުރުގެ ރަށްތައް. އެންމެ ފަހުގެ ބޯހިމެނުމުން ރަހިސްޓަރޑް އާބާދީ ދެކުނުގެ 4 އަތޮޅަށް ވުރެއްް އުތުރުގެ 4 އަތޮޅުގަ މާބޮޑު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 September 2022

ކީއްކުރަން "ނަމެއްގައި" ކުރާ ލާމަރުކަޒެއްތަ؟! ކޮންމެ އަހަރެއްގެ ބަޖޭޓްގެ %85 ކ.އަތޮޅު މާލެއަށް ކަޑައަޅާފަ ބާކީއޮތް އެތިކޮޅު 200 ވަރަކަށް ރަށަށް ބަހާލީމާ އޮންނާނީ ތިޔަބުނާ މަރުކަޒެއް ގެނެވިފަ. # ސަރުކާރުގެ މިނިސްޓްރީއެއް ތިޔަ މުޤައްދަސް ރަށްކޮޅުން ބޭރުކުރާނީ ކިހިނެއްތޯ. ފެނަކަފަދަ ކ.އަތޮޅު މާލެއާއި އެއްވެސް ގުޅުމެއްނެތް ކުންފުނިތަކުގެ ހެޑްއޮފީސް ވެސް މާލޭގައި ބަހައްޓައި އެތައް ސަތޭކަ ބަޔަކަށް އެތަނުން ބޮޑު މުސާރަލިބޭ ވަޒީފާ ވަނީ ދީފައި.

The name is already taken The name is available. Register?

ހެޔޮނުވާނެ

10 September 2022

ލޯކަލް ކައުންސިލް ތަކަކީ ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިކުރުމަށް އުފައްދާފަވާ ތަންތަނެވެ. ބޮޑު ބަޖެޓެއް ދީފައި އޮތްކަމުގައި ވިޔަސް ރަށްރަށުން ފެންނަނީ ވީރާނާކަމެވެ. ރަށުގައި އިންވެސްޓްކުރަން ބިމެއް ތަނެއް ހޯދަން މަސައްކަތްކުރާ މީހާއާ ކައުންސިލުން ބައްދަލުކުރަން ބޭނުންވަނީ ކޮފީ މޭޒުން ނުވަތަ ރެސްޓޯރެންޓުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454