އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒް: އޭނާ އަށް ޗައިނާގެ ޝަންހާއީ ޝެންހުއާ އިން ދޭ މުސާރައަކީ ދުނިޔޭގެ ރެކޯޑެއް.
06 ޖެނުއަރީ 2017 - 08:36
ބެއިޖިން (ޖެނުއަރީ 6) – ޗައިނީސް ސުޕަ ލީގުގެ ކްލްބަތަކުން ބިދޭސީ ކުޅުންތެރިން ގަންނަން ކުރާ އާދާޔާހިލާފު ބޮޑު ހަރަދު ވަކި ހައްދެއްގެ ތެރޭގައި ހިފެހެއްޓުމަށް ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށް އެ ގައުމުގެ ކުޅިވަރުގެ އެންމެ މަތީ އިދާރާ އިން ބުނެފި އެވެ.
ޗައިނާގެ ކްލަބްތަކުން މިދިޔަ ތިން އަހަރުގެ ތެރޭގައި ހާއްސަކޮށް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަންނަނީ ރެކޯޑް އަގުތަކެއްގައި ޔޫރަޕުގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ގަންނަމުންނެވެ. މި ކުޅުންތެރިންނަށް ދެނީ ވެސް އާދާޔާހިލާފު ބޮޑު މުސާރަ އެވެ.
ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސްޕޯޓްސްގެ ތަރުޖަމާނަކު ވިދާޅުވީ އެ އިދާރާ އާއި ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ ބިދޭސީ ކުޅުންތެރިން ބޮޑު އަގުތަކުގައި ގަތުން، ވަކި އިމެއްގެ ތެރޭގައި ބޭއްވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރަމުން ކަމަށެވެ. އެގޮތުން އެޅިދާނެ އެއް ފިޔަވަޅަކީ ފުޓްބޯޅަ ކްލަބްތަކުގެ މާލީ ހާލަތު ބެލުން ކަމަށާއި އޭގެ ފަހުން ކްލަބްތަކަށް ހަރަދުކުރެވޭނެ ވަކި އުސޫލުތަކެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ގައުމުގެ މުއައްސަސާތަކުން އަންނަނީ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ އަތުން ބޮޑު ޓެކްސްއެއް ނަގަން ވިސްނަމުންނެވެ.
ޗައިނާގެ ޝަންހާއީ އެސްއައިޕީޖީ އިން ދާދި ފަހުން ވަނީ ޗެލްސީގެ ބެންޗު ކުޅުންތެރިޔެއް ކަމަށްވާ ބްރެޒިލްގެ އޮސްކާ 75 މިލިއަން ޑޮލަރަށް ގަނެފަ އެވެ. މީގެ އިތުރުން ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ސޮއިކޮށްފައިވާ އާޖެންޓީނާގެ ފޯވާޑް ކާލޯސް ޓެވޭޒް އަށް އެ ކްލަބުން މުސާރައިގެ ގޮތުގައި އަހަރަކު 41 މިލިއަން ޑޮލަރު ދެ އެވެ. މިއީ ދުނިޔޭގެ ރެކޯޑް މުސާރައެކެވެ. ރިޓަޔާކުރަން ގާތްވެފައިވާ ކުޅުންތެރިންގެ އިތުރުން ޗައިނާގެ ކްލަބްތަކުން އަންނަނީ ޒުވާން ބައެއް ތަރިން ވެސް ގަންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު އަހައްމަދުބެ
06 January 2017
އިނގިރޭސީންނަށް ހަމަ ހަޖަމް ނުވަނީ. އެމީހުން ބޭނުންވާ ގޮތްނުވީމަ ބްލެޓާވެސް ޕްލެޓްނީވެސް ދުއްވާލީ. މިހާރު އެއުޅެނީ ޗައިނާލީގު ޕްރެމިއާލީގަށްވުރެ ކުރިއަރައިދާނެތީ އެކަން ކޮންމެވެސް ގޮތަކުން ހުއްޓުވަން. ބަލަ މީގެ 20 އަހަރުކުރީގަ އެންމަ މަޝްހޫރީ އިޓާލިއަންލީގު މިހާރު އެހެންތަ. އެހެންވީމަ އަބަދުއެއްގޮތަކަށް ހުރިހާކަމެއް ނޯންނާނެ. މިހާރު ހުރިހާވެސް އެއްޗަކީ ލާރި. ތެވޭޒް އަންހެނުންވެސް އޮސްކާ އަންހެނުންވެސް ނާހާނެދޯ ކޮންގޮތަކުން ހޯދި ޑޮލަރެއްތޯ
ކޮސް އަހައްމަދުބެ
06 January 2017
ޗައިނާގެ ކުޅިވަރު ގެ މަތީ އިދާރާއިން އަމިއްލަޔަށް ނިންމި ނިންމުމެއްގެ ވާހަކަ މި އޮތީ. އެހެން ބަޔަކު ނޫޅޭ ޗައިނާ ފުޓުބޯޅަ ކުރިއަރާފާނެތީ ބިރަކުން.. ލިޔެފަ އޮތް އެއްޗެއް ކިޔާފަ މޮޅެތި ކޮމެންޓު ކޮށްބަލަ. ބޯ ހަލާކު
މަޖާ
06 January 2017
ތި ފަހު ޖުމުލަ ބުނެލަންވެގެން ދޯ ހަމަނުޖެހޭ ކޮމެންޓެއް ތި ކުރީ؟