އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަށް އެ މަގުގެ ބައެއް މިހާރު ވަނީ ބަންދުކޮށްފައި -- ފޮޓޯ: މިހާރު
12 ސެޕްޓެމްބަރ 2022 - 17:09
މާލޭގެ އަމީނީ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި، ދުއްވާ އެއްޗިއްސަށާއި އާންމުންނަށް ނުވަދެވޭ ގޮތަށް އެ މަގުގެ ބައެއް މިއަދު ބަންދުކޮށްފި އެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވާ އާރުޑީސީން ކުރި ޓުވީޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިހާރު އަމީނީ މަގު ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ދަރުބާރުގޭގެ ކުރި މައްޗަށް އޮންނަ މަގަށް ވާ ހިސާބަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތަށް، އެމަގުގެ ވަކި ހިސާބެއް ބަންދުކުރުން. #TeamRDC pic.twitter.com/FTTVAXctTQ
— Road Development Corporation Ltd (@rdcmaldives) September 12, 2022
އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖޫން 3 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަން މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ގަ އެވެ.
އަމީނީ މަގުގެ 1.7 ކިލޯމީޓަރު ހިސާބުގައި ތާރު އަޅައި، ފެންހިންދާ ނިޒާމެއް ގާއިމުކުރަން އެ މަޝްރޫއުގައި ވަނީ ހިމަނައިފަ އެވެ.
އާރުޑީސީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މަގުގައި ހިނގައިބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖަހައި، ވީލްޗެއާ އެކްސަސް ހަދާނެ ކަމަށެވެ.
ބަސް ހުއްޓިތަކާއި ޕާކިން ޒޯނުތަކާއި ސައިން ބޯޑުތަކާއި ބަމްޕަރުތަކާއި އަދި މަގު ބައްތިތައް ވެސް ބަހައްޓާނެ އެވެ. އެ މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބަހައްޓާއިރު، ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް، ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެ ފަރާތުގައި އަޅައިއި އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހަދަން ނިންމާފައިވެ އެވެ.
އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ފެށިއިރު، މިދިޔަ ހަފުތާގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައި، އެ މަގުގައި ވެސް އަންނަނީ ދަތުރުތައް ކުރަމުންނެވެ. މަގުގެ ބައެއް ބަންދުކުރުމުން އެ މަގުގައި ދުއްވާ މިނީ ބަހުގެ ރޫޓަށް ބަދަލެއް އަންނާނެ ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގުމަތިން
13 September 2022
އަމީނީ މަގު އިރުމަތީ ކޮޅުން ގުޅެނީ ބޮޑުތަކުރުފާނު މަގާތޯ ބަލާލުން ރަނގަޅު
ބިގަރުބޯ
13 September 2022
މި ހަބަރު ކިޔާފަ ނޭގުނު ބަންދުކުރާ ހިސާބެއް. މާލޭގެ ޗާޓެއް ހިމަނާލާފައި އޭގެން ދައްކާލިނަމަ ތަންކޮޅެއް ފަސޭހަވީސް ކަންނޭގެ
ބޮޑުމީހާ
12 September 2022
4 އަހަރު ވެރިކަމެއްގަ ހޭދަވިއިރު މަގެއް ނުހެދު ބަޔަކަށް ތިމަގު ނިންމޭނެކަމާއިމެދު ޝައްކު.
1123
13 September 2022
މާލޭގެ ހަދަންބުނި މަގުތައް ހަދާފައެހުނރީ
ހިބިރިންބެއްޔާގެ ކުޑަސޮރު
12 September 2022
ބަންދުކުރިޔަކަސް ހެޔޮ. އެކަމަކު ހަދާއިރު 50، 60 އަހަރު ހިފާއްޓާވަރަށް ހަދާތި.