14 ސެޕްޓެމްބަރ 2022 - 15:42
ރާއްޖޭގައި ކްރޮސް ރޯޑްސް އާއި އެކި ވިޔަފާރިތައް ހިންގަމުން އަންނަ ސިންހާ އެސްޓޭޓްގެ ޗެއާމަން ޗުޓިނަންތު ބިރޮމްބާކްދީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ، އެމެރިކާގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަވާހަރަވި އިރު އަންބަކާއި ތިން ދަރިން އެބަތިއްބެވެ.
ސިންހާ އެސްޓޭޓުން ވަނީ ވޭތުވެދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލިއްޔަތު 1.8 ބިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.
ސިންހާ އިން އިން ރާއްޖޭގައި ހަދާފައިވާ ކްރޮސް ރޯޑަކީ 300 މިލިއަން ޑޮލަރު ހޭދަކުރި މަޝްރޫއެކެވެ.
ސިންހާ އެސްޓޭޓަކީ ތައިލެންޑްގެ މަޝްހޫރު ވިޔަފާރި ބޫން ރައުޑް ބްރޫވަރީގެ ދަށުން ހިންގާ ކުންފުންޏެވެ. އެ ކުންފުންޏަކީ ބިރޮންބާކްދީ އާއިލާއިން 1872 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގައި 3،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކުންފުނިން ރިއަލް އެސްޓޭޓުގެ އިތުރުން ވެސް ތަފާތު އެކި ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުބުޑު
15 September 2022
ދެން ބާކީވި 500 ޑޮލަރުގެ ވާހަކަ ނުދައްކާނަން.......!!
48343
14 September 2022
65 އަހަރަކަސް ހާދަ ޅަވައްތަރެކޭޖަހާނީ.
6969
14 September 2022
އާނ އެހެންވާނެތާ ހެދިކަޔާ މުސައްމާރިހަ ނުކަންޏާ
ޕިންކީބަނާނާ
15 September 2022
އެއީ ޒުވާން ވެފަ ޗާލު ދައުރުގެ ފޮޓޮއެއް، ވިހޭ ތަނުން ނެގި ފޮޓޮއެއް ލީނަމަ އަދި މާ ޒުވާން ވެފަ ޅަ ވީސް، މިހާރު ތީނަ އަސްލު ހުންނަނީ ތަލަވެސް ވެފަ، ވައްތަރު ވާނީ ލުތުފީ އާ.
ކުޗީ
14 September 2022
" ސިންހާ އިން އިން ރާއްޖޭގައި ހަދާފައިވާ ކްރޮސް ރޯޑަކީ 300 މިލިއަން ޑޮލަރު ހޭދަކުރި މަޝްރޫއެކެވެ. " ގައިމު ޔާމީނު ގެ ދައުރުގައި އަޑުއެރުވީ 800 މިލިޔަން ކަމަށް. ހިއްކި ރަށްތަށް މިހާރު އެބަވިއްކާ މިހާރު.
ޢަލީބެ
14 September 2022
1 ބިލިއަން އެއީ މުޅިތަން ޑިވެލޮޕް ކޮށްނިމުނީމަ ވާ ވަރު
އަސް
15 September 2022
ނުޖެހޭ މާލެ ކައިރި ހިއްކައިގެން ރިސޯޓް ހަދާކަށް