ސްޓީލް ހާޑްވެއާގެ މައ ކުންފުނި، އައިލެންޑް ހާޑްވެއާއިން ލަންކާގެ ހޮސްޕޓަލްތަަކަށް ބޮޑު އެހީއެއް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ލަންކާ ހައި ކޮމިޝަން
18 ސެޕްޓެމްބަރ 2022 - 12:35
މަޝްހޫރު ސްޓީލް ހާޑްވެއާ ފިހާރަ ހިންގާ ކުންފުނި، އައިލެންޑްމާކް ހާޑްވެއާ އިން ލަންކާގެ ހޮސްޕިޓަލްތަކަށް 3.7 މިލިއަން ރުޕީސްގެ ސާމާނު ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން އެހީގެ ގޮތުގައި ދީފައި ވަނީ ކޮންސައިންމެންޓް ޑިސްއިންފެކްޓެންޓް އެވެ. މި ތަކެތި ލަންކާގެ ހޮސްޕިޓަލް އެ ކުންފުނިން ދިން އެހީ އާ ހަވާލުވީ ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނާ އޭ އެމް ޖޭ ސޯދިގު އާ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާ ސާމާނު ވިއްކަމުން އަންނަ ސްޓީލް ހާޑްވެއާ ކުންފުނީގެ މައި ކުންފުނި، އައިލެންޑްމާކް ހާޑްވެއާ އިން ދިން އެހީ އަށް ހައި ކޮމިޝަނަރު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ފައުޒީއާ އެކު ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ޑިސްއިންފެކްޓެންޓް ކެމިކަލް
އައިލެންޑްމާކް ހާޑްވެއާގެ ދަށުން ހިންގާ ސްޓީލް ހާޑްވެއާ އިން ރާއްޖޭގައި ތަފާތު ގިނަ ބާވަތްތަކެއްގެ ހާޑްވެއާ ސާމާނު ވިއްކަ އެވެ. އޭގެތެރޭގައި ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ޓޫލްސް ހިމެނެ އެވެ.
ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑްމާކް ހާޑްވެއާގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޑިސްއިންފެކްޝަން ކެމިކަލްތައް މިހާރު ވަނީ ލަންކާގެ އެއާލައިން މެދުވެރިކޮށް އެ ގައުމަށް ފޮނުވައިފަ އެވެ. މި ތަކެތި ލަންކާ އަށް ފޮނުވާފައި ވަނީ ރާއްޖޭގައި ހިންގާ ޖޮއިންޓް ވެންޗާ ކުންފުނި، ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން މޯލްޑިވްސްގެ އެހީއާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
20 September 2022
ލަންކާއަކީ އަހަރުމެން ބަނޑައްޖެހުނުދުވަހުއާދޭސް ކޮއް ވެސް އަޅާ ނުލިމީހުން
ތަހުޒީބު
19 September 2022
ލަންކާ އަކީ ދިވެހިންއާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ހިތްހެޔޮ ގައުމެއް. ދިވެހިން ނަށް ވަރަށް ލުއި ގައުމެއް.
ހިޔާލީ އަލީ
18 September 2022
ލަންކާއަކީ ރާއްޖެއަށް އެއްވެސް އެހީއެއް ވާ ބައެއްނޫން، އޭގެ ބަދަލުގަ އެންމެ ގިނަ ދިވެހިން ބޭކާރު ލާރި ތަޅާބުރުވާ ގައުމު ތިއީ، ރާއްޖޭގަ އުޅޭ ބިދޭސީންގެ ތެރެއިން އެންމެ މުސާރަ ބޮޑުވާނީވެސް ލަންކާ މީހުން، ނިސްބަތުން އެންމެ ގިނަ ވަިޔަފާރިވެސް ރާއްޛޭގައި ކުރަނީ ލަންކާ މީހުން، އެހެންވިޔަސް ބައެއް ދިވެހިންގެ ކަނު ލޯބީގަ ލަންކާ އައުޓެއް ނުގޮވާނެ
އަލިބެއްޔާ، އެކުވެރިސުވައިދީބް
18 September 2022
މެނޭޖިން ޑިރެކްޓަރު އަލީ ފައުޒީ ޢަކީ ހިންގުންތެރި ހީވާގި ބޭފުޅެއް. މާތްﷲ ސްޓީލް ހާޑްވެއާ ކުންފުނީގެ މުދަލުގައި ބަރަކާތް ލައްވާށި! ޝުކުރިއްޔާ ޓީމް ސްޓީލް ހާޑްވެއާ.
އޮނަރަބްލް އަފީފު ދީދީ
18 September 2022
ސްރީލަންކާ އަކީ އަބަދުވެސް އަހަރުމެނާއި ގާތްގުޅުމެއްއޮތް އަހަރުމެންގެ ސެކަންޑް ހޯމް ކަމުގައި އަހަރުމެން ބަލަމުން އައި އަވަށްޓެރި ދައުލަތެއް. # އެންމެ ބޯދާ ޒަމާނުގައި އަހަރުމެންގެ އޮނޑިތައް ސިލޯނަށްގޮސް ސިލޯނު ބާޒާރަށްދަނީ ހިކިމަސް، ކުފުރާ، އައްޑޫ ބޮނޑިއާއި ނާރޯ ފަދަ އަމިއްލަ އުފެއްދުން ހިފައިގެން. # ލަންކާގެ ރައްޔިތުނަށް ސްޓީލް ހާރޑްވެއަރ އިން ވެދިން އެހީތެރިކަމަކީ ރަނގަޅު ކަމެއް. ވިޔަފާރީގައި ބަރަކާތް ލައްވާށި.
ރާއްޖެ
18 September 2022
މީ ހާދަ ހެއްވައޭ. ރާއްޖެއަށް ކޮބާ؟
ގުލްޒާރު
18 September 2022
ޝުކުރިއްޔާ ސްޓީލް ހާޑްވެއާ.