ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން މިނިސްޓްރީގެ އިސްވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައި-- ފޮޓޯ/ މިހާރު
20 ސެޕްޓެމްބަރ 2022 - 16:19
ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ހޯދުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ މުވައްޒަފުންނަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވޭތީ، އެ ކަންކަން އިސްލާހުކުރުމަށް ފަހު އަލުން މައްސަލަ ފޮނުވުމުން ދައުވާކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ޑިއުޓީ ޕްރެސިކިއުޝަނަށް ފޮނުވިއިރު ވެސް މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން ފުރިހަމަ ކުރުމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހުންނަށް ދައުވާކުރެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރަކު މިއަދު އެއްސެވުމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މައްސަލައިގައި އޭސީސީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ފަހުން ތަހުގީގު ނިންމައި ފޮނުވިއިރު ކުދިކުދި ފަންނީ ކަންތައްތަކެއް އިސްލާހުކުރަން ހުރި ކަމަށެވެ.
"މާ ބޮޑެތި ކަންކަމެއް ނޫން. ދެން އެ ކަންކަން އިސްލާހުވީމާ އަޅުގަނޑުމެންނަށް އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ. އަޅުގަނޑު މި ބަލަނީ މިހާރު ލިބިފައިވާ މައުލޫމާތުން އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް،" ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޕީޖީ ވިދާޅުވި އެވެ.
އޭސީސީން ތަހުގީގު ނިންމައި ފޮނުވިއިރު ހުރީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު އެކަން އިސްލާހުކޮށްފި ނަމަ، 'މައްސަލަ ގެއްލުމުގެ' ފުރުސަތު އޮންނާނެ ކަމަށް ބެލެވޭތީ އަލުން އިސްލާހު ކުރުމަށް ފޮނުއްވީ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"އޭގެ [ވެންޓިލޭޓަރު މައްސަލަ] އަލިމަގެއް. ކޮޅެއް ވަރަށް އަވަހަށް ފެންނާނެ،" ޝަމީމް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ވެސް ގެންދިޔަ އެވެ. އޭސީސީން ދައުވާކުރި މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެމްބަރުންތަކެއް ވެސް ހިމެނެ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާކުރުމަށެވެ.
އެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެއްބަސްވުމެއް ނެތި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެ ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަމުން 'ގުޑްސް ރިސީވްޑް' ކަމަށް ދައްކައިގެންނެވެ. އެކަމަކު އޭރު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ނުލިބި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަނީ ސުޕާރީ
21 September 2022
ޙެހެ ތިބުނާ އުންސުރާއި ފަންސުރު ހަމަވެގެން ޕީޖީ އަށް ނުގެއްލި ދިޔައީ ކޮން ކޭހެއްބާ
ދިއްދޫމީހާ
20 September 2022
އެކޮއި މާއިދާ ބޭބެ ބުނެފާނަން ރަނގަޅު ވާހަކައެ،ނުވިހާ ކުއްޖެގެ ފޫޅާ ނުބިންދާ ރާޅެއްގެ ފޮނު ކޮޅު އަދި ނުފޯދޭ ރުއްކެއްގެ އެތެއް ހޯދައިގެން ތިޔަ މައްސަލާގައި ދައުވާކުރެވެން އޮތީ..
ަސަތާ
20 September 2022
ނުވެލޭނެ ނުބަލާނެ، މިނިސްޓަރ އަމީނު ނުހިނަނާ ބެލޭބެ ކަމަކަށް ނުދެޖެބް، އަޟިނު ހިނަނަިފިނަމަ ވަރަށް ތަފާތު ފަލީގަތެއް ވެދާބެ ކަމަށް ފެނޭ.
އިބްރ
20 September 2022
ދައުވާ ކުރެވޭނެ ، ކުރާނެ ، ނުކޮށެއް ނުތިބޭނެ. ތަރަށްޤީ ކުރާނެ ކުރެވޭނެ . ކޮންބައެއްތޯ ކުރަނީ؟ ސަރުކާރުން ކުރާތަނެއް ނުފެނޭ. މަތިން ބަޔަކު އައިސްތޯކުރަނީ ނޫނީ އަންނަ ސަރުކާރުންތޯ ކުރާނީ؟
މުންޖިޗޭ
20 September 2022
ޓެކްނިކަލް މައްސަލައަކަށް ފެނުނީ ޕީޖީ މަޤާމުން ވަކިކުރަން ޕާޓީއިން ކުރިއަށް ގެންދިޔަ މަސައްކަތް، އެކަން ފެށީމަ ދަޢުވާކުރާކަށް ގޮތެއްފޮތެއް ނުބަލާ، އެބުނާ އުންޞުރެއް ބުންޞުރެއް ނުބަލާ، އަތުގައިޖެހުނު އެއްޗަކަށް ދަޢުވާކުރޭއެބަ، މަޤާމަކަށް ދަހިވެތިވިޔަސް ބޮޑުވަރު، މިއޮއްހާދުވަހު ބުނަމުންދިޔައީ ދަޢުވާކުރެވޭ ވަރަށް ހެކިނެތޭ، އެކަމަކު ކުއްލިއަކަށް މިއޮތީ ހުރިހާ އެއްޗެއް ހަމަވެފަ، ސާބިތުނުވިޔަސް ހެޔޮ، އެއީ ޤާޟީގެ ކަމެއް، ސުލޫކީވީމަ ސާބިތުވެސްވާނެ،
ބިލް ކުލިންޓަން
20 September 2022
ވެންޓިލޭޓަރު އެހާ އަންނަހިތްވާގައުމެއްނޫނޯ. ދެން އެކަމުގާ އުޅުނުމީހުންގެ ކުށަކީ ކޮބާ؟
ބޭއިންސާފު
20 September 2022
ބޮޑު އަރަތެއްނު. މި ދެ މުއައްސަސާ މެދުގައި އޮތް ކަމެއްގައި އެތައް ބައެއްގެ އަބުރާ އިއްޒަތާއި ހަކަތަ ޚަރާބުވެގެން ގޮއްސި. ދެ އަހަރަށްވުރެ ގިނަ ދުވަސް މިކަމެއް ވެއްޖެތާ އެކަމަކު ހަމަދެކޮޅަށް ދުއްވާލަ ދުއްވާލާ ތިބެނީ. އަވަހަށް ތަހުގީގުކުރެވި އަވަހަށް ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށްވެސް ލިބޭ ހައްގެއް. މިހާ ދުވަސްވާއިރު ޝަރީއަތް އޮންނަންޖެހޭނީ ކުރެވިފަ. އެއްވެސް ކަމަކާ ނުލައި މިކަމުގައި އަބުރު ވެއްޔާ މޮޑެވިގެންދިޔަ މީހުންނަށް ހައްގު ބަދަލުދޭންޖެހޭ
ހިތަދޫ ހުސެން
20 September 2022
މިބަލަނީ ނަސީދު ކެމްޕޭން ފެށީމަ ސަރުކާރު ފަޅިންވެސް ފެށީ ކަމަށް. ދެން ތި ވޯކް ނުކުރާނެ،
ކެމްޕާލާ
20 September 2022
ވަޒީފާ ގެއްލިދާނެތީ، ކޮމެޓީ ރުއްސަން، އެ ބުނަނީ ދައުވާ ކުރާނަމޭ ކުދިކުދިން ކަންތައްތަކެއް އިސްލާހް ކޮށްފައި. ދައުވާ ކުރަން ކުޑަ ޖާގައެއް އިން ނަމަވެސް ދައުވާކޮށްފައި އޮންނާނީ މިހާރު. ސިޔާސީ މީހުންނާއި އަދި އާއްމުން ރުއްސުމަށްޓަކައި، ކަމެއް ނުކުރާ ބަޔަކަށް ދައުވާ ކުރުމަކީ ދެވޭ އަނިޔާއެއް ނޫންތޯ؟
ހިޔާލީ އަލީ
20 September 2022
ޖޭޕީގެ ހުރިހާ އެންމެ އެތިބީ ތިކަމުން ސަލާމަތްވެފަ، ތިކަމުގެ ކުރިން މިދިޔަ ވެރިކަމުގެ ކާރު މައްސަލަ (މުސްތަފާގެ މައްސަލަ) ނޫމަޑި (މުއިއްޒު މައްސަލަ) ފެނަކަ ނިމާލުގެ ކޮރަޕްޝަން ކަހަލަ ކިތަންމެ ކަމެއް ކޯޓުތަކުން ހިނގާ ތަނެއް ނުފެނޭ