ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށް ވުރެ ގިނަ ދަތުރުކުރެއްވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ސެޕްޓެމްބަރ 2022 - 14:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށް ވުރެ ގިނަ ދަތުރުފުޅު ކުރެއްވި ކަމަށާއި އޭގެ ތެރެއިން ނުވަ ދަތުރުފުޅުގައި ވަޑައިގަތީ ސިންގަޕޫރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އެ އަދަދުތައް ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރަދު ބޮޑު ދަތުރުތައް ރާއްޖެއިން ބޭރަށް ކުރައްވާތީ އާންމުން ކުރާ ޝަކުވާއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކުގެ ވާހަކަދައްކާއިރު އެބަޖެހޭ ކުރީ ސަރުކާރުގެ ދަތުރުތަކުގެ ވާހަކަ ވެސް ދައްކަން،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސިންގަޕޫރަށް އެކަނި ހަ ދަތުރުފުޅު ކުރައްވާފައިވެ އެވެ. އަދި ދައުރު ނިމުނުއިރު ސިންގަޕޫރަށް ޖުމްލަ ނުވަ ދަތުރުފުޅު ކުރައްވާފައިވެ އެވެ.
- ސިންގަޕޫރަށް 9 ދަތުރުފުޅު
- ސައުދީ އަށް 6 ދަތުރުފުޅު
- މެލޭޝިއާ އަށް 4 ދަތުރުފުޅު
- ޗައިނާ އަށް 3 ދަތުރުފުޅު
- އިންޑިއާ އަށް 3 ދަތުރުފުޅު
- ސްރީ ލަންކާ އަށް 2 ދަތުރުފުޅު
- ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ؛ ކޮންމެ ގައުމަކަށް 1 ދަތުރުފުޅު
މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އަދި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އެ ދަތުރުފުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ބާއްވާ އެކި ކޮންފަރެންސްތަކާއި ބައްދަލުވުންތަކާއި އަދި ބޭރު ގައުމުތަކުން ދައުވަތު އަރުވައިގެން އެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ވެސް ވަޑައިގަންނަވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ދަތުރުފުޅުތައް ކުރައްވަން ޖެހޭ."
އޭނާ ވިދާޅުވީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ހަމައެކަނި ރައީސް އޮފީހުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް ބެލުމަކީ ގޯހެއް ކަމަށެވެ. ދަތުރުފުޅުތަކަށް ހަރަދުތަކެއް ހިނގާނެ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެ ހަރަދުތަކަކީ، އަހަރު ފެށުނުއިރު ބަޖެޓުކުރެވިގެން ހިންގާ ހަރަދުތަކެއް ކަމަށް މިއުވާން ވިދާޅުވި އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ކުރެއްވި ދަތުރުތަކުގެ ތަފްސީލެއް މިއުވާން ނުދެއްވަ އެވެ.
ރައީސް އެންމެ ފަހުން ވަޑައިގަތީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާ އަށެވެ. އެއީ އެ ގައުމުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމްމ
23 September 2022
ހާދަ އަން-ޕްރޮފެޝަނަލްއޭ ދޯ ރައީސްގެ ތަރުޖަމާނު؟ ގާބިލް ވެރިންނަކީ އެހެންމީހުންގެ ކަޑަ ވާހަކަ ނުދައްކައި އެހެންމީހުން ހާވާފަ ހުންނަ ހަޑި ސާފުކޮށް ތިމާއަކީ ގާބިލްމީހާކަން ސާބިތުކޮށްދޭ މީހާ. ތަރުޖަމާނު ތިބުނިގޮތުން އިބޫގެ ދަތުރުތަކުގެ ހަރަދުބޮޑުވީ ޔާމީނު 30 އަށްވުރެ ގިނަ ދަތުރުކޮށްފަ ހުރީމަ.. ޖޯކު ދޯ!؟
ގަބުޅި ކަތީބު
23 September 2022
ޔާމީނު 5 އަހަރުތެރޭ 30 އަށްވުރެ ގިނަ ދަތުރުކުރު ކޮށްފިނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 7 ދަތުރު. ދެން އަހަރުން މިހިރީ ބަލަން ބާކީ މިއޮތް 1 އަހަރާއެކު އިބޫ ކުރަނީ ކިތައް ދަތުރުތޯ.
ށަލީމާ
23 September 2022
އަޅާކިޔާ މިނެކިރަން ޔާމިން ވަރެއްނެތް
ބޮޑުމީހާ
23 September 2022
ޔާމީނު ދަތުރުކުރީ ބޯހިޔާވެހިކަމާއި އެއާރޕޯޓް ތަރައްގީ، ބްރިޖާއި ހޮސްޕިޓަލް ހޯދައި އެހެރީ އަޅާފަ. އިބޫ ކުރި ދަތުރަކުން ވީކަމެއް ހަރާން.
ބޯއެކަނިބޮޑޭ
23 September 2022
އޭގެތެރޭގައި ލޮލުގެ ޚިދުމަތްދޭ ތަންތަންވެސް ވަރަށް ގިނަ.
ތަރޭ
22 September 2022
ސުވާލުކުރީ އިބޫގެ ދަތުރުތަކާ ގުޅޭގޮތުން. ތަފްސީލީ ޖަވާބެއްދިނީ ޔާމީން ގެ ދަތުރުތަކާ ގުޅޭގޮތުން. ތަރުޖަމާނަށް ކުރާ ސުވާލު ތަރުޖަމާކޮށްދޭނެ ކޮމެޓީއެއްނު ފުރަތަމަ އެކުލަވާލަންވީ.
ބަރޭ
23 September 2022
ކަލޯ ދަތުރޭ ދަތުރޭ ކިޔައިގެން ފިތުނަ ޗެނަލްތަަކުން ހޭބޯނާރާ އެވާހަކަދައްކާތީ ދަތުރަކީ އެންމެންވެސް ކުރާކަމެއްކަން އަންގާލީ. އަދި ބަހެއްމީހުން ތިޖޫރީގައި ބަހައްޓާފައި ހުރި އެތިކޮޅު އަތުޖެހޭތޯ ގިނަ ދަތުރުތަކެއް ކޮށްފައިވާކަން އަންގާލީ
ކޮށްފިއޭދޯ
22 September 2022
ކިނބިގަސް ދޮށުގޭ މައުމޫނު ވެރިކަމުގައި އޭނާ އަށް 30 އަހަރު ނުކުރެވޭ ދަތުރު ހިންނަވަރު އިބްރާހިމް ރައީސް ކަމުގައި އޭނާ ކޮށްފިއޭ ކޮށްފިއޭ ކޮށްފިއޭ ކޮށްފިއޭ ކޮށްފިއޭ ކޮށްފިއޭ
ފައިބާފައިބާ
22 September 2022
ރައީސް އިބޫ ކުރި ދަތުރު ތައް 9 ހާހަށް އެބައަރާ 9 ބިލިއަން ރުފިޔާ ތަޅާ ބުރުވާލަެިފި މިކަމަށް ފައިބާ ފައިބާ ފައިބާ
ޣުއި ފާތުމަ
22 September 2022
ސަޅި ސްމައިލް އެއް ޕްރެސިޑެންޓް
ސައްޕް
22 September 2022
އެއިރުން އެވީ އަހަރަކު 6 ދަތުރު ދެމަހުން ދަތުރެއް އެއީ ހައްޖު އަދި އުމްރާގެ ދަތުރުތަކާއެކު ވީމާ ރަންގަޅު ގޯހެއްނެތް
ޕަންޗު
23 September 2022
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ހަގީގަތަކީ ވަކި ހިސާބަކުން ދުނިޔޭގައި ބުލެކްލިސްޓް ވުމުން ގައުމުން ބޭރަށް ދާން ނުކެރުނީ. ވެރިކަން ނިމިގެން ދިޔައިރު ރަށުން ބޭރަށްވެސް ދިޔައީ މުޅި މިލިޓަރީ ގޮވައިގެން.
ނަފުރަތު
23 September 2022
ޕަންޗުއޭ. އަސްލުވެސް ތިޔަބުނީ ތެދެއް . މިހާރު ކަންކަން ހުރިގޮތުން އިބޫގެ ފަރާތުން ފެންނަނީ އަދި އެމްޑީޕީގެ ފަރާތުންވެސް ފެންނަނީ ދިވެހިން ރުޅިއަރާޒާތުގެ ކަންކަން ކުރާތަން. ޢެމްޑީޕީއަށާ އިބޫއަށް ނުރުހެން. ވަރަށް ރުޅިއަރާ ވެރިކަމެއް އެކުރަނީ. ސީދާ ނަފްރަތު ނަފްރަތު.
1828
22 September 2022
އަހަރެމެން މިސަރުކާރު ގެނައީ ކުރީގެ ސަރުކާރު ކަމުނުދާތީ. ކުރީގެ ސަރުކާރުން ކުރިހާ ގޯސްކަންކަން މިސަރުކާރުން ކުރާކަށް ނުޖެހޭނެ. މިސަރުކާރުން އޭގެބަދަލުގައި ކުރަން ޖެހޭނީ ކުރިން ސަރުކާރުންކުރި ގޯސްކަންކަން ރަނގު.
ނަމްވަރޭ
23 September 2022
ތިނޫން އެއްޗެއް ކިޔަން ނޭނގެނީތަ. އަމުދުން ތިއީ މިސަރުކާރު ގެނައި މީހެއް ނޫން. ދެން އޭރު ކުރިކަންތަކުގެ ވާހަކަނުދައްކައި މަޑުން ހުންނަގަ.