ރައީސް ދަތުރުފުޅެއް ކުރެއްވުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ: އަންނަ ހަފުތާގައި އުތުރުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ -- ފޮޓޯ: ރައީސް އޮފީސް
22 ސެޕްޓެމްބަރ 2022 - 14:21
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ހަފުތާގައި އުތުރުގެ ހަތަރު ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އުތީމު، ހއ. ދިއްދޫ، ހދ. ފިނޭ އަދި ހދ. ނައިވާދު އަށް ކަމަށެވެ.
އެ ދަތުރުފުޅަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.
އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މި ދަތުރުފުޅުގައި، މި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރުއޫތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވާނެ. މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރޫއުތަކާއި އާރުޓީއެލްގެ ދަތުރުތައް ކުރިއަށް ދާ ގޮތާއި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ވެސް ބައްލަވާލައްވާނެ،" މިއުވާން ވިދާޅުވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، އަންނަ އަންގާރަ ދުވަހުގެ ރޭ، ހއ. އުތީމުގައި ބާއްވާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެ ރަށުގައި ބާއްވާތީ، މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް އަންނަ މަހު 20 ގައި މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުތާޒު
22 September 2022
2023 އަށް ކެމްޕޭން ދަތުރުފުޅެއްތޯ
އޮނަރަބްލް އަފީފު ދީދީ
22 September 2022
ދެން ތިޔަ ސަކަރާތް ޖައްސަވަން ހައްދަވާނެ ކަމެއްނެތް. ސޯލިޙަކަށް ދިވެހިރާއްޖޭގެ ވެރިކަން ނުކުރެވުނު ކަމާއި އަދި ތިބޭޅާގެ ކިބައިގައި ޤައުމެއްގެ ވެރިކަން ކުރެވޭނެ ފެންވަރާއި ޤާބިލްކަން އަމުދުން ނުވެސްނެތްކަން ރާއްޖޭގެ ގިނަބަޔަކަށް އެގި ހާމަވެއްޖެ. # އަމިއްލަފުޅުޕާޓީގެ ވަފާތެރިމެންބަރުން ޕާޓީދޫކޮށް "ވަގެއްގެ ބައިވެރިންނަށް ބަދަލުވެގެންދިޔަގޮތްފުދޭނެ" މިދެންނެވި ވާހަކަތަކުގެ ހެއްކަކަށް. އަހަރުމެން އިތުރަށް އެއްވެސްކަމެއް ޓޮލަރޭޓްކުރާކަށް ބޭނުމެއްނޫން.
ހަސްތީ
22 September 2022
ހުސްއަތާ އާކަމެއް ނެތި
ނަސްރީނަ
22 September 2022
އަންނަނީ ދަތި ދުވަސްތަކެކޭ ހަރަދު ކުޑަކުރާށޭ ކިޔާ މި ބޭފުޅާ މުޅިންވެސް ބޭކާރު ދަތުރުތައް ކުރުމުގަ.
ދޮންއަލީ
22 September 2022
އެކަން އިގެޔޭ ހަނިމާދޫ އެއާޕޯޓު ކެންޓީންގަ ހުރި ތަނެއް މީނަ އައިސް މަޑު ކޮއްލަން މިލިއަނެއް ހަރަދު ކޮއްގެން މަރާމާތުކޮށް ހަދާތީ. އަނެއްކާ އެތަނަށް އާއްމުކޮށް ދާމީހުން ވައިޖައްސާލާ ހަދަން ބޭނުން ކުރާ ބީޗް އޭރިޔާ މި މީހުން ތިބެން ބޮޑު ފާރެއް ރާނާ ވަށާ ބަންދު ކޮށްފި. މިވަރު މީހުން ކީއްކުރަން ވޯޓު ހޯދަން ވީމަ އަންނަންވީ އާއްމުން ކައިރިން
ސައްޙާފް
22 September 2022
" ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެ ރަށުގައި ބާއްވާތީ، މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް އަންނަ މަހު 20 ގައި މާލޭގައި ބާއްވަން ވަނީ ނިންމައިފަ" މިއީ އެެބުނާ ރޭސިސްޓް ފިކުރަކީ. ޤައުމީ އިނާމު ލިބޭ ތުރާކުނު މީހާވެސް މާލެ އަންނަންޖެހޭ. އެކަމަކު މާލޭ މީހާ ރަށަކަށް ގޮސް އެއިނާމު ހަވާލުވުމުން ނިކަމެތިވާތީ ޖަލްސާއިން އެބައި އުނިކުރީ. މިއީ ތެދެއްކަން ފަހުން ރަސްމިއްޔާތު ބެލުމުން މޭރުންވާނެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
22 September 2022
ބުރުއެޅުމުން ގައުމީއިނާމެއްދެންޏާ މީނައަށް އެ ޙައްޤު.