ޖައިޝާ މިއަދު ރޭހުގައި ވާދަ ކުރަނީ: އޭނާ ވަނީ 5000 މިޓަރުގެ ގައުމީ ރެކޯޑް ހަދާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ސެޕްޓެމްބަރ 2022 - 23:31
މިއަދު ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު 5000 މީޓަރުގެ ރެކޯޑް ރާއްޖޭ ދިގު ދުވުންތަކުގެ މިހާރުގެ އެއްވަނަ ދުވުންތެރިޔާ އާމިނަތު ޖައިޝާ ޖުނީޒު މުގުރާލައިފި އެވެ.
މިދިޔަ މަހު ބޭއްވި އެސޯސިއޭޝަން ކަޕަށް ވެސް ޖައީޝާ ނުކުތީ އެ ރެކޯޑް މުގުރާލުމަށެވެ. އެކަމަކު އެ މުބާރާތް ކައިރިވެފައި ވަނިކޮށް އޭނާ އަށް ގަދަ ހުމެއް ޖެހި އެއް ހަފުތާ ވަންދެން ޓްރޭނިން އާ ދުުރުގައި ހޭދަ ކުރަން ޖެހުނެވެ. ޖައިޝާގެ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) އޭރު ބުނީ މުބާރތުގެ އެއް ހަފުތާގެ ކުރިން ޓްރޭނިން ހުއްޓާލަން ނުޖެހުނު ނަމަ ޖައިޝާ އަށް ރެކޯޑް ހެދުނީސް ކަމަށެވެ.
އެސޯސިއޭޝަން ކަޕުގައި ވެސް 5000 މީތަރުން އެއްވަނަ ހޯދި ޖައިޝާ މިއަދު ރޭސް ނިންމީ 20 މިނެޓަށް ވުރެ އަވަހަށެވެ. ތަޖުރިބާކާރު ފިޓްނަސް ޓްރޭނަރު މަރްޔަމް އަބްދުލް ކަރީމް (މަރީ) 20:10.30 (20 މިނެޓާއި 10.30 ސިކުންތު) އިން، އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހެދި ރެކޯޑް ޖައިޝާ މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މުގުރާލީ 19:43.09 (19 މިނެޓާއި 43.09 ސިކުންތު) އިންނެވެ.
މިއަދު ޖައީޝާގެ ފަހަތުން ނިންމި އައިޝަތު ރާނިޔާ އަށް ވުރެ ޖައިޝާ ވަނީ ގާތްގަނޑަކަށް ތިން މިނެޓް އަވަހަށް ރޭސް ނިންމައިފަ އެވެ. ދެވަނައިގައި ރާނިޔާ ނިންމީ 22 މިނެޓާއި 10.91 ސިކުންތުންނެވެ. ތިންވަނަ ހޯދީ ހުސްނާ މުހައްމަދެވެ. އޭނާ ރޭސް ނިންމީ 23 މިނެޓާއި 29.66 ސިކުންތުންނެވެ.
ފިރިހެނުންގެ 5000 މިޓަރު ރޭހުން މިފަހަރު ވެސް އެއްވަނަ ހޯދީ ހުސައިން ފަޒީލް ހާރޫން (ފެލޭޝް) އެވެ. ސްޕރިންޓް ރޭސް ތަކުގައި ސާއިދު ވަނީ މިފަހަރު ވެސް މަގާމު ދަމަހައްޓައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާނިއުރީ
23 September 2022
މިކުޖާދުވީ 1 ބުރު މަދުންނޭވެސް އެއްބަޔަކުކިޔާ އެތާ
ހަހަހަހހަ
23 September 2022
އެހެން ވިއްޔާ ދުވި އެއްމެން ވެސް ދުވާނީ އެއްބުރު މަދުން. އިންތިޒާމު ކޮމިޓީ ފެއިލްވެފައެއްނު ތިއޮތީ
ހިޔާލީ އަލީ
23 September 2022
ސާއިދު ބޭނުމެއްނުވާނެ އޭނާ ނޫން މީހަކު މި ގައުމުގަ އެތްލެޓިކްސްގަ އެއްވެސް ކަމެއް ވާކަށް ހާއްސަކޮށް ދުވުމުގަ، އޭނަގެ ގުރޫޕު އަރުވައިގެން އުޅޭ އަޑެއްތީ