ކުޅިވަރު / ގައުމީ ކަސްރަތު މުބާރާތް

ސާއިދު އަށް ކާމިޔާބު، އަންހެން ސްޕްރިންޓްގައި އަހުނާ އާއި އަލްހާ

ހަސަން ސާއިދު: އޭނާ ވަނީ ސްޕރިންޓް ރޭސްތަކުގައި އޭނާގެ މަގާމު ދަމަހައްޓާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

23 ސެޕްޓެމްބަރ 2022 - 21:21

1 comments

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ސްޕްރިންޓް ދުވުންތެރިޔާ ހަސަން ސާއިދު 200 މީޓަރުގައި ވެސް އެއްވަނަ ހޯދައިފި އެވެ.

އަންހެން ސްޕްރިންޓްގައި މީގެ ކުރީ މުބާރާތްތަކުގައި ވިދާލި އައިޝަތު ހިމްނާ ހަސަން، ގައުމީ މުބާރާތުގެ ސްޕްރިންޓް އިވެންޓްތަކުގައި ވާދަ ނުކުރެެ އެވެ. ސްޕްރިންޓްގައި ވިދާލީ މަރްޔަމް އަލްހާ ހުސައިން އާއި އަހުނާ ނިޒާރު އެވެ.

ސްޕްރިންޓްގައި ހިމްނާގެ ނަން އޭނާ ތަމްސީލު ކުރާ "ކްލަބް ރާވެރިޔާ" އިން ހިމަނާފައި ނުވަނީ ޓްރޭނިން ކޭމްޕްގައި ޖަމައިކާ އަށް ދިއުމަށް އޭނާ ވިސާ ޖަހަން ލަންކާ އަށް ކުރާ ދަތުރު ދިގު ދެމިގެންދާނެ ކަމަށް ބަލައިގެންނެވެ. އޭނާ މިހާރު ވަނީ ވިސާގެ ކަންކަން ނިންމައި މާލެ އައިސްފަ އެވެ. މާދަމާ ބާއްވާ ލޯންގް ޖަމްޕުގައި އޭނާ ވާދަ ކުރާނެ އެވެ. ޖަމައިކާގެ ވިސާ ޖަހަން ހިމްނާގެ އިތުރުން އިބާދުﷲ އާދަމް ވެސް ލަންކާ އަށް ދަތުރު ކުރި އެވެ.

މިއަދު ބޭއްވި އަންހުނުންގެ 200 މީޓަރުގެ އެއްވަނަ ހޯދީ މި ހަފުތާގައި ގދ. ތިނަދޫގައި އެ އަތޮޅު ކައުންސިލްގެ އެތުލެޓިކްސް މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގެ 100 މީޓަރާއި 200 މީޓަރުގައި ވެސް އެއްވަނަ ހޯދި ހދ. ކުޅުދުއްފުށީ އަހުނާ އެވެ.

މިއަދު 200 މީޓަރުގެ ފައިނަލުގައި ވާދަކޮށް އޭނާ އެއްވަނަ ހޯދީ 26.20 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި ހައްވާ މުޒުނާ ފާއިޒު ރޭސް ނިންމީ 27.12 ސިކުންތުންނެވެ. ތިންވަނަ ހޯދީ ހޯދީ ރިފާ މުހައްމަދެވެ. އޭނާ ރޭސް ނިންމީ 27.16 ސިކުންތުންނެވެ.

އަލްހާ ވަނީ 100 މީޓަރުގެ ރޭސް ކާމިޔާބު ކޮށްފަ އެވެ. އިއްޔެ 100 މީޓަރުގެ ފައިނަލުގައި ވާދަކޮށް އޭނާ ރޭސް ނިންމީ 12.97 ންނެވެ. އެ ރޭހުން ވެސް ދެވަނަ ހޯދީ މުޒުނާ އެވެ. އޭނާ ރޭސް ނިންމީ 13.09 ސިކުންތުންނެވެ. ތިންވަނަ ހޯދި އައިޝަތު ސަބާ ސަލީމް ރޭސް ނިންމީ 1.14 އިންނެވެ.

އިއްޔެ 100 މީޓަރުގައި އެއްވަނަ ހޯދި ސާއިދު ވަނީ 200 މީޓަރުގައި ވެސް އޭނާގެ މަގާމު ދަމަހައްޓައިފަ އެވެ. އޭނާ މިއަދު 200 މީޓަރުގެ ރޭސް ނިންމީ 21.89 ސިކުންތުންނެވެ. ދެވަނަ ހޯދީ އަހުމަދު ނަޖުދާން އަބްދުﷲ އެވެ. އޭނާ ރޭސް ނިންމީ 22.77 ސިކުންތުންނެވެ. ތިންވަނަ ހޯދި މުހައްމަދު މިންހާލް ޝާމިން ރޭސް ނިންމީ 22.78 ސިކުންތުންނެވެ.

އިއްޔެ 5000 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލި އާމިނަތު ޖައިޝާ ޖުނީޒް ވަނީ 1،500 މީޓަރުން ވެސް އެއްވަނަ ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 5 މިނެޓާއި 8.43 ސިކުންތުންނެވެ. ދެވަނަ ހޯދީ އައިޝަތު ރާނިޔާ އެވެ. އޭނާ ރޭސް ނިންމީ 5 މިނެޓާއި 59.80 ސިކުންތުންނެވެ. ތިންވަނަ ހޯދި އާމިނަތު ލުމާ އަސްލަމް ރޭސް ނިންމީ 5 މިނެޓާއި 59.80 ސިކުންތުންނެވެ.

ފިރިހެނުންގެ 1،500 މިޓަރުގެ ރޭހުން އެއްވަނަ ހޯދީ ޑިސްޓެންސް ރޭސްތަކުގައި ރާއްޖޭގެ އެއްވަނަ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާ ރޭސް ނިންމީ 4 މިނެޓާއި 10.83 ސިކުންތުންނެވެ. ދެވަނަ ހޯދި އަހުމަދު ވިސާމް ރޭސް ނިންމީ 4 މިނެޓާއި 13.12 ސިކުންތުންނެވެ. ތިންވަނަ ހޯދި ޔޫސުފް އިބްރާހިމް ރޭސް ނިންމީ 4 މިނެޓާއި 13.13 ސިކުންތުންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޅިބަލާހަބީބު

24 September 2022

އަހަރެން އެންމެބޮޑަށް ކަންބޮޑުވަނީ މިއޮއްފަދަ ޒަމާނުގަވެސް މިކަހަލަ މުބާރާތްތަކުގަ ދުވާމީހުން ޑޯޕިން އަށް ޓެސްޓްނުކުރާތީ ގައުމީ ރެކޯޑް ހަދާއިރު ވެސް ޗެކްކޮއްލަން ފެނޭ އެމީހަކު މަނާބޭހެއް އެއްޗެއް ބޭނުންކޮއްގެން ހުރިތޯ ފަހުގެޖީލުތަކައް ޓަކާވެސްމެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454