އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ކުންފުނީގެ އެމްޑީ ޝާހިދު.---ފޮޓޯ: ނިޝާން އަލީ| މިހާރު
25 ސެޕްޓެމްބަރ 2022 - 10:07
އިޖުތިމާއީ ހަރަކާތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް އެމްޕީއެލުން 600،000ރ. ގެ ކޮމިއުނިޓީ ފަންޑެއް ރޭ އިފުތިތާހުކޮށްފި އެވެ.
އެ ކުންފުންޏަށް 36 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި "ޕޯޓް ކޮމިއުނިޓީ ފަންޑް" އިފުތިތާހު ކުރުމަށް ފަހު، އެމްޕީއެލުން ބުނީ އިޖުތިމާއި ކަންކަމުގައި ކުރިން ވެސް ސްޕޮންސަޝިޕްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެއީ އެފަދަ ކަންކަން ހަރުދަނާ މިންގަޑެއްގެ ތެރޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އުފެއްދި ފަންޑެއް ކަމަށެވެ.
ރައީސްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެމްޕީއެލްގެ ބައެއް އިސްވެރިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
"ޕޯޓް ކޮމިއުނިޓީ ފަންޑަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި މުޖުތަމައުގައި ދިރިއުޅުމުގެ ހާލަތު ކުރިއަރުވައި، ހިތްހަމަޖެހުމާއި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް،" ހެންވޭރު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލުން ދެއްކި ވީޑިއޯ ރިޕޯޓުގައި ބުންޏެވެ.
އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު އިޖުތިމާއީ އެކި ކަންކަމަށް އެ ކުންފުނިން ކަނޑައަޅާފައިވާ 600،000ރ. ބަހާފައި ވަނީ ދެ ކެޓަގަރީއަކަށެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ތިން މަސް ދުވަހަަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓްތަކެވެ. އެ ކެޓަގަރީގައި ޖުމުލަ އަށް ޕްރޮޖެކްޓް ހޮވައިލެވޭއިރު، އެ އިން ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ދޭން ވަނީ ނިންމައިފަ އެވެ. ދެވަނަ ކެޓަގަރީ އަށް ހުށަހެޅޭނީ އަަހަރަކަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓްތަކެވެ. އެ ކެޓަގަރީގެ ދަށުން ދެ ޕްރޮޖެކްޓަކަށް 100،000ރ. ދޭނެ އެވެ.
We are delighted to introduce the Port Community Fund, a systematic, structured approach to financing & donating to the community. #MPL36 #PortMv36 pic.twitter.com/EI1uW0crfz
— Maldives Ports Limited (@Portmv) September 24, 2022
ޕޯޓް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލެވޭނީ މުޖުތަމައާ ގުޅުން ހުރި ޖަމިއްޔާތަކަށާއި މަދަނީ ޖަމިއްޔާތަކާއި އެހީ ނުވަތަ ޗެރިޓެބްލް އޮގަނައިޒޭޝަންތައް އަދި ކްލަބް ޖަމިއްޔާތަކަށެވެ.
އެމްޕީއެލުން ބުނީ، އެ ކުންފުނީގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޖެކްޓްތައް އިވެލުއޭޓް ކުރާއިރު ބޮޑަށް ބަލާނީ ފައިނޭންޝަލް ޕްލޭން އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮޖެކްޓެއްގެ ހިދުމަތް ލިބޭނެ ގޮތަކަށެވެ. އެގޮތުން، އެ ދެ ބަޔަށް އެކަނި 80 ޕަސެންޓް މާކްސް ލިބެ އެވެ. ބާކީ 20 ޕަސެންޓަކީ ޕްރޮޕޯސަލާއި އޭގެ އިނޮވޭޝަނަށް ދެ މާކްސް އެވެ.
އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީހުތައް ފަހުން އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީ އަލީ
25 September 2022
މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޕީޕީއެމްގެ ކޮންޓްރޯލްއޮތް ހަމައެކަނި ކުންފުނި. އެމްޑީ ފިޔަވައި ހުރިހާ އިސްވެރިންނާއި މުއައްޒަފުންގެ 90% ޕީޕީއެމް ފިކުރުގެ (ފާޅުގައި) އުޅޭ މީހުން. ޓީ ޖެޓީ ނޯތު ހާބަރު ފައިނޭންސް ގެ އިސްވެރިންނަކީވެސް އެންމެން ދަންނަން (ޕީޕީއެމް ވެރިކަމުގަ އެ މަގާމްތަކަށް ގެނައި) ވެރިން
ހަވަރު
25 September 2022
ލޮލް