ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނަބަލުން ފަޒްނާ އަހުމަދު ގައުމީ ޓީމާ ބައްދަލު ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެމްބަރ 2022 - 11:43
މިރޭ ރާއްޖޭގައި ފަށާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ އަންހެން މުބާރާތް "ސާބާ ޗެމްޕިއަންޝިޕްގައި" ގައި ވާދަކުރާ ރާއްޖޭގެ ޓީމުން، ދިވެހި ބާސްކެޓްގައި މިހާތަނަށް ހޯދާނެ އެންމެ ބޮޑު ކާމިޔާބު ގެންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނެފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެއިން ނުކުންނާނީ އެންމެ ފަހުގެ ރަނަރަފް ނޭޕާލާ ދެކޮޅަށެވެ.
މިދިޔަ އަހަރު ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗު ކަމާ ހަވާލުވި އިއްލެ ބުނީ މުބާރާތަށް އެކުލަވާލާފައި އޮތް ޓީމަކީ އަންހެން ބާސްކެޓްގައި މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ ސްކޮޑް ކަމަށެވެ.
"ބާސެކްޓުން މިހާތަނަށް ނުލިބި އޮތް ރަންވަނަ އެއް ރާއްޖޭގެ އަންހެން ޓީމުން ގެންނާނެ ކަމުގެ އުއްމީދު ބާސްކެޓްގެ ހެޑް ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އުންމީދު ކުރެވޭ،" ކުރިން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން ކޯޗު ބުންޏެވެ.
"އެ އުއްމީދުގެ ރިއަލިޓީ ކިހާވަރަކަށް ތޯ ފެންނަން އޮތީ، ބަލާލާއިރު އަޅުގަނޑަށް ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ. ރާއްޖޭގެ އަންހެން ގައުމީ ޓީމު މިހާރު އެކުލަވާލާފައި އޮތް ގޮތަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި އަންހެން ކުޅުންތެރިންގެ ތެރެއިން ހައެއްކަ ކުޅުންތެރިން މި ޓީމުގައި އެބަތިބި."
ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ރިޝްމާ އަދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ޒުވާން ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަ ވެއްޖެ ކަމަށް އިއްލެ ބުންޏެވެ. އޭނާ ބުނި ގޮތުގައި ދިވެހި ކުޅުންތެރިންގެ އިސްކޮޅަށް ބަލާއިރު ވެސް ރަނގަޅު ވާދައެއް އެހެން ޓީމުތަކާ ދެކޮޅަށް ކުރެވޭނެ އެވެ.
ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު އިއްލެ: ގައުމީ އަންހެން ޓީމާ މެދު އޭނާ ހުރީ ބޮޑު އުންމިދެއްގައި --- ފައިލް ފޮޓޯ
ކާމިޔާބަށް އެދި ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ކަންކަން ވެސް އެއްފަރާތް ކުރުމަށް ފަހު ކަމަށް އިއްލެ ބުންޏެވެ.
"މީ ކުޅުންތެރިންގެ ޑެޑިކޭޝަން އެބަފެނޭ. އާއިލާ އާއި ވަޒީފާ އާ ވަރަށް ގިނަ ކަންކަން ސެކްރިފައިޒް ކުރުމަށް ފަހު ޓްރޭނިން އަށް ހުސް ވެގެން ހޭދަ ކޮށްފި،" އޭނާ ބުންޏެވެ.
އަންހެން ޓީމުގެ ހެޑް ކޯޗު ސުޕުން ވިމާލް އާއި އޭނާގެ ދެ އެސިސްޓެންޓް ކޯޗުން ކޮށްފައިވާ މަސައްކަތް އިއްލެ ފާހަގަ ކުރި އެވެ.
"މި ސަރަހައްދުގައި މިވަގަުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗަށް ސުޕުން ކޯޗު ވާނެ. އެހެން ޓީމުތަކުގެ ކުޅުން ވެސް އެނގޭ ކޯޗެއް. ދެން ކޯޗުންގެ ދެ އެސިސްޓެންޓުން މޫސާ އާއި ގުރޭ. މީ މިވަގުތު ނެގޭނެ އެންމެ ތަޖުރިބާކާރު ކޯޗިން ޓީމު. ޓީމު އެކުލަވާލައި މުބާރަތަށް ޓީމު ތައްޔާރު ކުރުމަށް ވަރަށް ރަނގަޅު މަސައްކަތެއް މި ކޯޗުން ޓީމުން ވަނީ ކޮށްފަ،" އިއްލެ ބުންޏެވެ.
ސުޕުންގެ ކޯޗު ކަމުގެ ދަށުން ރާއްޖެ އިން ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްފައި ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުގައި އޭނާގެ އަމިއްލަ ގައުމު ލަންކާ އާ ދެކޮޅަށް ރާއްޖެ ކުޅުނު ގޭމަކީ ދެކުނު އޭޝިއާގެ ބާސްކެޓްގައި ރާއްޖޭގެ އަންހެން ޓީމުން މިހާތަނަށް ކުޅުނު އެންމެ މޮޅު ގޭމްގެ ގޮތުގައި ދިވެހި ބާސްކެޓްގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 8:30 ގަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެ ތިކި ޕީ
26 September 2022
އަސްތާ! ނަޒީ، މުންދު އެންޑް އިއްބެގެ ޗަމްޗާސް ކޮމެންޓް ސެކްޝަނުގަ ފޯރި މަރަނީ މިތާވެސް! ތީ ކަލޭމެނަށް ވާނެ ވަރަކީ، މޭ ކަރަ ކަރަ ތިބެސް ޖެހޭނީ! ތިކުރާ ހިޔްވަރަށް ސާބަސް! ކުރިއަށް ކުރިއަށް ސުޕުން އަދި އެޑަމް! ހަހަހަހަހަހާ!
ޢެމް ބީ އޭ
26 September 2022
ހެޑް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނެފި އެވެ. ޢެކަމަކު އިއްލެހުރީ މިހާރު އެހެލާފަ ފެސްޓިވަލް ގަ ބެލެނިވެރިން އަތުން ލާރި ނަގައިގެން
ބާބެރު ޓޮއްޓޮއް
26 September 2022
އެސިސްޓެންޓް ކޯޗުން ގޮތުގަ ތިބީ ޕަޕެޓުން (ގުރޭ)
ނަޒީ
26 September 2022
ހަޖަމް ކޮއްލާ! ދިވެހި ބާސްކެޓް ތާރީހުގަ ނުދެކޭ ކާމިޔާބު ހޯދާފަ ގުރޭ ހުރީ!
ދިވެހިން ލޭ
26 September 2022
ކޮން އުންމީދެއް ސުޕުން ތީ ހަމަ ދިވެި ބާސްކެޓް ގެހަލާކު ، ކޮންމެ ނަތީޖާ އެއް ލިބުނަސް ބޭނުމީ ސުޕުން ބޭރުކުރަން
ބާސްކެޓްފޭން
25 September 2022
އިއްލެ ނުބުންޏަސް އެންމެން ދަނޭ މި ރީޖަން ކީއްކުރަން، މިދުނިޔޭގަވެސް ނުހުންނާނެ ތި ސުޕުންކޯޗުހާ ގައުމެއްގެ ގައުމީޓީމް ކޯޗު ކަމުގައި މިހާގިމަދުވަހު ބަލަދު އަރައިގެން ބަހައްޓަން ޖެހިފައިހުރި މީހެއް. ގައުމީކޯޗު ކަމުގައި 26 އަހަރު. ނަތީޖާ ސުމެއް.
ޕޭރެންޓް
25 September 2022
އެސިސްޓެންޓް ކޯޗުގެ ގޮތުގައި އެތިބީ ސްކޫލް ޓީޗަރުން. މީ އިންޓަރ ސްކޫލް ޓޯނަމަންޓެއްބާ؟ ދުވަހަކު ކުޅެނިކޮށްވެސް ނުދެކެން
ސްޓޫޑަންޓް
26 September 2022
ހަޖަމް ކޮއްލާ! ކޮމެންޓް ލިޔެ ލިޔެ ތިބެން ޖެހޭނީ!
ހެޑްލައިން
25 September 2022
ދިވެހިން ނުކުރާ އުއްމީދެއް އިއްލެ ކުރާތީ ހައިރާންވޭ ދޯ!