ޚަބަރު / ހއ. އުތީމް

24 އަހަރު ފަހުން އާ އިންޖީނުގެއާ އެކު އުތީމުން އެދުނު ހިމޭންކަން

އުތީމުގެ އާ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވަނީ: މި ރަށަށް އާ އިންޖީނުގެއަކާއި އާ އޮފީސް އިމާރާތަކާ އެކު ކަރަންޓުގެ މައްސަލައަށް ވަނީ ބޮޑު ހައްލެއް ލިބިފައި. -- ފޮޓޯ: ރައީސް އޮފީސް

ރަށުގެ މެދުގައި އިންޖީނުގެ ހުރެގެން އުނދަގޫވާތާ 24 އަހަރު ފަހުން ހއ. އުތީމަށް ޒަމާނީ އާ އިންޖީނުގެއެއް އަޅައި ރައްޔިތުންގެ ތަކުލީފަށް މި ސަރުކާރުން ނިމުމެއް ގެނެސްދީފި ކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

އެތައް ފަހަރަކު އެކި ތަންތަނަށް ބަދަލުކޮށް ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ އިންޖީނުގެ، މީހުން ދިރިނޫޅޭ ސަރަހައްދަކަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. މި ސަރުކާރުން ފެނަކަ މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްރޫއު ނިންމައި އިންޖީނުގެ އާއި އޮފީސް އިމާރާތް މިއަދު ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އުތީމުގައި ފެނަކައިން އަޅައިދިން އާ އިންޖީނުގެ: މި ރަށަށް އާ އިންޖީނުގެއެއް މި ލިބުނީ ރަށު މެދުގައި އިންޖީނުގެ ހުރެގެން ޝަކުވާކުރާތާ އަހަރުތަކެއް ފަހުން.

އެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ކުރިން ކަރަންޓްލީ ރަށްތަކުގެ ތެރޭގައި މި ރަށް ހިމެނޭނެ ކަމަށެވެ. އެ އިންޖީނުގެއަކީ ރައްޔިތުން ދާ އޮހޮރުވައިގެން އެތައް ތަކުލީފަކާ އެކު ހެދި ތަނެއް ކަމަށާއި ކަރަންޓުގެ އަލިކަން ލިބުނަސް ގަދަ އަޑާއި އެހެން ވެސް އެތައް އުނދަގޫތަކެއް ފޯރަމުންދިޔަ ކަމަށް ވިދާޅުވި އެވެ.

މިކަން ހައްލުކޮށްދޭން، ރަޝީދު ވިދާޅުވި ގޮތުގައި، އެކި ސަރުކާރުތަކުގައި އެކި މިންވަަރަށް އުތީމު ކައުންސިލުން ހުށަހެޅި އެވެ. އެކަމަކު އަލިމަގެއް ނުފެނި ލަސްވެފައިވާ ކަންބޮޑުވުމުގެ އަޑުއެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުތީމަށް އާ އިންޖީނުގެއެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޯގާތެރިކަމާއި އަޑުއެއްސެވުމުގެ ރީތި މިސާލެއް ކަމަށެވެ.

އުތީމު ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ: އުތީމު ރައްޔިތުން ހުށަހެޅި ޝަކުވާ އަޑުއެހި ހަމައެކަނި ސަރުކާރަކީ މިއީ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

"އާ އިންޖީނުގެއެއް މި ރަށަށް ލިބިގެން ދިއުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އިންޖީނުގެއަށް މިއައި ތަރައްގީއާ އެކު ކުރިއަށް އޮތް 40-50 އަހަރު އަޕްގްރޭޑެއް ނުގެނެސް ބޭނުންކުރެވޭނެ," އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުތީމު ރައްޔިތުން ތިބީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީގެ ކަންކަމުގައި އެއްބާރުލުންދޭން ތައްޔާރަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އުތީމުން ފެންނާނީ އެ ރޫހް ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އުތީމަށް ތަރައްގީ ގެންނަން ފެންބޮވައިގެންފައި. އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ގައުމީ ފިކުރުގައި ތިިބި ބައެއް،" އޭނާ ވިދާޅުވި އެވެ.

އުތީމުގައި ވަނީ 400 ކިލޯ ވޮޓުގެ ދެ ޖަނަރޭޓަރާ އެކު ކެޕޭސިޓީ ވަނީ 1000 ކިލޯ ވޮޓަށް ބަދަލުކޮށްފަ އެވެ. އިންޖީނުގޭގެ ބޮޑުމިން ވެސް ކުރިއަށް ވުރެން ތިން ގުނަ ވަނީ ބޮޑުކޮށްފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރަށްރަށުގައި ކަރަންޓް ކެނޑުން ފަދަ މައްސަލަތަކަކީ ރައީސްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކަރަންޓް ކެނޑުން ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އަމިއްލަފުޅަށް އެތައް ފަހަރަކު ގުޅުއްވައި ހައްލު ލިބޭނެ ގޮތެއް ބައްލަވާ ކަމަށް ވިދާޅުވި އެވެ.

އުތީމު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ.

ކަރަންޓް ފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް އިންސާފުން ފޯރުކޮށްދެވިއްޖެއޭ ވިދާޅުވެވޭނެ ހަމައެކަނި ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުތީމުގެ އާ އިންޖީނުގެ މިހާ އަވަހަށް ނިމުމުގައި ވެސް އޮތީ އެމަނިކުފާނުގެ އެކަމަށް ދެއްވި ސަމާލުކަމެވެ.

އުތީމު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު: ރަށު މެދުގައި ހުރި އިންޖީނުގެ ބަދަލުކުރެވުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

"ކޮވިޑު ތެރޭގައި ވެސް އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓައި ކުރިއަށް ގެންދިޔައީތީވެ އުތީމުގެ އިންޖީނުގެ ހުޅުވިގެން މިދިޔައީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ނުހުއްޓޭނެ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި އެ ކުންފުނީގެ މަޝްރޫއުތައް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

6 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޝާމް

29 September 2022

ފެނަކައިގެ އެމްޑީއަށް ކިޔަނީ މުހައްމަދު ސައީދެއް ނޫން. އަހުމަދު ސައީދު މުހައްމަދު ކިޔަނީ.

The name is already taken The name is available. Register?

އަބްޑޫޅް

28 September 2022

އިންޖީލުގޭ ކަންތައް ރަނގަޅަށް ހިނގާނެކަމުގައި ހީކުރަން.

The name is already taken The name is available. Register?

ގެދާނޯމޮސް

28 September 2022

ރީނދޫ ޓައީ ފޮރުވާފަ އެއޮތީ ތާޢީދު ގެއްލިދާނެތީ ރައްޔިތުންގެ ލޮލުގަ ގަލައަނދުން އަޅުވަން ނޫޅުއްވާށެވެ. ދެން އެމްޑީޕީގެ ފިކުރަށް ވޯޓް ނުލިބޭނެ އެވެ.

The name is already taken The name is available. Register?

ހިޔާލީ އަލީ

27 September 2022

ފެށުނީއްސުރެ ފުލް މެޖޯރިޓީ މައުމޫނަށާއި، ޑީއާރުޕީ އަދި މިހާރު ޕީޕީއެމަށް ދީގެން އުޅޭ ރަށެއް 24 އަހަރުވީ އިރު ތިވަރު ކަމެއްނުކޮށްދެވުނު

The name is already taken The name is available. Register?

ްަޤަބޫލު

28 September 2022

ތިރަށަށް 24 އަހަރު ދުވަސް ގަދަ އަޑުފަށް ގަނޑަކުން މައިތިރި ހިމޭންތަނަކަށް މިސަރުކާރުން ހަދައިދިން އިރު މިވޭތުވެދިޔަ 24 އަހަރުން ސަރުކާރަކަށް ކޮށްދެވުނުކަމެއް ނެތް ކަމަށް ބުނާތީ އަޖައިބުވެ. ކަންކަން ނުކޮށްދެވި ހުރިތަންތަން އެހެރީ ފެންނަން. އުތީމަކީ ކޮންމެ ސަރުކާރަކުންވެސް އަޅާލާ ރަށެއް. 400 ކވ ޖަނަރޭޓަރެއްލައިގެން ބޮޑުއިމާރާތެއް ހެދީމާ ތިއައީ ކިތައް މީހުންގެ އާބާދީއެއްކަން އެބައެގޭ.

The name is already taken The name is available. Register?

48343

27 September 2022

ޝަކުވާއަޑުއެހި ހަމައެކަނި ސަރުކާރަކީ މިއީއޭބުނަން ކޮބާ ލަދު؟ ކަރަންޓުދޭ ފުރަތަމަ ރަށްތަކުގެތެރެއިން ރަށަަކަށް ތިރަށްވުމަކީ އޭރުގެ ސަރުކާރަށް، ޝަކުވާނުކުރަނީ ޝަކުވާ އަޑުއިވުންކަހަލަކަމެއްނު. މައުމޫނަކީ މާދުރަށް ވިސްނޭ ހިކުމަތުޢަމަލީގެ މާހިރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454