ކުޅިވަރު / ސާބާ ޗެމްޕިއަންޝިޕް

ލިބުނު ބޮޑު ހިތްވަރާއެކު ދިވެހި ކުޅިވަރުގެ ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމެއް

ސާބާ ޗެމްޕިއަންޝިޕުގައި ނޭޕާލް އަތުން މޮޅުވުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ އަމިއްލަ ފަސް ގަނޑުގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތެއްގައި، އަދި މިހާތަނަށް ޓީމު އިވެންޓަކުން ދިވެހި އެއްވެސް ޓީމަކަށް ރަން މެޑަލް ހޯދިފައެއް ނެތެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ޓީމުން ތިބީ ދިވެހި ކުޅިވަރުގައި ފުރަތަމަ ފަހަރަށް އެ ކާމިޔާބު ރާއްޖެ އަށް ހޯދައިދިނުމުގެ އަޒުމުގަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ ފަހު ކުއާޓާގެ އެންމެ ފަހު ވަގުތާ ހަމައަށް އައިރު ވެސް ނޭޕާލް ދިޔައީ ރާއްޖޭގެ މައްޗަށް ލީޑް ކުރަމުންނެވެ. އެކަމަކު ދިވެހި ކުޅުންތެރިން އާދަޔާ ހިލާފް ހިތްވަރެއް ނެރެ، ނާތީޖާ އަނބުރާލި އެވެ. ނޭޕާލްގެ މައްޗަށް ރާއްޖެއިން މެޗުގެ ފަހު ވަގުތުގައި ކުރި ހޯދުމުން މުޅި ޓީމަށް ވަނީ އާދަޔާ ހިލާފް ރޫހެއް އައިސްފަ އެވެ.

އެ މެޗަށް ފަހު ޓީމުގެ ވައިސް ކެޕްޓަން ފާތިމަތު ރިޝްމާ، ޕީއެސްއެމް އަށް ދިން އިންޓަވިއުގައި ބުނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ، ހިތްދަތި ގޮތަކަށް ކަމަށެވެ. އެހެންވެ ނޭޕާލް ބަލި ކުރެވުމުން ޓީމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް ތަޖުރިބާކާރު ކުޅުންތެރިންޔާ ބުންޏެވެ.

"އަޅުގަނޑުމެން 2019 ގައި ކުރި ތަޖުރިބާ އަށް ބަލާފައި އަޅުގަނޑުމެން އަޒުމު ކަނޑައެޅީ ރާއްޖޭގައި އޮންނަ މުބާރާތުން ނޭޕާލް ބަލި ކުރަން،" އާދަޔާ ހިލާފް ޖޯޝެއްގައި ހުރި ރިޝްމާ ބުންޏެވެ. "އޭރު އަޅުގަނޑުމެން ހިތްދަތި ގޮތަކަށް ނޭޕާލް އަތުން ބަލިވީމަ. އަޅުގަނޑުމެން އަޒުމު ކަނޑައެޅީ ނޭޕާލްގެ މެޗު ކާމިޔާބު ކުރަން މި މުބާރާތް ވެސް ކާމިޔާބު ކުރަން."

މިރޭ ރާއްޖެއިން ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ.

ދެ ކުޅިވަރަކުން އިންޓަނޭޝަނަލް މަރުހަލާގައި ގައުމީ ޓީމު ތަމްސީލު ކުރި، ގައުމީ ފިރިހެން ބާސްކެޓް ޓީމުގެ ހެޑް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނި ގޮތުގައި ރާއްޖޭގެ ކުޅިވަރުގެ މި ބޮޑު ކާމިޔާބު ހޯދަން ރާއްޖޭގެ ކުޅިވަރު ކޮމިޔުނިޓީ އާއި ހުރިހާ ދިވެހިން ގައުމީ އަންހެން ޓީމުގެ ފަހަތުގައި ތިބުން މުހިންމެވެ.

"ގައުމީ އަންހެން ބާސެކްޓް ޓީމަށް ލިބިފައި މިއޮތް ފުރުސަތަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުޅިވަރަކުން ލިބިފައި ނެތް ފުރުސަތެއް،" ގައުމީ ފުޓްބޯޅަ ޓީމުގައި ފޯވާޑަކަށް ވެސް ކުރިން ކުޅުނު އިއްލެ ބުންޏެވެ.

"އެ ފުރުސަތުގެ ބޭނުން ގައުމީ އަންހެން ޓީމަށް އެންމެ ބޮޑަށް ހިފޭނީ. ހުރިހާ ދިވެހިން ޓީމުގެ ފަހަތުގައި ތިބެގެން. ބާސްކެޓްގެ ހެޑް ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ޓީވީން މެޗު ބަލަން ނުތިބެ ވީހާ ވެސް ގިނަ ބަޔަކު ސޯޝަލް ސެންޓަރަށް ވަޑައިގަތުން."

ނޭޕާޅާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ކުޅުންތެރިން: މިރޭ ރާއްޖެއިން ނުކުންނާނީ ލަންކާ އާ ދެކޮޅަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިއްލެ ބުނި ގޮތުގައި ލަންކާގެ ގިނަ އަދަދެއްގެ ބަޔަކު މެޗަށް ވަންނާނެ ކަމަށާއި، ލަންކާގެ ސަޕޯޓަރުންނަށް ވުރެ ދިވެހި ސަޕޯޓަރުންގެ އަޑު ގުގުމާލުން މުހިންމު ކަމަށެވެ.

އިއްލެ ބުނި ގޮތުގައި ނޭޕާލާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފަހު ކުއާޓާގައި ދިވެހި ކުޅުންތެރިން ތީބީ ވަރު ބަލި ވެފަ އެވެ. އެކަމަކު އެ ވަރުބަލި ކަމުގެ މައްޗަށް ހިތްވަރު ހޯދީ މެޗުގެ ފަހު ދެތިން މިނެޓް ތެރޭ ސަޕޯޓަރުންގެ ފޯރި އާއެކު ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"ނޭޕާލް އޮތީ ލީޑްގައި. އެ ނަތީޖާ އެ ޓާން އައުޓް ކުރީ ސަޕޯޓަރުން. ހަމަ ޔަގީނުން ވެސް ކުޅުންތެރިންގެ ހިތްވަރު އެ ނަތީޖާ އަނބުރާލީ. އެކަމަކު އެ ހިތްވަރުން ކުޅުންތެރިންނަށް ދިނީ ސަޕޯޓަރުން،" ގައުމީ ބާސެކްޓް ޓީމަށް 13 އަހަރު ވަންދެން ކުޅުނު އިއްލެ ބުންޏެވެ.

"ފަހު ކުއާޓާގެ ފަހު ވަގުތު ކޮޅު ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފަ. އެކަމަކު ފަހު ވަގުތު އެ ނެރުނު ހިތްވަރަކީ އާދަޔާ ހިލާފް ހިތްވަރެއް. އެ ނުނެރެވޭނެ ސަޕޯޓަރުންގެ އެހީ ނުލިބުނުނަމަކަ."

ސާބާ ޗެމްޕިއަންޝިޕުގައި ނޭޕާލް އަތުން މޮޅުވުމަށް ފަހު ޓީމުގެ ކެޕްޓަން ޝިއުރާ އާއި ހެޑް ކޯޗު ސުޕުން ވިމާލް ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޭޕާލް މެޗުގައި ދިވެހި ޓީމުން ހެދުނު ގޯސްތައް ރަނގަޅު ކޮށްގެން މިރޭގެ މެޗަށް ނުކުންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިއްލެ ބުންޏެވެ. އޭނާ ބުނީ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން އެޓޭކު ކުރުމުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ޑިފެންސިވްގައި ރާއްޖެ ފެނުނީ ދަށް ކޮށް ކަމަށެވެ.

ލަންކާ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް 65 ޕޮއިންޓްގެ ލީޑެއް ނަގައިގެން މެޗު ކާމިޔާބު ކުރި އެވެ. އެކަމަކު ރޭ ނޭޕާލް އަތުން ލަންކާ ބަލިވީ ހަ ޕޮއިންޓްގެ ފަރަގަކުންނެވެ. އިއްލެ ބުނީ، މުބާރާތުގައި ފެނުނު އެންމެ ފިޓްނަސް ރަނގަޅު ޓީމަކީ ލަންކާ ކަމަށެވެ.

"އެ ކުޅުންތެރިންގެ ފިޓްނަސް ވަރަށް ރަނގަޅު. އެކަމަކު މިރޭ [ރޭ] ގެ މެޗުގައި ނޭޕާލާ ދެކޮޅަށް ފެނުނު ފިޓްނަސް ކުޑަކޮށް ދަށްވެލައިފައި ވާތަން.،" ކުޅުންތެރިޔެއް އަދި ކޯޗެއްގެ ގޮތުގައި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން ކޯޗު ބުންޏެވެ.

ރާއްޖޭގެ ރައި (ވ) ނޭޕާލް ކުޅުންތެރިޔެއް ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ: ނޭޕާލްގެ މެޗު ނަތީޖާ ރާއްޖެއިން އަނބުރާލީ މެޗުގެ ފަހު ވަގަުތު --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

"އެކަމަކު އަޅުގަނޑުމެންގެ ޓީމުގައި އެބައޮތް ލަންކާ ޓީމަށް ވުރެ މާ ވަރުގަދަ ކަމެއް. އެއީ ޓީމެއްގެ ގޮތުގައި ކުޅުން. ޓީމުގައި އޮތް ރޫހު. ސަޕޯޓަރުން ތިބިއްޔާ އެކަން މާ ބޮޑަށް ފެންނާނެ."

ރާއްޖޭގެ ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ ނޭޕާލްގެ މެޗުގައި ފަހު ވަގުތު ކަކުލަށް އަނިޔާވެގެން މެޗާ ވަކިވާން ޖެހުނު ޓީމުގެ ކެޕްޓަން އާމިނަތު ޝިއުރާ އަބްދުލް ބާރީ، ފިޓް ވެފައި ވުމެވެ.

މިރޭ ލަންކާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ 8:30 ގަ އެވެ. މިއަދު ހަވީރު ބޫޓާން އިން ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. ބޫޓާން ފިޔަވައި އަނެއް ތިން ޓީމު ވަނީ އެއް މެޗުން މޮޅުވެފަ އެވެ. ލީގު އުސޫލުން ކުޅޭ މެުބާރާތުގައި މިވަގުތު އެއްވަނައިގައި އޮތީ ރާއްޖެ އެެވެ. އެއީ މިހާތަނަށް މެޗަކުން ބަލި ނުވެ އޮތީ ރާއްޖެ އެވެ

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލެނިވެރިން

29 September 2022

ރަނގަޅު ހުނަރު ހުރި ކުޅުން ތެރިން ތިއްބަ ވެސް ދަރިންފަތި ގޮވައިގެން މެޗް ކުޅެން ، ސުޕުން އިސްތިއުފާ

The name is already taken The name is available. Register?

ޏަމްނަމްން

30 September 2022

ދަރިންފަތި ގޮވަައިގެންވެސް ކަލޭގެ ދަރިއަށްވުރެ މޮޅަށް ކުޅޭނެ ކުރިއަށްއޮތް 20 އަހަރުވެސް. ސުޕުން ބޭރެއްވެސް ނުކުރެވޭނެ. ދެން ލަލަަލާ!

The name is already taken The name is available. Register?

ބެލެނިވެރިން

29 September 2022

ބުރައުން މެޑެލް އަޮތީ 2016 ގަ ދިވެހި ދެކޯޗުން ތިބެގެން ހޯދާފަ ،

The name is already taken The name is available. Register?

ޙަފި

30 September 2022

ސޯވަޓް؟

The name is already taken The name is available. Register?

މައުނަވީ

29 September 2022

އެތައް ޙަރަދެއްކޮއްފަ ، އެތަކެއް މަހަކު ޓީމް ފަރިތަކުރީ ހަމަ އެކަނި ނޭޕާލް ބަލި ކުރަންތޯ . އެހެން ޓީމް ތަކުން މަސައްކަތް ކުރަނީ ޣޯލްޑް ހޯދަން ، ހަމަޖެހޭ ވާހަކަ ދައްކަބަލަ

The name is already taken The name is available. Register?

ޖަމަލުފޮޑި

28 September 2022

މިއަދު ހަވީރު ބޫޓާން އިން ލަންކާ ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. ބޫޓާން ބަލިވާނެތާ އެއްކޮޅަށް ދެޓީމު އަރާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454