29 ސެޕްޓެމްބަރ 2022 - 15:54
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ފިރުޒުލް ފިރާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ޖެނުއަރީ، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވުމުގެ ސަބަބުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި އޭނާ ހުންނެވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓެވުމުގަ އެވެ.
Thank you Firzul for your invaluable contribution to the work of MoF in the last few years. Your hard work and dedication is very much appreciated. Best wishes for your future endeavors.
— Ibrahim Ameer (@iameeru) September 29, 2022
ފިރުޒުލް އަކީ އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ވެސް ރައީސެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވައި ފިރުޒުލް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރުކަމުން ފިރުޒުލް އިސްތިއުފާ ދެއްވިއިރު، ދައުލަތުގެ ފައިނޭންސް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތުމަތު ރަޒީނާ ވެސް ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމުގައި ހަ އަހަރު ހުންނެވުމަށްފަހު ވަކިވެވަޑައިގެންނެވީ ފައިނޭންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފުޒަލު
30 September 2022
ވަރަށް ވިސްނުން ތޫނު ބޭފުޅެއް. އޮފިސްތެރޭގަ ބޭކާރުވެގެން އުޅޭ ތަނެއް ނުފެންނާނެ. ކުރާ މަސައްކަތެއް ވަރަށް ކުރާހިތުން ކުރާނެ. ޢެންމެ ކައިރިން މަސައްކަތް ކުރި ދެބޭފުޅުން މިހާރު ތިބީ މިނިސްޓްރީގެ ހުންގާނުގަ ހިފައިގެން. އެވެސް ހީވާގި ދެބޭފުޅުން. ވެދާނެ އެހެންވެ އިސްތިއުފާ ދިނީ ކަމަށްވެސް.
ހެޔޮ މަށަށް
29 September 2022
ދެން މަށަށް ކީއްތަ؟!
ރޯނު އެދުރުު
29 September 2022
ވަރަށް ކޮރަޕްޓް ސޮރެއްމީ
ހުސެން ބެންގަލޫރު
29 September 2022
އަބަދު ނިދާފަ. ދެން މިހާ ދުވަހު ނިދާން ބޭންދީތީ ރަނގަޅު
ފިނޭންސް މުވައްޒަފެއް
29 September 2022
ޢަލްހްމްދު ..މީ ބޭރުވާންޖެހޭ މީހެއް..ވަރަށް ކޮރަޕްޓް މީހެއް.
އޮނަރަބްލް އަފީފު ދީދީ
29 September 2022
ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރ މަޤާމާއި ރާއްޖެވެސްދޫކޮށްލެއްވިތާ ހަފުތާއެއްނުވަނީސް މިނިސްޓަރުގެނައިބް އިސްތިއުފާދެއްވާ ގެއަށްވަޑައިގަތުމަކީ އިއްތިފާގަކަށްނުވާނެ. # މިބޭޅާމެންގެ ވެރިކަމުގެ ދައުރު ހަމަވެ ރައްޔިތުން އިތުރު ދައުރަކަށް ފުރުސަތުނުދޭނެކަން ޔަޤީންވާތީ ޒިންމާއިން ރެކިވަޑައިގަންނަވަން އޮފީސް ދޫކޮށްލައްވަނީ ކަމަށްވެސް ވެދާނެ. # އެހެން ނަމަވެސް "ވަގު ވެންޓިލޭޓަރ" ގެ މައްސަލަ ބަލާނެކަމާއި އަދަބުވެސް ލިބޭނެކަން ތިބޭޅާމެނަށް އިގެންޖެހޭނެ.