29 ސެޕްޓެމްބަރ 2022 - 23:59
ރާއްޖޭގައި ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި، މިރޭ ބޫޓާންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި މުބާރާތުގެ ތިންވަނަ މަގާމާ އެކު ރާއްޖެއިން އަނެއްކާ ވެސް ދެކުނު އޭޝިއާގެ ބާސްކެޓްގައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ބޫޓާންގެ މައްޗަށް ކާމިޔާބު ހޯދީ 52 ޕޮއިންޓްގެ ބޮޑު ތަފާތަކުންެވެ. ރާއްޖެއިން ކުރި ހޯދީ 86-34 ންނެވެ.
މުބާރާތުގެ ބްރޯންޒް މެޑަލް އާއެކު ގައުމީ އަންހެން ސީނިއާ ޓީމުން ވަނީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި ތިންވަނަ ފަހަރަށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ރާއްޖެއިން ފުރަތަމަ ބްރޯންޒް މެޑަލް ހޯދީ ނޭޕާލްގައި 2016 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި އަހުމަދު ނަޒީފުގެ ކޯޗު ކަމުގެ ދަށުންނެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މިހާރުގެ ހެޑް ކޯޗު ސުޕުން ވިމާލްގެ ކޯޗު ކަމުގެ ދަށުން ބްރޯންޒް މެޑަލް ހޯދި އެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ލަންކާ ވެސް ބަލި ކޮށްފަ އެވެ. ރާއްޖެ މިފަހަރުގެ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިދިނުމުން، ސުޕުން ވެފައި ވަނީ ރާއްޖޭގެ ބާސްކެޓްގައި އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ރާއްޖެ އަށް ދެ މުބާރާތުން މެޑަލް ހޯދައި ދިނެވެ.
މިރޭ ބޫޓާން އާ ދެކޮޅަށް ރާއްޖެއިން ކުޅުނީ ފަސޭހަ ގޭމެކެވެ. ޓީމުގެ ވައިސް ކެޕްޓަން، ފާތިމަތު ޝިއުރާ އަބްދުލް ބާރީ ވަނީ 33 ޕޮއިންޓް ހޯދައިފަ އެވެ. މުބާރާތުގައި ވެސް ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރައިފާ މިރޭ ގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ފަހު ކުއާޓާގައި އާމިނަތު އިސްރާއު އަބްދު ޝުކޫރު އާއި ރިޝްމާގެ ކޮމްބިޏޭޝަން ކުޅުމާ އެކު ރާއްޖެ އަށް ގިނަ ޕޮއިންޓްތަކެއް އެ ދެ ކުޅުންތެރިން ހޯދައިދިނެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިންމައި ހާފް ޓައިމް އަށް މެދުކަނޑާލިއިރު ރާއްޖެ އަތުގައި 20 ޕޮއިންޓްގެ ލީޑެއް އޮތެވެ. ފުރަތަމަ ދެ ކުއާޓާ ތެރޭ ރާއްޖެއިން 39 ޕޮއުިންޓް ހޯދި އެވެ. ބޫޓާނަށް ހޯދުނީ 19 ޕޮއިންޓެވެ.
ރޭގައި ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލަންކާ އަށް ވަނީ، މިރޭމެޗަށް ފަހު ރަން މެޑަލް އާއި ޗެމްޕިއަން ޝީލްޑް ހަވާލުކޮށްފަ އެވެ. ލަންކާ އަދި ރަނަރަފް ނޭޕާލް އާއި ތިންވަނަ ރާއްޖެ އަށް ވެސް މެޑަލް ހަވާލު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މުބާރާތް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަހުލޫފް، ވިދާޅުވީ އަންނަ އަހަރު ވެސް ރާއްޖޭގައި ބާސްކެޓް އިންޓަނޭޝަނަލް މުބާރާތެއް ބާއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާފިޒު
02 October 2022
ސުޕުން އަށް ޝުކުރާއި އައްސަރިބަސް، ސުޕުން ވަރެއްނެތް، އާނ! އެހެންޏާ އެއޮތީ 3ޓީމު ބައިވެރިވި މުބާރާތަކުން 3ވަނައަށް ގޮސްގެން ބުރޯންޒު އުނދުޅި އެއް ހޯދަދީފަވިއްޔާ އަދިވެސް އެއްފަހަރު ސުޕުން އަށް ސާބަސް
ބެލެނިވެރިން
01 October 2022
ހާޑީ ކޯޗް އެކަން ޔެއް ނޫން ސުޕުން ބަލާ ނުގަންނަ ކޯޗެއް ވެއްޖެޔާ ފާހެއް ނުވެ . ސުޕުން ކާރި ޕަޕެޓް ހެދިގެން އުޅޭ ކޯޗުން ފާސްވަނީ
ހިމްނާ
30 September 2022
މެޑަލްގެ ކުލަ ބަދަލުނުވި ކާމިޔާބީއާއެކު އަޅުގަނޑުމެން ވަނީ އިތުރު 10 އަހަރަށް ސުޕުންގެ ކޮންޓްރެކްޓް އިތުރުކޮށްފައި
ޚަބަރުގަ ނަންނުބައި
30 September 2022
ވައިސް ކެޕްޓަން ޝިއުރާ އެއް ނޫން ފާތުމަތު ރިޝްމާ.. ރަގަޅު ކޮށްލަން ފެނޭ
ކުޅޭބޭބެ
30 September 2022
ރައީސް އަމީން ދީދީ ދައުރުގަ މަދުރަސީ ކުޅިވަރުތަކުގަ މޮޅުވާ ޓީމް އަށް ތަށި ދެރަވާ ޓީމް އަށް އުނދުޅި ދިން އިރު ބުނާހެން "ތަށި ނުލިބުނަސް ތިއޮތީ އުނދުޅި ލިބިފަ" އޭ ބުނެލަން މިފަހަރު މިޖެހުނީ.
ޜަބީބާ
30 September 2022
އިސްކަންދަރު ސުކޫލް އަދި ކަލާފާނު ސުކޫލް ގެ ބާސްކެޓްގެ ބެލެނިވެރިން ވެސް އުޅޭނީ ސުޕުން އެއީ ދެވަނަ ބަފަޔައް ހަދުވައިގެން ، އެހެންތާވާނީ ދަރުފުޅު ޓީމައް ނަގާނެ ސުޕުން ހުރީމަ
ޙަބިީބާ
30 September 2022
ސުޕުންހުއްޓަސް ކަލޭދަރި ޓީމަށްއަރައިފިޔާ ކަލޭމެނަށް ހެޔޮވާނެ. އަދި މޮޅު ޑްރިބަލްއެެއް ޖަހާފަ ޕީޓީ ނެގީމަ ނެށަނަލް ޓީމަށް އެރޭފެންވަރުވީކީ ނުން! ގޭމް ރީޑްކުރާނެ ތެތްކަމެށް ބޮލުގަ ނުހުރޭ!
ޢިނގޭ މޮއްޑެ
30 September 2022
ކުޑަކުދިން ނާއި އެކު ކުޅެގެން ދޯ ، ބަޔަކާ ވާކަަަލަ ބަޔަކާ ޖެހުނީމަ ސުޕުން ހުރީ ބޮލައް ތެޔޮއަރާފަ
ހަބީބާ
30 September 2022
ޝުކުރިއްޔާ ސުޕުން. އަޅުގަނޑުމެންގެ ޓީމާއެކު ކުރިއަށް މުބާރާތެއް އޮތިއްޔާއަދިވެސް އިތުރު ބްރޯންޒް މެޑަލްއެއް ގެނެސްދޭތި.އެހެން ކުލައެއް ބޭނުމެއްނޫން.
އިންތިހާބު
30 September 2022
ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށް، އެމީހުން ރާއްޖޭގެ މެޗްތަކަށް ދިން ބޮޑު ބްރޭކަށް ބަލާލަ، އަދި ލަންކާ ފިޒިކަލީ ބަލިކޮށްލަން މެޗަކަށްފަހު މެޗެއް ރާވާ ކުޅުވާލި އިރުވެސް ވީ ކަމެއް ހރނ
ފަރުމާ
30 September 2022
އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ލެގަސީ ޓީމްގެ ޒުވާނުންގެ މައްޗަށް ތެދުވާން. އަޅުގަނޑުމެން ބޭނުންވަނީ ޒުވާން ޖީލަށް ޗާންސް ދީ ގޭމް ބަދަލުކުރުމުގައި އެކުދިން ބައިވެރިވުމުގެ ފުރުސަތު އެސޯސިއޭޝަންއިން ފަހިކޮށްދޭން.
ބޮކި
30 September 2022
ތިބުނާ ޒުވާން ކުޅުންތެރިން މިޓީމުގަވެސްއެބަތިބި.