ބ. އަތޮޅުގެ ބޮޑު ރީސޭލް މާކެޓް "އަލުން ބަލުން" އެ އަތޮޅު ކެންދޫގައި ކުރިއަށް ދަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ ޖަމިއްޔާ
02 އޮކްޓޯބަރ 2022 - 13:22
ބ. އަތޮޅުގެ ހަތް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ކައުންސިލުތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން "އަލުން ބަލުން"ގެ ނަމުގައި ބޮޑު ރީސޭލް މާކެޓެއް އިއްޔެ ފަށައިފި އެވެ.
މި މާކެޓާ ގުޅޭގޮތުން ސޮނެވާ ނަމޫނާ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާކެޓުގެ މަގުސަދަކީ ރަނގަޅު ހާލަތުގައި ހުރި ބޭނުންނުކުރާ މުދާ އުކާލުމުގެ ބަދަލުގައި އަލުން ބޭނުންކުރުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ.
ބ. އަތޮޅުގެ ބޮޑު ރީސޭލް މާކެޓް "އަލުން ބަލުން" އެ އަތޮޅު ދޮންފަނުގައި ކުރިއަށް ދަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ ޖަމިއްޔާ
އެ ޕްރޮގްރާމްގެ ސަބަބުން ސެކަންޑް ހޭންޑް މާކެޓެއް އުފެދި، ތަކެތީގެ ބޭނުންކުރެވޭ މުއްދަތު އިތުރުކުރެވި އަދި އެ ހަތް ރަށުގައި އުފެދޭ ކުނި މަދު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
"އަލުން ބަލުން" މާކެޓުގައި ބައިވެރިވާ ހަތް ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދު އެވެ. އެ ހަތް ރަށުގެ ރައްޔިތުންނަށް ވެސް ކުރިން ބޭނުންކޮށްފައިވާ ތަކެތި ހެޔޮ އަގުގައި އެ މާކެޓުން ލިބޭނެ ކަމަށް ބުންޏެވެ.
ބ. އަތޮޅުގެ ބޮޑު ރީސޭލް މާކެޓް "އަލުން ބަލުން" އެ އަތޮޅު މާޅޮހުގައި ކުރިއަށް ދަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ ޖަމިއްޔާ
އެ ރީސޭލް މާކެޓުގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ކުނީގައި ހިމެނޭ އަލުން ބޭނުންކުރެވޭ ޒާތުގެ ތަކެތި އެ ރަށެއްގެ އަންހެނުންގެ ކޮމެޓީތަކުން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށް ފަހު ވިއްކުމަށް އެ ޕްރޮގްރާމްގައި ހިމެނޭ އެހެން ރަށްތަކަށް ފޮނުވާނެ އެވެ. އަދި އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާ ވަނީ އެ ރަށެއްގެ އަންހެނުންގެ ކޮމެޓީ އަށް ލިބޭ އަމްދާނީއަކަށް ކަމަށް ވެސް ބުންޏެވެ.
ސޮނެވާ ނަމޫނާ ޖަމިއްޔާގެ ރިޑިއުސް މެނޭޖަރު ޚާދީ ހަމީދު ވިދާޅުވީ، އެ މާކެޓްގެ ސަބަބުން އެއްޗެހި އުކާލުމުގެ ކުރިން އިތުރަށް ބޭނުންކުރެވިދާނެ އެއްޗެއްތޯ ރައްޔިތުން ވިސްނާލުމުގެ އާދަ ވެސް އަށަގެންނެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ބ. އަތޮޅުގެ ބޮޑު ރީސޭލް މާކެޓް "އަލުން ބަލުން" އެ އަތޮޅު ދަރަވަންދޫގައި ކުރިއަށް ދަނީ -- ފޮޓޯ: ސޮނެވާ ނަމޫނާ ޖަމިއްޔާ
"ބ. އަތޮޅުގެ ނަމޫނާ ހަތް ރަށުގެ ހީވާގި އަދި އުންމީދީ އަންހެނުންނާ އެކު ކުނި މަދުކުރުމުގެ މި މުހިންމު މަސައްކަތުގައި ބައިވެރިވުމަކީ ސޮނެވާ ނަމޫނާ އަށް ލިބޭ ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
އެ ހަތް ރަށުގައި އިއްޔެ އެ މާކެޓް ލޯންޗުކުރިއިރު، އަންނަ ހޮނިހިރުން ފެށިގެން ކޮންމެ ހޮނިހިރެއްގައި އެތަނުން ކޮންމެވެސް އެއް ރަށެއްގައި އެ މާކެޓް އޮންނާނެ އެވެ.
ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް 2019 ގައި މަސައްކަތް ފެށި މަދަނީ ޖަމިއްޔާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
03 October 2022
މީ އަރަބީންގެ ރަށެއްތަ؟ އަރަބި ހެދުމުގަ މި އުޅެނީ.
އޮނަރަބްލް އަފީފު ދީދީ
02 October 2022
ވެލާ އަޅާ ބިސްއަޅާނެ އަދި ދޫނި ނިދަންްަރާނެ ފަޅުރަށެއް ނުބާއްވާ އެއްކަލަ ޕައިނީއަރުން ނުވަތަ މަހުޖަނުންގެ އަތްދަށުގައި އަތޮޅުގެ ހުރިހާ ރަށްތަކެއް ބާއްވައިގެން އެމީހުންގެ ސްވިސް ބޭންކް އެކައުންޓްތައް ޑޮލަރާއި ޔޫރޯއިން ފުރި ބަންޑުންވާއިރު ތަނުގެ މިލްކްވެރި ރަށްވެހިން މިޖެހެނި ބާ ކަނޑިކި ވިއްކައިގެން ކައިބޮއި ހަދާން. # ލަދު ޙަޔާތުގެ ކަންފުޅެއް ނެތީމަ ނޫންތޯ މަހުޖަނުންނާއި ގުޅިގެން ސަރުކާރުންވެސް ޓްއަރިޒަމް 50 ހެއް ފާހަނގަކުރާން ބަޖޭޓް ހުސްކޮށްލަނީ.
ޙީލާ
03 October 2022
100 ގެ ކޮމެންޓެއް..ހުރިހާ ރައްޔިތުން ހޮވާ ވެރިންވެސް އުޅެނީ އެ މަހުޖަނުން ހިތްރުއްސޭތޯ. އެކަމު މަމެން ޕާޓީވެފަ މަރުދެނީ ވެރިން ހޮވޭތޯ. ރައްޔިތުންނޭ! މަމެންމީ ސީދާ ކަނޑުކޮހުން.
ރަށްވެހިން
04 October 2022
ބާ އެއްޗެހި ވިއްކުމަކީ ތިޔަ ސިފަކުރާހާ ދެރަ ކަމެއް ނޫން. މިޒަމާނުގަ ބާ ކަމަށް ކިޔާފަ އަތުން ދޫކޮށްލާ އެއްޗެހި ބަލާލާފަ ބާ ކަން ނޭނގޭ ފަހަރު ގިނަވާނީ. ބާ އެއްޗެހީގެ މާނަ އިހުގެ އިރާ ތަފާތު. ބާ ތަކެތި ވިއްކުމަކީ ތިމާވެއްޓާވެސް ގުޅުންހުރި ކަމެއް، ހަރަދުކުޑަވާ ކަމެއް. ތިމާވެއްޓާމެދު ނުވިސްނާ މީހުން ތިބޭނީ މަހުޖަނުންގެ އެކައުންޓްތަކާ އަޅައިގަނެގެން އެއަށް ބަލަބަލަ. އާ ސާމާނު ގަނެގަނެގެން ގިނަކުރާ ވަރަކަށް ދުނިޔެއަށް ކުނި ގިނަވާ މިންވަރު އިތުރުވާނެ.