ގޫގުލް އާތުން ނެލިވަރު ފިނޮޅު ފެންނަ ގޮތް
27 އެޕްރީލް 2025 - 12:09
ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ބަޔަކާ އެކު ގޮސް އެ ސަރަހައްދުގައި ގަވައިދާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި 400،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ނޮވެމްބަރު 9، 2023 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ނެލިވަރަށް އެ މީހުން އަރައި އެ ސަރަހައްދުގައި އެކި ކަންކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް އޮފީހުންނާއި ޕޮލިހުން އެ އެޖެންސީއަށް މި މައްސަލަ ހުށަހެޅުމުން ބެލިއިރު ހުގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.
- އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
- އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން
- އަލިފާން ރޯކުރުމާއި ގެންގުޅުން
އީޕީއޭ އިން ބުނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ނެލިވަރަށް ގޮސް ސޮނެވާފުށީގެ މުވައްޒަފުން ޓޫރިސްޓުންނާ އެކު އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އެ މީހުން އެ ސަރަހައްދުން ދިޔައީ ކުރިޔަށް ގެންދަން ރާވާފައިވާ ހުރިހާ ކަމެއް ނިންމައި އެ ތަން ސާފުކޮށްފައި ކަމަށާއި ސޮނެވާފުށިން ފޮނުވާފައިވާ ސިޓީއެއްގައި އެ ހުރިހާ ކަމަކަށް އިއުތިރާފްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
- އެ ދުވަހު ސޮނެވާފުށީގެ މުވައްޒަފުން، ޓޫރިސްޓުން ހިމެނޭ ގޮތަށް 10 މީހުންނާ އެކު ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6:00 ގެ ފަހުން ވަދެފައިވާކަން
- އެ ސަރަޙައްދަށް ވަދެފައިވަނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ނުހޯދާކަން
- އެ ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަން
- އެ ސަރަހައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން
އީޕީއޭ އިން ބުނީ އެ ކަންކަމަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންވެ އެ އެ ރިސޯޓު 448،375ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކުު
28 April 2025
އިންސާނެއްގެ ފުރާނަޔަށްވުރެ އަގުބޮޑު އެއްޗެއް ބަޔޯސްފިޔާ ރިޒާވަކީ. އަދި މިހާރު ހަދައިގެން އުޅޭ ޖަނަވާރު ހިމާޔަތްކުރާ ގަވައިދުގަވެސް އިންސާނެއްގެ ފުރާނަ ނަގާލައިގެން ދޭންޖެހޭ ފިދިޔަ އަށް ވުރެ ބޮޑު އެއްޗެއް ދަައްކަން ޖެހޭ ޖަނަވާރަކަށް އަނިޔާކޮއްގެން. ބޯހަލާކު
ނުހޯދޭ
27 April 2025
ޖޫރިމަނާ ކުރެވިއްޖެ. ދެން އަތް ޖަހާ. ތިޔައީ ލިބޭނެ އަދި ހޯދޭނެ ފައިސާއެއް ނޫން.
ކޮރަލް
27 April 2025
ރިސޯޓް ތަކަށް އަދަބު ދޭއިރު އެފައިސާ ދޭންވާނީ ޑޮަލަރުންނެވެ.
އެކްސްް
27 April 2025
ހަމަ ތިއާއެކު، މިގައުމުގެ ރަށްތަކާއި ފަޅުތައް ހިތުހުރި ގޮތަކަށް ނުވިއްކޭނެ ގޮތެއްވެސް ހަދަންއެބަޖެހޭ.
އަބާ
27 April 2025
ސުވާލަކީ ނެލިވަރު ފަޅުތެރޭ ކޯންޗެއް އޮވެގެންހޭ ހިމާޔަތް ކުރީ. ބަޔޮސްފިޔާ ދަށަށްގެންދިޔައީ. އަތޮޅު ތެރޭ އޮތް ހުރިހާ ފިނޮޅަކަށް ވެސް ރިސޯޓްތަކުން ގެސްޓުން ގެންގޮސް ނަފާ ހޯދާ. އާކަމެއް ނޫން. ބަޔޮސްފިޔާ އުވާލާފަ އަތޮޅުކައުންސިލް ދަށަށް ހަނިފަރު ވެސް ގެންދަންވީ. އެހެންޔާ ގެސްޓުންނަށް ބޮޑުމަހާ މަންތާ ދައްކާފަ އެނަގާހާ ލާރި އަކުން އަތޮޅު ރަށަކަށް ވާފައިދާ އެއް ނެތް.
އަފްރާސިޔާބު
27 April 2025
އަތޮޅު ކައުންސިލޭ ކިޔަންޏާ ތިޔަހުރިހާ ކައުންސިލުތަކެއް އުވާލާނަން. ނޫނީ ބޭނުން ނުހިފޭ ތަންތަނަށް ހަދާލާނަން.
ކަކުނިފަރު
27 April 2025
ކިޔޭނުކިޔޭ ނޭނގޭ ބޯގޯސް ކޮމެންޓް ވެސް މާ ގިނައީ
ހާއިސް ޕ
27 April 2025
ބަލަ އީޕީޢޭ މަގުމަތީ ހުންނަ ފުލާސްޓިކް ފުޅި މަދު ކޮށްބަލަ. މޫދަށް ދޯނި އަދި ބޯޓް ތަކުން އަޅާ ކުނި ހުއްޓުވަބަލަ.
ޕުރޮފިޓު ޓު ރިސޯޓު
27 April 2025
އަމުރަށް ނުކިޔަމަންވީމާ އަދި ޖޫރިމަނާކޮށް 5މިލިއަން ރުފިޔާ ނަގާ! އެހެންނޫނީ ތިވަނީ ރިސޯޓަށް ބޮޑު ފައިދާއަކަށް. އަނެއްކާ މިޤައުމުގެ ޙާލަތަކީ ބަޔަކު 'އެއްބަސްވެ' ސިޓީއެއް ފޮނުވީމައެއްނޫން ދޯ އެބައެއްގެ މައްޗަށް ޤާނޫނާ ޤަވާއިދު ތަންފީޒުވާންވާނީއަކީ!
ހުސެން ސައިޑު
27 April 2025
ނޭނގި ގާނޫނާ ގަވާއިދާ ހިލާފު ވުމާ އެނގިގެން ހުރެ ނުވަތަ އެނގީމާވެސް އެކަން ކުރުމުން ސޮނެވަ ފަދަ ތަނަކަށް މިވަރުގެ ޖުރިމަނާއެއް މި ވަރަސް ކުޑަ އަދަދެއް.