"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދިރާސާއަކީ ވަރަށް ބޭނުންތެރި ކަމެއް. އެ ބޭފުޅުން އަޅުގަނޑަށް މިހާތަނަށް ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި، މިހާރު ހަމައެކަނި ލޮލަށް ފެންނަ މައުލޫމާތުތަކަށް ބެލިޔަސް ރާއްޖޭގެ ކަނޑުތަކުގެ ދިރުން ރަނގަޅު."
ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ސަބްމާސިބަލްއެއްގައި ކަނޑުއަޑީގެ މަންޒަރުތައް ބައްލަވާލައްވަނީ: 270 މީޓަރު ފުނަށް ކުރި އެ ޑައިވްގައި ފެނުނު މަންޒަރުތަކުން މިނިސްޓަރަށް ހައިރާންކަން ލިބިވަޑައިގަތް -- ފޮޓޯ: ނެކްޓަން
03 އޮކްޓޯބަރ 2022 - 08:11
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ކ. ތުމްބަފުށީގެ ބޭރުން ކަނޑުއަޑިއަށް، އޮމެގާ ސީމާސްޓާ 2 ސަބްމާސިބަލްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ހެނދުނު ކުރެއްވި ދަތުރުގައި 200 މީޓަރު ފުނަށް ދެވެންދެން ހުރީ އުޅަނދުގެ އެއްވެސް ބޮތްކެއް ނުދިއްލަ އެވެ. އެއީ ގާތްގަނޑަކަށް ކަނޑުގެ އަޑިއަށް އިރުގެ އަލިކަން ލިބުން ހުއްޓޭ ހިސާބަށެވެ. އެ އުޅަނދުގެ ބޮކިތައް ދިއްލާލީ 270 މީޓަރު ފުނަށް ދިޔަ ފަހުންނެވެ. އެ އަލިކަމާ އެކު ފެނިވަޑައިގަތް މަންޒަރުން ޝައުނާއަށް ލިބިވަޑައިގަތީ ބޮޑު ހައިރާންކަމެކެވެ.
"ބޮކިތައް ދިއްލާލީމާ ވަރަށް ތަފާތު މާހައުލެއް ފެނުނީ. އަޅުގަނޑުމެންނަށް އާންމުކޮށް ރާއްޖޭގެ ފަރުތަކަށް ޑައިވްއަކަށް ދާއިރު ފެންނަ މާހައުލާ މުޅިން ތަފާތު މާހައުލެއް ފެނުނީ،" އެ ޑައިވް ފެށިތާ ބައި ގަޑިއިރެއްހާއިރު ފަހުން ފެނުނު މަންޒަރު މިނިސްޓަރު ސިފަކޮށްދެއްވި އެވެ.
"ހުރީ ކުދިކުދި ވަޅުގަނޑު ކަހަލަ ގޮތަކަށް ޖެހިފައި ހުރި ތަންތަން. ރޮކީ ސްޓްރަކްޗާއެއްގެ މައްޗަށް ސެޑިމެންޓް އެޅިފައި ހުންނަ ކަހަލަ ގޮތަކަށް. ފުރަތަމަ ބަލާލާއިރަކު ހިޔެއް ނުވޭ [އެތަނުގައި] އެއްވެސް ކަހަލަ ދިރުމެއް ހުރިހެނެއް. އެކަމަކު ސަބްމާސިބަލް ކައިރިކޮށްފައި، އަލި އަޅުވާލީމަ ވަރަށް ރީތިކޮށް ފެނޭ [ދިރުންވާކަން]."
At around 250 m, we saw many 🦀 , 🦞, 🐙 pic.twitter.com/ButhVPmMU5
— Shauna Aminath 🎈❓ (@anuahsa) October 2, 2022
މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަނުގެ އެކި ދިމަދިމާލުގައި އެކިވަރުގެ ކަކުންޏާއި އިއްސާއި އަދި ވަރަށް ގިނަ ބޯވަ ވެސް އުޅުނެވެ.
ކަނޑުގެ 250 އަދި 270 މީޓަރު އަޑިން ސާމްޕަލްތަކެއް ނަގަން އިއްޔެ ކުރި އެ ދަތުރުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތީ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާކުރާ އިނގިރޭސިވިލާތުގެ "ނެކްޓަން" އިން ދެއްވި ދައުވަތަކަށެވެ. މިނިސްޓަރާ އެކު އެ ދަތުރުގައި ބައިވެރިވީ ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު އާއި ސަބްމާސިބަލް ޕައިލެޓް ބެރީ މެކްގޮވަން އެވެ.
ސަބްމާސިބަލްއެއްގައި ކަނޑުއަޑީގެ ބައެއް ސާމްޕަލްތައް ނެގުމަށް ކުރި ދަތުރެއްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ: މިނިސްޓަރާ އެކު އެ ދަތުރުގައި ބައިވެރިވި ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު އާއި ސަބްމާސިބަލް ޕައިލެޓް ބެރީ މެކްގޮވަން -- ފޮޓޯ: ނެކްޓަން
އެ ޑައިވްގައި ދާން ނިންމި އެންމެ ފުނަށް ދިއުމަށް ފަހު، މައްޗަށް ޖެހިލައި 120 މީޓަރަށް ދިއުމުން ފެނުނީ ކުރިއާ ތަފާތު މާހައުލެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިސާބު އޮތީ ތެދަށް ރާނާފައި އޮންނަ ބޮޑު ފާރެއްގެ ގޮތަށެވެ.
ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: 120 މީޓަރު އަޑީގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާނާފައި އޮންނަ ބޮޑު ފާރެއް ކަހަލަ ގޮތަކަށް އޮންނަ ތަނެއް.
"އެ ހިސާބުން ތަންކޮޅެއް ކުލަތަކާ އެއްޗެހި ފެންނަން ފެށި. ރަތް ކުލަ އާއި ހީވަނީ ސްޕޮންޖު ނުވަތަ އަލްގީ ކަހަލަ އެއްޗެއްހެން. އެތަނުން ފެނުނު ސޮފްޓް ކޮރަލްސްއާ އެއްޗެހި ވެސް ތަންކޮޅެއް ގިނައިން. އަދި ތަންކޮޅެއް އަޑިން ފެނުނު ވަރަށް ބޮޑު ރޮކީ ސްޓްރަކްޗާސް ނުވަތަ ވަރަށް ބޮޑެތި ގާތަކެއް ވެސް. އެެއީ އާންމުކޮށް ރާއްޖޭގައި [ތިލަ ހިސާބުތަކުން] މި ފެންނަ ގާތަކާ ވަރަށް ތަފާތު ގޮތަކަށް ހުންނަ ގާތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"ބައިވަރު މިޔަރާއި މަންޓާރޭއަކާއި ކަޅުބިލަ މަސް ވެސް ދުށިން."
ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މި ފޮޓޯގައި ފެންނަނީ ކަޅުބިލަ މަސްތަކެއް.
އެތަނުން ބައެއް ސާމްޕަލްތައް ނެގުމަށް ފަހު، ތަންކޮޅެއް މައްޗަށް ޖެހިލުމުން ފެނުނީ "ޓެރަހެއް" ގޮތަށް އޮންނަ ބޮޑު ސަރަހައްދެކެވެ. އެތަނުގައި އެކި ވައްތަރުގެ މުރަކަތަށް ހެދިފައި އޮތެވެ. އެކި ބާވަތުގެ މަސްތައް ވެސް އެތަނުގައި އުޅެ އެވެ.
މީގެ 20،000 އަހަރު ކުރިން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ އުސްމިން ހުރި ހިސާބު ކަމަށް ބުރަވެވެނީ، މިހާރު ކަނޑުގެ 120 މީޓަރު އަޑި އެވެ. ނެކްޓަން މިޝަންގެ ބައެއް ދިރާސާވެރިންނާ ހަވާލާދެއްވައި މިނިސްޓަރު ވެސް ވިދާޅުވީ އެއީ ރާއްޖޭގެ ކުރީގެ އެއްގަމުގެ ސަރަހައްދަށް ވުން އެކަށީގެންވާ ކަމަށެވެ. މި ދިރާސާގައި އެ މައުލޫމާތު ޔަގީންކުރެވޭނެ އެވެ.
އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަކީ ފަރުބަދަތަކެއްގެ ގޮވައިގެން އޭގެ މަތީގައި އުފެދިފައި އޮތް ކުދިކުދި ރަށްތަކެއްކަން. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިއީ ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގެ ތިރީގައި އޮތް މާހައުލު އޮންނަ ގޮތަކީ: މިނިސްޓަރު ޝައުނާ
ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެންނަނީ "ޓެރަހެއް" ގޮތަށް އޮންނަ އެ ބޮޑު ސަރަހައްދުގައި ހެދިފައިވާ މުރަކަތައް.
"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަކީ ފަރުބަދަތަކެއްގެ ގޮވައިގެން އޭގެ މަތީގައި އުފެދިފައި އޮތް ކުދިކުދި ރަށްތަކެއްކަން. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިއީ ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގެ ތިރީގައި އޮތް މާހައުލު އޮންނަ ގޮތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޑައިވްގައި މިނިސްޓަރު އަމިއްލަ އަށް ނެންގެވި ބައެއް ފޮޓޯތައް ޓުވިޓާގައި ހިއްސާކުރެއްވި އެވެ. އޭގެ ތެރެއިން، 250 މީޓަރު އަޑިން ނަންގަވާފައިވާ ފޮޓޯއެއްގައި ފެންނަނީ ވަޅުޖެހިފައި އޮތް ނެސްލޭ ކޮފީ ދަޅެކެވެ.
At this depth also saw one empty can of Nescafé. Reminding us how ocean pollution is destroying our marine environment. pic.twitter.com/NhtRLf3K06
— Shauna Aminath 🎈❓ (@anuahsa) October 2, 2022
"120 މީޓަރު އަޑިން އަޅުގަނޑު ދެކުނިން ގޯންޏެއްގެ ކުޑަކުޑަ ތަންކޮޅެއް ވެސް، ފޮއިލްކޮޅެއްގެ ތަންކޮޅެއް ވެސް،. ހުދު ކުލައިގެ ޕްލާސްޓިކް ކޮތަޅަކާއި އަދި ދެ ނާށި ވެސް ދެކުނިން،" މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑުއަޑިން ފެނުނު އެ ކުނިބުނީގެ ސަބަބުން ހަނދާން އާކޮށްދިނީ އޯޝަން ޕޮލިއުޝަންގެ ސަބަބުން ކަނޑުގެ ދިރުންތައް ހަލާކުވެގެންދާ ދިއުން ކަމަށް ވިދާޅުވި އެވެ. އެ ފޮޓޯތަކަށް ބަލައި، އެއީ އެންމެން ވެސް ވަރަށް ފުންކޮށް ވިސްނާލަންވީ ކަމެއް ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ރިސާޗު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނެކްޓަން
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އަދި ފެށުމެކެވެ. އަންނަ ހުކުރު ދުވަހު މި ދިރާސާގެ އަމަލީ މަސައްކަތް ނިމުނަސް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވެސް، މި ހޯދުނު މައުލޫމާތުތަކާއި އެއްކުރެވުނު ސާމްޕަލްތައް ތަހުލީލުކުރުން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑާ ގުޅޭ ގޮތުން މީގެ ކުރިން އެނގިފައި ނުވާ ވަރަށް ގިނަ މައުލޫމާތުތައް މި ދިރާސާގެ އަލީގައި އެނގިގެންދާނެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [މި ދިރާސާއަކީ] ވަރަށް ބޭނުންތެރި ކަމެއް. އެ ބޭފުޅުން އަޅުގަނޑަށް މިހާތަނަށް ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި، މިހާރު ހަމައެކަނި ލޮލަށް ފެންނަ މައުލޫމާތުތަކަށް ބެލިޔަސް ރާއްޖޭގެ ކަނޑުތަކުގެ ދިރުން ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.
We spotted sharks, manta rays, tuna. pic.twitter.com/vg3JM9db7w
— Shauna Aminath 🎈❓ (@anuahsa) October 2, 2022
"އެޓްލާންޓިކް ކަނޑުން ފެންނަ ބައެއް ދިރުންތައް، ރާއްޖޭގެ ކަނޑުން ވެސް ހޯދިފައި އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވޭ. އެހެންވީމަ އޭގެ މާނައަކީ ވަރަށް ބޮޑަށް ގުޅި، ލާމެހިފައި އޮތް އެއް ސިސްޓަމެކޭ ދުނިޔޭގެ ކަނޑަކީ."
ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމަށް އެންމެ މުހިންމީ ކަނޑުގެ ވަސީލަތްތައް ކަމަށް ވާތީ، މި ކަނޑުގެ މާހައުލު އޭގެ ގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. މި ދިރާސާ އަކީ އެ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިބުރި
08 October 2022
ޝައުނާ އަކީ ސަރުކާރު ބަޖެޓުން ފައިސާ ނަގާގެން ދަތުރު ކުޜާ މީހެއް މުޅި ދުނިޔޭގަ.ބޭކާރު މީހެއް
ވަކީލްް
04 October 2022
އަހަރެމެންގެ ދިވެހިންގެ ހާލު ފެނި ފެންކަޅިވެއްޖެެއެވެ. ސިޔާސީ މީހުންނަށް މިމީހުންގެ ވިސްނުން އެނގެއެވެ. އެކަމުވެ ފައިދާ ނަގައިގެން އެމީހުން އެއުޅެނީ ދުނިޔެ ކުޑަކުރުމުގައެވެ.
އާއެކޭ އާއެކޭ
04 October 2022
ވަރަށްފުރިހަމަ އަދި ހިތްޤަޢިމު ވާހަކައެއް. ހީވީ އަހަރެމެން ކުޑައިރު އަޑުއަހާ މިޢުރާޖް މާލޫދުހެން
ބޮޑުމީހާ
04 October 2022
މިވެރިކަމަށްވެސް 4 އަހަރުފުރި ވެރިކަން ނިމެމުންދާއިރު ހީކުރެވުނު ގޮތާއި ޚިލާފަށް ހުރިހާ ކަމެއް ދަނީ.........
ހިތާމަ ހުރި
04 October 2022
މި ލިޔުމައް ކޮމެންޓް ކުރި ގިނަ ކުދިން ކޮޅު ސިކުޑީގެ ހާލަތު ވަރައް ދައްފެންވަުރު. ފާހަގަ ކުރޭވޭރައް ނޭގޭ ކަންތަކައް ފާޑު ކިޔާ ހެދިފަ އެބަހުރި. މިލިޔުމައް ކޮމެންޓް ކުރި ގިނަ ކުދިން ކޮޅައް ނަފުސާނީ އެކި ބަލިތަކައް ބޭސްފަރުވާ ބޭނުންވޭ. މިކުދިންކޮޅު ގެ ސަބަބުން މުޖުތަމައު ކިލަބު ވާނެކަމީ ސައްކެއް އޮތްކަމެއް ނޫން. އިލްމީމީހުން މިކަމައް ފުންކޮއް ވިސްނުން މުހިންމު. ޖީލެއްގެ ގިނަބަޔަކު މަގުއޮޅި މިޔޮއް ހަލާކުވަނީ. މި ހާލަތުގަ ވެރިން ދެބޯގެރި ދުއްވަނީ.
ކައްޕިތާނު
04 October 2022
އަދި އެއް މަހާ ޖައްރާފަ ގެނެސް ބިން ހިއްކަން ވެލި ނަގަން ތިޔައިން ތަނަކުން ޕަންޕު ޖައްސާލީމާ އެ ހޮޅިން ދެމިގެންދާނެދޯ ތިޔަ ފެންނަ ކަކުނިތަކާ އެއްޗެހި ރާސްލާފަ. ބެފޯ އެންޑް އާފްޓަރ ޑައިވެއް ކޮއްލަންފެނޭ އެކަމަށް ވެލިނަގާ ހިސާބަކުން.
އިބު
04 October 2022
ޖައްރާފުގެ ފޫޅުގަނޑުގަ ހުންނަނީ 18 މީޓަރޯ ކިހިނެއް 250 މީޓަރު އަޑިން އެސޮރަށް ކޮނެވޭނީ
މަހާ ޖައްބާރު
04 October 2022
އޭ ކަމެއްވާއިރަށް ކީއްވެ މަށާ އަޅައިގަނެގެން ތިޔަ އުޅެނީ
މަހަމަ
04 October 2022
ފޮނިކަނޑެއްވެސް ތީބޮޑުވަރު، ތިދިޔަތަނެކޭ މަމެންރަށުވިލު 5މީޓަރ އަޑިއައެރި ރޭގަނޑުބޮކިދިއްލާލީމާ ފެންނަކޮތާ އެެއްވެސް ތަފާތެއްނޫން.
ދޮގޭދޮގޭދޮގޭ
03 October 2022
ކަނޑުގެ 200 މީޓަރު އަޑިއަށް ދެވޭނީ އެކަމަށް ޚާއްސަ ކޮށް ހަދާފައި ހުންނަ މިލިޓަރީ ސަބްމެރިން ތަކަށް އެކަނިއޭ ވޭލް ސަބްމެރިން އަށް ވެސް ނުދެވޭ 20 މީޓަރު އަޑިއަށް 200 މީޓަރު އަޑިއަކީ އެއީ ވަރަށް ވަރުގަދަ ޕްރެޝަރ އެއް ހުންނާނެ އެކަމަށް ޚާއްސަ ތަމްރީން ތަކެއް ހަދާ އަދި އެތައް ޓެސްޓަކަށް ފަހު ނޫނީ ނުދެވޭނެއޭ މިސާލު އެފެންނަނީ މިލިޓަރީ ސަބްމެރިން ތަކުން ދެން 200 މީޓަރު އަޑިން ފޮޓޯ ނެގުމަކީ އެއީ ވެސް ވާނެ ކަމެއް ނޫނޭ އެވެސް ތިމާވެށި މިނިސްޓަރޭ ހަދަނީ
ހެހެ
04 October 2022
ކަލޭ ތީ މޮޔައެއް!
ފެނޭތޭތޭ
04 October 2022
ރާއްޖޭގައި އުޅޭ މަމޮޅުހެދޭ މީހުންވެސް. އެގޭއެއްޗެއް އަދި ނޭގޭއެއްޗެއްވެސް ނޯންނާނެ. ކޮމެންޓްކުރީ އޭގެ ޕްރޮފެސަރެއް ކަމަށް ބެލެވެނީ. ކޮންމެވެސް ވަރަކަށް ބުއްދީގެ ބޭނުންކުރުން މުހިއްމު
ތަމެންނަށްދޯ
03 October 2022
މިނިސްޓަރު ޝައުނާ 270 މީޓަރު އަޑިއަށޭ ތިޔާއީ އެއްވެސް ގޮތަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނޭ 200 މީޓަރު އަޑިއަށް ދެވޭނީ ސަބްމެރިންސް ތަކަށޭ ތިޔާއީ ކަނޑައެޅިގެން ގަބޫލުކުރެވޭނެ ކަމެއް ނޫނޭ ތިޔާއީ ރޯ ބުހުތާނު ދޮގާއިއޭ ވައްތަރީ ސަބަބަކީ ތިޔާ ކަމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 100 މިިލިއަން ޑޮލަރު ތަޅާ ބުރުއްސާލިއޭ އައްޑޫ ޝައުނާ ބޭނުން ވުމުން އެކަމަކު ހިޔާ ފްލެޓްސް ތަކުގެ ވަށައިގެން ކުނި ފުނި ޖަހާ މެހިން މުޅި ތަން ތަށްތެޅިފައި އެކަން ނުފެނެއޭ
ހިޔާލީ އަލީ
03 October 2022
މިތަނުގަ ކޮމެންޓުކުރާ މި ހަގީގަތްތައް ގަބޫލުނުކުރާ ބައިގަނޑު ގޮވައިގެން ތިޔަ އެތި 300 މީޓަރަށް އަޑިއަށް ގެންދަން ފެނޭ. މިމީހުންނަކީ ޔަހޫދީން ގޮތަށް ލޮލަށް ފެނުނީމަވެސް އެއްޗެއް ގަބޫލުކުރާ ބައެއްނޫން، ކަނޑުގެ އަޑިއަކަށް ނުދޭވޭނޭ 300 މީޓަރަށް ނުދެވޭނޭ ސަތޯ ރަހަ އެއް ނުފެންނާނޭ، ޖައްވަށް ނުދޭވޭނޭ ދެން ކީއްވެބާ ޓެކްނޮލޮޖީ ބޭނުން މިކުރަނީ، ސްމާޓު ފޯނާއި އިންޓަނެތާއި ކޮމްޕިއުޓަރު ބޭނުން ނުކޮށް ގޯނި އަނދެގެން ވަލުތެރޭގަ އުޅޭނަމަ
ބުރާންޗް
03 October 2022
ޢެއީ ހަމަ އެވެރިންގެ ގަމާރުކަން. ސްމާރޓްފޯނުންނާއި ކޮމްޕިއުޓަރުތަކުން މިކަހަލަ ތަންތަނުގައި ކޮމެންޓްކުރާއިރު ހިތަކަށް ނުވަދޭ ޓެކްނޯލޮޖީއާއި ސައިންސްކުރިއަރައިގެން ގޮސް މިފަދަކަންކަން ކުރެވޭ ކަން. އެކަހަލަ މީހުންނަށް ފެންނާނީ ނޭފަތުގެ ކޮޅާއި ހަމައަށް.