ޚަބަރު / އުމުރުން ދުވަސްވީ މީހުން

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، އަދިވެސް މުރާލި ވިސްނުމުގައި

އަލީ ހުސެއިން: އޭނާއަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ މީހާ.

ހަނދާން ބަލިވެއްޖެ އެވެ. ގާތްތިމާގެ މީހުން ވެސް ވަކިކުރާކަށް މާ ރަނގަޅަަކަށް ނޭނގެ އެވެ. ކަންފަތް ކައިރީގައި ބާރު އަޑުން މިއީ މިވެނި ގެއެއްގެ މީހެކޭ ބުންޏަސް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ދެތިން ޖުމްލައެއް އެއްފަހަރާ ބުނެލުން ފިޔަވައި މާގިނަ ވާހަކަ ދެއްކުމުގެ ހިތްވަރެއް ނުހުރެ އެވެ.

އުމުރުން 109 އަހަރު ފުރި، މުސްކުޅި ބަލީގައި އުޅެން ޖެހިފައިވިޔަސް ސ. ހިތަދޫ، މަންޒަރު، އަލީ ހުސެއިނަށް ދޫނުކޮށްލެވެނީ އޭނާގެ މުރާލި ކަމެވެ. ކޮންމެ ދުވަހަކު ވެސް މަސައްކަތެއް ކޮށްލަން ބޭނުންވެ އެވެ. ގޭގެ ވަލުތެރެއަށް ވަދެ ގަސްތަކުން ވެއްޓިފައި ހުންނަ ފަތްތައް ހޮވަން ވިޔަސް އެއީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެކެވެ.

އެ އުމުރުގައި، ސިއްހީ ގޮތުން ބަލާ ނަމަ ވެސް ހެލިފެލިވެ އުޅުން އެއީ ރަނގަޅު ކަމެކެވެ. އޭނާގެ އަމަލުތައް ހުރީ އެ ދުޅަހެޔޮކަމާ ދިމާލުގަ އެވެ.

އަލީ ހުސެއިން ދަރިއަކާ އެކު ނަގާފައިވާ ފޮޓޯއެއް: އަދިވެސް އޭނާގެ ކިބައިން ފެންނަނީ ޒުވާން އިރުގެ މުރާލިކަން ކަމަށް އާއިލާ އިން ބުނޭ.

"ޒުވާން ދުވަސްވަރު ވަރަށް މަސައްކަތްކުރި. އެންމެ ވަގުތެއް ވެސް ކަމެއް ނެތިފައި ހުންނާކަށް ބޭނުމެއް ނުވާނެ. އާއިލާ ބިނާކުރަން، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ވަރަށް ބޮޑެތި ގުރުބާނީތަކެއްވި،" އަލީ ހުސެއިންގެ ހަތަރު ވަނަ ދަރިފުޅު، މުހައްމަދު އަލީ ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ އަލީ ހުސެއިންގެ ނުވަ ކުދިން ދުނިޔޭގައި އެބަތިއްބެވެ. ފުރަތަމަ ކައިވެނި މަތީގައި ދެމިހުރިއިރު، އަންހެނުން ބޮޑު ބައްޔެއްގައި އެނދުމަތިވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު އެ ލޯތްބަށް އަދިވެސް ބަދަލެއް ނާދެ އެވެ.

ބަލި މަންމަގެ ހުރިހާ ކަމެއް، ކޮންމެ ދުވަހަކު ކޮށްދެމުން އަންނަނީ ހަ އަންހެން ދަރިންނެވެ.

ކާފަ ކުދިންގެ އަދަދު 50 އަށް ވުރެ ގިނަވާނެ އެވެ. މުނިކާފަ ކުދިން ވެސް އެހާ ގިނަ އެވެ.

"ހަގީގަތުގައި ދަރިން ވަރަށް ރަނގަޅު. ފިރިހެން ކުދިންގެ އެހީގައި މަންމަ ތެދުކޮށްދިނީމަ އަންހެން ދަރިން ފެންވަރުވައި ހުރިހާ ކަމެއް ގަވައިދުން ކޮށްދެނީ. މިއީ ވަރަށް އުފާވެރި މަންޒަރެއް އާއިލާގެ ތެރެއިން ފެންނަ،" މުހައްމަދު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އުމުރުން ދުވަސްވެ ދަރިންގެ އަޅާލުން ބޭނުންވި ދުވަހު މަންމަ އާއި ބައްޕަ ބެލުމަކީ ވަކި މީިހެއްގެ ޒިންމާއެއްގެ ގޮތުގައި އެއްވެސް ދަރިއަކު ނުދެކެ އެވެ. މައިންބަފައިން ބަލަން ޖެހިގެން އުފެދޭ ހިޔާލުތަފާތުވުމާއި އަރައިރުންވުމެއް ވެސް އެ އާއިލާގެ ތެރެއަކު ނޯންނަ ކަމަށް އޭނާ ކިޔައިދިނެވެ.

އެ އާއިލާގެ ބަދަހި ގުޅުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަލީ ހުސެއިނާއި އޭނާގެ އަންހެނުންނަށެވެ. ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ޒިންމާ ކޮނޑަށް ލައިގެން ކޮންމެ ދުވަހަކު އެތައް ބުރައެއް އުފުލި އެވެ.

"ނަމާދުކުރަން، އަބަދުވެސް ހަނދާންކޮށްދީ ނަސޭހަތްދޭނެ، ބައްޕަގެ ދަރިން ރަނގަޅު ގޮތުގައި ދިރިއުޅުން ނޫން ކަމެއް ބޭނުމެއް ނުވޭ،" މުހައްމަދު ބުންޏެވެ.

އަމިއްލަ މަސައްކަތުން އަލީ ހުސެއިން ވަނީ ދަރިންނަށްޓަކައި ތިން ގެ އަޅައިފަ އެވެ. ފުރަތަމަ ވަރަށް އާދައިގެ ގެއެކެވެ. ކުދިން ނިންދެވީ ހިޔާކޮށް، ހޯލެއްހެން ހުރި ތަނެއްގަ އެވެ. ފަހުން އަނެއްކާވެސް އެއަށް ވުރެން ފެންވަރު ރަނގަޅުކުރުމަށް ފަހު ތިން ވަނަ ގެއެއް ވެސް ދަރިންނަށްޓަކައި އިމާރާތްކުރި އެވެ.

އައްޑޫގައި އިނގިރޭސިން ތިބި އިރު އަލީ ހުސެއިން ފުރަތަމަ ވަޒީފާ އަދާކުރީ ލޭބަރެއްގެ ގޮތުގައި އެ މީހުންނަށެވެ. ގެއިން އަބޫހެރާ އަށް ހަ ކިލޯ މީޓަރު ހިނގަން ޖެހެ އެވެ. މެންދުރެއްހާ އިރު ގެއަށް އައިސްފައި އަނެއްކާވެސް ދުވަސް ނިމެނީ ހިނގާފައި އެ ސަރަަހައްދަށް ގޮސް މަސައްކަތުގައި އުޅެނިކޮށެވެ.

އާމްދަނީ ހޯދަން ފަހުން ކުރަމުން އައީ، ރާވެރިކަމެވެ. ރުކުން ރާބާލައި ވިއްކުމެވެ.

އަލީ ހުސެއިން ދަރިންނަށް ދަސްކޮށްދިން އެންމެ މުހިއްމު ފިލާވަޅަކީ، ދެ އަތް އުރާލައިގެން ނުތިބެ ހަލާލު ގޮތުުގައި އާމްދަނީ ހޯދަން ޖެހޭ ކަމެވެ. ރަނގަޅު ދިރިއުޅުމެއްގެ މިސްރާބު އޮތީ އަމިއްލަ މަސައްކަތުން ކަމެވެ.

އޭނާގެ އެންމެ ދުރު ހަނދާންތަކަށް ދަރިންނަށް ކިޔައިދީފައި އޮތީ އައްޑޫގައި އިނގިރޭސިންގެ ދުވަސްވަރު ހިނގި ކަންކަމެވެ. އެ ވާހަކަތަކުން ފެންނާން އޮތީ، އަލީ ހުސެއިންގެ ވަރުގަދަ އަޒުމާއި ހީވާގި ކަމާއި މުރާލި ކަމެވެ.

"އެ ދުވަސްވަރަށް ބަލާ ނަމަ ވެސް ދަރިންނަށްޓަކައި އެއީ ވަރަށް ބޮޑު ގުރުބާނީއެއް. މީހުންނަށް ވެސް އެހާ ހެޔޮވާނެ، ގުޅުން ބާއްވާނެ،" މުހައްމަދު ކިޔައިދިނެވެ.

އެ ހުރިހާ ކަމެއްގެ ހަނދާން ބަލިވެފައި ވިޔަސް ބައްޕަ ދުނިޔޭގައި ހުރުމަކީ އެ އާއިލާގެ ވަރަށް ބޮޑު އުފަލެކެވެ.

"ދަރިންނާއި މާމަ ދަރިން، މުނިމާމަ ދަރިން ވެސް ނަމޫނާއެއް ބައްޕަގެ ދިރިއުޅުމަކީ."

20 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުމް

05 October 2022

ކާބަފައިންގެ މުރާލިކަން އަދުގެ ދިވެހި ޒުވާނުންނަށް ވާރުތަނުކުރި

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

06 October 2022

އެއީ މައިންބަފައިންގެ މައްސަލައެއް.ފެންފުޅިން ފެންބޯ ތައްޓަށް ފެން އަޅަން ވެސް ޖެހެނީ މަންމައަށް.ކައި ނިންމާފަ ތަށި ދޮވެލަން ނުކެރޭ އަދުގެ ގިނަ ކުދީންނަށް.ކުދިން ލައްވާ ގިނަ މައިންބަފައިން މަސައްކަތް ނުކުރުވާ.މިހެންވުމުގެ ސަބަބުން ބޮޑެތިވެ މީހުންނާ އިނީމަ ވެސް ޒިންމާދާރުވާން ނޭނގޭ.މިއީ އަދުގެ ސޮސައިޓީން ވިސްނާލަން ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް.

The name is already taken The name is available. Register?

މަނިކުބޭގެކަޅުޗީ

05 October 2022

ހަމަތެދެއްމިބުނީ މިލިޔުން ކިޔާލިއިރު ވަރަށް އަސަރުކުރި. އުފާވެރިކަމެއް ކަމެއް އިހުސާސްކުރެވުނު. މަދުންނަމަވެސް އަދިވެސް މައިންބަފައިން ދެކެ ލޯބިވާ އެމީހުންގެ ހައްގުގައި ހިދުމަތްކުރާ މީހުން އެބަތިބިކަން އެގުނު. ވަރަށް ހިތްގައިމު އާއިލާއެއް ތިޔައީ..

The name is already taken The name is available. Register?

ވަކީލްް

05 October 2022

އުފާވެެރިކަން ގެނުވި ލިޔުމެކެވެ. ތަރިންގެ ތަރުބިއްޔަތަށް ކުރި މަސައްކަތެވެ. އާއިލާއެއްގެ ގުޅުމެވެ. މައިން ބަފައިންނަށްޓަކައި ދަރިން ވާ ގުރުބާނީއެވެ. ނަމޫނާ އާއިލާއެކެވެ.

The name is already taken The name is available. Register?

ޖުހާނާ

05 October 2022

ވަކީލޫ. ތަރިންގެ ތަރުބިއްޔަތެއް ނޫން. ދަރިންގެ ތަރުބިއްޔަތު.

The name is already taken The name is available. Register?

މާނަ

05 October 2022

މުރާލި ވިސްނުމުގެ މާނައަކީ ކޮބާ ބާ؟

The name is already taken The name is available. Register?

ވެދާނެ

06 October 2022

މުރާލި ވިސްނުމަކީ، މާ ގިނައިރު މަޑުމަޑުން ކަމެއްނުކޮށް ހުންނަން ހިތްހަމަނުޖެހި، އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލުމުގެ ވިސްނުމުގަ ހުރެ ކޮންމެވެސް ކަމެއްކޮށްލުމުގެ ވިސްނުންކަމަށް ވެދާނެ. އެންމެންގެ ބޭނުން އެކި ގޮތަށް އެކި ވަގުތަށް މިދުނިޔެމަތީގަ ލައްވަވާފަވާނެކަމަށް ވެދާނެއިރު ވެއްޓިފަ ހުރި ފަތްކޮޅެއް ހޮވާލުމަކީ އެވަގުތު ދުނިޔެއަށް އެމީހާގެ ފަރާތުން ލިބެންވީ ޚިދުމަތްކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 October 2022

03 ވަނަ ފޮޓޯގަ ބޭބެ ތުރުކުރައްވައިގެން އިންނެވި ގަމީސްކޮޅު އެއީ ޒަމާނީ ކުދިންގެ ފޭރާން.އެހެންވީމަ ބޭބެ އެއީ އެންމެ ފަހުގެ ފެޝަނަށް ލޯބިކުރައްވާ ބޭބެއެއް.ވ.ވެދުން

The name is already taken The name is available. Register?

އައްޑު އަތޮޅުން އުފެދުނު ޖަވާހިރެއް

05 October 2022

ﷲ، ޢަލީ ޙުސެންގެ ޢުމުރުގައި ބަރަކާތް ލައްވައި، ޢާއިލާއަށް ހެޔޮ ރަޙްމަތް ލައްވާށި! آمين، އައްޑޫގެ ހުރިހައި ބެލެނިވެރިންވެސް މި ބޭބެ ފަދައިން ދަރިން ތަރުބިއްޔަތު ކުރާ ނަމަ، ކިހައި ރަނގަޅުވީސް ހެއްޔެވެ!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 October 2022

ބޭބެގެ އުމުރު ދިގުކުރައްވައި ހެޔޮ ސިއްހަތެއްގަ ލަހައްޓަވާށީ.އާމީން.

The name is already taken The name is available. Register?

hasan

05 October 2022

އަޅުގަޑު މެންގެ ތެރޭގައި އުމުރުން ދުވަސްވީ ބެފުޅުން އުލޭކަމީ ވަރަށް ބޮޑު ހިތްހަަަަމަ ޖެހުމެއް ގެނުވާ ކަމެއް . ކުރީގެ ޒަމާނުގެ އެއްވެސް އެއްޗެއް ހަދާން ހުންނާނެ ބާއެ ހިތައް އަރާ . . .

The name is already taken The name is available. Register?

ނިލާމް

05 October 2022

109 އަހަރުގެ މީހެއްގެ އެންމެ ދުރު ހަނދާނަކަށް އިނގިރޭސިން އައްޑޫގަ އުޅުނު ދުވަސްވަރުގެ ކަންކަން ހުރީމަ ހާދަ ފަހުގެ ހަނދާންތަކޭ ތިހިރީ....

The name is already taken The name is available. Register?

ޑެބީ

05 October 2022

އޭގެ ކުރިން މީހަކު ހަނދާން ހުންނަވަރުގެ ކަމެއް އައްޑޫގަ ނުވަނީހެން ހީވަނީ.

The name is already taken The name is available. Register?

ތާއީދު

05 October 2022

ހީވާގޮތުން 20 އަކަށް އަހަރުގެ އެރާއެއް އެބައުޅޭ. އުމުރުން 80 އަށް އައިސްތިބި މީހުން އިނގިރޭސީންނަށް ޚިދްމަތްކުރި ވާހަކަތައް ކިޔައިދޭ.

The name is already taken The name is available. Register?

އެސްޓުރާ

09 October 2022

އިނގިރޭސިން ފޭބީ 1976 މާރިޗު މަހު (އަދި މިވީ 46 އަހަރު) ތިޔައީ އިހައްދުވަހުގެ ކަމެއްނު. އަނެއްކާ އަދުރެމެޓީކްސްތަ!؟

The name is already taken The name is available. Register?

ލަތީ

05 October 2022

އަޅުގަނޑުދަންނަ މީހެއް އަދި ވީ 70 ވަރު އެކަމަކު 50 ހަކަށް މާމަދަރިން އެބަތިބި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454