ޚަބަރު / ނެކްޓަން މޯލްޑިވްސް މިޝަން

ނެކްޓަންގެ ސާވޭ ނިމުމަކަށް: ރާއްޖޭގެ ހިކިފަސް ބިމާ އެއްވަރު ކަނޑު އަޑީގެ ސަރަހައްދެއް ޗާޓު ކުރި

ނެކްޓަން މޯލްޑިވްސް މިޝަންގައި ސަބްމާސިބަލްގައި ކަނޑު އަޑިއަށް ދަތުރުކޮށްގެން ނަގާފައިވާ ފޮޓޯއެއް: އެ ސާވޭގެ މަސައްކަތް ނިންމާލާފައިވާއިރު ދެން އޮތީ އެއްކުރި މައުލޫމާތު ދިރާސާ ކުރުމުގެ މަރުހަލާ -- ފޮޓޯ: ނެކްޓަން މޯލްޑިވްސް

ރާއްޖޭގެ ހިކިފަސް ބިމުގެ ސަރަހައްދާ އެއްވަރުގެ ސަރަހައްދެއް ކަނޑު އަޑިން ޗާޓުކޮށް، މުހިންމު މައުލޫމާތުތައް އެއްކޮށް، ނެކްޓަން މޯލްޑިވްސްއިން ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރަން ހެދި ސާވޭގެ މަސައްކަތް ނިންމާލައިފި އެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން ނެކްޓަންއާ ގުޅިގެން "އާރްވީ އޮޑެސީ" ކިޔާ ބޯޓެއްގައި ކަނޑަށް ފައްތާ ސަބްމާސިބަލްގައި ސައިންޓިސްޓުން ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގެންގޮސްގެން އެ ސާވޭ ހަދަން ފެށީ ސެޕްޓޭމްބަރު މަހުގެ ކުރީކޮޅެވެ. އެ މަސައްކަތް ފެށީ، މުޅިން އަންހެން އެކުއާނޮޓުންގެ ޓީމަކާއެކު، ލ. އަތޮޅު ބޭރަށް ސަބްމާސިބަލްގައި ކުރި ދަތުރަކާއެކު އެވެ. އެ ދަތުރުގައި ލީޑު އެކުއާނޮޓުންނަށް ތިބީ ދެ ދިވެހީންނެވެ.

ސާވޭގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، އެކަމާ ގުޅިގެން މައުލޫމާތު ދިިނުމަށް މިއަދު ރައީސް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި ނެކްޓަންގެ ސޯއީއޯ އޮލިވާ ސްޓީޑްސް ބައިވެރިވެވަޑައިގެންނެވި އެވެ. ނެކްޓަން ރާއްޖެއަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި، އިނގިރޭސި ހައި ކޮމިޝަނަރު ކެރަން ރޮސްލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓު މުހައްމަދު ޝިމާލް އާއި އާއި ޕްރިންސިޕަލް ސައިންޓިސްޓް ޑރ. ލޫސީ ވުޑްވޯލް ވަނީ ސާވޭގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ.

ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރާ ސަބްމާސިބަލް ކަނޑަށް ބާލަނީ: އެ އުޅަނދުގެ ފުރަތަމަ ޑައިވްގައި ކަނޑަށް ފޭބީ ދިވެހި އެކުއާނޮޓުން-- ފޮޓޯ: ނެކްޓަން

ސާވޭގެ މަސައްކަތުގެ ތެރެއިން ކަނޑު އަޑިއަށް ޑައިވް ކުރި މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އެ ސާވޭގައި 500 މީޓަރު ފުނާ ހަމައަށް ސަބްމާސިބަލްގައި ޑައިވްކޮށްގެން ނެގުނު މައުލޫމާތުގެ އިތުރުން، 900 މީޓަރާ ހަމައަށް ރިމޯޓު އޮޕަރޭޓެޑް ވެހިކަލްގައި ކަނޑު އަޑީގެ ވީޑިއޯތައް ނަގައިގެން ގިނަ އަދަދެއްގެ މައުލޫމާތާއި ސާމްޕަލް އެއްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނެކްޓަން މިޝަންގެ ތެރެއިން މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ދެކުނު ބިތާ ހިސާބަށް ސާވޭކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ޗާޓު ކުރި ކަނޑު އަޑީގެ ސަރަހައްދު 300 އަކަކިލޯމީޓަރަށް ވުރެ ބޮޑެވެ. އެއީ ރާއްޖޭގެ ހިކިފަސް ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ.

"އަޅުގަނޑު ފާހަގަކުރަން، 300 އަކަކިލޯމީޓަރުގެ ސަރަހައްދަކީ ރާއްޖޭގެ ހިކިފަސް ބިމުގެ ބޮޑު މިނާ އެއްވަރުގެ އަދަދެއް. ރާއްޖޭގެ ހިކިފަސް ބިމުގެ ސަރަހައްދާ އެއްވަރުގެ ސަރަހެއްދެއް މި ދިރާސާގައި މިވަނީ މެޕް ކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

300 އަކަކިލޯމީޓަރުގެ ސަރަހައްދެއް ޗާޓު ކުރި އިރު، ސާވޭގެ ތެރެއިން ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯ ރަހާ" ތިލައިގެ ސަރަހައްދު މެޕުކޮށްފަ އެވެ. ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކޮށްގެން އެ ޓީމުން ކުރި މަސައްކަތުން ވަނީ، އެ ފަރުބަދައިގެ ބޮޑުމިން ހޯދައިފަ އެވެ. އެއީ މީގެ ކުރިން ޔަގީން ކުރެވިފައިނުވާ މައުލޫމާތެކެވެ. ސާވޭއިން އެނގުނު ގޮތުގައި، އެ ފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގަ އެވެ. ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުންނައިރު، ފުންމިނުގައި 1،500 މީޓަރު ހުރެ އެވެ.

އެ ސާވޭގައި ދިވެހި މެރިން ސައިންޓިސްޓުންނާއި ބައިނަލްއަގުވާމީ ސައިންޓިސްޓުން ބައިވެރިވިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ތެރެއިން ގިނައީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސައިންޓިސްޓުންކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވި ގޮތުގައި، ދެން އޮންނާނީ މި ސާވޭއިން އެއްކުރާ މައުލޫމާތުތައް ދިރާސާ ކުރުމުގެ މަރުހަލާ އެވެ. އެގޮތުން، އިނގިރޭސިވިލާތުގައި އެ މައުލޫމާތު ދިރާސާ ކުރާއިރު، އެކަމުގައި ދިވެހި ސައިންޓިސްޓުންނަށް އިސްކަން ދެވޭނެ ގޮތެއް ހޯދުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހި 10 އެކުއާނޮޓުން ސާވޭތަކުގައި ބައިވެރިވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ރިސާޗު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނެކްޓަން

ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށީ އެކަމުގައި އެއްކުރާ ހުރިހާ ބަޔޮލޮޖިކަލް ޑޭޓާއަކީ ރާއްޖެއަށް އޭގެ މިލްކުވެރިކަން ލިބޭނެ ކަމަށް އެއްބަސްވެގެން ކަމަށެވެ. އަދި ދިރާސާގެ ހުރިހާ މަރުހަލާއެއް ވެސް ރާއްޖެއާ ގުޅިގެން ހިންގަން އެއްބަސްވެވިގެން ކަމަށެވެ.

ރާއްޖޭގެ ކަނޑު އަޑީގެ ބިންގަނޑު އޮތް ގޮތާ ބެހޭގޮތުން ވެސް ވެސް ސްޓީޑްސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ، މީގެ 20،000 އަހަރު ކުރިން ކަނޑުގެ ފުންމިން ހުރީ 120 މީޓަރު އަޑީގައި ކަމަށެވެ. ސަބްމާސިބަލްގައި މިހާރު އަތޮޅުގެ ބޭރަށް ފީނުމުން އޭރު ލޮނުގަނޑު ހުރި ހިސާބު ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ރާޅުތައް ޖެހޭ ދިމާތައް ވެސް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސައިންޓިސްޓު ޑރ. ވިޑްވޯލް ވިދާޅުވީ، ވީޑިއޯ ބޭނުންކޮށްގެން އެކި ފުންމިންތަކުގައި ދިރުންތައް ހުރި ވަރު ބަލާފައިވާނެ ކަމަށެވެ. އޭގެ އިތުރުން، ބައެއް ކަނޑު އަޑީގެ ދިރުންތައް ސާމްޕަލްތަކުގެ ގޮތުގައި ނަގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި ކަނޑު އަޑީގެ ބިން އުފެދިފައި ހުރި ބައްޓަންތައް ޗާޓު ކުރުމުގެ އިތުރުން، ވަކިވަކި ސަރަހައްދުތަކުގައި ދިރިއުޅެނީ ކޮންކޮން ބާވަތްތަކެއްގެ ދިރުންތައްކަމާއި އެ ދިރުންތައް އެތަންތަނުގައި އުޅެނީ ކީއްވެކަން ދެނެގަނެވިފައިވެ އެވެ. އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެ ތަންތަނަށް ކުރާ އަސަރު ކުރާ ގޮތާ ބެހޭ މައުލޫމާތު ވެސް އެއްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެންނަނީ "ޓެރަހެއް" ގޮތަށް އޮންނަ އެ ބޮޑު ސަރަހައްދުގައި ހެދިފައިވާ މުރަކަތައް -- ފޮޓޯ: ނެކްޓަން

މެރިން ބަޔޮލޮޖިސްޓް ޝިމާލް ފާހަގަ ކުރެއްވީ މީގެ ކުރިން ރާއްޖޭގައި ދިރާސާ ކުރެވިފައި ހުރީ ކަނޑުގެ ތިލަ ސަރައްދުތައް ކަމަށެވެ. މީގެ ކުރިން މިހާ ފުނަށް ގޮސް ކަނޑު އަޑީގެ ދިރުންތަކާއި ބިމުގެ ދިރާސާ ހެދިފައިނުވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެއްކުރެވިފައިވާ މައުލޫމާތަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ހިމާޔަތް ކުރުމަށް މުހިންމު މައުލޫމާތުތަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަނޑުގެ ފުނަށް ދިޔަ ވަރަކަށް ދިރުންތަކުގެ މިންވަރު އިތުރުވަމުންދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން 200 މީޓަރާ އަޅާ ބަލާއިރު، 500 މީޓަރުގައި ދިރުން މާ މުއްސަނދި ކަމާއި އެތަންތަނުގެ މާހައުލު ވެސް ރަނގަޅުކަން ފާހަގަކުރެއްވި އެވެ.

ސާވޭގެ މަސައްކަތަށް ފަހު އެންމެ ފުރަތަމަ ކުރިއަށްގެންދާނީ ފާހަގަކުރެވުނު ދިރުންތައް ދެނެގަތުމުގެ މަރުހަލާ އެވެ. އެއަށްފަހު، ހޯދުންތަކުގެ މައްޗަށް ދިރާސީ ލިޔުންތައް އެކުލަވާލައި ޝާއިއު ކުރާނެ އެވެ.

ދިރާސާގެ ހޯދުންތަންތަކުން ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމަށް މުސްތަގުބަލުގައި ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 30%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސުމީ ބަދަލު

09 October 2022

"ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ".. މޫސުމަށް އަންނަ ބަދަލު ތަކުން ކަމެއް ކުރަން ސަރުކާރުން ކުރަނީ ކީތްތަ؟ އެންވޮރަމަންޓަ މިނިސްޓްރީ މީހުން ވަަރަށް ބާރުލާފަ ގައުމުން ބޭރަށްދޭ. ކުރާ ކަމެއް ނުވެއްފެނޭ.

The name is already taken The name is available. Register?

ޥެދާނި

09 October 2022

ތި އިންޑިޔާ މީހުން ތި އުޅެނީ ތިޔަ ތަނުގެ މަޢުލޫމާތު ހޯދައިގެން އިންޑިޔާއަށް މަސްތައް ދަތުރުކުރާނެ ގޮތެއް ހޯދަން. ބަލާތި އެންމެން.

The name is already taken The name is available. Register?

ޒީ

09 October 2022

ހިޔާ ފްލެޓް އެޗް.16. ގެ އެކި ފްލޯތަކުން އިރު އިރުކޮޅާ ކަރަންޓް ދާތީ ސްޓެލްޢައް ގުޅުމުން އަޅާ ނުލާ. މިކަމުގައި 3 މަސް ފާއިތު ވަނީ. އިއްޔެ.7 ފަހަރު. މިރޭ 9 ފަހަރު.އަނދިރީގަ ތިބެން މި ޖެހެނީ. ްްމިކަމުގެ ޒިންމާ އެއްވެސް ބަޔަކު ނުނަގާ. މި ވާހަކަ އެއްވެސް ނޫހެއްގާ ނުޖަހަނީ ކީއްވެތޯ?

The name is already taken The name is available. Register?

މަޖާކުރަނީއޭ

08 October 2022

ދުނިޔެ މިހާރު މިސްރާބް ޖަހާފައި މިހުރީ އެއީ ހުރިހާ ތަކެއްޗެއް އުފެއްދުމުގެ އަސްލު ވަސީލަތް ކަމުގައިވާ ހަކަތައިގެ ތަދުމަޑުކަމާއި ދިމާލަށޭ އެއީ އެމެރިކާ ފަދަ ބޮޑެތި ވަގުން ތަކެއް ވައިޓް ހައުސްގެ ވެރިކަމާއި ހަވާލުވެ ދުނިޔޭގެ އެކި ގައުމު ތަކަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު ތައް އަޅަމުން ގޮސް އެކަން ހައްދު ފަހަނައަޅާ ދިއުމުންނޭ އެކަން ނޫންތޭ މިއަދު ސަރުކާރަށް ކަންބޮޑުވާންވީ އެކަަމަކު ރައީސް 100 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބަހުރެއިންގައި

The name is already taken The name is available. Register?

ބަބުރު

08 October 2022

މިރަށު ސައިންސްވެރިންގެ ބަޔަކު ވަރަށްފަހުން ޑްރޯން ބޭނުންކޮށްގެން މިރަށު ތުނޑިމަތި ވީޑިއޯކޮށްފި. މިކަމެއްކުރީ ފޯއްމުލަކު ސައިންސްވެރިއަކު ގެންގުޅޭ ޑްރޯންއެއް މިކޮޅަށް ގެނެސްގެން.

The name is already taken The name is available. Register?

ެޑެބީ

08 October 2022

އެމްއެޗް 370 ވެއްޓުނު ކަމަށް މިހާރު އެންމެ ބެލެވެނީ ރާއްޖޭގެ ސަރަހައްދަށް. ދާލު އަތޮޅުގެ ދެކުނުން. މެލޭސިޔާ ސަރުކާރުން މިލިއަނުން ޑޮލަރު ދޭނެ އެމްއެޗް 370 ގެ ވްރެކޭޖް ކަނޑުއަޑިން ހޯދައިދިން ބަޔަކަށް. އެހެންވީމަ ތިމާވެށީގެ އަނދުން އަޅުވައިގެން އަސްލު އެހެން މަގްސަދެއްގަ ކުރާކަމެއްބާމީ؟

The name is already taken The name is available. Register?

ލަޔާރސް

08 October 2022

ރާއްޖޭގެ ކަނޑުގެ އަޑީގެ ޗާރޓް ކުރަހާ ނިންމީ ހަމައެކަނި ހުވަދޫ ކަނޑުން ދެކުނު އައްޑޫ ކަނޑުގައި ތިބެގެންތޭ ހަމަ ޔަގީނުން ވެސް ތިޔާ އުޅަނދެއް ނުދޭ ގައްލަންދޫ ކަނޑަށް ގައްލަންދޫ ކަނޑޭ ބުނުމުން ތިމާވެށި މިނިސްޓަރަށް ވެސް ނޭގޭނެއޭ ގައްލަންދޫ ކަނޑު އޮތީ ކޮން ތާކު ކަން ވެސް އަދި އެއް ރާއްޖޭގެ އެއްވެސް ދަފްތަރެއްގައި ނެތޭ ލިޔެވިފައި ރާއްޖޭގެ ހިކިފަސް ބިމުގެ ޖުމްލަ ބޮޑު މިން މިއުޅެނީ މާލެ ސަރަހައްދުގެ ބިމުގެ ބޮޑުމިން ސަރުކާރަށް ނޭގިގެންނޭ ދިސް އާރ ޓްރޫ

The name is already taken The name is available. Register?

ބަބޫ

08 October 2022

ރާއްޖޭގެ 99% އަކީ ކަނޑު. އެހެންވީމަ ތިޔަމީހުނަށް ބެލުނީ އެއްމެ % އެއްތާދޯ. ދެން އޮތް ކަމަކީ ރާއްޖޭގައި ހުރީ ހަމަ އެކަނި 1 ސައިންޓިސްޓު. ދިވެހި ސައިންޓިސްޓުންނޭ ތިކިޔަނީ ކޮންތާކުން ކިޔަވައިގެން ތިބި ބަޔަކަށްބާ. އުގައިލު ނޫން ސައިންޓިސްޓަކު ދިވެހިތާއްޖެއަކު ނެޓް. ޕީއެޗްޑި ހެދީމަ ވާނީ ޑޮކްޓަރަކަށް. ސައިންޓޮސްޓަކަށް ނުވާނެ

The name is already taken The name is available. Register?

މުގޮށި6މީދާ

08 October 2022

މައިޒާންކަށް ހެނދުނުދަޅައިގަ ދާއިރު ތިބޭނެ ބޯކަރުދާސް އަޅައިގެން ނިދާފަ ދިވެހި ސައިންޓިސްޓުން، ފުދޭވަރަކަށް ސައިންސުވެރިން އާންމުވެއްޖެ ރާއްޖޭގެ ހުރިހާ ރަށެއްގަވެސް.

The name is already taken The name is available. Register?

ސަިންޓިސްޓު

09 October 2022

މި އުޅޭ ނަޝީދުވެސް އެއީ ތިކަހަލަ ޓިސްޓެއް. ރޯނުއެދުރު ޓިސްޓެއް

The name is already taken The name is available. Register?

ބޭނޭތީއޭ

08 October 2022

ރާއްޖޭގެ ކަނޑުގެ ޗާރޓް ކުރަހާ އަދި ރާއްޖޭގައި ހުރި ނެޗުރެލް ރިސޯރސެސް ތަކުގެ ޗާރޓް ކުރެހުން ފަދަ ކަންކަން ކުރަން ޖެހޭނީ އެއީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނަގައިގެންނޭ ސަބަބަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ވެސް ކުރި ނާރާނެ ކަމަށް މުޅި ޔޫރަޕް އާއި އަދި ޔޫއެން އައި ކަނޑުކޮހުން ބުނުމުން ވެސް އެކަން ދޮގު ކޮށް އެކަން ކާމިޔާބު ކުރީ އެއީ ދިވެހިންނޭ އެއިރުން ސަރުކާރުން މީގެތެރެއަށް ނުބޭނޭތީއޭ މިކަން ކާމިޔާބުވީ މަސްވެރިކަން ކާމިޔާބުނުވަނީ ސަރުކާރުން

The name is already taken The name is available. Register?

ހިތަދޫ 2

08 October 2022

އަސްލު މަންޒަރު ސާފު ވޭ އެބަ، ދިވެހި ރީސާޗަރުން ލީ ޝޯ އަކަށް، ހުރިހާ ޑޭޓާ އެމީހުން ގެންދަނީ، މީގެ އަހަރުތަކެއް ފަހުން މިމީހުންގެ ސްޕޮންސާ ކުންގުނި ތަކުން ރާއްޖޭގަ ހިލޭ ސާބަހަށް ތެޔޮ ޑްރިލް ކުރަން ހަރަދު ކޮއްދޭނެ ވާހަކަ އަޑު އިވުންވެސް ގާތް. އަދި ކޮބާ އެމީހުން ދުނިޔޭގެ ހަނގުރާމަ ތަކަށް ސަބްމެރިންތަށް ދުއްވާނެ މަގުތަށްވެސް ސާފުވީ! ވަރަށް މައުލޫމާތް އެމީހުނަށް އެއްވެފަ ހުންނާނީ މިހާރު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454