މޭޔަރު މުއިއްޒު: އޭނާއަށް ކުރާ ދައުވާއާ ގުޅިގެން ހުށަހެޅި ހުށަހެޅުންތައް ނާކާމިޔާބުވުމުން އެ މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
10 އޮކްޓޯބަރ 2022 - 12:15
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން، އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކާމިޔާބު ނުވުމުން އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އޭނާ ހައުސިން މިިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑިއާއެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ ކުށްކުރި ތަން ދައުވާގައި ނެތުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާއި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދި އެވެ. އެ އިން އެއްވެސް ހުށަހެޅުމެއް މުއިއްޒަށް ކާމިޔާބެއް ނުވި އެވެ.
އެ މައްސަލަ މުއިއްޒުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.
މުއިއްޒުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ އަށް ވުރެ އަދަބު ބޮޑުވުން ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި 155 މިލިއަން ޑޮލަރުގެ ބަދަލަކަށް އެ ކުންފުނިން އާބިޓްރޭޝަންގައި ދައުވާ ކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްޑެ
10 October 2022
ފެށުނީއްސުރެ މުއިޒް އާ ޖައްސައިގެން އުޅޭ ސަރުކާރެއްމީ. ސިޔާސީ ދާއުވާ ކުރުން ހުއްޓާލާ.
އިސްހާގު
10 October 2022
މުއިއްޒުގެ މައްޗަށަކުރާ ސިޔާސީ ދައުވާ ހުއަޓާލަން ގޮވާލަން
ފާސިރު
10 October 2022
ނޫމަޑި އަކީ މިސަރުކާރުގެ އިސްވެރިން ކަޓުނަގާގެން ގެންގުޅޭ ކުންފުންޏެއް. މުއީޒު މައްޗަށް ތިކުރަނީ ސިޔާސީ ދައުވާއެއް
ނަޒީފް
10 October 2022
ނޫމަޑިއަށް ކޯޓުން ބޭރުން ބަދަލުދޭން އޯކޭ. އަދިވެސް ދޮގު ބަޔާން ދިންކަމަށް ދައުވާ ކުރަން އެބަވޭ. މީ ކިހިނެއްވާ ސަރުކާރެއް؟
ނައުޝާދް
10 October 2022
އެކަމް ބުނާނެ ރައީސް ޔާމީންއޭ ސިޔާސީ ދައުވާ ކުރަނީ. ދެން މިއަށް ކޯއްޗެއްކޭ ކިޔަންވީ
ޝަހުނީޒް
10 October 2022
2023 ހޯދަން ބޭނުމިއްޔާ ބޭކާރު ކަންތައް ކުރުން ހުއްޓާލަން ޖެހޭ. ލިވާތު ކުރިމީހުން އުމުރަށް ޖަލަށްލާ
އަފްސަލް
10 October 2022
މިއީ ކަނޑައެޅިގެން ސިޔާސީ ދައުވާއެއް. އެހެނީ ދޮގު ބަޔާނެއް ދިންނަމަ ބަދަލް ދޭކަށް ނުޖެހުނީސްކަން ޔަގީން. ބަދަލް ދިނީ މިސަރުކާރުން. އެހެންވީމަ ވަރަށް ސާފު ސިޔާސީ ދައުާވާއެއް މިއީ.
ސުޖޫދު
10 October 2022
ބަދަލް ދިނީ މިސަރުކާރުން. ކަޓް ނެގީ މިސަރުކާރުގެ މިނިސްޓަރުން. އެކަމަކު ދައުވާ މިކުރަނީ މުއިޒްއަށް؟ މިއީ ކޮންކަހަލަ އިންސާފެއް؟
ރިފާއު
10 October 2022
ހެޔޮ ނުވާނެ. މިހާރުވެސް ކަމެއް ކުރެވޭ މީހަކަށް ހުރީ ތިބުނާ މުއިއްޒް. ދެން އޭނަ ފަހަތުން ނުދުވެ ކަލޭމެން ބަލާބަލަ ކަމެއް ވޭތޯ. އަމިއްލަ ޕްރޮޖެކްޓެއްގެ ރިބަން ކެޑޭތޯ ނިކަން އުޅެބަލަ.
ޝަޒީމް
10 October 2022
ތިއައް މީހުން ކިޔަނީ ސިޔާސީ ދައުވާއޭ. ތީތި ކަނޑަ.